1340ހ ރަބީލްއާހިރު 27(1921މ ޑިސެންބަރު 27)ގާ، ހުސެއިން ސަލާހުއްދީނުގެ ޝަރީއަތުގެ މަޖިލީހުގާ، ބެރުއެދުރު ކާސިމް ކަލޭފާނުގެ ދަރި ބެރުއެދުރު ހާޖީ އާދަމް ކަލޭފާނު؛ ގ.ފާރުރީތި މިސްކިތުގެ ދެކުނުން އޮތްގޯތިން، ކޮއި އިބްރާހީމްފުޅުގެ ދަރިކޮޅަށާއި، ބެރުކޮއްކޮއަށާ، އޭނާގެ އެއްބަފާ ދޮންކަމަނައަށް ވީތަތަންތަނުގެ ވަގުފް ފުއްދާ، އިތުރަށް ލިބޭ އެއްޗެއް އޭނާޔަށް ލިބި، އެގޯތި ބެލުމަށް އޭނާއާއި ހަވާލުކުރުމަށް، ކޮއި އިބްރާހީމްފުޅުގެ ދަރީން، -/69، ބެރުކޮއްކޮ -/58، އަދި ދޮންކަމަނަ -/22 ރުފިޔާ ނަގާފިކަމުގާ ބުނެ، އެކަން ސާބިތުކޮށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯއްޗަކީ، އޭގެ އިހުފަތް ބަލައިގެން، މި ޝަރީއަތު މަޖިލީހުން، 1339ހ(1921މ)ގާ، ހުރާ ދޮންއަލިތަކުރުގެ މުހައްމަދު ތަކުރު ވަގުފްކޮށް، މިތަކުރުގެ ފާތުމާބީގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ އޮތް ގޯއްޗެއްކަމާއި، އަދި ބެރުއެދުރު ހާޖީ އާދަމް ކަލޭފާނުގެ އެ މުއާމަލާތް ސައްހަކަމުގާ ނިޔާކޮށް، އެތަނުގެ އިމާއި މިން ހިމަނާ، މޫސަލް މަހައްލީ ގެދަރި ނައިބު އަބްދުއްލޯ ލިޔުނު ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
K.Male' - G.Beruge - Deed for housing plot
1375ހ ޝައުބާން 1(1956މ މާޗް 14)ގާ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ ކަނޑައެޅުއްވި، ސަރުކާރުގެ ވަގުފްގޯތީގެ އާ ގަވައިދުގެދަށުން، 1297ހ(1880މ)ގާ، ދަހަރާ އަލިމަނިކުފާނު ވަގުފްކޮށް، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު ފަތް ލިޔެދެއްވާފާވާ، އަދި 1339ހ ޒުލްގައިދު 29(1921މ އޯގަސްޓް 4)ގާ، އެގޯތީގެ 2/1ގެ މިލްކުވެރިކަން، މި އަލިމަނިކުފާނުގެ އަހުމަދުދީދީގެ މުހައްމަދު ސައްލިދީދީއަށް ހަވާލުވެ، އަދި 1369ހ ޒުލްހައްޖު 1(1950މ ސެޕްޓެންބަރު 14)ގާ އަނެއް ބައި، އެ އަލިމަނިކުގެ މުހައްމަދު ދީދީ ގެދަރި ހުސެއިން ބަނޑުދީދީއަށް، ހަވާލުވެ، އަދި އެތަނުގެ ހަވާލުވެރިކަން އެ ދެމީހުންގެ ދަރިކޮޅަށް ލަށްވާ، ފަތްލިޔެފާވާ ގޯތި، މއ.އަލަނާސިގެ، ތ.އެލާއިން ނަގާ ލާޖައްސާ، އެތަނުން ލިބޭ ވަރުވާއިން، އެވަގުފް ފުއްދުމަށް ސަރުކާރުން ހަވާލުވީކަމުގާ ލިޔެފާވާ ފަތުގެ ނަކަލެއް. Size: 10" X 7.4"
K.Male' - Ma.Alanaasige (Housing Plot) - Deed for housing plot
1361ހ ސަފަރު 28(1942މ މާޗް 16)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ކެއްކުޅަ ދޮންކަލޭފާނު ހާޒިރުވެ، 1360ހ ޖުމާދިލްއާހިރު 24(1941މ މޭ 21)ގާ، އޭނާއަށް ބެރު މުހައްމަދު ކަލޭފާނު ވިއްކި ގޯތީގެ ފަތް ގެއްލި، އެގޯތީގެ މައްޗަށް ދައުވާކުރުމުން، ބެރު މުހައްމަދު ކަލޭފާނުން އެ މަހްކަމާއަށް ހާޒިރުކޮށް، ދޮންކަލޭފާނަށް އޭނާ ދަރާއޮތް ދަރަންޏެއް އަދާކުރުމުގެ ގޮތުން، މާފަންނު މާވެޔޮދޮށަށް ހިނގަންއޮތް މަގާ އިންވެ ހުޅަނގުން އޮތް ވަޅިކޮށި ގޯތީގާ، އޭނައަށް މިލްކުވެފާވާ ބައި ،އެ ދޮންކަލޭފާނަށް ދީ އޭނާޔަށް އެތަން މިލްކުވެފާވާކަމުގާ ބުނެ، އެކަން ސާބިތުވުމުން، ގާޒީ އަބްދުއްލޯ ފަހުމީ ދީދީ، ބަންޑާރަނައިބު އިބްރާހީމް ލުތްފީ ދީދީ، ކުޑަ ނައިބު އަދި ފަތްލިޔާ ނައިބު، އެތަނަށް ގޮސް، އެހިސާބުގަނޑުގެ ދުވަސްވީ މީހުންކުރެ އަހާ، އެމީސްމީހުންގެ ހެކިބަހުން އެތަނުގެ މިން ސާބިތުކޮށް، އެގޯއްޗަކީ، ކެއްކުޅަ ދޮންކަލޭފާނުގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެދީފާވާ ލިއުމުގެ ނަކަލެއް.
އަދި، 1368ހ ރަމްލޯނު 7(1949މ ޖުލައި 4)ގާ، މަހްކަމަތުލް ޝަރީއްޔާއިން؛ މަތީގާ ބުނެފާއެވާ މ.ވަޅިކޮށި ގޯތީގެ މިލްކުވެރިޔާ، ދޮންކަލޭފާނު، ނިޔާވުމުން، އޭނާގެ ދަރި ކަޅުތުއްތު އާއި އެހެނިހެން ދަރިން، -/700ރުފިޔާއަށް، އެތަން، ދަންވަރުގޭ ކުޑަދޮންމަނިކު މާލިމީގެ ތުއްތުމަނިކެއަށް ވިއްކާ، އޭނާއަށް އެތަން މިލްކުވެފާވާ ކަމުގާ؛ މަތީގާ ނަކަލުކުރިކަމަށް ބުނެވިފާވާ ލިއުމުގެ ނުފުށުގާ، މުހައްމަދު ނަސީރު މަނިކު ސޮއިކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.
A copy of the report originally written on 16 March 1942 in to the investigation of the ownership of the land Maafannu Vaifilaa (Size: 8.85" X 6.7")
K.Male' - M.Vaifilaa (Vaikosi) Goathi (Housing Plot) - Private Property
1346ހ ޖުމާދިލްއައްވަލް 29(1927މ ނޮވެންބަރު 24)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، އަލްއަމީރު އިބްރާހީމް ދޮށިމޭނާކިލެގެފާނުގެ ދަރި އަތިރީގޭ އަބްދުލް މަޖީދު ދީދީ، އޭނާގެ ގޯއްޗެއް ކަމުގާ، 1345ހ(8/1927މ ޖަނަވަރީ 29)ގާ، ހަމަ އެ މަޖިލީހުން ފަތްލިޔެދެއްވާފާވާ، މާފަންނު، އީދަށްވަޑައިގަންނަވާ ބޮޑުދެގޯޅިއާ އިންވެގެން ހުޅަނގުން އޮންނަ ހަތީބު މަނިކުފާނު ގޯއްޗޭ ކިޔާ އޭނާގެ މިލްކު ގޯއްޗާއި، އެ ގޯތީގާ ހުރި ގެޔާއި، ހުރިހާ ބިނާޔަކާއި، ގޯތީގާވާ އެންމެހާ ތަކެއްޗެއް، އޭނާ ކައިވެނިބައްލަވައިގެން ހުންނެވި ދޮންދީދީގެ މަންމަ، ހަތީބު މަނިކުފާނުންގެ ދަރި ޅަދީދީ އަށް ހިބައިން ދެއްވައިފި ކަމުގާ ވިދާޅުވެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެތަނުގެ ކަންތައް ބަށްލަވާ، އެހިބަ ސައްހަކަމަށް ނިޔާކުރައްވާ، ފަތެއް ލިޔަން އަމުރުކުރެއްވުމުން، އައްނައިބު މުހައްމަދު ލިޔުނު ފަތުގެ ނަކަލެއް. A copy of the report originally written on 24 November 1927 about the ownership of the land Maafannu Nooraaneege (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin
K.Male' - M.Nooraaneege Goathi (Housing Plot) - Private Property
1306ހ ރަބީލްއައްވަލް 23(1888މ ނޮވެންބަރު 27)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތު މަޖިލީހުގާ، ބޮއިގަސްދޮށުގޭ އަލީ ކަލޭފާނުއާ ދޭވާނީ ކުޑަ ހަސަން ތަކުރުފާނު އައިސް، މައްޗަންގޯޅި ފައިތިލަކޮށި ހުޅަގުންއޮތް މަގާ އިންވެ ހުޅަނގުން އޮތް ވަލުފަތްލިޔާގެ ކިޔާ ގޯތިން، އޭނާޔަށްވީ ތަން، ދޭވާނީ ހަސަން ތަކުރުފާނުށް ވިއްކާ އެ ވިޔަފާރި ހަލާސްވީ ކަމުގާ، އަލީ ކަލޭފާނު ބުނެ، އަދި، އެގޯތިން ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނު އަށާ، ބޮޑުދޮންކޮއްކޮގެ ދޮންމޫސާފުޅުއަށްވީ ތަނާ، އެ ދެތަންވެސް، އޭނާ ގަނެ، ފަތްލިޔެފާވާ ކަމުގާ އެތަކުރުފާނު ބުނެ، އެތިންބައި އެއްކޮށް އިމާއި މިން ހިމަނާ އާ ފަތެއް ލިޔެދެއްވުމަށް، އޭނާ އެދުމުން؛ އެކަން ބަށްލަވާ، އެކަން ސާބިތުވުމުން، މުޅި އެގޯތި އެއީ، އޭނާގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.
1381ހ މުހައްރަމް 21(1961މ ޖުލައި 5)ގާ(ލިޔެފާވަނީ ކޮން ތާކުންކަމެއް ބަޔާވެފަކާ ނެތް)؛ އެފަތް މަހްކަމަތުލް ޝަރީޔާއަށް ގެންގޮސްފާވަނީ، ހަސަން ތަކުރުފާނުގެ ދަރި އާދަމްފުޅުގެ ނަމަށް، އެގޯތި، ބަދަލުކުރުމަށް އެދުމުން، އެކަން ބެއްލެވުމަށްޓަކާ ކަމުގަޔާ، އަދި އެނަމަށް ބަދަލުކުރަން އެދި އެ މަހަކަމާއިން ފޮނުވީ، 61/2032ގެ ސިޓީންކަމުގާ، ލިޔެފާވާ ލިޔުމެއް.
A copy of the renewal of the property ownership document after the purchase of the land. (Size: 10" X 7.35) Chief Justices - Al Ghaazee Ismail Bahaauddin
K.Male' - Ma.Gulbakaage (Valufaiyliyaage) (Housing Plot) - Private Property
1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ ކަނޑައެޅުއްވި، ސަރުކާރުގެ ވަގުފްގޯތީގެ އާ ގަވައިދުގެދަށުން، 1340ހ ރަބީލްއާހިރު 20(1921މ ޑިސެންބަރު 20)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު މަނިކުފާނުންގެ ޝަރީޔަތު މަޖިލީހުން، މުޑާ އިބްރާހީމް(ގެ) އޮޅުތެރެ އަހުމަދު ކަލޭފާނު ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ ކަމުގާ ފަތްލިޔެފާވާ، މ.ކުރިކިހަށްފިލާގޯތި، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު އެލައިން ދެއްވާ، ލާޖައްސާ ހަމަކޮށް ވުޒާރަތުލް ދާހިލިއްޔާއިން ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް.(Size: 8.85" X 6.7") K.Male' - M.Kurikihahfilaa Goathi (Housing Plot) - Private Property
Sans titre1380ހ މުހައްރަމް 28(1960މ ޖުލައި 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މައްޗަންގޯޅި ޗާންދަނީމަގާއި އިންވެ ހުޅަގުން ކުދިރަތްމާގޯޅި އާއި އިންވެ ދެކުނުން ދެވިނަމަގެއާއި އިންވެ އުތުރުން އޮތް ގޯއްޗަކީ، ބަނޑޭރި ތަކުރުފާނުގެ ދަރި އަހުމަދު ކަލޭފާނުގެ ދަރި މުހައްމަދު މަނިކުގެ ދަރި ހިތިލާގޭ އިބްރާހީމް ދީދީ އަށް މިލްކުވެފާވާ ގޯއްޗެއްކަމުގާ، 1362ހ ޒުލްހައްޖު 14(1943މ ޑިސެންބަރު 12)ގާ، ދާހިލިއްޔާއިން ލިޔެދީފާވާ ފަތަކުން ސާބިތުވެ، 1379ހ ސަފަރު 18(1959މ އޯގަސްޓް 23)ގާ، އައްޝެއިހު މުހައްމަދު ޖަމީލު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތުގެ މަޖިލީހުން އެފަތުގެ ނުފުށުގާވާ ލިޔުމަކުން، މއ.ހިތިލާގެ ކިޔާ ގޯއްޗާއި އެގޯތީގާވާ ގެ، ހިތިލާގޭ އިބްރާހީމް ދީދީ، އޭނާގެ ދަރި އައިމިނަތު ދީދީއަށް ހިބައިން ދީ، އޭނާއަށް މިލްކުވެފާވާ ކަން ސާބިތުވެ، އަދި އޭގެ ފަހުން، އޭނާ، ހަމައެކަނި، އެގޯތި، ހއ.ދިއްދޫ ދޮންއަލީ ހާޖީ ކަލޭފާނުގެ ދަރި އިބްރާހީމް ކަލޭފާނުއަށް ހިބައިން ދިންކަމުގާ، އއަލްފާލިލް ލާމީގޭ ސީދީ އާއި އުނގޫފާރު މޫސާފުޅު އާއި ދެމީހުންގެ ހެކިބަހުންނާ، އަދި އައިމިނަތު ދީދީ އާއި އިބްރާހީމް ކަލޭފާނުގެ އިއުތިރާފުން ސާބިތުވުމުން؛ މއ. ހިތިލާގެ އެއީ، ހއ.ދިއްދޫ ދޮންއަލީ ހާޖީ ކަލޭފާނުގެ ދިއްދޫ އިބްރާހީމް ކަލޭފާނުގެ މިލްކެއް ކަމުގަ ބަޔާންކޮށް، ގޯތީގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.
އަދި މި ނަކަލުގާ 'ނޯޓް'އެއްގެ ގޮތުގާ: އެގޯތީގެ އަސްލު މިނަށް ވުރެ، 47.75އަކަފޫޓު ބޮޑުވާނެކަމާއި، އެހެން ވެފާއެވަނީ ގޯތީގެ ތިންފަރާތުގާ މަގު އޮވެފާ، ގޯތީގެ މެދު ފުޅަފުގެ ފާރުވެސް 2/1ވުރެ ބޮޑަށް ރޭނިފާވާތީވެ، އެޔަށްވުރެ ކުޑަކުރެވެން ނެތިގެން ކަމުގާ، ލިޔެފާވެއެ.
A copy of the report originally written on 23 July 1960 regarding the owernship of the land Machchangoalhi Hithilaage (Size: 10" X 7.35)
K.Male' - Ma.Hithilaage (Housing Plot) - Private Property
1962މ މޭ 8(1381ހ ޒުލްހައްޖު 3)ގާ،ފ.އަތޮޅުއޮފީސް(ހ)، މަގޫދޫއިން، އަތޮޅުވެރިޔާ ސޮއިކޮށް، ފޮނުވާފާވާ، 8ފަތުގެ ނަކަލު.
- 1214ހ ސަފަރު 28(1799މ އޯގަސްޓް 1)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހުގާ، ފީކަޅާ ދަންޑެހެލު ހަސަންބެ، އޭނާގެ މިލްކުގާ ހުރި، ފީކަޅާދެމަގުދޭތެރެ ކިޔާތަނުގާ ހުރި، އޭނާގެ ހުރިހާ ރުކަކާ، ވޮށިމަސްފަރުހުރަޔާ އަދި ދިގުވަރުހުރާ، އޭނާގެ މިލްކުން ކަނޑާ، ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލެއްވި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެ މަޖިލީހުން ލިޔެދީފާވާ ފަތުގެ ނަކަލެއް.
- 1181ހ ޒުލްގައިދު(1768މ އޭޕްރިލް) މަހުގާ، ފ.ނިލަންދޫ މާވަޑި މޫސާތަކުރުގެ ދަރި އައިމިނަބީ، އޭނާގެ ބައްޕަގެ އެއްބަނޑުއެއްބަފާ ފޫޅުމައި އައިސާބީގެ ދަރި ފާތުމަބީގެ މިލްކިއްޔާތުން، ރުއް، ކަށިކެޔޮ، ހިފާގެންގުޅޭ ސާމާނު، ގަހަނާ، ރަން، ރިހި އަދި ތަށި، އެކިއަދަދަށް، އެ އައިމިނަބީއަށް ވަގުފްކޮށް، ވަގުފްގެ ހަވާލުވެރިކަން އޭނާއަށާ، އޭނާގެ ދަރިކޮޅަށް ލަށްވާފިކަމުގާ ބުނުމުން، އެކަމުގެމައްޗަށް، އެތަކެތީ އަދަދު ބަޔާންކޮށް، އިބްރާހީމުލް ގަމަވިއްޔީ؟؟ ގެދަރި ނައިބު ހަސަން ލިޔެދީފާވާ ފަތުގެ ނަކަލެއް.1241
- 1241ހ ރަބީއުލްއައްވަލް 11(1825މ އޮކްޓޯބަރު 23)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު ފަނޑިޔާރު މަނިކުފާނުގެ މަޖިލީހުގާ، ފ.ނިލަންދޫ އުބުރެހިން ތަކުރުގެ ދަރި ހައްވާމަނިކެގެ މިލްކުގައިވާހާ، ރަންރިހި، ގެކަންވާރު، ރުއްގަސް، ދަނޑުފަގު، ގެދޮރު، ނިލަންދޫ އާއި ދަރަނބޫދޫގާ ހުރި އޭނާގެ ރުއްގަހާ ދަނޑުފަގާ އެ އެންމެހާ ތަކެތި، އޭނަގެ މިލްކުން ކަނޑާ، ވަގުފްކޮށް، އެކަމުގެ ހަވާލުވެރިކަން އޭނާއަށް ލަށްވާ، އޭނާ ނެތިދިއުމުން، އޭނާގެ ދަރިން، މުހައްމަދު މަނިކު، ދޮންކަމަނަ އަދި މާމަދަރި ކޮއްކޮ އަށާ އެމީހުންގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ބުނުމުން، އެ މަޖިލީހުން ލިޔެދީފާވާ ފަތުގެ ނަކަލެއް.
- 1241ހ އަހަރުގެ ރަބީޢުލްއައްވަލް 11(1825މ އޮކްޓޯބްރު 23)ގާ، އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ފ.ނިލަންދޫ ކުޑަމަނިކުގެ ދަރި އުބްރަހީމް މަނިކުގެ މިލްކުގާވާ، އެއަތޮޅު ނިލަންދޫ އަދި ބިލެއްދޫގާ ހުރި އޭނާގެ ބިމާއި އެންމެހާ މުދާ ވަގުފްކޮށް، އެވަގުފް އާއި އޭނާ ހަވާލުވެ، އޭނާނެތުމުން، އޭނާގެ ދަރިން، އަލިމަނިކު އާއި މޫސާ މަނިކުއަށާ، އެދެބެއިންގެ ދަރިކޮޅަށް ލަށްވާފި ކަމުގާ ބުނުމުން، އެމަޖިލީހުން ލިޔެފާވާ ފަތުގެ ނަކަލެއް.
- 1213ހ މުހރަމް(1798މ ޖޫނު)މަހުގާ، އަލްގާޒީ މޫސާ މުހިޔުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހަށް، ދަރަބޫދޫ ހަސަންގެ ދަރި ނިލަންދޫ ހަތީބު އިބްރާހީމް އައިސް، 1102ހ މުހައްރަމް 15(1690މ އޮކްޓޯބަރު 18)ގާ ލިޔެފާވާ، އޭނާގެ ދަރިކޮޅަށް އޮތް ވަގުފް ފަތް ބާވެ، އެފަތް އާކޮށްދެއްވުމަށް އެދުމުން؛ އެއެފަތް ބަށްލަވާ، އޭގާވާހެން، ހަތީބު އިބްރާހީމް އާއި އޭނާގެ ދަރި ތަކުރު އާއި މިދެބަފައިންގެ، ދަރަބޫދޫއާއި، ނިލަންދޫގާ ހުރި، އެމީހުންގެ ވަގުފްސައްހަވާ ހުރިހާ ތަކެއްޗެއް، ރަސޫލާގެ ޝިފާއަތު ފުއްދާ، ދެންހުރި އެއްޗަކުން، ކޮންމެ ރަޖަބް، ޝައުބާން އަދި ރަމްލޯނު މަހަކު، ހުރކުރުމާމިސްކިތު ވޮށްދިއްލާ، އެދެބަފައިންނާ، އެމީހުންގެ މައިންބަފައިންގެ އަހަރުފާތިހާ ކިޔަވުމަށް ޝަރުތުކޮށް ވަގުފްކޮށްފާވާ ކަމާއި، އެތަނުގެ ހަވާލުވެރިންނަކީ އެދެބަފައިންގެ ދަރިންނާ، އެދރިންގެ ދަރިކޮޅު ކަމުގާ އެމީހުން ނެތިދިއުމުން އެމީހުންގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފިކަމުގާ ލިޔެ، އެފަތް އާކޮށް ފަތްލިޔާ ހަސަން ލިޔެފާވާ ފަތުގެ ނަކަލެއް.
- 1228ހ ޝައްވާލް(1813މ އޮކްޓޯބަރު)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު(ތާރީހަށް ބަލާފާ)ގެ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހަށް، ނިލަންދޫ މޫސާ ހަތީބް ތަކުރުގެ ދެމަފިރިންގެ ބެހެނިވެރިން އައިސް، އެބައިމީހުންގެ ވަގުފް ފަތް ބާވެގެން އެފަތް އާކޮށްދެއްވަން އެދުމުން؛ އެފަތް ބަށްލަވާ، އޭގާ ވާގޮތުގެ މަތިން، ނިލަންދޫގާ، އެމީހުންގެ މަތިކޮޅަށް ހުރި މިސްކިތް ހަދާ، ބަލެހެއްޓުމަށްޓަކާ ނިލަންދޫ މޫސާ ހަތީބު ތަކުރުގެ ދެމަފިރިން ނިލަންދޫ އަދި ދަރަބޫދޫގާވާހާ ތަކެއްޗަކާ، ބަނޑިދޫ އާއި ޅޮހީގާވާ އެމީހުންގެ ރުއްގަހާ، މިހުރިހާ މިލްކެއް، ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން، އެދެމަފިރިންނާ، އެދެމީހުންގެ ދަރިކޮޅަށް ލަށްވާފާވާ ކަމުގާ ލިޔެ، އާކޮށްދެއްވި ފަތުގެ ނަކަލެއް.
- 1206ހ ޖުމާދިލްއާހިރު 22(1792މ ފެބްރުވަރީ 15)ގާ، ފަނޑިޔާރުގެއިން؛ ނިލަންދެ އަތޮޅު ނިލަންދޫ އިސްމާއިލު ތަކުރުގެ ހަސަން ތަކުރު، އޭނާގެ ކާފަ ދޮންހަސަންބެ އާއި، މަރިޔައިބީގެ ކާފަ ކުރު އިސްމާއިލްބެ އާއި ދެމީހުންގެ ދަރިފަސްކޮޅަށް ހަވާލުވެރިކަން ލަށްވާ، ނިލަންދޫ މާރާދަކަލޭގެ ކުރި ވަގުފްގެ ފަތް ގެއްލިޖެކަމުގާ، އެ ހަސަންތަކުރު ބުނެ، އެވަގުފްގެ މައްޗަށް ފަތެއް ލިއެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެވަގުފް އަކީ، މާރާދަކަލޭގެ، އޭނާއަށް މިލްކުވެގެން ވާހާ ތަކެއްޗެއް ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން، ދޮންހަސަންބެ އަށާ އަދި ކުރު އިސްމާއީލްބެށާ، އެދެމީހުންގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ ވަގުފެއްކަން ސާބިތުކޮށް، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު، ލިޔެދީފާވާ ފަތުގެ ނަކަލެއް.
- 1345ހ ޒުލގައިދު 13(1927މ މޭ 15)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ނިލަންދޫ މޫސާމަނިކު، އޭނާގެ މިލްކިއްޔާތުގާ ވާހާ އެއްޗެތިން، ވަގުފް ސައްހަވެގެންވާ އެންމެހާ މުދަލެއް ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާއަށާއި އޭނާގެ ދަރިކޮޅަށް މަތިކޮށް ވަގުފްފަތެއް ލިޔެދެއްވުމަށް އެދުމުން، އައްނައިބު މުހައްމަދު އަހުމަދުލް މަހުލީ ލިޔެދެއްވި ފަތެއްގެ ނަކަލެއް.
(Size: 10" X 8") 1.Chief Justices - Al Ghaazee Moosa Muhyiddin, 4.Chief Justices - Al Ghaazee Ibrahim Sirajuddin, 5.Chief Justices - Al Ghaazee Ibrahim Sirajuddin, 6.Chief Justices - Al Ghaazee Moosa Muhyiddin, 7.Chief Justices - Al Ghaazee Moosa Muhyiddin, 8.Chief Justices - Al Naaibu Hussain Salahuddin
F.Magoodhoo - Feekalhaa Dhandaheli Hassanbe Milku - 1.Deed for housing plot, 2.Endowment for property
(ތާރީހެއް ނެތް)'ހދ. އަތޮޅުއޮފީސް، ނޮޅިވަރަމްފަރު'(ލިޔުނު ފަރާތު އެޑްރެސް ޖަހާގޮތަށް ޖަހާ)، 'ނަންބަރު ހ3-62/16 ސިޓީއާ ގުޅޭ' މިހެން ސުރުހީކޮށް، ރުކާ، އެކިވަށްތަރުގެ ގަސް، އަދަދާއެކީ ޖަހާ، އަދި، ބޮޑުމިނާއެކު، ގެއެއް، ބަދިގެއެއް ބަނޑަހަގެއެއް ޖަހާފާވާ ލިސްޓެއް.(F6-26Aއާއިމި ކަރުދާހާ އެއްކޮށް ހީރަސްކޮށްފާ އޮތީތީވެ، މިއީ އޭގާ އެބުނާ ވަގުފްގެ ލިސްޓެއް ކަމުގާ ބެލެވޭ)
List of palm trees and the measurments of household plot (Size: 9.1" X 4.2")
H.Dh.Nolhivaranfaru - list(Endowment for property)
1939މ މޭ 22(1358ހ ރަބީލްއާހިރު 2)ގާ، ހެންވޭރު ގަނޑުވަރުއަށް ހެއްދި މުދިބައިޔަކާ، ފައްޓަރުބައަކަށް، ދިޔަ ހަރަދުގެ ތަފްސީލުގެ ކުޑަ ލިޔުންކޮޅެއް.Note on the cost of making a set of rings and necklaces (Fattaru) for Henveiru Palace (Size: 6" X 5.3)
K - Male' - Henveiru Ganduvaru (Royal House) - Writing