1339ހ މުހައްރަމް 24(1920މ އޮކްޓޯބަރު 7)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 20ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މާލެއަތޮޅު ގުރައިދޫ މިސްކިތުގެ ހަވާލުވެރިން ކަމުގާވާ، ގުރައިދޫ އަލިމަނިކުފާނުގެ ދަރިން، އެމިސްކިތުގެ އިމާރާތް އާކޮށްފިކަމާއި، އެމިސްކިތުގެ ކުރީގެ ބޯގަ ފަތް ވަނީ ބާވެފާކަމުގާ ބުނެ، އެ ފަތް އާކޮށްދެއްވުމަށް އެދުމުން، 1209ހ(1795)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރު އާކޮށްދެއްވާފާވާ ފަތް ބަށްލަވާ، އޭގާ ވާގޮތުގެ މަތިން، މިލަދުންމަޑުލު (ށ.)ދަށުކޮމަންޑޫ އާއި، (ނ.)ހުޅުއްދޫ އާއި މާލެއަތޮޅު ފިހާޅޮހި އާއި، ގުރައިދޫ ރަސްގެތުނޑިއޭ ކިޔާތަނުގެ 400ބަމަ އާއި، މާމިސްކިތް މަގާ އިންވެގެން، ދެކުނަށް އޮތް ހިންނަބިންގަނޑާއި، އެތާގާވީހާ ތަކެއްޗާއި، އަދި އެ މިސްކިތް ހުރިބިމުގެ 457ބަމަ އާއި އެބިމުގާ ހުރިހާ އެއްޗެއް، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެ މިސްކިތުގެ ހަވާލުވެރިޔާކަން، އިބްރާހީމް އިސްކަންދަރުގެ މަންމަ، ކަނބާއައިސަ ރަނި ކިލެގެއަށާއި، އޭނާގެ ދަރިކޮޅަށް ލަށްވާ، އާ ފަތެއް ލިޔުމަށް އަމުރުނެރުއްވުމުން، ފުރަމާލޭ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެ ދަރި އަބްދުއްލޯ ލިޔެފާވާ ފަތެއް. Size: 17" X 9.4"
K.Guraidhoo - Guraidhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1224ހ ޖުމާދުލްއާހިރު(1809މ ޖުލައި)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 11ވަނަ އަހަރު، މާޅޮސްމަޑުލު(ރ.) ކަޅިފުށީ(އަލިފުށީ؟؟) މީހުން އެ ރަދުންގެ ދަރުބާރުގާ، އެރަށު ހުކުރު މިސްކިތް ވަގުފްކޮށް ދެއްވާފާވާ މިލަދުންމަޑުލު(ށ.) ދޮޅިއަދޫ، އެއީ މާލޭ މަށްޗަންގޯޅި ބާމިސްކިތަށް ބޯގަޔަށް ލަށްވާފާވާ ތަނެއްކަމުގާ، އެ މިސްކިތުގެ ބެރިޔެއްގާ ލިޔެފާ އެބައޮތޭ ކިޔާ، އެމިސްކިތުގެ ހަވާލުވެރިން، އެތަން އަތުލައިގެން އުޅޭކަމުގާ ދައުވާކުރުމުން، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނުގެ ޝަރީއްޔަތުގެ މަޖިލީހަށް، އެދެބައިމީހުން ފޮނުއްވުމުން، އެމަޖިލީހުން އެކަން ބަށްލަވާ، އަލިފުށީ ހުކުރުމިސްކިތް ނޫން އެހެން އެއްވެސް ތަނަކަށް، ދޮޅިޔަދޫ އޮތް ހަނދާނެއްވާ އެއްވެސް މީހަކު އެ ރަށުގާވެސް އަދި އެ އަތޮޅުގާވެސް ނޫޅޭ ކަމުގާ އަލިފުށީ މީހުން ބުނިކަމުގާ ރަސްގެފާނަށް ދަންނަވާ، އަލިފުށީ 8 މީހުން ޝަރީއްޔަތު މަޖިލީހަށް ހާޒިރުކޮށް، އެމީހުން އެގޮތަށް އެކަންއޮތްކަމަށް ހުވާކުރުމުން، އެހުވާމައްޗަށް، މި ޝަރީޔަތް ނިންމެވުމުން، ދޮޅިޔަދޫ އަކީ އަލިފުށީ ހުކުރު މިސްކިތަށް، ބޯގަޔަށް އޮތްތަނެއް ކަމުގާ ބަޔަންކޮށް، އައްނައިބު އަލްކަބީރު އަލްހާއްޖަ މޫސާ ހަނދޭގިރިން ކިޔުމުން، ފަތްލިޔާ އަލީ ހާޖީ ލިޔެފާވާ ފަތެއް. Size: 13.7" X 10.7"
R.Alifushi - Alifushi Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1349ހ(1930މ)ގާ، މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު، ކަލާފާނު ޒިޔާރަތުގެ ހަވާލުވެރިން ކަމުގާވާ، ހަންޏާމީދޫ ރައްޔިތުންނަށް، (އދ.)ދިއްދޫ މީހުން، 6000 ކާއްޓާ، 30 އަޑުބައި ކާށިތެލާ، 18 ބޮނޑި ރޯނާ، 200 ގަނޑު ފަނާ، 5 ކުކުޅާއި، ކޮންމެ އަހަރަކު ޝައުބާން މަހުގެ އެއްވަނަ ދުވަހަށް ދެއްކުމަށްޓަކާ، ދިއްދޫ ފާލަށްބަކޮށް، ދިއްދޫއަށްވީ ރުއްގަހާއި، ދިއްދޫ ރަށުމަހުގެ ދެބައިކުޅައެއްބައި ދިއްދޫ މީހުނަށް ލަށްވާ، މިތަކެތިން މިކަންކަން ކުރަންޖެހޭނެ ކަމުގާ ލިޔެ އަމުރުކުރަށްވާ، ހަންޏާމީދޫ މީހުންނަށް ދެއްވި ފަތެއް. Size: 9.4" X 4.3"
A.Hangnyaameedhooi - Kalaafaanu Shrine - Order (gift)
1105ހ ޒުލްހައްޖު(1694މ އޯގަސްޓް)ގާ، (ފަތަކު ނަމެއް ނެތް ތާރީހަށް ބަލާފާ)އައްސުލްތާނު މުހައްމަދު(ދެއްވަދޫ ރަސްގެފާނު)ގެ ދަރުބާރުގާ، ފާދިއްޕޮޅު (ޅ.)ލޯކުރެންދޫ(ކުރެންދޫ) މީހުން، އެރަށުގެ މާމިސްކިތް މައްޗަށާއި، އެރަށުގާހުންނަ ޝެއިހު ނަޖީބު ހަބުޝީގެ ޒިޔާރަތް މައްޗަށް، އައްސުލްތާނު މުހައްމަދު(އިމާދުއްދީނު؟) ދެއްވި ފަތް ބައުވެގެން، އިބްރާހީމް އިސްކަންދަރު އާކޮށްދެއްވާފާ އޮތް ފަތް ބާވެއްޖެ ކަމުގާ ބުނެ، އެފަތެއް އާކޮށްދެއްވަން އެދުމުން، ކުރީގެ ފަތުގާވާ މަގަށް، އެފަތް އާކޮށްދިނުމަށް އަމުރުނެރުއްވުމުން، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިޔުމުން، މުހައްމަދު ހަތީބު ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1332ހ ޖުމާދިލްއައްވަލް 14(1914މ އޭޕްރިލް 10)ގާ ކޮށްފާވާ ތާނަ ތަރުޖަމާ، (މީގާ އެމިސްކިތަށާ އަދި އެ ޒިޔާރަތަށް ބޯގަޔަށް ލެއްވި އެއްޗެއް ސާފުކޮށް މާނައެއް ނުކުރެވުނު....) Size; 13.4" X 8"
Lh.Kurendhooi - Sheikh Najeeb Habushee Shrine, Kurendhoo Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(ތާރީހެއް ނެތް) އައްސުލްތާނު އިބްރާހީމް އިސްކަންދަރު(ފަތަކުނެތް... ހުކުރުމިސްކިތް ބިނާކުރެއްވީ އެރަދުން ކަމުން) އެމިސްކިތް(ހުކުރު މިސްކިތް) ބިނާކުރަށްވާފާ، މިހުރާބުގޭ ފަސް މުދިމުން، ކޮންމެ ހުކުރު ދުވަހަކު ބަންގީ ސޮލަވާތް ގޮވާ، މާމުދިމަކު މަހާ ވޮޑިގަތުމަށް އެދި(މާނަ ނޭނގޭ.... ހީވަނީ ރަސްގެފާނުން ވަޑައިގަތުމަށް އެހުން ހެން)، ކޮއިލު ސޮލަވާތް ގޮވާ، ސުއްޖާދު(ރަދުންގެ މުސައްލަ)އުފުލާ، ހުތުބާ ކިޔާ، އައުދަ(ކަނޑި)ނަގާދީފާ، ދެންތިބި މުދިމުން، ކަތީބަކު ބަލާދިއުމާ، ސޮލަވާތް ފޮތާއި ފޭލި ގެނެސް ރަދުންނަށް ދިނުމަށާއި، އަދި ކޮންމެ ހުކުރު ދުވަހަކު ޒިޔާރަތްކައިރީގާ ޔާސީން ކިޔެވުމަށާއި، އަދި ކޮންމެ ދުވަހަކު 3 ފަހަރު އިހްލާސް ސޫރަތް ކިޔެވުމަށް އަންގަވާފަޔާ، އަދި، ދޮށުން ދޭ 18ލާރިއާ، ތުލުސްދޫއިން 136ބަމަ ހިންނައަކާ، މާލޭ މައްޗަންގޯޅިން 136ބަމަ ހިންނައަކާ، 'މަލަގުރައިދޫ'؟(އ.ނަލަގުރައިދޫ؟/މާލެއަތޮޅު ގުރައިދޫ؟)ގެ ދެބައިކުޅައެއްބަޔާ، 'ކުނާމީދޫ'؟ (ރ/ދ/ސ؟)އާއި، ދ.ވެލަވަރު؟ ރަސްބޮއްޔާ، ގަމުއަތޮޅު ގަމުން(ލ.ގަން؟؟) 100ބަމަ ހިންނައަކާ، 'މަގަތައްލާބަދުވާ'؟؟އާއި މިހުރިހާއެއްޗެތީން، މިކަންތައް(ހުކުރުމިސްކިތް ބެލުން؟؟؟) ކުރުމަށް ލެއްވި ކަމުގާ ހުކުރުމިސްކިތުގެ މެދު މިސްކިތުގެ ދެކުނުއިރުމަތީ ތަނބުގާ ހުރި ދިވެސްއަކުރު ލިޔުމެއްގެ ތާނަ ތަރުޖަމާއެއް. Size: 10.2" X 8.3"
K.Male' - Hukuru Miskiiy (Mosque) - Order
1213ހ(1798މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު، މިލަދުންމަޑުލު(ށ.) ފީވަކު 'ފަގީރުތަކުން' ލައްވާ، ފުރެއްދި އޮޑި(ބޭރުދަތުރުކުރާ އޮޑި)ފަހަރުގެ ހަރުގެ އަޅުވަން އަންގާ ކުރެއްވި އަމުރަށް ލިޔެފާވާ ފަތެއް.
އަދި ފަތުގެ ނުފުށުގާ: 'ސުލޭމާނު ނަބީ ކަލޭފާނުގެ ހައްގު ގައި އާދޭސް އާދޭސް އާދޭސް' މިހެން ލިޔެފާވެއެ.
Royal decree regarding the construction of shipyard on Foakaidhoo Island (Size: 8.4" X 5.1")
Sh.Feevaku - Order
1235ހ ޒުލްގައިދު(1820މ އޯގަސްޓް)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަޑިޔާރުގެ ޝަރީއަތު މަޖިލީހުން، ދޮށުންނަށް ލިޔެފާވަ ފަތެއް ކިއުއްވާ، އޭގާ، ނ.ކެނދިކޮޅު ހުކުރު މިސްކިތަށް އޮތް 200ގަޒުގެ(ގަޒަކީ މީހެއްގެ އިސްކޮޅާ މުށެއް ކަމަށް މިފަތުގާ ލިޔެފާވެއެ) ހިންނައަކީ، ދޮށުންނަށް އޮތް ހިންނައެއް ކަމުގާ، އެފަތުން ސާބިތުވުމުން، އެހިންނަ އެއީ އެ ދޮށުންގެ ތަނެއްކަމުގާ ނިޔާކޮށް، ކެނދިކޮޅުދޫ މީހުންނަށް، ލިޔެފާވާ ފަތެއް. Waqf endowment of assests allocated to Ke'ndhikolhu Hukuru Miskiyy (Size: 4.7" X 5.4") Chief Justices - Al Ghaazee Ibrahim Sirajuddin
N.Ken'dhikulhudhoo - Ken'dhikolhu Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1350ހ ރަޖަބް 27(1931މ ޑިސެންބަރު 7)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުގާ، މުރީދުގޭ ކުޑަމަނިކުގެ ތުއްތު އާއި ޔޫސުފް މަނިކުގެ ދޮންމަނިކެގެ ފިރި އަހުމަދު ދީދީ، ގަލޮޅު ދަހަރާގެއާ އިންވެގެން ދެކުނުން އޮތް ވަގުފް ގޯތިން، އެތުއްތުގެ ބައްޕަ، ކުޑަމަނިކުއަށް ވީތަން، ކުޑަމަނިކުގެ ދެބެއިންނަށް ބަހާ، ކުޑަމަނިކުގެ ތުއްތުއަށްވީ ބައި، އޭނާގެ ބޭބެގެ ދަރި ދޮންމަނިކެ އަތުން، -/200 ރުފިޔާ ނަގާ އޭނާޔާ ހަވާލުކޮށްފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ ތުއްތު ވިޔަސް އޭނާގެ ދަރިކޮޅު މީހަކަށް ވިޔަސްވެސް، އަނބުރާ އެ ފައިސާ އާއި އެމަނިކެ ކޮށްފާވާ އިމާރާތުގެ އަގު ނުދީ، އެތަން ނުނެގޭނެކަމުގާ ނިޔާކޮށް، ލިޔެފާވާ ލިޔުމެއް. (Size: 6.2" X 9") Chief Justices - Al Ghaazee Hussain Salahuddin
K.Male' - Order (Housing plot)
1348ހ ޒުލްހައްޖު 28(1930މ މޭ 27)ގާ، މަހްކަމަތުލް ޝަރީއްޔާއިން؛ މާވެޔޮދޮށުގެ ދޮންމަނިކުއާއި ފަހާ އާބަކުރު، ފަޑިޔާރުގޭގާ ހާޒިރުވެ ތިބެ، އެދޮންމަނިކުގެ ބައްޕަ، އިބްރާހީމް މަނިކުގެ ދަރަނި އަދާކުރުމަށްޓަކާ، އެއިބްރާހީމް މަނިކުގެ ގޯތި، ގަލޮޅު މައިޒާންދޮށު ގޯއްޗާއި އެތާ އޭނާ އަޅާފާވާ ގެ، އެއާބަކުރުގެ ހަވާލުގާ ބަހަށްޓާފާ، -/1500ރުފިޔާ ނެގިކަމާއި، އަދި އެ އެއްހާސް ފައްސަތޭކަ ރުފިޔާ، ހަމަޔަށް ނުދައްކަނީސް، އެއެއްޗެތި އަނބުރާ ނުނެގޭނެކަމަށާއި، އާބަކުރަށް އެ ގޯތީގެ 4 ފަތް ހަވާލު ކުރެވުނު ކަމުގާ ބަޔާންކޮށްފާވާ ލިޔުމެއްގެ، އެ މަހްކަމާގެ ސިއްކަ ޖަހާފާވާ ނަކަލެއް. Document providing security in exchange for money (Size; 9.8" X 7.9")
K.Male' - Maizaandhoshuge (Housing Plot) - Mortgage
(ތާރީހެއް އިނގޭކަށް ނެތް) 'އައްސުލްތާނު އިބްރާހީމް އިސްކަންދަރު'، މިހެން، 2ވަނަ ފޮޅުވަތުގާ، އަރަބިން ޖހާފާވާ، ދިވެސްއަކުރުފަތެއް.
މިފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ގަމުމިސްކިތު ބޯގަ' މިހެން ޖަހާފާވޭ.
Size: 14.6" X 11.5"
L.Gan - Endowment for Shrine (ziyaaraiy)