Mostrar 867 resultados

Descrição arquivística
865 resultados com objetos digitais Mostrar resultados com objetos digitais
NAM DOC-MN-F0-146 · Item · 1793
Parte de Documents

1208ހ ރަބީލްއާހިރު 15(1793މ ނޮވެންބަރު 19)ގާ؛ އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 15ވަނަ އަހަރުގެ ތެރޭގާ، އެރަދުންގެ ދަރުބާރަށް، ކަމުވޮށި ބޭކަލުންކުރެ، އަލްހާޒިން މުހައްމަދު ހަނދޭގިރި، މުހައްމަދު މާބަނޑޭރި، މާކޮށާރު ބަނޑޭރި މުހައްމަދު، އެތެރެ ބަނޑަހަލު ބަނޑޭރި އަލީ މޭނާ، ބޭރު ބަނޑަހަލު ބަނޑޭރި އަލީ ސައިފުއްލާ، ތޮއްޑޫ އިބްރާހީމް އަދި މުހައްމަދު ރަންފަޑިއަތް އަޅާ އަށް، މާލޭގެ ހަތަރު އަވަށުގެ އޮތްހާ ބަންޑާރަ ގޯތި ތަކާއި، އަމިއްލަ ގޯތި ތަށް ވަކިން އިނގޭނޭ ގޮތް ހެދުމަށް އެންގެވުމުން، އެކަންތައް ބެލުމުގާ، އެ ހަތް މީހުންގެ މަޖިލީހަށް، މައްޗަންގޯޅި، މާވެވު ފޫރުއްބައިން(އިރުން) އޮތް، ނޮޅިވަރަމު އާބަކުރުގެ ދަރި ދޮންއަލީގެ ދަރި މުހައްމަދު ތަކުރުގެ ގޯތީގެ މިލްކުވެރިކަން ސާބިތު ކުރުމަށްޓަކާ، ވަށަފަރު ހަސަން ވަތަބަނޑޭރިގެ ދަރި އަލީ، ހާޒިރުކުރަށްވާ، އެކަން ވެފާވާގޮތް އެހުމުން، އޭނާޔަށް އެގޯތި، 53ކޮށްޓޭ ބޮއްޔަށް، އެމުހައްމަދު ތަކުރު ވިއްކާ، އަގުދީ ހަލާސްކޮށް މިލްކުކޮށްފާވާކަމުގާ ބުނެ، އަދި ބޮނޑިބަތް މުހައްމަދު ތަކުރުގެ ދަރިން އަހުމަދު ތަކުރުފާނާއި، އަލީ ތަކުރުފާނާއި، ބޮނޑިބަތްގޭ ދޮންބީފާނުންގެ ފިރި އަލީ ތަކުރުފާނާއި، ގިރާވަރު ހަސަން ތަކުރު، ހެކިންގޮތުގާ ދައްކާ، އެމީހުންގެ ހެކިބަހުން އެކަން ސާބިތުވެ، އެތަނުގެ މިން އަޅާ ވިކިކުރުމުން، އެތަނުގެ ފަތަކަށް އެ އަލީ ތަކުރު އެދުމުން، އެއީ ސައްހަ މިލްކެއްކަމުގާ، އެ މަޖިލީހުން، ރަދުންގެ ދަރުބާރުގާ އިއްތިފާގުވުމުން، އެކަމަށް ރަދުންގެ އަމުރުނެރުއްވުމުން، އެތަނުގެ އިމާއި މިން ހިމަނާ، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރިން ކިޔުމުން، މާލޭ ފަތްލިޔާ އަލީ ލިޔެދީފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ ބުނެފާއެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދިންކަމުގާ ބުނެފާވާ ލިޔުމެއް.
Declaration of a change of ownership of residential land (Size: 13.4" X 10.65")
K.Male' - Ma.Dheydharuge - Order

Sem título
NAM DOC-MN-F0-119 · Item · 1696
Parte de Documents

1107ހ(1696މ)ގާ؛ މުހައްމަދު ރަސްގެފާނު(ދެއްވަދޫ)ގެ(ރަސްކަލެއްގެ ނަމެއްނެތް... ތާރީހަށް ބަލާފާ)ރަސްކަމުގެ 5ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ތިލަދުންމަތީ ފިނޭ މީހުން، އެރަށުގާ މިސްކިތެއް އަޅުއްވާދެއްވުމަށާއި، އެ މިސްކިތް ބަލަހަށްޓުމަށް ބޯގައެއް ދެއްވުމަށް އެދުމުން، އެމިސްކިތް ބިނާކުރުމުން، އެ ރަށުގެ ގޮއި ކަނޑުލުން(ސަރުކާރަށް އޮންނަ ކަނޑބައި) 3/1އާ ގޮއިފާލައްބައިން 3/1، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އަދި، އެމިސްކިތުގެ މުދިމަކަށް ހުންނަ މީހަކަށް، އެތަނުގެ ކަށްބިމުގާ(ގަބުރުސްތާނުގާ) ވޮށް ބަހެއްޓުމަށާ، އެތާ ވަޅުލި ކޮންމެ މީހަކަށް ދެއިރު ފާތިހާ ކިޔެވުމަށް، ޝަރުތުކޮށް، އާދައިގެ މަތިން ގަނޑުވަރަށް ކޮންމެ މަހަކު ދޭ 3 އަޑުބާ ހަކުރުން 3 ބާގަ(އަޑުބައަކީ 2ބާގަ)ހަކުރާ، މަހަށްދާ ކޮންމެ އުޅަނދަކުން، މަސް އަރުގަ(އަރުގައަކީ މަސް ބައެއްގެ 2/1)އަކާވެސް އެމިސްކިތުގެ މުދިމަށް ލަށްވާ، އަދި އެހަކުރުން ދެން އޮތް ބައި، އެމިސްކިތަށް ލަށްވާ، އެ ބޯގައިން މިސްކިތް ކުނިކަހާ، ފޮޅާސާފުކޮށް، މަރާމާތުކުރުމުގެ ކަންކަން ކޮށް ބެލެހެއްޓުމަށް، އެމިސްކިތުގެ ހަވާލުވެރިކަން ފިނޭ އެންމެހާ ރައްޔިތުންގެ މައްޗަށް ލަށްވައިފި ކަމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިޔުމުން، މުހައްމަދު ހަތީބު ލިޔެފާވާ، ދިވެސްއަކުރު ފަތުގެ، 1378ހ ރަޖަބް 20(1959މ ޖަނަވަރީ 30)ގާ، ހުސެއިން ފަހުމީ ތަރުޖަމާކުރުމުން، ބޮޑުފެންވަޅުގެ ސީދީ ސައްހަކޮށްފާވާ، ތާނަ ތަރުޖަމާއެއް. Size: 13" X 8"
H.Dh.Finey - Finey Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sem título
NAM DOC-MN-F0-131 · Item · 1880
Parte de Documents

1298ހ މުހައްރަމް 26(1880މ ޑިސެންބަރު 28)ގާ، އައްނައިބު އިސްމާއީލް ބަންޑާރަނައިބު ތަކުރުފާނުގެ ޝަރީއްޔަތު މަޖިލީހުގާ، ޝެއިހު މުދިން ކަލޭފާނުގެ ދަރި ފާތުމާފުޅު، އެމީހުންގެ ހަނދުބަލާ ގޯއްޗޭ ކިޔާ ގޯތިން އޭނާޔަށް މިލްކުވެއޮތް ބައި، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން އޭނާ ނެތުމަށްފަހު އޭނާގެ ދަރިކޮޅަށް ލަށްވައިފިން ކަމާއި، އެބައިގެ އިމާއި މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އެމަޖިލީހުން ލިޔެފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ ބުނެފާއެވާ ގޯތި ތ.އެލާއިން ނަގާ، އާފަތެއް ލިޔެދިން ކަމުގާ ބުނެފާވާ ލިޔުމެއް.
(Size: 13.1" X 8") Chief Justices - Ismail Bandaara Naaibu Thakurufaanu
K.Male' - G.Maandhoo Goathi (Housing Plot), G.Han'dhubalaa Goathi (Housing Plot) - Deed for housing plot

Sem título
NAM DOC-MN-F1-30 · Item · 1960
Parte de Documents

1960މ މާރޗް 21(1379ހ ރަމްލޯނު 23)ގާ، ދިވެހި ރާއްޖޭގެ ރަދުންނަށް، އުމުރުން 17 އަހަރުގެ، ޖޯން ގިޔާ، އޭނާ އެކިއެކި ގައުމުގެ ވެރިންގެ ފޮޓޯ އެއްކުރާތީ، ރަދުންގެ ފޮޓޮއަކަށް އެދި، ފޮނުވާފާވާ ސިޓީއެއް. Envelope sent by Jon Gyer to the sultan of the Maldives on March 21, 1960 (Size: 11" X 8.5")
America - letter (Foriegn)

Sem título
R00161_B; ...... - ...... - ..... - ......
NAM DOC-MN-F0-145 · Item · -
Parte de Documents

1212ހ(1797މ)ގާ، 3ވަނަ ފޮޅުވަތުގާ، 'އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރު' އަރަބިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް. Document written in Dhives Akuru (Size: 16.35" X 9.35")

Sem título
NAM DOC-MN-F5-16 · Item · 1952
Parte de Documents

1371ހ ރަމްލޯނު 27(1952މ ޖޫނު 20)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1339ހ ޖުމާދިލްއައްވަލް 21(1921މ ޖަނަވަރީ 31)ގާ، އާދަމް އަލް މަހްލީ ގެދަރި އައްނައިބު މޫސާ ތަކުރުފާނުގެ މިލްކެއްކަމުގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން ސާބިތުވެ، އޭގެފަހުން 1370ހ ޖުމާދިލްއައްވަލް 1(1951މ ފެބްރުވަރީ 8)ގާ، އަލްގާޒީ އަބްދުއްލާ ޖަލާލުއްދީނުގެ ޝަރީޔަތު މަޖިލީހުން ލިޔެފާވާ ލިޔުމަކުން، އެތަކުރުފާނުގެ ދަރި އަބްދުލް ހަކީމްއަށް އެގޯތި މިލްކުވެ، އޭނާ ނިޔާވުމުން، އޭނާގެ ވާރިސުން، އެގޯތި، ހަސަން ރަނަހަމާންތި ކަލޭފާނަށް -/800ރުފިޔާ އަށް ވިއްކާ، އޭނާޔަށް މިލްކުވެފާވާ ކަމުގާ ސާބިތުވާ، މާފަންނު މިރިޔާސްމަގު ދެކުނުން އިންވެގެން އޮތް ދިރިމާގޯތި('ގިއުޅުގޯތި')؛ އަދި 1329ހ ޖުމާދިލްއާހިރު 11(1911މ ޖޫނު 9)ގާ، ރިނބުދޫ ދޮންއަލީ ކަލޭފާނުގެ ހުސެއިންފުޅުގެ ދަރި ރިނބުދޫ ދޮންމޫސާ ކަލޭފާނުގެ މިލްކެއްކަމުގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގާ ފަތްލިޔެދެއްވާފާވާ، އޭގެފަހުން، އެފަތުގެ ނުފުށުގާ، 1369ހ ޝައްވާލް 29(1950މ އޯގަސްޓް 15)ގާ، ދޮންމޫސާ ކަލޭފާނުގެ ދަރި ދޮންތުއްތުއަށްވީ ބައި، ހަސަން ރަނަހަމާންތި ކަލޭފާނަށް، -/250ރުފިޔާ އަށް ވިއްކާ، އޭނާއަށް މިލްކުވެފާވާ ކަމުގާ، އަލްގާޒީ އަބްދުއްލާ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު ފަތްލިޔެދެއްވާފާވާ، މައްޗަންގޯޅި ރަށްދެބައިމަގާ އިންވެ ހުޅަނގުން އޮތް ރިނބުދޫގެ ކިޔާ ގޯއްޗާއި އިންވެ ހުޅަނގުން އޮތް މަލިކުރުވާގޯތި؛ އަދި، 1329ހ ޖުމާދިލްއާހިރު 12(1911މ ޖޫނު 10)ގާ، ރިނބުދޫ ދޮންއަލީ ކަލޭގެ ދަރި ހައްވާފުޅުގެ ދަރި މާއްޑޫ މުދިންކަލޭފާނުގެ ދަރި ދޮންމަނިކުއަށް މިލްކުވެފާވާކަމުގާ، އަލްހަތީބު ހުސެއިން އާއި އައްނައިބު ހުސެއިން ބަންޑާރަނައިބު މަނިކުފާނުގެ ޝަރީއަތު މަޖިލީހުން ފަތްލިޔެދެއްވާފާވާ، އަދި ދޮންމަނިކު ނިޔާވެ، އެގޯތި، އޭނާގެ ދަރި ފާތުމަތު މަނިކެގެ ދަރިންނަށް މިލްކުވެ، އެމީހުން، އެގޯތި، -/350ރުފިޔާއަށް، ހަސަން ރަނަހަމާންތި ކަލޭފާނަށް ވިއްކާ، އޭނާޔަށް މިލްކުވެފާވާ ކަމުގާ، އެފަތުގެ ނުފުށުގާ، 1369ހ ރަމްލޯނު 5(1950މ ޖޫނު 21)ގާ، އަލްގާޒީ އަބްދުއްލާ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތު މަޖިލީހުން ލިޔެދެއްވާފާވާ ލިޔުމަކުން ސާބިތުވާ، އެ މަލިކުރުވާގޯއްޗާ އިންވެ އުތުރުން އޮތް ފަރުދާބަގީޗާ ގޯތި އާއި؛ މި 3 ގޯތީގެ ބޮޑުމިނަށް، ހެންވޭރު ކަރަންކާމަގާ އިންވެ ހުޅަނގުން ކަޅުހުރާމަގާ އިންވެ އުތުރުން އޮތް، ހެންވޭރު ކަރަންކާގޯތީގާވާ ބަންޑާރަ ބަޔާއި، ބަދަލުކޮށް ލާޖައްސާ، އެ 3 ގޯތީގެ ބޮޑުމިނުން އިތުރުވީ ތަނަށް، ދައުލަތުން އަގުދެއްވާފާވާ ކަމުގާ، މަހްކަމަތުލް ޝަރީޔާއިން ފޮނުވާފާވާ، ހ.2/84ނަންބަރު ސިޓީއިން ސާބިތުވެ، އަދި އެކަރަންކާގޯތީގެ އިރުދެކުނު ކަނުގާވާ، ގަޖަޑާ ހަސަންފުޅުގެ ދަރި އަލިމަނިކުއަށް މިލްކުވެފާވާ، އަދި އޭނާ ނިޔާވުމުން، އޭނާގެ ތަރިކަވެރިން، އަލްއަމީރު އަބްދުލް މަޖީދު ދީދީއަށް ވިއްކާ، އޭނާ، ހަސަން ރަނަހަމާންތި ކަލޭފާނަށް ހިބައިން ދެއްވާ، އެ ކަލޭފާނަށް އެތަން މިލްކުވެފާވާ ކަމުގާ 1351ހ ޖުމާދިލްއައްވަލް 13(1932މ ސެޕްޓެންބަރު 14)ގާ، އަލްގާޒި ހުސެއިން ސަލާހުއްދީނު ލިޔެދެއްވާފާވާ ފަތަކުން ސާބިތުވާ ބަޔާއި އެކު، މުޅި ހެންވޭރު ކަރަންކާގޯތި(ހ.ކަރަންކާގެ) އެއީ، މާއެބޫދޫގޭ ދަހަރާގޭ ކުޑަކޮއްކޮ ގެދަރި ހަސަން ރަނަހަމާންތި ކެލޭފާނުގެ މިލްކެއް ކަމުގަޔާ، މ.ދިރިމާގޯތި، މއ.މަލިކުރުވާގޯތި އަދި މއ.ފަރުދާބަގީޗާގޯތި، އެއީ ދައުލަތުގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަންތަނުގެ އިމާއި މިން ހިމަނާ، ލިޔެދީފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 20 June 1952 regarding the ownership of the land Henveiru Karankaage (Size: 10" X 7.37)
K.Male' - H.Karankaage (Housing Plot) - Private Property, Housing plot (government)

Sem título
NAM DOC-MN-F5-25 · Item · 1960
Parte de Documents

1380ހ ޖުމާދިލްއާހިރު 17(1960މ ޑިސެންބަރު 7)ގާ، މަހްކަމަތުލް ޝަރީޔާގެ އައްޝެއިހު އަލީ ހުސެއިން ދީދީގެ ޝަރީއަތު މަޖިލީހުގާ، މ.ދަނބުގޭގާ ހުރި އިމާރާތަކީ، ވެލިދޫގޭ އަލީ ދީދީ އެގޭގާ ހުންނެވިއިރު ހެއްދެވި އިމާރާތެއް ކަމާއި، ވެލިދޫގޭ އިބްރާހީމް ދީދީ އަވަހާރައިގެ ދާންކޮޅުގާ އޮންނެވިއިރު، އަބްދުއްލޯ ފަހުމީ ދީދީ ހެކިކޮށް، ދަނބުގޭ ގޯތީގާ ވާހާ އިމާރާތަކީ އޭނާގެ ބޭބެ އަލީ ދީދީގެ އަމިއްލަ އެއްޗެއްކަމުގާ ވަސީއަތް ކުރިކަމަށާއި، ވީމާ، އެގޯތީގާވާ އިމާރާތަކީ އަލީ ދީދީގެ މިލްކެއްކަމުގާ ބަޔާންކޮށް ލިޔުމެއް ދެއްވުމަށް، ވެލިދޫގޭ އަލީ ދީދީގެ ދަރި ހުސެއިން ދީދީ، އެދުމުން؛ އެ މަޖިލީހަށް އަބްދުއްލޯ ފަހުމީ ހާޒިރު ކުރުމުން، އިބްރާހީމް ދީދީ އަރިހަށް އޭނައާ، ވެލިދޫގޭ މޫސާ ދީދީއާ، ޖައުފަރު ކަމާލުއްދީނުއާ ގެންދަވާ، އޭނާގެ މިލްކު ދަނބުގޭގޯތީގާ ވާ ގެޔާ، ގެވެހި ކަންވާރަކީ، އަލީ ދީދީ އަށް ދެއްވާފާވާ އެއްޗެތި ކަމާއި، އެކަމަކު ގޯއްޗަކީ އޭނާގެ މިލްކެއް ކަމާއި އިބްރާހީމް ދީދީ ވިދާޅުވިކަމަށް، އަބްދުއްލާ ފަހުމީ ވިދާޅުވި ކަމާއި، އެކަމަކު ވެލިދޫގޭ މޫސާ ދީދީ، ފަހުމީ އެވިދާޅުވި ބަސް ދޮގުކުރަށްވާ، އެހެންނަމަވެސް، ދަނބުގޭގޯތީގާ ހުރި ގެޔަކީ، އަލީ ދީދީގެ ތަނެއް ކަމުގާ، އިބްރާހީމް ދީދީ ވިދާޅުވާ އަޑު އައްސަވާފާ ހުރިކަމަށާއި، އަދި ޖައުފަރު ކަމާލުއްދީނުވެސް ފަހުމީގެ ބަސް ދޮގު ކުރެއްވުމުން، ހުސެއިން ދީދީގެ ދައުވާޔަށް ހެކިބަސް ނުލިބުނު ކަމުގާ ޝަރީޔަތު މަޖިލީހުން އެންގެވުމުން، ބިލާލު އަލީ ދީދީ އާއި ބޮޑުކުޑޭ އިބްރާހީމް ފުޅު، ހެކިން ގޮތުގާ، ހާޒިރުކޮށް، ވެލިދޫގޭ އަލީ ދީދީ ދަނބުގެޔަށް ވަޑައިގެން އިރު، އެތާގާ ހުރި ގޭގެ ތަފްސީލު، އެދެމީހުން ކިޔާ، މިހާރު އެހުރި ގެ އެއީ ވެލިދޫގޭ އަލީ ދީދީ އެޅުއްވި ގެޔެއް ކަމުގާ އެދެމީހުން ހެކިދިނުމުން، ކުރީގާ ހުރި ގެ އަގުކޮށް، ވެލިދޫގޭ އަލީ ދީދީ، އިބްރާހީމް ދީދީގެ ދަރިންނަށް -/540ރުފިޔާ ދެއްކެވުމަށް އަންގަވާ، އެ މަހްކަމާގެ އިދާރާޔަށް އެފައިސާ ދެއްކުމުން؛ ދަނބުގޭ ގޯތީގާ މިހާރު އެހެރަ ގެޔަކީ ވެލިދޫގޭ އަލީ ދީދީގެ އަމިއްލަ މިލްކެއް ކަމުގާ ނިޔާކުރައްވާ، އެކަން ބަޔާންކޮށް، އޭނާޔަށް ލިޔުމެއް ދިނުމަށް އަންގާފާވާ، ޝަރީޔަތް ނިމުނުގޮތުގެ ރިޕޯޓުގެ ނަކަލެއް.
A copy of the report orginally written on 7 Decmebr 1960 regarding the ownership of the land Maafannu Dhanbuge (Size: 10.01" X 7.5") Chief Justices - Ah Sheikh Ali Hussain Didi
K.Male' - Ma.Dhan'buge (Housing Plot) - Report (Court case)

Sem título
NAM DOC-MN-F5-8 · Item · 1925
Parte de Documents

1343ހ ޒުލްގައިދު 22(1925މ ޖޫނު 14)ގާ، ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، ކުޑަނެވި ހަސަން ކަލޭފާނުގެ ހުރިހާ ދަރިން، މާފަންނު ބޮޑުހިރުނދުގަސްދޮށުގާ އޮތް، އެއްލިފައިދޮންބީފާނުގޯއްޗޭ ކިޔާ ގޯތިން އެމީހުންގެ ބައްޕަޔަށް ވީހާ ތަނެއް، އެމީހުންގެ އެއްބަފާ އަހުމަދު މަނިކުއަށް ހިބައިން ދީފި ކަމަށް ބުނެ، އެތަނުގެ އިމާއި މިން ބަޔާންކޮށް އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1285ހ(1868މ)ގާ، އެތަނުގެ އިމާއި މިން ހިމަނާ، އަލްގާޒީ އިބްރާހީމް މުހީބުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތުން، އެގޯއްޗަކީ، ކުޑަނެވި މާފަތްކަލޭފާނުގެ ދަރި އިބްރާހީމް ކަލޭފާނަށް މިލްކުވެއޮތް ގޯއްޗެއް ކަމުގާ ސާބިތުވެ، އަދި އޭގެ ފަހުން އެގޯތީގެ 2/1 ބަންޑާރަވެ، އަނެއްބައި، އިބްރާހީމް ކަލޭފާނުގެ ދަރި މޫސާ ކަލޭފާނަށް މިލްކުވެ، އެނާގެ ދަރި އިސްމާއީލް ކަލޭފާނަށާއި، ކުޑަނެވި ކަމަނަޔަށާ މިލްކުވެފާވާކަން ސާބިތުކުރައްވާ، އެބައިގެ 3/2، އިސްމާއީލް ކަލޭފާނަށް އަދި އަނެއްބައި ކަމަނަޔަށް މިލްކުވެފާވާ ކަމަށާއި، އިސްމާއީލް ކަލޭފަނުގެ ބައި، އޭނާގެ ދަރި އަހުމަދު މަނިކުއަށް މިލްކުވެއްޖެ ކަމަށާއި، އެތަން، ބޮޑުހިރުނދުގަސްދޮށުން އަތިރިޔަށްދާ މަގާ ދެކުނުން އިންވެ، އަދި އެމަގުން ކުޑަކޮށްޓަށް ދާންއޮތް ގޯޅީޔާ އިރުން އިންވެ އޮތްކަމުގާ އެތަނުގެ އިމާއި، މިން ބަޔާންކޮށް، އައްނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް.

އަދި 1354ހ ޝައްވާލް 24(1936މ ޖަނަވަރީ 19)ގާ، މަތީގާ ނިސްބަތް އެވާ ގޯއްޗާ، އެތާހުރި ގެޔާ، އެތަނުގާ ވާހާ ތަކެއްޗާ، ކުޑަނެވި އަހުމަދު މަނިކު، ތަކަންދޫ ހުސެއިން ކަލޭފާނަށް ވިއްކާފާ އޮއްވާ، އެގޭގާ ހުރި ވިޔަފާރި މުދަލާއެކު، ހުސެއިން ކަލޭފާނުގެ ނީލަމުން، ދަންވަރުގޭ ނަހުދާ ކުޑަދޮންމަނިކު، -/810 ރުފިޔާއަށް ގަނެ، އެ ގޯއްޗާއި ގޯތީގާވާހާ ތަކެއެއްޗެއް، އެ ކުޑަދޮންމަނިކުއަށް މިލްކުވެއްޖެކަމުގާ، މަތީގާ ނަކަލުކޮށްފާވާ ކަމުގަ ބުނެވިފާއެވާ ފަތުގެ ނުފުށުގާ، ޝަރީޔަތުގެ މަޖިލީހުން ލިޔެފާވާ ލިއުމުގެ ނަކަލެއް.
A copy of the report originally written on 14 June 1925 regarding the ownership of the land Maafannu Jeymuge Goathi (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin
K.Male' - M.Jeymuge Goathi (Housing Plot) - Private Property

Sem título
NAM DOC-MN-F3-10 · Item · 1923
Parte de Documents

1342ހ ޖުމާދިލްއައްވަލް 14(1923މ ޑިސެންބަރު 22)ގާ، އައްނައިބު ހުސެން ސަލާހުއްދީނު ބަންޑާރަ ނައިބު މަނިކުފާނުންގެ ޝަރީއަތުގެ މަޖިލީހުގާ، އަލްއަމީރު އަލްހާއްޖަ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުންގެ ދަރި އަތިރީގޭ އަބްދުލް މަޖީދު ދީދީ، ގަލޮޅު ރަށްދެބައިމަގުގެ އިރުން އޮތްމަގާ އިންވެގެން އޮތް މަރަދޫ ހަތީބުމަނިކުގެ ގޯތީގެ ވާރުތަވެރީންގެ ތެރެއިން، އެއްބައި މީހުންނަށް ވީތަން، ބައްލަވައިގަނެ، އަނެއްބައި މީހުންގެ ތަން، އޭނާއަށް ހިބައިން ދީފާވާތީ، މިގޯތި އޭނާ މިލްކުވީކަމުގެ ފަތެއް ލިޔެދެއްވުމަށް އެދުމުން، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު، މިގޯތި، މަރަދޫ ހަތީބު މަނިކަށް މިލްކުވެއްޖެކަމަށް ލިޔެދެއްވާފައިވާ ފަތް ބައްލަވާ، މިގޯތީވެރިންގެ ތެރެއިން، ސައްޔިދު ފާމުލަދޭރިކިލެގެފާނު އާއި، ސައްޔިދު ހަސަން މެދުސީދީއަށް ވީތަން، އައްސުލްތާނު އިބްރާހީމް ނޫރައްދީނުއަށް ވެދުމަށް އެރުވުމުން، މިރަދުންގެ ވާރުތައިން، މިގޯތި އަބްދުލް މަޖީދު ދީދީއަށް ހިބައިން ދެއްވާ، އަދި، މިގޯތިން ވެލިދޫގޭ ސިއްތިއަށް ވީތަނާއި އެހެން ބެހެނިވެރީނަށް ވީތަންވެސް، އަބްދުލް މަޖީދު ބައްލަވައިގަނެ، އޭނާއަށް މުޅި މިގޯތި މިލްކުވީކަމަގާ ސާބިތުވުމުން، މުޅިއެގޯތީ އެއީ އޭނާގެ މަލްކެއްކަމުގަ ބަޔާންކޮށް، އެތާގެ އިމާއި މިން ހިމަނާ، ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
K.Male' - G.Maradhoo Khatheebu Maniku Goathi (Housing Plot) - Private Property

Sem título