1381ހ ޖުމާދިލްއައްވަލް 15(1961މ އޮކްޓޯބަރު 25)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އެމަޖިލީހަށް ނަލަގޭ އަލީ އަބްދުއްލޯ ދީދީ، ކުރެދިވަރު މުހައްމަދު ފުޅުގެ އަބްދުލް ގަފޫރު އަދި ފޭރު އަލިފުޅުގެ ކުޑަތުއްތު އާއި ދެމީހުން ގޮވައިގެން އައިސް، ކުޑަ ހަސަން ތަކުރުފާނުގެ އާދަމްފުޅުގެ މިލްކުގާވާ، މއ.ގުލްބަކާގެ ކިޔާ ގޯއްޗާއި އެގޯތީގާވާހާ، އޭނާގެ މިލްކު ތަކެއްޗެއް، އޭނާގެ ދަރިން، އިބްރާހީމް ފުޅު، ހަފީޒާ، ޒުލްފާ އަދި އަހުމަދު ފުޅު، މިހަތަރުބެއިންނަށް ހިބައިން ދީފިކަމާއި، އަދި ޒުލްފާ އާއި އަހުމަދުފުޅު އާއި ދެބެން ތަސައްރަފް ނުފުދޭތީ، އެދެބެންގެ ފަރާތުން އާދަމްފުޅު އެތަނާ ހަވާލުވެފާވާ ކަމުގާ އަބްދުއްލޯ ދީދީ ބުނެ، އަދި އޭނާއާ އެކީ އެތިބި ދެމީހުން އެކަމަށް ހެކިވެ އެކަން ސާބިތުވުމުން، އެ ހިބަ ސައްހަކަމަށް ހުކުމްކުރިކަމުގާ، ލިޔެފާވާ ލިޔުމުގެ ނަކަލެއް.
A copy of the report originally written on 25 October 1961 regarding the gifting of the property Machchangoalhi Gulbakaage (Size: 10" X 7.35)
K.Male' - Ma.Gulbakaage (Valufaiyliyaage) (Housing Plot) - Private Property
1347ހ ރަބީލްއާހިރު 11(1928މ ނޮވެންބަރު 24)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، ކުނބުރުދޫ ކޮއިގެ އަބްދުލް ރަހްމާނު އާއި ބޮއްދަ އަލީ ކަލޭފާނުގެ އަހުމަދު ފުޅުއާއި ހާޒިރުވެ ތިބެ، މއ.ރަންހަދޭގިރިގެއާއި އިންވެ އިރުން އޮތް، އެމީހުންގެ ވަގުފްގޯތިން، އެ އަހުމަދުފުޅަށް ވީ ތަން، އަބްދުލް ރަހްމާނު އަތުން -/80ރުފިޔާ ނަގާ، އޭނާޔާ ހަވާލުކޮށް، އޭގެ ފަހުން، އެއަހުމަދުފުޅު އެތާނގެ އެއްވެސް ކަމަކާ ނޫޅޭނެކަމުގާ އިގުރާރުވެ، އެމަގަށް ލިޔުމެއް ދެއްވުމަށް އެދުމުން، އެކަންތައް ސައްހަ ކަމުގާ ނިޔާކޮށް، އެ މަޖިލީހުން ދެއްވި ލިޔުމުގެ ނަކަލެއް.
(Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin
K.Male' - M.Kun'burudhooge (Housing Plot) - Private Property
1344ހ ޒުލްގައިދު 24(1926މ ޖޫނު 5)ގާ، މޫސަލް މަހްލީ ގެދަރި އައްނައިބު ސަލާހުއްދީނު ބަންޑާރަ މަނިކުފާނުންގެ ޝަރީއަތު މަޖިލީހުގާ، ކަނޑޫދޫ ހާޖީ ހަސަންކަލޭފާނުގެ ދަރި ހާޖީ އަހުމަދު ކަލޭފާނު އައިސް؛ މާފަންނު ކުޑަކޮށީގާ އޮތް އަހުމަދު ހާޖީގެ ވަގުފް ގޯތި އޭނާއާއި އޭނާގެ އެއްބަޑު އެއްބަފާ މެދުތުއްތުއާއި ދޮށީތުއްތުގެ ރުހުމުގައި އެތިންބެއިންނަށް ހަމައަށް ބަހާ، އެގޯތީގެ އުތުރުބައި ހާޖީ އަހުމަދަށް، އެއާޖެހުނުބައި މެދުތުއްތުއަށް އެންމެ ދެކުނުބައި ދޮށީތުއްތުއަށް މިލްކުވީކަމުގެ، ފަތެއް، (މީން ކޮންމެ މީހަހަކަށްވީ ތަނުގެ މިން ހިމަނާފާ) ލިޔެދެއްވުމަށް އެދުމުން، އެތާގެ އިހުފަތް ބައްލަވާ، އެފަތަކީ މިގޯތި އޭނާގެ ކާފަ ކަޑޫދޫ އިބްރާހީމް ކަލޭފާނުއަށް މިލްކުވުމަށް ފަހު، އެކަލޭފާނުން އެގޯތި ވަގުފް ކޮށް، އެކަލޭފާނުންގެ ދަރިކޮޅަށް ހަވާލުވެރިކަން ދެއްވާ، މިން ހިމަނާ، އައްނައިބު އަހުމަދު ބަންޑާރަ މަނިކުފާނުން 1272ހ(1856މ)(ފަތުގައި އޮތީ 1372... އެހެން ފަތްތަކަށް ބަލާއިރު އޮޅުމަކަށް ބެލެވޭ)ގާ ލިޔުއްވާދެއްވި ފަތެއްކަން ސާބިތުވުމުން، މިގޯތި އެތިން ބެއިންނަށް ބަހާ، ހާޖީ އަހުމަދު ކަލޭގެފާނަށް ލިބުނު ބައިގެ ބޮޑުމިން ބައްލަވާ، އެބައިގެ އިމާއި މިން ހިމަނާ، އަހުމަދުލްމަހްލީ ގެދަރި އައްނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
K.Male' - M.Baansaage - Deed for housing plot
1373ހ ސަފަރު 15(1953 އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ ކަނޑައެޅުއްވި، ސަރުކާރުގެ ވަގުފްގޯތީގެ އާ ގަވައިދުގެދަށުން، ރިނބޫދޫ މޫސާ ހަތީބް ކަލޭގެ ދަރި ދޮންއަލީ ކަލޭގެ ވަގުފްކުރި މައްޗަންގޯޅި ކުންނާރު ގޯތީގެ ވަގުފް، ތ.އެލާއިން ނަގާ، ލާޖައްސާފާ، އެގޯތީގެ ހަވާލުވެރިކަން، 1218ހ ޒުލްގައިދު 12(1804މ ފެބްރުވަރީ 24)ގާ އަލްގާޒި މޫސާ މުހިޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު ލިޔެދެއްވާފައިވާ ފަތުގާ އޮތްގޮތަށް، ރިނބުދޫ ދޮން އަލީ އަށާއި، އޭނާގެ އަނބިންނަށާއި، ހުރިހާދަރިންނާއި، ދަރިކޮޅަށް ލަށްވާ؛ ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް. Size: 8.8" X 6.7"
K.Male' - Ma.Kunnaaru Goathi (Housing Plot) - Deed for housing plot
1349ހ މުހައްރަމް 10(1930މ ޖޫނު 8)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 29ވަނަ އަހަރު، އަރިއަތޮޅު އުކުޅަހު، އަބޫބަކުރު ގެދަރި އިބްރާހީމްއަށް އުކުޅަހުގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަން ގެދަރި ފަތްލިޔާ މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.
Letter of appointment for an island chief (Size: 13.3" X 8.25")
Aa - Ukulhas - Shrine endowment letter
1349ހ ޖުމާދިލްއާހިރު 19(1930މ ސެޕްޓެންބަރު 13)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 29ވަނަ އަހަރު، މާޅޮސްމަޑުލު ދެކުނުބުރި(ބ.) ކަނޑުގޮއިދޫ، އިބްރީހީމް ގެދަރި އަލީއަށް ކަނޑުގޮއިދޫ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަން ގެދަރި ފަތްލިޔާ މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.3" X 8.25")
B - Goidhoo - Shrine endowment letter
1346ހ ޒުލްހައްޖު 28(1928މ ޖޫނު 17)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 27ވަނަ އަހަރު، ތިލަދުންމަތި (ހދ.)ނޭކުރެންދޫ، އަލީ ގެދަރި ޔޫސުފްއަށް ނޭކުރެންދޫ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަން ގެދަރި ފަތްލިޔާ މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ، ފަތެއް.Letter of appointment for an Imam (Size: 13.3" X 8.25")
Hdh - Neykurendhoo - Shrine endowment letter
1347ހ ރަބީލްއައްވަލް 10(1928މ އޯގަސްޓް 26)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 27ވަނަ އަހަރު، ފެލިދެއަތޮޅު(ވ.) ތިނަދޫ، އަލީ ގެދަރި އާދަމްއަށް، ތިނަދޫގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ޔޫސުފް ގެދަރި އަލީ ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.Letter of appointment for an island chief (Size: 13.3" X 8.25")
V - Thinadhoo - Shrine endowment letter
1349ހ ރަބީލްއާހިރު 23(1930މ ސެބްޓެންބަރު 17)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 29ވަނަ އަހަރު، މިލަދުންމަޑުލު ދެކުނުބުރި(ނ.) މަނަދޫ ކަތީބު މުހައްމަދު ގެދަރި ހަސަންއަށް، މަނަދޫ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަން ގެދަރި ފަތްލިޔާ މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.Letter of appointment for an island chief (Size: 13.3" X 8.25")
N - Manadhoo - Shrine endowment letter
1347ހ ޖުމާދިލްއާހިރު 8(1928މ ނޮވެންބަރު 21)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 27ވަނަ އަހަރު، ނިލަންދެއަތޮޅު(ދ.) މީދޫ، މުހައްމަދު ގެދަރި ހަސަންއަށް، މީދޫގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ޔޫސުފް ގެދަރި އަލީ ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.Letter of appointment for an island chief (Size: 13.3" X 8.25")
Dh - Meedhoo - Shrine endowment letter