Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-R-46 · Item · -
Part of Documents

(ތާރީހެއް އިނގޭކަށް ނެތް) 12ވަނަ ފޮޅުވަތުގާ 'އައްސުލްތާނު އިބްރާހީމް އިސްކަންދަރު' މިހެން އަރަބިއަކުރުން ޖަހާފާވާ، ދިވެސްއަކުރު ފަތެއް.(Size: 28.7" × 14.4")

National Archives of Maldives
NAM DOC-MN-R-47 · Item · 1933
Part of Documents

(ތާރީހު ރަދުންނަށް ބަލާފާ)1352ހ(1933މ)، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 33ވަނަ އަހަރު، އެރަދުންގެ ހިރިޔާފާތުރާދަށުގާ(ދަރުބާރުގާ)، 1134ހ(1722މ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު، ހއ.އުތީމު މިސްކިތުގެ ބޯގަޔަށް ލަށްވާފާވާ، ކުރީގާ ފަޅަށްއޮތް، ހއ.ދިއްދޫގެ އެއިރުގެ ރައްޔިތުން؛ އެރަށް ބޯގަޔަކަށް އޮތުމުން، ދިރިއުޅެން ދަތިކަމުގާ ދެންނެވުމުން؛ އެކަމާ، މާލޭގެ އިލްމުވެރިންގެ ޖަމާއަތަކުން އެރަށަކީ ވަގުފެއް ނުވަތަ ބޯގަޔެއްތޯ ބެއްލެވުމަށް އަމުރުކުރެއްވުމުން، އެކަން ބެލިއިރު އެއީ ބޯގައެއް ކަމާ، އުތީމު މިސްކިތަށް، ދިއްދޫގެ ބަދަލުގާ އެހެން ރަށެއް ނުވަތަ އެހެން އެއްޗެއް، ދެއްވުމަކީ ސައްހަކަމެއް ކަމުގާ އިރުޝާދު ދިނުމުން، އެ މިސްކިތަށް ހުރި ބޯގައިގެ ތެރެއިން، ދިއްދޫ ނަގާ، އޭގެ ބަދަލުގާ، ހއ.މުލިދޫ ލަށްވާ، އެމިސްކިތުގެ ބޯގަޔަށް ވަނީ، އުތީމު ގޮއިފާލައްބައިގެ ވާރުދުރޯ، ހއ.ފަރިދޫ ގޮއިފާލައްބަ، ރަހުރާ(ރަލުން ނަގާ ޓެކްސް)، ކޮންމެ އަހަރަކު އަތޮޅުވެރިންގެ އަތުން 3 ތުޅު(1ފައުލާ، 28ރާތާ)ރޯނު އަދި އުތީމުން މަހަށް ދިޔަ ކޮންމެ އޮޑިޔަކުން މަސް ބައެއް ކަމާ، އަދި އެތަނުގެ ހަވާލުވެރިންނަކީ އުތީމުގެ ރައްޔިތުން ކަމާއި، އުތީމުގާ ކޮންމެ މީހަކު ގޮވާމެއް ކޮށް، ރުއް އިންދާ ހެދިޔަސް އެއެއްޗެތިން އެމިސްކިތުގެ ބެލެނިވެރިންނަށް ދޭންޖެހޭނެ ކަމާ، އަދި އުތީމު ރައްޔިތުން ބަންޑާރަ މަސައްކަތަށް ނުކުންނަން ނުޖެހޭނެ ކަމާ، އުތީމު ގަނޑުވަރަކީ އެރަށު އެންމެންގެ މައްޗަށް އޮތް ތަނެއް ކަމާ، އައްސުލްތާނު އަލްގާޒީ މުހައްމަދު ތަކުރުފާނު (ސިރީ ސަވާދީއްތަ މަހާރަދުން)ނަށް ކޮންމެ އަހަރަކު ފާތިހާ ކިޔަވާ، އެރަދުންނަށް ދިޔަފުރަސޫތާވެ(އަށަގަނެ)އުފަން އައްސުލްތަނު އިބްރާހީމް އަށް، ވީވަރަކުން، ކޮންމެ ރަބީލްއައްވަލް މަހަކު ދުއާއެއް ކިޔާ، އިހުފަދައިން މާލޫދު ކިޔާ އަދި މި އެންމެހާ ކަންކަން ކުރުމަށް، އެއިރަކު މާލޭގެ ރަސްކަމުގާ އިންނެވި ރަސްކަލަކު، އުތީމު މީހަކާ ހަވާލުކުރައްވާ، އެމީހަކު އެކަން ކުރަންޖެހޭނެކަމާ، އެޔަށްފަހު އުތީމު މީހުން ދިއްދޫއަށް، ކުރީގާ ގޮސްއުޅުނުހެން ގޮސްގެންނުވާނެ ކަމާ، މިއެންމެހާ ކަންކަމުގެ އަމުރު ނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، ފަތެއްލިޔުމަށް، ވަޒީރުލް އައުޒަމް އަލްއަމީރު މުހައްމަދު ފަރީދު ދީދީ އެންގެވުމުން، ހުރާ ހަސަން ގެދަރި ފަތްލިޔާ މޫސާ މަލިން ލިޔުނު ފަތެއް. (Size: 19.25" × 12")
H.A.Utheem - Mosque in Utheemu - Endowment for Shrine (ziyaaraiy)

National Archives of Maldives
NAM DOC-MN-D-1 · Item · -
Part of Documents

(Size: 23.6" X 18") -- (ތާރީހެއް އިނގޭކަށް ނެތް)9ވަނަ ފޮޅުވަތުގާ، 'އައްސުލްތާނު މުހައްމަދު އިމާދުއްދީނު' އަދި 16ވަނަ ފޮޅުވަތުގާ، 'ޒުލްގައިދު'، އަރަބިން ލިޔެފާވާ، ބަކަރިހަމުގެ ފަތެއް.
އަދި މިފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ނަންބަރު 89، ކޮޅުމަޑުލު ދިޔަމިގިލި، މާލިޔާ ށ.1-59/89' މިހެން ލިޔެ، މިނިސްޓްރީ އޮފް އެގްރިކަލްޗަރުގެ ތައްގަނޑު ޖަހާފާވާ ދިވެސްއަކުރު
ފަތެއް
Th.Dhiyamingili

National Archives of Maldives
NAM DOC-MN-D-2 · Item · -
Part of Documents

(Size: 21.3" × 16.5") -- (ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'އުތީމް މިސްކިތު ބޯގަ، ނަންބރު 79'، މިހެން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.
H.A.Utheem - Endowment for Shrine (ziyaaraiy)

National Archives of Maldives
NAM DOC-MN-D-3 · Item · 1921
Part of Documents

(Size: 12.9" × 8") -- 1339ހ(1921މ)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީޔަތު މަޖިލީހުގާ، މުހައްމަދު ރޯނުބަނޑޭރި ތަކުރުފާނުގެ ދަރިކޮޅުމީހުން ތެރެއިން، ރޯނުގޭ އަލީދީދިގެ ދަރި ސަންޕާ ދީދީގެ ފިރި ފޫޅުމާގޭ އަލީ ދީދީއާ، އެދެމީހުންގެ ދަރި އަހުމަދު ދީދީ އާއި، ދެމީހުން، އެމީހުންގެ ވަގުފް ގޯތި ރޯނުކޮށީގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އެތަނުގެ އިހުގެ ފަތް ބެއްލެވިއިރު އޮތީ، 1208ހ(1794މ)ގާ، އަލްގާޒީ މޫސާ ނަޖުމުއްދީނު އަލްނަދުވީ، އެގޯތީގެ އިން ހިމަނާ، ލިޔެދީފާވާ ފަތެއްކަމުން، އެގޯތީގެ މިންއެޅި ކަމާއި، މުހައްމަދު ރޯނުބަނޑޭރި ތަކުރުފާނުގެ ދަރިކޮޅު މީހުން އޭނާގެ ތަރިކަ ބަހާ، އެގޯތި 4 ބަޔަކަށް ބެހެވިފާވާ ކަމާއި، ބެހިފާވާނީ، ދެކުނު މަތީ ބައި، ބިލާލުގޭ އަލިމަނިކުގެ މައިފުށު މާމަގެ ދަރިކޮޅަށް، އެތަނާ އިންވެ ހުޅަނގަށްއޮތް ބައި، ވެޔޮގޭ މަނިއްޕުޅުގެ މަންމަ، ވެލާނަގޭ ދީދީގެ ދަރިކޮޅަށް، އުތުރު މަތީ ބައި، ރޯނުގޭ އަލީ ދީދީ އާއި މޫސާ ދީދީގެ މަންމަ، ރޯނުގޭ ބޮޑު ދީދީގެ ދަރިކޮޅަށް އަދި އެތަނާ އިންވެއޮތް ހުޅަނގު ބައި، މާލޭގެ ރަންފުޅުގެ މަންމަގެ ދަރިކޮޅަށް، ކަމުގަޔާ، އެ ތަނުގެ ވަގުފުން، ކޮންމެ ރަބީލްއައްވަލު މަހުގެ 12ދުވަހު، ސޮލަވާތް ކިޔަން ވާނެކަމާ، މިއެންމެހާ ކަންތައްތައް ލިޔެ، އެ ޝަރީއަތު މަޖިލީހުން ލިޔެފާވާ ފަތެއް.
އަދި، މިފަތުގެ ނުފުށުގާ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލު 8)ގާ، 'މިގޯތި އެލައިން ނަގާ، އަލުން ފަތް ލިޔެ(ނަންބަރު 127) ލިޔެފާވާ ކަމުގާ ލިޔެފާވާ ލިޔުންކޮޅެއް ވެއެ.
K.Male' - H.Roanukoshi (A plot of land in Male) - Deed(Housing Plot)

National Archives of Maldives
NAM DOC-MN-D-5 · Item · 1926
Part of Documents

(Size: 5.6" × 6.75") -- 1344ހ ޒުލްގައިދު 28(1926މ ޖޫނު 9)ގާ، މާކަނާ މަނިކުގެ ދޮންތުއްތު ދީދީ ނިޔާވުމުން، ކިނބިގަސްދޮށުކޮށިން އޭނާއަށް ވީތަނުން، ވަލުގަނޑުވަރު ތުއްތުދީދީއަށް ވާރުތަވީ ބައިގެ 2/1، ކުއްޅަވަށް އަލީ ދީދީ އާއި ތަކަންދޫ މުހައްމަދު ކަލޭފާނު ހެކިކޮށް، އެދުރު ހުސެއިން ދީދީގެ މުހައްމަދު ދީދީއަށް، ރިޔަނަކަށް -/3ރުފިޔާގެ މަގުން، -/16ރުފިޔާއަށް، އޭނާ ވިއްކިކަމުގާ ލިޔެފާވާ(ދިންވަކިފަރާތެއް ނެތް) ލިޔުމެއް.
K.Male' - Kin'bigasdhashu Koshi (A plot of land in Male)

National Archives of Maldives
NAM DOC-MN-D-6 · Item · 1798
Part of Documents

A royal decree commissioning the buidling of a boat (Furedhdhi Odi)(Size: 6" × 4.7") -- 1213ހ(1798މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު، ހުވަދުންމަތި(ގއ/ގދ) ކުރަމަތިން؟؟ ރުއްކަނޑާ، ފަގީރުން ގެންގޮސް ފުރެއްދި އޮޑި ބަނދެ، ހަރުގެ އަޅާ، މިއެންމެހާ ކަންތައްތައް ކުރުމަށް އަތޮޅުވެރިޔާ ވިޔަސް، އެހެން ގަދަ މީހަކުވިޔަސް، އެރަދުންގެ އަމުރަކާ ނުލާ، ނުބެހެވޭނެ ކަމުގާ ލިޔެފާވާ ފަތެއް.
G.Kuramathi - Order

National Archives of Maldives
NAM DOC-MN-D-7 · Item · -
Part of Documents

A royal decree of protection for Ha'oddey Dhamana Kanbulo(Size: 7.4" × 4.1") -- (ތާރީހެއް އިނގޭކަށް ނެތް) އަލްވަޒީރު ދޮށިމޭނާ މަނިކުފާނު، ހައޮއްޑޭ ދަމަނު؟ ކަނބުލޯއަށް އެކި ފަރާތްފަރާތުން ދީފާވާ ފަތް ބަލާ، އޭގާއޮތް ފަދައިން، އެމީހުންނަށް އަނިޔާކޮށް، ގެދޮރަށް ވަދެ ނެހެދޭނެ ކަމުގާ ލިޔެފާ ފަތެއް. (މިފަތުގެ ފަހުބައި ހަލާކުވެ ކިޔަން އިނގޭވަރެއް ނޫން)
G.Hao'ddaa - Order

National Archives of Maldives
NAM DOC-MN-D-8 · Item · 1937
Part of Documents

(Size: 15" × 10") -- (ތާރީހު ޔަގީނެއް ނޫން)،1356ހ(1937މ)ގާ، މަހްކަމަތުލް ޝަރީޔާގެ އަލްގާޒީ ހުސެއިން ސަލާހުއްދީނުގެ ޝަރީޔަތު މަޖިލީހުގާ، މަލިންގޭ ހަސަން ވެލާނާ މަނިކުފާނުގެ ދަރި ވެލާނާގެ މުހައްމަދު ދީދީ، އޭނާގެ ބައްޕަގެ ހުރި ގޯތިގޯތި، ޝަރީއަތުގެ މަގުން، އޭނާޔަށާ އޭނާގެ އެއްބަފާ ދެ އަންހެނުންނަށް، ބަށްސަވާ ދެއްވުމަށް އެދުމުން، އެކަން ބެއްލެވިއިރު، އެ ވެލާނާ މަނިކުފާނުގެ މިލްކު ގޯއްޗަކީ، ވެލާނަގެއާ އެއްވެގެންވާ ތިން ގޯއްޗާ، އޭނާގެ ދަރި، މެދުގަނޑުވަރު ތުއްތު ދީދީ ދިރުއުޅޭ މާފަންނު މުރީދުގެ ކިޔާ ގޯއްޗާ، މައްޗަންގޯޅި ބަސީރުގެ ކިޔާ ގޯއްޗާ، ހެންވޭރު އަތިރީ ދޮށިމޭނާގޭގެ ތެރޭގާ ހުރި ދެ ފިހާރަޔާ، އެއެންމެހާ ތަންތަނުގެ ތެރެއިން، އެ ދެފިހާރަ ނޫން ތަންތަން، ރިޔަނެއް -/3ރުފިޔާގެ މަގުން އަގުކޮށް، އެތަރިކަ ބެހުމުން، މެދުގަނޑުވަރު ތުއްތު ދީދީއަށް އޭނާ އުޅޭ މ.މުރީދުގެ، ބަސީރުގެ، ވެލާނާގެ ދީދިއަށް ދޫކޮށް، އޭގެ ފަހުން މުހައްމަދު ދީދީ އަތުގާ އިތުރަށް ވީ ފައިސާއިން އެ ދެބެއިންނަށް ދިންވަރާއި... (މިހިސާބުން މިފަތް ވީދި ކިޔަން އިނގޭވަރެއް ނޫން.)، މި އެންމެހާ ކަންތައްތައް ބަޔާންކޮށް ލިޔެ، އެމަހްކަމާގެ ތައްގަނޑު ޖހަފާވާ ފަތެއް.
H.Velaanaage - M.Mureedhuge - Ma.Baseeruge - Housing Plot - Private Property

National Archives of Maldives