1360ހ ޖުމާދިލްއައްވަލް 2(1941މ މޭ 29)ގާ، މަހްކަމަތުލް ދާހިލިއްޔާއިން(ވުޒާރަތުލް ދާހިލިއްޔާގެ ތައްގަނޑުގާ)، ތިލަދުންމަތި އުތުރުބުރި(ހއ.) މާރަންދޫ، ހުސެއިން ގެދަރި ޒަކަރިއްޔާއަށް، އެރަށުގެ ކުޑަކަތީބު ކަމާއި، ޖަމާތްތެރިކަން އަދި ދުއާމާލޫދުއާއި ސަލަވާތްފާތިހާ ކިޔެވުމުގެ ޒިންމާ މަތިކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަން އަންގަވާ، ވަޒީރުލް ދާހިލިއްޔާ، ހަސަން ފަރީދު ދީދީ ސޮއިކޮށްފާވާ ލިޔުމެއް.Letter of appointment for a deputy island chief (Size: 13.2" X 8.2")
Ha - Maarandhoo - Shrine endowment letter
1358ހ ރަބީލްއާހިރު 16(1939މ ޖޫނު 5)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު(ޝާނީ)ގެ ރަސްކަމުގެ 5ވަނަ އަހަރު، ފެލިދެއަތޮޅު(ވ.) ފެލިދޫ، ކަތީބު ހުސެއިން ގެދަރި އަހުމަދުއަށް ފެލިދޫގެ ކުޑަކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for a deputy island chief (Size: 13.2" X 8.15")
V - Felidhoo - Shrine endowment letter
(ތާރީހެއް، ލިޔުނު ފަރާތެއް ނެތް... ބެލެވެނީ، 'ސަރުކާރުގެ ހަބަރު' ނޫސް މަޖައްލާއިން، ބޭރުދަތުރަކުން އައި މީހަކަ ކޮށްފާވާ ބަސްދީ ގަތުމެއް ކަމުގާ) 'މުހައްމަދު އަމީނު އާއި ބައްދަލުވުމެއް'، 'ރަންނަބަނޑޭރި ކިލެގެފާނު ހެޔޮހާލުކޮޅުގާ' އަދި 'މަހުގެ އަގުބޮޑުވުމުގެ އުއްމީދެއް'، މަތީގާ ވަކިވަކިން ސުރުހީކޮށް، ފުރަތަމަ ސުރުހީގެ ދަށުން، 'އެމީހުންގެގެ' އެހެން ކޮލަމެއްގާ، އަލްފާލިލް މުހައްމަދު އަމީނު ދީދީ މާލޭ ބަނދަރުގާ ކަރަންޓީނު ދުވަސް ހަމަވަންދެން ހުންނަވާތާ ތިންހަތަރު ދުވަސް ވެއްޖެ ކަމާ، އެމީހުންގެ ހަބަރު ހޯދާ މީހަކަށް، އަމީނު ދީދީ އަތުލައިގަންނާނެ ފުރަސަތެއް ލިބި، ' އަޅުގަނޑުމެންގެ ވެރިޔާ ހެޔޮ ހާލު ކޮޅުގައި، މިސުރުގެ ގާހިރާގާ އެބަހުންނެވި.' މިހެން ލިޔެ، އަދި ދެވަނަ ސުރުހީގެ ދަށުން، 'ސަރުކާރުގެ ހަބަރު'ގާ ބަޔާންވެފާވާ ފަދައިން ސުއްމުލް އަމީރު ރަންނަބަނޑޭރި ކިލެގެފާނުއާއި، އޭނާގެ ދަރިކަލުން، އައްނަބީލް އިބްރާހީމް ފަރީދު ދީދީއާއި، އަރިހުގާ ދިޔަ ދިވެހި ބޭކަލުން، އޭގެ ކުރީ އަހަރު ހައްޖަށް ވަޑައިގަތީ މަތިންދަ ބޯޓުން ކަމާ، މިހާރު އެ ކިލެގެފާނު މިސުރުގާ ހެޔޮހާލުކޮޅުގާ ހުންނެވި ކަމާ، އޭނާ މާލެ ވަޑައިގަންނަވާނޭ އިރެއްގެ ސުވާލަށް ތަފްސީލު ޖަވާބެއް ދެވޭނީ، ދައުލަތު ހިންގާ މަޖިލީސް މެންބަރުންނާ ސުވާލުކޮށްލާނޭ ފުރުސަތެއް ލިބުމުން ކަމާ، އަދި އެވަގުތު ބުނެވޭނެހާވެސް އެއްޗަކީ، މިސުރުގާ ކޮންމެހެން ހަމަޖައްސާލަށްވަން ހުރި ކަންކަން ނިންމަވާފާ ލަސްތަކެއް ނުވެ ވަޑައިގަންނަވާނޭ ކަމުގަޔާ، ސިލޯނުގާ ހިނގަމުންދާ ދައުލަތުގެ ކަންތައް ހިނގަމުންދާގޮތުގެ ސުވާލުގާ، ބުނަންއޮތް އެއްޗަކީ، އާންމުކޮށް ދުނިޔެއަށް، ހާއްސަކޮށް ސިލޯނަށް މެދުވެރިވެފާވާ ދަތިތަކާ ނިސްބަތްކޮށް ބަލާއިރު، ދިވެހިންގެ ކަންކަން ހިނގަމުންދަނީ އެންމެ ރަނގަޅަށް ކަމާ، ކިޔަވަން ތިބި ދިވެހި ކުދިންގެ ކިޔެވުން ދަނީވެސް ރަނގަޅުވަމުން ކަމާ، ކާބޯތަކެތި ލިބުމުގާ ދައްޗެއްނެތް ކަމާ، އަގުގެ ސުވާލުގާ، އަގުބޮޑުކަން އޮތްގޮތަށް އޮތީ ނުވަތަ ކުރިޔަށް ވުރެވެސް ބޮޑުކަމާ، އަދި އަގު ހެޔޮވާން ފަށާނީ އޭރަށްވުރެވެސް ބޮޑުވެފާ ކަމާ، ކާބޯތަކެއްޗަށްވުރެ އަގު ބޮޑީ ފޭރާން ކަމާ، ފޭރާން ލިބުން ތަނަވަސްވިޔަސްވެސް، ލިބޭނީ އަގުހުރި ފޭރާންކަމާ، އަގުހެޔޮވުމުގެ ދުވަސް އޮތީ ހުވެފެނުގާ ކަމުގަޔާ، އަދި ބާޒާރުގެ ބިސްކޯދު، ސެންޓު، ފަށުވިފޮތި، ކެހެރިފޮތި، ކުޅިވަރުގެ ސާމާނު ފަދަ އެހެން ތަކެތި، އަޖާއިބުވާ މިންވަރަށް ގިނަކަމާ، އަޖާއިބު ވާން މިޖެހެނީ ހަނގުރައިމާގެ ދުވަސްކޮޅު ކަމުން ކަމުގާ ބުނެ، އަދި ތިންވަނަ ސުރުހީގެ ދަށުން، މަހުގެ އަގުގެ ސުވާލުގާ، އެކަމުގެ ރަނގަޅު ޖަވާބު ދެވުނީހީ، މާލެފޭބުމުގެ ދެތިންދުވަސް ފަހުން ކަމުގަޔާ، އެއީ ދައްލަތު ހިންގާ މަޖިލީހުގެ ޖަލްސާއަކަށް ފަހުގާ، އެސުވާލު ކުރިނަމަ ކަމުގާ ބުނެ، އެ ޑިސެންބަރުން ފެށިގެން ހަންދަރަކުން -/2ރުފިޔާ ބޮޑުވެފާވާކަން އާންމުންނަށް އިނގިފާވާނެ ކަމާއި، އެކަމުގާވެސް ކުރަންވީ ޝުކުރު ކަމާއި، އަދި ފެބްރުވަރީހާތާނގާ، ހަންދަރަކުން އަދި -/5ރުފިޔާ ބޮޑުވިޔަސް، ހައިރާންނުވާނެ ކަމާ، ސިލޯނާބެހޭ، ރާއްޖޭގެ ހުރިހާ ކަމެއް ވަރަށް ރަނގަޅުކަމުގާ ބުނެ، އެކަމުގެ ތައުރީފުގެ ހައްގުވެރިޔަކީ، ރާއްޖޭގެ، ކެއްތެރި ސަފީރު، އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ކަމާ، އަދި ބަންގާޅު ނާކޮޅުން، ލިބާހާ، ގުޑާކު ގެނައުމުގެ ސުވާލުގާ، 'ސަރުކާރު ހަބަރު'ގެ އަހުލުވެރިންގެ ހިތަށް ފިނިކަން ލިބޭފަދަ ގޮތަކަށް ޖަވާބުދެވެން ނެތީތީވެ ހިތާމަކުރާ ކަމާ، އަންހެނުންގެ ލިބާސް ގެނެވޭތޯ، އޭނާޔާ، ހަސަން ކަލޭފާނު އާ، ދެމީހުންނަށް ވީވަރަކުން މަސައްކަތް ކޮށް، އެހާތަނަށް ނަތީޖާއެއް ނުލިބޭ ކަމާ، ބަންގާޅުގާ އުއި ނެތް ކަމާ، ބޭރުންގެނެސް ލިބާސް ވިޔެފިއްޔާ، އެ ގަތުމަސް ކުޅަދާނަ ނުވާނެ ކަމާ، މަސައްކަތް ހުއްޓާނުލާނެ ކަމާ، ރިޔާކަނޑާފޮއްޗާ، ދޮށި ކަހަލަ އެއްޗެތި ގެންނާނެ ކަމާ، އެފަހަރު ކާށި ވިކިފާވަނީ، ދުވަހަކުވެސް ނިވިކޭހާ ބޮޑު އަގު، -/130ރުފިޔާއަށް ހާހެއް ކަމުގަޔާ، އަދި ގުޑާކާ ބެހޭގޮތުން އެއްޗެއް ވިދާޅުނުވާ ކަމުގެ ސުވާލުގާ، ފައިބަންވީ މާލެޔަށް ކަން ހަނދާންކޮށްލުމުން، އެސުވާލަށް ޖަވާބުދޭން މާކަފަސޭހަ ނުވާނެކަމާ، ދުންފަތު ވިހަޔަކީ ބާރުގަދައެއްޗެއް ކަމުގާ ބުނެ، ނަމަވެސް، މާތްކަލާންގެޔާ ވަކީލުކޮށް ވީގޮތް އެ ބުނަނީ ކަމުގާ ބުނެ، ބަންގާޅުގާ، އަގުބޮޑު ނަމަވެސް ދުންފަތް ލިބެން ހުރިކަމާ، މާލޭގާ އެދުވަސްކޮޅު ކަންތައް ހުރިގޮތުން، ގުޑާކުގެންނަށް އޭނާޔަށް ނުފެންނާތީ ނުގެނައީ ކަމުގަޔާ، އެކަމުގާ ކުއްވެރިޔަކީ، އޭނާ ކަމާ، ހަސަން ކަލޭފާނު ނޫން ކަމުގަޔާ، ކޮޅުނބަށް ދިޔަ ދެކުނު އޮޑިފަހަރުގެ ވާހަކައިގެ ސުވާލުގާ، އެފަހަރު ދޮޅަހަކަށް(ބާރަ) އޮޑި ދިޔަކަމާ، ކޮޅުނބުގާ ތަކެތީގެ އަގުބޮޑުކަމުން، އޮޑިފަހަރުގެ މީހުންނަށް މާކަ ފައިދާ ނުވާނެ ކަމުގާ އޭނާ ދެކޭ ކަމާ، ވުޒާރަތުލް ދާހިލިއްޔާގެ 'ގާއިގާމު'؟ގެ އެންގެވުމުގެ މަތިން، ބައެއް އޮޑި ސީދާ އަތޮޅުތަކަށް ދާން، އޭނާ ބުނެފާ އައި ކަމާ، ސިލޯނުގާ 'އެމީހުންގެ' އުޅުން ހުރިގޮތުގެ ސުވާލުގާ، އެއަހަރު އެމީހުންގެ އުޅުމާދޭތެރޭ، އެއްވެސް ޝަކުވާއެއް ނެތް ކަމުގާ ބުނެ، އަދި މުހައްމަދު ހާޝިމްގެ ކުލަގަދަ އިބާރާތުން ނަމަ، 'ހުވަދޫ މީހުން މުޅިން އެހެން ފުށެއްޖެހިފާ މިފަހަރު ތިބީ'، ކަމުގަޔާ، ހުރިހާ އޮޑިފަހަރެއްގެ މީހުންނަށް އޭނާ ޝުކުރުކުރާކަމާ، މާލޭގެ ކަންތައްތައް ހިނގަމުންދިޔަ ގޮތާ މެދު އޭނާ ހިތްހަމަޖެހުމުގެ ސުވާލުގާ، އޭނާގެ ހިތްވަނީ ޝުކުރުގެ ހައްގުވެރިންނަށް ޝުކުރުން ފުރިފާ ކަމާ، ދައުލަތުގެ މަހްކަމާތަކުގެ ވެރިންނަށް އޭނާ، އަދަބުވެރިކަމާއެކު ދަންނަވާނީ ސާބަސް ކަމާ، އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނަށް، އަލްފާލިލް އިބްރާހީމް މުހައްމަދު ދީދީ އަށް، އަލްފާލިލް މުހައްމަދު އިސްމާއީލް ދީދީ އަށް، އައްނަބީލަ ފާތުމަތު އިބްރާހީމް ދީދީ އަށް، ވަކިން ހާއްސަ ގޮތެއްގާ ލޯތްބާއެކީ ޝުކުރުދަންނަވަމުން ނިންމާލާފާވާ، ބަސްދީގަތުމެއް.
(Size: 10" x 8")
K - Male' - News (Interviews)
1906މ ޖުލައި 11(1324ހ ޖުމާދިލްއައްވަލް 19)ގާ، ދަ އޭޝިއޭޓިކް ޕްޓްރޯލިއަމް ކޮންޕެނީ ލިމިޓެޑް ކިޔާ އެޖެންޓު ކުންފުންޏެއް މެދުވެރިކޮށް، ރާއްޖޭގާ ވިޔަފާރިކުރާ ޑެލްމޭޖް؟؟ ފޯސިތު އެންޑެ ކޮންޕެނީ ކިޔާ ކުންފުންޏަކުން، ކޮޅުނބު އިން، ރާއްޖޭގެ ރަދުންނަށް؛ އެރަދުންގެ މީސްތަކުންނާއި އެކުންފުނީ މީހުންނާއި ދެފަރާތުގެ ފައިދާއަށް، ދަށްއަގުގާ ތެޔޮ ވިއްކުމާ، އަދި އެޖެންޓަށް ބޭނުންވާވަރަކަށް ދަރަނީގެ ވަސީލަތް ދިނުމާ، މިހުރިހާ ކަމެއް ކުރުމުންވެސް، ފުދޭވަރަށް ވިޔަފާރި ނުހިނގާ ކަމުގާ ބުނެ، މި ސިޓީއާ އެކު ފޮނުވާ، އެ އެޖެންޓުގެ ހިސާބު-ކިތާބުން އެކަން ސާފުވާނެ ކަމުގާ ބުނެ، އަދި ރާއްޖެޔަށް ފޮނުވި -/3000 ރުޕީޒްގެ ތެލަށް، އެންމެ ލާރިޔެއްވެސް ލިބިފާނުވާ ކަމާ، އަދި އޭގެ ބަދަލުގާ، އެޖެންޓަށް ދައްކަން ޖެހޭ 849.08 ރުޕީޒް ދެއްކުމުން، ޖުމްލަ 3849.08 ރުޕީޒްގެ ގެއްލުން ވެފާވާ ކަމާ، ފައިދާވާނެ ގޮތުގާ އެ ވިޔަފާރި ހިންގަން ބޭނުންފުޅު ނަމަ، އެކަން ބަލަހަށްޓަން ރަނގަޅު މީހަކު ހަމަޖަށްސަވާދެއްވައިފިއްޔާ، އެ ވިޔަފާރި ފައިދާހުރިގޮތުގާ ކޮށް، ދަށް އަގުގާ ބޭނުންވަރަކަށް ތެޔޮ ފޯރުކޮށްދެވޭނެ ކަމާ، އެހެންވެ، ރަދުން ވިސްނާވަޑައިގަތުމަށް، ހުށަހެޅުންތަކެއްކަމުގާވާ: އެވިޔަފާރި، އެމީހުންގެ ސީދާ ބެލުމުގެދަށުން ކުރެވެން ނެތީތީވެ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުން އެކަން ކޮށް އެންމެންނަށްވެސް ފައިދާހުރިގޮތުގާ އެކަން ކުރުމަށާ، ޝްރީލަންކާ ސަރުކާރުންވެސް، މެޑްރާހާ އެކު، އެންމެހާ ފަރާތަކަށް ފައިދާ ހުރިގޮތުގާ އެގޮތަށް ވިޔަފާރި ކުރަމުން ދާކަމުގާ ފާހަގަކޮށްފަޔާ، އެ ހުށެހެޅުމާ އެކީ ވަޑައިގަންނަވަން ގަސްތެއް އޮތްނަމަ، އެމީހުންގެ ފިހާރަ، ޕޯސްޓުއޮފީހެއް ހެދުމަށްޓަކާ، ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާކަން އެމީހުންނަސް އިނގޭނޭގޮތް ހަށްދަވާދެއްވާފިއްޔާ އެމީހުން ހިތްހަމަޖެހޭނެ ކަމާ، އެކަން އެމީހުންނަށް އިނގުނީ، ދިވެހި ސަފީރު މރ. ޑީޑީޔާ އެންމެފަހުން ބައްދަލުވީ އިރު، އޭނާގެ ފަރާތުން ކަމާ، އަދި އެކަމާބެހޭ ގޮތުން، އެމީހުންނާ މުއާމަލާތު ކުރައްވާނެކަމުގާ، އޭނާ ވިދާޅުވި ނަމަވެސް، އަދިވެސް އެއްވެސް ކަހަލަ ހަބަރެއް ނުވާ ކަމާ، އަދި މި ސިޓީ އާއެކު، އެފިހާރާގެ އަގާ ބެހޭ ހިސާބު-ކިތާބު ފޮނުވާ، އަދި ބުނެވިދިޔަ ކަންކަމުގާ، ރަދުންގެ ހިޔާލު ފޮނުއްވުމަށް އެދި، އަދި، އެމީހުން ރާއްޖެޔަށް ތެޔޮ އެތެރެކުރުން ހުއްޓާލިކަމުގަޔާ އަދި ފިހާރަ ވިއްކާލުމުގެ މުއާމަލާތްކުރަމުން ގެންދާ ވާހަކަ، އެމީހުންގެ އެޖެންޓު މރ. އެމް.އެސް.އެޗް އަބްދުލް އަލީއަށް އެންގިކަމާ މި އެންމެހާ ކަންކަން ލިޔެ؛ ޑެލްމޭޖް ފޯސީތު ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް.
(Size: 10.75" x 7.95")
Sri Lanka - Delmege Forsyth & Company Agent - letter(Official)
1357ހ ރަބީލްއާހިރު 20(1938މ ޖޫނު 19)ގާ، މިސުރުގެ ގާހިރާ އިން، އިބްރާހީމް ދީދީގެ ދަރި އަބްދުލް މަޖީދު ދީދީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް؛ އެފަރާތުން، 1357ހ ރަބީލްއާހިރު 3(1938މ ޖޫނު 2)ތާރީހުކޮށްފާވާ ސިޓީ(N-10) ލިބުނުކަމާ، އެސިޓީގާ އެދިވަޑައިގަތް ގޮތަށް، ރަސްކަމަށް ކޮލިލާދުވަހަށް މާލެވަޑައިގަންނަވާނެ ކަމާ، އަދި އޭނާ ހިޖާޒްކަރާ(ސައުދީ އެރޭބިއާ)ގެ މަދީނާގެ ޒިޔާރަތްޕުޅުގެ ފައިސާ ހިފައިގެން ދިއަ ދަތުރުގާ، އޭނާ އިންނެވި މޮޓަރު މަގުމަތީގާ އޮތް ވަޅުގަނޑަކަށް ޖެހިނު ބޫރައިގާ، ކަނދުރާޔާއާ ބޮލުގާ ފޮށްޓަކުން ޖެހި ބުރާންތިވެ، ރިހުން ނުކެނޑިހުރެ އޭރުވެސް ރަނގަޅުނުވެ ބޮލުގާ ރިއްސާތީވެ، ހިންދުސްތާނު(އިންޑިޔާ)ގާ ބޭސްފަރުވާ ކުރުމުގެ އިޒުނަޔަށް އެދިފަޔާ، ބޮލަށް ލިބޭ އަނިޔާއިން ބަޔެއް މީހުން މޮޔަވާ ކަމާއި އަދި އެހެންވެ އެކަމާ ބިރުވެރިވެ ހުންނެވި ކަމާ، މި ކަންކަން ބަޔާންކޮށް؛ ލިޔެ ފޮނުވާފާވާ ސިޓީއެއް. (Size: 9.8" x 7.75")
Egypt - Coronation day - Letter
1357ހ ރަބީލްއައްވަލް 14(1938މ މޭ 15)ގާ، ރަސްކަމަށް ކޮލިލުމުގެ ކަންތައް ތަރުތީބުކުރާ ކޮމިޓީގެ ރައީސް(ނަމެއްނެތް)، ދިވެހި ދައުލަތުގެ މުޝްތަސާރު(އެޑްވައިޒަރު)، އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް؛ ރަސްކަމަށް ކޮލިލާދުވަހު ގުރަނދަ(މަތިފުށް- ކޮލިލާއިރު ކިޔާ) ކިޔަން ނިންމި ކަމާ، އެ ގުރަނދަ ކިޔާން، އޭނާއަށް ފެނިވަޑައިގަންނަވާ ފަރާތެއް އެންގެވުމަށް އެދި؛ ފޮނުވާފާވާ ސިޓީއެއް.(Size: 9" x 6.9")
K - Male' - Committee for Gong Proclamation Ceremony - Coronation(letter)
1372ހ ރަބީލްއާހިރު 14(1952މ ޑިސެންބަރު 31)ގާ، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސްކަމަށް އަލްއަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ވުމުގެ މުނާސަބަތުގާ، އޭނާ ރާއްޖެޔަށް ކުރަށްވާ ގިނަގުނަ ހިދްމަތްތަކަށް ޝުކުރުދަންނަވާ، ފާދިއްޕޮޅުގެ އެންމެހާ ރައްޔިތުންގެ ފަރާތުން، ފާދިއްޕޮޅުގެ ވަފްދު ކަމުގާވާ، އެއަތޮޅު އަތޮޅުވެރިޔާ އަބްދުލް ހަކީމް ނައިފަރީ، ފާދިއްޕޮޅު މެންބަރު މަލިން މޫސާފުޅު، ނައިފަރު ފާތުމާފުޅު މޫސާކޮއި އަދި ހިންނަވަރު މޫސާ އާދަމް، ސޮއިކޮށްފާވާ، މަލުގެ ކުރެހުމުން ބޯޑަރު އަޅާ، ނުފުށުގާވެސް މަލުގެ ކުރެހުމެއް އަޅާ، 'ދިވެހިރާއްޖޭގެ ކީރިތި ވަލިއްޔުލް އަމްރުގެ މާތް އަރިއަހަށް'، ފޮނުވާފާވާ ތަހުނިޔާގެ ލިޔުމެއް.
ދެވަނަ ސަފްހާގާ ވަނީ ކުރެހުމެއް.
Congratulatory card written in Thaana, celebrating the inaguration of the new Maldivian President Muhammed Amin Didi (Size: 13.2" X 9.2")
( Letter of felicitation)
1903މ ސެޕްޓެންބަރު 28(1321ހ ރަޖަބް 6)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނުއަށް، ޝްރީލަންކާ ސަރުކާރުގެ ގެރެންޓީއާއެކު، ނޫރުބާއީ ދީފާވާ -/5000 ރުޕީޒް، އިބްރާހީމް ދީދީ މެދުވެރިކޮށް، ޝްރީލަންކާ ސަރުކާރަށް ދެއްކިކަމުގެ، 1240ނަންބަރުގެ ރަސީދު(އިނގިރޭސިން)އެއް. އަދި ނުފުށުގާ، ކޮށްފާވާ، މީގެ ދިވެހި ތަރުޖަމާއެއް.
(Size: 4.25" x 3.95")
Sri Lanka - Maldivian Embassy - Account(Money)
1908މ ޖޫނު 13(1326ހ ޖުމާދިލްއައްވަލް 13)ގާ، ކޮޅުނބުން، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، އަބްދުލް ހަމީދު ދީދީގެ ނަމުގާ، ރާއްޖެޔަށް ފޮނުވި މުދަލެއްގެ، އެކްސްޕޯޓް ފޯމެއްގެ، އެޒަމާނުގެ ކޮޕީއެއް. އަދި ނުފުށުގާ، އެ ކުންފުނި ގެ އިޝްތިހާރެއް ވެއެ.(Size: 6.35" x 5.45")
Sri Lanka - Walker Sons & Co. Ltd - Form(Package)
(ތާރީހެއްނެތް) 'ރަސްކަމަށް ކޮލިލާދުވަހު، ކޮއްޔާއި އެކު ދާން ގަސްތު ކުރެވުނު މީހުން'، މިހެން ސުރުހީކޮށް، އެކަމުގާ ދާން 8 މަގާމެއް ލިސްޓުކޮށް، އަދި އެކަމުގާ ގެންދާ 4 އެއްޗެއްވެސް ލިސްޓުކޮށްފާވާ ކަރުދާހެއް. (N-33 ސިޓީއާ އެކުފޮނުވި) (Size: 8.45" x 4.85")
K - Male' - Committee for Gong Proclamation Ceremony - Coronation(list)