1347ހ ރަބީލްއާހިރު 28(1928މ އޮކްޓޯބަރު 12)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުގާ، ކޮޅުމަޑުލު (ތ.)ބުރުނިގެ ރައްޔިތުން، އެރަށު މާމިމިސްކިތައް ބޯގައެއް ދެއްވުމަށް އެދުމުން، ފުރަބަނޑާރަކިބައިން ނުކުންނަހާ ތަކެތީގެ ½ ތަކެތި އެމިސްކިތުގެ ބޯގައަށް ދެއްވާ، އެބޯގައިގެ ހަވާލުވެރިކަން، އެރަށުގެ ރައްޔިތުންނަށް ލެއްވިކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާލެ ޔޫސުފްގެ ދަރި އަލީ ލިޔެދީފާވާ ފަތެއް. Size: 15" X 9.1"
Th.Burunee - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(ތާރީހު އެގެންނެތް) އިސްކަންދަރު ރަސްގެފާނު، ރައްޔިތުންނަށް އައިނިއްޔަ ފަރުލުގެ އިލްމު ކިއަވާދިނުމަށް، ފިގުހުވެރިއެއް، އެދޮރޯއްޓަށް ލަށްވާ، އެއީ މަދަރުސާއެއް ކަމުގާ ހަށްދަވާ، އެފިގުހުވެރިޔާއަށް މުސާރައަކަށް އޮތް ތަކެއްޗަކީ، ވަށާ 50ބަމަ ހުންނަ ފަސް ހިންނަ، 200ބަމަ ހުންނަ ތިން ހިންނަ، 100ބަމަ ހުންނަ ތިން ހިންނައާއި، ދ.ދެބައިދޫ އާއި ފ/ދ.؟މާފުށިއާއި، ލެއްވިކަމުގާ، މާލޭ ހުކުރުމިސްކިތު ދެކުނު ދޮރާށީގެ އިރުމަތީ ބިތުގާ، އަރަބިން ލިޔެފާވާ ލިއުމުގެ، ތާނަ ތަރުޖަމާ.
އަދި މަތީގާވާ ލިއުމުގެ ތިރީގާ:
އެތަކެތި ހަވާލުކޮށްފާ ވަނީ ދޮށުންނަށް ކަމާ، އޭރު އެތަކެތި ދޮށުން އަތުގާ ވީނަމަ، އެއީ ބޮޑުބަނޑޭރިގެއަށް ހުންނަންވީ ތަކެތި ކަމުގާ، ތާނައިން ލިއެފާވެއެ.(މީ އެއަރަބި ލިއުމުގެ ބައެއް ކަމެއް އިނގޭކަށް ނެތެ)
Statement of the wages and assets of a person appointed as a Fiqh scholar of Malé Hukuru Miskiyy (Size: 10.1" X 8.1")
K.Male' - list (Trees)
(ތާރީހެއް އިނގޭކަށް ނެތް) މި ފަތް ވީރާނާވެފާ އޮތް ވަރުން، ކިޔަން އިނގެނީ ތަންތަން ކޮޅެ. އިންގެން އޮތްވަރަކީ އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ޝެއިހުލް އިސްލާމުގެ މަޖިލީހުން ލިޔެފާވާ ފަތެއް ކަމެ. Size: 10.7" X 8.8"
National Archives of Maldives1357ހ ޝައުބާން 9(1938މ އޮކްޓޯބަރު 3)ގާ؛ އިހުއްސުރެ ރާއްޖޭގާ ވަގުފް ގޯތި މީސްމީހުންނާ ހަވާލުކުރާ އުސޫލުން، ގަލޮޅު ކަކާގެ އިސްމާއީލް ދީދީގެ ބޭފުޅުން އަތުން -/300 ރުފިޔާ ނަގާ، އެއަވަށު ސަތަރު ގޯތި، އެގޯތީގާ، ގަސް އިންދާ އިމާރާތްކޮށް އެތަން ބޭނުންކޮށް ގެންގުޅުމަށް، ހަވާލުކޮށްފި ކަމުގަޔާ، އަދި އެ ރުފިޔާ އާއި އެތަނުގާ ކުރެވޭ ކޮންމެ އިމާރާތަކަށް، ހަމައަށް އަގުދެއްކުމުން ނޫނީ، ދުވަހަކުވެސް އެތަން، އެމީހުން އަތުން ނުނެގޭނެ ކަމާއި، އެތަނާއި، އެބައިމީހުން ހަވާލުވީއިރު، އެތާ އެއްވެސް ފާރެއް، އިމާރާތެއް ނުވާ ކަމުގާ، 1357ހ ސަފަރު 16(1938މ އޭޕްރިލް 17)ގާ، އޭނާ ވައުދުވެ އިގުރާރު ވީކަމުގާ، ސިއްކަގޭ ސަންޕާމަނިކެގެ ދަރި ދަރަވަންދޫގެ މުހައްމަދު ސައީދު ދީދީ އާއި، ހެކިންގެ ދެމީހުންނާއި، ސޮއި ކޮށް، 6ލާރީގެ ސްޓޭންޕެއް ޖަހާފާވާ، ލިޔުމެއް. Size:12.9" X 7.9"
K.Male' - G.Satharu Goathi (Housing Plot) - Endowment
1229ހ މުހައްރަމް 16(1814މ ޖަނަވަރީ 8)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ނިލަންދެއަތޮޅު (ދ.)ބަނޑިދޫ މީހުންނާއި (ދ.)މީދޫ މީހުން، ނަށް އެއަތޮޅު ޅޮހީގާ ހުރި ރުއްތަކަށް ދައުވާކުރުމުން، އެރުއްތައް އެއީ އެދެރަށުގެ މީހުންގެ އެއްޗެތިކަމުގާ، އިހުފަތުން ސާބިތުވުމުން، އެތަނުގާ އިތުރަށް ހުރި ރުއްގަހާ، ބިމުންފަޅާ އެއްޗެތި އެއީ، އެމީހުންނަށް އޮތްއެއްޗެއް ނޫންކަމާ، ދޮށުންނަށް އޮތްއެއްޗެއްކަމުގާ ނިއާކުރަށްވާ، ލިޔެފާވާ ފަތެއް. Royal decree on ownership of two islands (Size:6.8" X 6.4") Chief Justices - Al Ghaazee Ibrahim Sirajuddin
Dh.Ban'didhoo, Dh.Meedhoo - Lhohi - Order (Trees
(ތާރީހެއް ނެތް) މަތީ ސުރުހީއަކަށް، 'ހަކުރާގޭ، ވަރުހަގުން'، މިހެން ޖަހާ، ކޮންމެ އަވަށެއްގެ ވަރުހަނގުންގެ ނަން ވަކިވަކި ކޮލަމެއްގާ ޖަހާ، ހެންވޭރުގާ، އެއްގަމުގޭ އިބްރާހީމް ދީދީ، ދޮންމަނިކުގެ އިސްމާއީލް ދީދީ، ސިއްކަ އިސްމާއީލް ދީދީ، ނަލަ ހުސެއިން މަނިކު، ފުއްލާ އިބްރާހީމް ފުޅު، މާދޫގޭ އަހުމަދު ކަލޭފާނު، ސިއްކަ އަލިމަނިކުފާނު، މާދޫގޭ ދޮންތުއްތު، ބިލާލު އިސްމާއީލް ދީދީ، ބުޗާ މުހައްމަދު ފުޅު، ސިއްކަ ދޮންތުއްތު، ބުޗާ ދޮންތުއްތު، ހަސަން ތުއްތު، ޅަކޮއި ހާޖީ، ޅަރީތި އާދަމްފުޅު، އަނދުންގޭ ދޮންއަލިފުޅު، ފަހާގޭ އާދަމް ފުޅު، ބަބާގޭ ދޮންކޮއްކޮ، ހޮޅިކޮށީ ދޮންމަނިކު، އުމަރު ދޮންއަލީ، މާވަޑި އިބްރާހީމްގެ މުހައމަދު ފުޅު، ބުޗާ ކަޅުތުއްތުގެ ދޮންމަނިކު އަދި ރަންވިއްކާ އަލީ ކޮއި، އަދި މާފަންނުގާ، އެއްގަމުގޭ މުހައްމަދު ދީދީ، ބޮނޑިބަތްގޭ އިބްރާހީމް މަނިކު، ކާފޯގޭ އިސްމާއީލް މަނިކު، ފަށަވާޅުގޭ ކުޑަދޮންތުއްތު، ހަވައްޑޭ ތުއްތު ދީދީ، ކަނޑޫދޫގޭ ހާޖީ ކަލޭފާނު، ފުރަހަނީ މުހައްމަދު ހާޖީ ކަލޭފާނު، އެދުރުފުތު މުހައްމަދު މަނިކު، ކަނޑޫދޫ އަލީ ދީދީ، ކަރުކެހޭ ޅަކޮއި އަދި ކަނޑި ހުސެއިން މަނިކުގެ ދޮންމަނިކު، އަދި މައްޗަންގޯޅީގާ، ސޯޅިޔާ ދޮންހުސެއިން، ބާގަ މުހައްމަދުފުޅު، ކަބީލާ؟، އަދި ބާގަ މުހައްމަދުފުޅުގެ ދޮންތުއްތު، އަދި ގަލޮޅުގާ، މުލީގޭ ތުއްތުދީދީގެ އަބްދުއްލޯ ދީދީ، ސައިކުރާ ހަސަން ކަލޭފާނު، ކަތްދަކޮއި އިސްމާއީލްފުޅު، މުލަކު އަހުމަދުކަލޭފާނު، ސަތަރު ކުޑަތައްހާނު، ހަފޮޅު ދޮންކޮއި، ގިރާވަރު ޔޫސުފް އަދި ނާވައިދޫ އިބްރާހީމްގެ މުހައްމަދު، މިނަންތައް ޖަހާފާވާ ލިސްޓެއް. List of personal names (Size: 13.3" X 16.3")
K.Male' - Hakuraage - List
1128ހ ރަޖަބް 7(1716މ ޖޫނު 27)ގާ، އަލްގާޒީ ހަސަން ތާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ ހަށްދުއްމަތީ (ލ.)ފޮނަދޫ މިސްކިތުގެ ހަވާލުވެރިން، އެމިސްކިތުގެ ވަގުފް ފަތް ބާވެފާވާ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެ ބާ ފަތް ބެއްލެވިއިރު، އެއީ 1042ހ ޖުމާދިލްއާހިރު(1632މ ޑިސެންބަރު)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު(ރަދުންގެ ނަން: ތާރީހަށް ބަލާފާ)ދެއްވާފާވާ، ފޮނަދޫ މޫސާ މޭނާކަލޯގެ ދަރި ހުސެއިންކަލޯ އާއި އޭނާގެ އަނބި، އެރަށު ދޮންކަތީބުތަކުރުގެ ދަރި ؟؟ބޫ އާއި މިދެމަފިރިން އަޅާފާވާ މިސްކިތެއް ކަމާއި، އެމިސްކިތަށް އެމީހުން، އެމިސްކިތް ހުރި ބިމާއި، އެތަނުގާ ވަޅުލާފާވާ ގަބުރުތަކާއި؟، އެއަތޮޅު ފޮނަދޫ އާއި ގާދޫގާ ހުރިއްޔާ ހުރި އެމީހުންގެ މިލްކު ރުކަކާއި، ބައިސަވާޅު ހިންނައިން، މޫސާކަލޯގެ އަތުން ގަތް ބިމާއި، އެދެމަފިރިންގެ މިލްކުގާ އެރަށު ތުނޑީގާ އޮތް ހިންނައާއި، ދޮންކަލޯގެ ހުރިހާ ހިންނަތަކުގެ 5/1އާއި، މަދޮށި ދަނޑާއި، ހިރިމިކޮށްޓާއި، ތުރަކަށިގަޑާ؟ މާގުވަލާއި، ބޮޑުގޯތި ހިންނައާއި، ކުޑަމުހައްމަދުގެ ހިންނައާއި، ފޮޅިވަގުފް ހިންނައާއި، އަދިވެސް އެތަކެއް އެއްޗެއް، އެ މިސްކިތް މައްޗަށް، އެދެމަފިރިން ވަގުފްކުރި ކަމާއި، އެވަގުފްގެ ހަވާލުވެރިކަން، އެދެމަފިރިންނަށާއި، އެމީހުންނެތް ނަމަ، އެމީހުންގެ ދަރިންގެ ދަރިކޮޅަށް، އަދި އެދަރިކޮޅު ނެތްނަމަ، އެދެމަފިރިންގެ ނަސަބުގެ، އެރަށު މީހުންނަށް މަތިކޮށްފާވާ ކަމުގާ...(މި ކަރުދާސް އޮތީ މިހިސާބަށް)..އޮތް ނަކަލެއް. (Size:13.4" X 8.5") Chief Justices - Al Ghaazee Hassan Thajuddin
L.Fonadhoo - Fonadhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1175ހ ރަބީލްއައްވަލް(1761 އޮކްޓޯބަރު)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު(ދޮންބަންޑާރައިން)ގެ ދަރުބާރުގާ، އައްޑުއަތޮޅު ހުޅުދޫ، ފުރަބަންޑާރަ ރާވެރިން، އެރަށުގެ މިސްކިތަށް ބޯގައެއް ލަށްވާދެއްވުމަށް އެދުމުން، ހުވަދޫއަތޮޅު 'ބުރެހިގިއްޓެ'؟ ކިޔާ ރަށް އެ މިސްކިތު ބޯގައަށް ލަށްވާ، އަދި އެމިސްކިތުގެ މުދިމަކަށް، ކޮންމެ ކެއުޅުކަމަކުން މަސްބައެއް އޮންނަންވާނެ ކަމާއި، އެމުދިމަކަށް ވާރު އިސްތިސްނާ ވާނެކަމާ، އެ ބޯގައިގެ ހަވާލުވެރިންނަކީ، އެރަށު ފުރަބަންޑާރަވެރިން ކަމުގާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އުމަރު ހަނދޭގިރި ކިއުމުން، ހުސެއިން ފަޑިއަތް ލިއެފާވާ، ދިވެސްއަކުރު ފަތުގެ 1381ހ ޒުލްގައިދު 6(1962މ މާޗް 11)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާ. Size: 10" X 8"
S.Hulhudhoo - Hulhudhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(ތާރީހެއް އިނގޭކަށް ނެތް) ފަތުގެ ނުފުށުގާ: 'އައްޑޫ ހުޅުދޫ ފުރަބަންޑާރައި ރާވެރީންނާއި އެރަށު މާމިސްކިތް ހަވާލުކުރެއްވި ފަތްކޮޅޫ' މިހެން، ތާނައިން ޖަހާފާވޭ. Size: 15.4" X 11.7"
S.Hulhudhoo - Hulhudhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(ތާރީހެއް ނެތް ރަސްކަމުގެ އަހަރަށް ބަލާފާ)1081ހ ރަމްލޯނު(1671މ ޖަނަވަރީ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު I ގެ ރަސްކަމުގެ 23ވަނަ އަހަރު، އެރަސްގެފާނު، ހުވަދޫއަތޮޅަށް ރަސްބަންޑާރަ ކަންތަކު ދާ މީހުންނަށާ، އެއަތޮޅު ތިނަދޫ ހުރިހާ ރައްޔިތުންނަށާ އަދި އެއަތޮޅު އެންމެހާ ރައްޔިތުންނަށް، މާފަރު ކިޔާ ފަރު، އެއަތޮޅު ހައޮއްޑޭ؟(ހަވޮށްޑާ؟) މީހުނަށް ދެއްވި ކަމާއި، އަދި އެ ހަވޮށްޑާގެ އެއްވެސް މީހަކަށް އަދި އެއްޗަކަށް، އެއްވެސް މީހެއް، ގެއްލުމެއް ދީގެން ނުވާނެކަމާ، ދީފިނަމަ އަދަބުލިބޭނެ ކަމުގާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި އިބްރާހީމް އާއި އުމަރު ގަދަހަމާދި ލިޔެފާވާ ދިވެސްއަކުރު ފަތުގެ(F0-50)ގެ، 1962މ މާޗް 28(1381ހ ޝައްވާލް 21)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާ. Transcription from Dhives Akuru into Thaana script of stating ownership of the deserted island (Size: 9.8" X 7.8")
G.Havo'ddaa - Maafaru - Order