1378ހ ޒުލްހައްޖު 28(1959މ ޖުލައި 6)ގާ، ބޭއްވުނު 'ކޮމިޓީއެއްގެ'(ކޮން ކޮމިޓީއެއް ކަމެއް ނެތް)، 9 ނުކުތާއަކަށް އޮތް ޔައުމިއްޔާއެއް.(Size: 8" x 6.2")
K - Male' - Report
1208ހ ރަބީލުއާހިރު 15(1793މ ނޮވެންބަރު 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 15ވަނަ އަހަރު، އެރަދުންގެ ދަރުބާރަށް އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރި ގެންނަވާ؛ މާލޭގެ މުންކަރާތަކާ(ކުއްފާފަތައް)، މިސްކިތުގެ ބޯގަތަކާ، ބައިތުލްމާލާ، ރައްޔިތުންގެ މިލްކުތަކާ، އެފަދަ އެންމެހާ ކަންތައްތައް ބަލާ އިންސާފުކުރުމަށް އެންގެވުމުން، އެދުރު ފަސްމަންދޫ ހުސެއިން، އަލްވަޒީރު ހާޖީ މޫސާ މާފަތް، އަލްވަޒީރު މުހައްމަދު ބޮޑުގަލު ދަހަރަދަ، މުހައްމަދު މާބަނޑޭރި، މާކޮށާރު ބަނޑޭރި މުހައްމަދު، އެތެރެ ބަނޑަހަލު ބަނޑޭރި ކިނޮޅޮހު އަލީ މޭނާ، ބޭރު ބަނޑަހަލަ ބަނޑޭރި އަލީ ސައިފުއްލާ، މުހައްމަދު ރައްފަޑި، ތޮއްޑޫ އިބްރާހީމް އަދި ރަސްކެތީމު ހުސެއިން ކުޑަބަނޑޭރި ހިމަނާ ކޮމިޓީ އެއް އެކުލަވާލާ، އެ ކޮމިޓީން، އައްސުލްތާނު އަލްގާޒި އަލްހާޖީ އިބްރާހީމް އިސްކަންދަރު މަހާރަދުން، ހުކުރުމިސްކިތުގެ 8 ދޮށުންގެ ކަންތައްތައް ބެއްލިއިރު، އެ މިސްކިތުގެ ބޯގަ، ހިންނަހިންނަ އޮންނަންވީ ވަރަށްވުރެ ބޮޑުކަމަށް ސާބިތުވުމުން، އެތަންތަން މިން ހަމަކުރުމުން، އެމިސްކިތުގެ ދޮށުން، އޭގެ އިތުރުން އެއްޗެއް ދެއްވުމަށް އެދުމުން؛ ހެންވޭރު ހިހޫވާ ނިކަގަސްދަށު ދެކުނަށް އޮތް، ލޮނުޒިޔާރަތް ހިންނަ އާއި އެހިންނައިގެ އުތުރަށް ހުރި މާމިސްކިތު ހިންނަ އާއި ދެމެދުގާ އޮތް 280ބަމަ ހުރި ބިމާ، ގާމަގު އިރުމަތިން 320ބަމައިގެ ބިމާ، ގަލޮޅު ބޮޑުމަގު ހުޅަނގުން އޮތް 138ބަމައިގެ ބިމާ، ރަށްދެބައިމަގު އިރުމަތިން 112ބަމައިގެ ބިމާ، ކެލާއެދުރު މަގު ހުޅަނގުން 374ބަމައިގެ ބިމާ، އީދުމިސްކިތަށް ހިނގާ މަގުގެ ދެކުނުން އޮތް، ވަށާ 270ބަމައިގެ ބިމާ، ކޮށްޓަށްހިނގާ މަގު ދެކުނުގާ އޮތް، ވަށާ 173ބަމައިގެ ބިން، ހުކުރުމިސްކިތަށް ލެއްވިކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، އަލްހާޒިން އަލް ކަބީރު މުހައްމަދު ހަނދޭގިރި ކިޔުމުން، ފަސްމަންދޫ އަލީ ހަކުރަވެތި ކަލޯގެ ދަރި ހުސެއިން ލިޔެފާވާ ފަތެއް. Size; 22.81" X 17.3"
K.Male' - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1333ހ ރަބީލްއާހިރު 19(1915މ މޭ 4)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ބޮޑުކިބާ ބަނޑޭރި، ފާމުދޭރިގެ ހަސަން ކަލޭފާނު އާއި ވެޔޮދޮށު ގަނޑުވަރު ބަނޑޭރި ބޮޑު ހަސަން ކަލޭފާނު، ގަލޮޅު ގަނޑުވަރުގެ އިރުން މާވާ ގަނޑުވަރުގެ ހުޅަނގުން އޮތް ވިލިނގިލިވަރު މަލިން ގޯތި، ބަންޑާރައަށް ނަގާ، އޭގެ ބަދަލުގާ، ގަލޮޅު ބަބުރުންކޮށިން ދެއްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެކަން ބަށްލަވާ، 1303ހ(1886މ)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު، އެތާގެ އިމާއި މިން ހިމަނާ ލިޔެފާވާ ފަތަކުން، އެ ވިލިނގިލިވަރު މަލިން ގޯތީ އެއީ، މަލިން ތަކުރުފާނުގެ ބެހެނިވެރިންނަށް މިލްކުވެއޮތް ގޯއްޗެއް ކަމުގާ ސާބިތުވުމުން؛ ގަލޮޅު ބިހުރޯޒު މިސްކިތާއި އާގަނޑުވަރާ ދެމެދުން އިރަށް އޮތްމަގާ އިންވެ ދެކުނުން ދެބައިރަނީންގެ ގޮނޑުގެ އިރުން ގަލޮޅު ކޮލިހިނގާ މަގަށް ނުކުންނަން އޮތް ގޯޅިއާ އިންވެ އިރުން އޮތް އެގޯތި(ގ.މަލިންގޯތި/އަބދަށްހިޔާގެ) އެއީ، މުންނާރު ހާޖީގެ ފިރިހެން ދަރީގެ އުމަރު މަނިކު އާއި ހާޖީގެ ކަތްދާމަނިކެ އަދި މަރިޔަމް މަނިކެއާއި، އެތިން ބެއިންގެ މިލްކެއް ކަމާއި، އެތަނުގެ މިން ހިމަނާ، ވިލިނގިލިވަރު މަލިން ގޯތި ބަންޑާރަ ވީކަމުގާ ބަޔާންކޮށް، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.Real estate document for Galolhu Malingoathi (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
Sem título1380ހ ރަބީލްއައްވަލް 29(1960މ ސެޕްޓެންބަރު 21)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މައްޗަންގޯޅި ބޮޑުގަލުމާފަތްގެޔާ އިންވެ ހުޅަނގުން އޮތް، އަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނު ވަގުފްކުރެއްވި، ރަންވިއްކާގޯއްޗާ، މިގޯއްޗާ އިންވެގެން އޮތް ހަންޏާމީދޫ ގޯއްޗާއި މިދެގޯއްޗަކީ، 1327ހ(1909މ)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު ބައްލަވައިގަނެ، އަބްދުލް މަޖީދުއަށް ހިބައިންދެއްވާފާވާ ދެ ގޯތިކަމުގާ، 1345ހ(1927މ)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު ފަތްލިޔެދެއްވާފާ ވަނިކޮށް، 1346ހ ޖުމާދިލްއައްވަލް 20(1927މ ނޮވެންބަރު 15)ގާ، އައްނައިބު އަލްހާއްޖަ މޫސަލް މަހައްލީ، އެގޯތީގެ ބޮޑުމިން ބަޔާންކޮށް، އެތަނުގެ ހަވާލުވެރިންނަކީ، އަލްއަމީރު ހަސަން ފަރީދު ދީދީގެ ދަރިކޮޅު ކަމުގާ ބަޔާންކޮށް، ވަގުފް ފަތް ލިޔެދެއްވާފާވާ، ގޯއްޗެއްކަން ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފް ގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
އަދި މިފަތުގެ 5ވަނަ ސަފްހާގެ ތިރީގާ ނޯޓަކަށް:
1379ހ ޒުލްގައިދު 24(1960މ މޭ 20)ގާ، މަހްކަމަތުލް ޝަރީޔާއިން ފޮނުވާފާވާ ށ-3-60/73 ނަންބަރު ސިޓީއިން، 1346ހގެ ވަގުފް ފަތް ލިޔުނު އިރު، އަބްދުލް މަޖީދުގެ ދަރި އަލްއަމީރު ހަސަން ފަރީދު ދީދިގެ ދަރިކޮޅު ނެތުމުގެ ސަބަބުން، އެ މަހްކަމާއަށް އެމައްސަލަ ހުށައެޅުމުން، ހަސަން ފަރީދުގެ ދަރިކޮޅަށް ކުރެވިފާވާ ވަގުފްގެ މަންފާވެރިންނަށް ވާނީ، އޭނާގެ މަންމަ ފަރާތުގެ ބޭފުޅުންކަމުގާ ނިންމާފާވާ ކަމުގާ ލިޔެފާވެއެ
Size: 10" X 7.5"
K - Male' - Ma.Ranvikkaa Goathi (35rd Housing Plot) - Deed for housing plot (Th.Elaa)
1958މ އޯގަސްޓް 20(1378ހ ސަފަރު 4)ގާ، ރާއްޖޭގެ ރަދުންނަށް، ޖޯން އެފް.ފީލްޑް ކިޔާ މީހަކު، އޭނާޔަށް ދިވެހި ސްޓޭމްޕެއް ލިބި، އޭނާގެ ސްޓޭންޕް 'ކަލެކްޝަނުގެ' އެންމެ ރީތި ސްޓޭންޕް ތަކުގެ ތެރޭގާ އެ ސްޓޭންޕް ވެ، އޭގެ ފަހުން އޭނާގެ ހިތުން ރާއްޖެ ފިލައިނުދާ ކަމާ، ރާއްޖެޔާ ދެނެގަންނަން ބޭނުންވެ، އަދި 'ނެޝަނަލް ޖޯގްރަފިކް' މަޖައްލާގާ، ކެޕްޓަން ވިލިއާޒް ކިޔާ މީހަކު ލިޔެފާވާ ލިޔުމަކުން ވަކިވަރަކަށް މައުލޫމާތު ލިބި، އެ ލިޔުމުން އޭނާގެ ހިތަށް އަލިކަމެއް ގެނެސްދިން ކަމާ، އަދި ދިވެހި ދަސްކުރަން ބޭނުންވާތީ، ތާނަ ރަދީފެއް، ބަހުގެ ގަވާއިދުފޮތެއް، ނޫނީ ދިވެހިބަސް ދަސްކުރެވޭނޭ ފަދަ އެހެން ފޮތެއްވިޔަސް ފޮނުއްވާދެއްވުމަށް އެދި، އަދި ސިލޯނުގެ 18ރުފިޔާ އާއި، ސިލޯނުގެ 10ރުފިޔާއަށް ވާ އެމެރިކާ ޑޮލަރާ، އެސިޓީޔާ އެކު ފޮނުވިކަމުގާ ބުނެ، ފޮނުވާފާވާ ސިޓީއެއް. Letter sent by John F Field on August 20, 1958, requesting a grammer book on Dhivehi language (Size: 10.95" X 8.5")
America - letter (Foriegn)
1959މ ޖަނަވަރީ 19(1378ހ ރަޖަބް 9)ގާ، ފްރެންޒް-ޖޯސެފް ހޯރެންޑް ކިޔާ މީހަކު ޖަރުމަނު ބަހުން ލިޔެފައިވާ ސިޓީއެއް. Letter sent by Frenz Joseph Horrend (Size: 11.7" X 8.25")
Germany - letter (Foriegn)
1611ހ ރަބީލްއާހިރު 29(1747މ މޭ 9)(މީގެ ނިމުމުގާވާ ތާރީހާ، މައިގަނޑުގާވާ ތާރީހާ ތައާރުޒްވޭ)ގާ، އަލްގާޒީ މުހައްމަދު ޝަމްސުއްދީނު އުއްތަމަފަޑިޔާރުގެ ޝަރީއްޔަތު މަޖިލީހުން؛ އެމަޖިލީހުގާ، ކާށިދޫ ބޮޑުފެން އަލީ ތަކުރުފާނުގެ ދަރިން އައިސް، އެމީހުންގެ ބައްޕަ ވަގުފްކޮށްފާ އޮތް 'މުހައްމަދުކޮށިތަން' ކިޔާ ތަނާއި، އެތާގާ ވީހާ ރުއްގަސް، ދިއްފުށީ މާވަޑިތަކުރުފާނުގެ ދަރިން އަތުލަން އުޅޭކަމުގާ ދައުވާކުރުމުން، އެ ޝަރީއަތަށް ކުރަށްވާ، އެވަގުފް އެއީ، ކާށިދޫ ބޮޑުފެން އަލިތަކުރުފާނުގެ ދަރިކޮޅުގެ ވަގުފެއް ކަމާ، އެތާގެ ވަގުފް ފަތް ސައްހަ ކަމުގާ ނިޔާކުރަށްވާ؛ ލިޔެދީފާވާ ފަތެއް. (Size: 8.8" X 6.6") Chief Justices - Al Ghaazee Mohamed Shamsuddin
K.Kaashidhoo - Mohamed koshithan (plot) - Deed for housing plot, Endowment for property
1955މ ނޮވެންބަރު 5(1375ހ ރަބީލްއައްވަލް 20)ގާ، ލެރެއިން މެކަން ކިޔާމީހަކު، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، އޭނާ، ދުނިޔޭގެ ވެރިންގެ ސޮއި(އޮޓޯގްރާފް)އާއި ތަސްވީރު އެއްކުރަމުން ދާތީވެ، އޭގާ ރަދުންގެ ސޮއެ(އޮޓޯގްރާފް) އާއި ތަސްވީރު ހިމެނުމަށްޓަކާ، އެ އެއްޗިއްސަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Laraine McCann to Sultan Muhammed Fareed Didion on November 5, 1955, requesting an autograph and photograph (Size: 9.05" X 5.75")
America - letter (Foriegn)
(ތާރީހެއް ނެތް) 'މާލޭގެ މީސްމީހުންގެ ވަގުފް ގޯތިތައް' މަތީގާ ޖަހާފާވާ، 8 ފަށްޗަކަށް ބަހާ، ފަތީގެ ސުރުހީއަށް، 'ނަންބަރު'، 'އަވަށް'، 'އިމާރާތުގެ ވެރިޔާ'، 'ގޯތީގެ ވެރިޔާ'، 'ފަތުގެ ނަންބަރު'، 'އިމާރާތް ހުރިގޮތް'، 'ގޯތިއޮތް ގޮތް'، މިނަންނަނަން ދީ، ސީރިއަލް ނަންބަރު 1-64 ދީފާވާ، މާލޭގެ ގޯތިތަކެއްގެ ލިސްޓެއް.
މިލިސްޓުގާ، ނަންބަރު 43ން 47ށް ވަނީ އުނިކޮށެ.
List of residential lands in Malé (Size: 13" x 8.3")
K.Male' - list (Endowed housing plot)
(Size: 17.3" × 1.4D") 1327ހ(1909މ) ތާރީހު ޖަހާފާވާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު، ހއ. އުތީމު މިސްކިތަށް ދެއްވާފާވާ ބޯގަ ފަތެއް ލާފާވާ، ކުރެހުން އަޅާ ލާޖަހާ، ދެކޮޅުގާ ޖަހާ އުނގުރި އެލުމީނިޔަމް ކަހަލަ މައުދަނަކުން ހަދާ، އެ މައުދަނުން މެދުގާ ދެ ބަންދުއަޅާފާވާ ލަކުޑި ހޮޅިއެއް
H.A.Utheem - Mosque in Utheemu - A scroll tube