Mostrando 73 resultados

Descripción archivística
73 resultados con objetos digitales Muestra los resultados con objetos digitales
NAM DOC-MN-R-27 · Unidad documental simple · 1928
Parte de Documents

1347ހ ސަފަރު 27(1928މ އޯގަސްޓް 14)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 26ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ހދ. ނައިވާދޫ ރައްޔިތުން، އެރަށުގެ މާމިސްކިތް ބަލަހެއްޓޭނެ ގޮތެއް ހަށްދަވާދެއްވުމަށް އެދުމުން؛ އެރަށުގެ ފާލަށްބައިން ސަރުކާރަށް އޮންނަ އެއްޗެއްގެ 2/1، އެ މިސްކިތުގެ ބޯގަޔަށް ލަށްވާ، އެ އެއްޗެތިން އެމިސްކިތުގެ އެންމެހާ ކަންކަން ކުރުމަށާ، އަދި އެބޯގައިގެ ތައުލީއްޔަމޫލަ ވެރިކަމުގެ ނާޒިރުކަން(ހަވާލުވެރިކަން) އެ ރަށުގެ އެންމެހާ ރައްޔިތުންނަށް ލަށްވާ، އަދި އެއިރަކު ދިވެހި ރަސްކަމުގެ ތަހުތުގާ އިންނެވި ކޮންމެ ރަދުނަކުވެސް އެކަމަށް އިހުތިރާމް ކުރައްވަންވާނެ ކަމުގާ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަ(ބޮޑު، މައި)މާލޭ ޔޫސުފް ގެދަރި އަލީ ލިޔެފާވާ ފަތެއް
(Size: 15" × 9.95")
H.Dh.Naivaadhoo - Maa Miskiiy (Mosque)Endowment for Shrine (ziyaaraiy)

Sin título
NAM DOC-MN-F6-29 · Unidad documental simple · 1923
Parte de Documents

1342ހ ސަފަރު 11(1923މ ސެޕްޓެންބަރު 22)ގާ، މަހްކަމަތުލް ޝަރީޔާއިން، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުގާ، ނޮޅިވަރަމު ބޮޑުމޫސާގެ ދަރި އާދަމް އައިސް، އޭނަޔާ އޭނާގެ އަނބި ހިޔަލަޔާ ދެމީހުންގެ މުދަލުން، އޭނާއަށް ވީ ބަޔާ، ދެންވެސް އޭނާގެ މިލްކުގާ ވީހާ މުދަލެއް، ވަގުފްކޮށް، އެކަމުގެ ހަވާލުވެރިކަން، އޭނާއަށާ، އޭނާނެތުމުން އޭނާގެ ދަރިން ދަލޭކާ، އައިމިނަ އާއި އަދި އޭނާގެ ދަރި އިބްރާހީމްއަށް ލިބިހުރި ދަރިއަށާ އަދި އޭނާގެ އަނބި ހިޔަލައަށް މަތިކޮށްފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން، އެމަޖިލީހުން ލިޔެފާވާ ފަތުގެ ނަކަލެއް. (Size: 11" X 8.5") Chief Justices - Al Naaibu Hussain Salahuddin
H.Dh.Nolhivaram - Endowment for property

Sin título
NAM DOC-MN-F6-55 · Unidad documental simple · 1928
Parte de Documents

1346ހ ރަޖަބް 9(1928މ ޖަނަވަރީ 3)ގާ، ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، އައްޑޫ، މީދޫ ފަންނިއަރު ހުސެއިންގެ ދަރި މުހައްމަދު ތަކުރުފާނު، އޭނާގެ މިލްކިއްޔާތުން، ވަގުފްސައްހަވެގެންވާ އެންމެހާ ތަކެތި ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިންކަން އޭނާއަށާއި އޭނާ ނެތުމުން އޭނާގެ ދަރިކޮޅަށް މަތިކޮށްދީފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެމަގަށް، ނައިބު މުހައްމަދު ލިއެފާވާ ފަތުގެ ނަކަލެއް.(Size:10" X 8") Chief Justices - Al Naaibu Hussain Salahuddin
S.Meedhoo - Deed for housing plot, Endowment for property

Sin título
NAM DOC-MN-S1-8 · Unidad documental simple · 1929
Parte de Documents

1348ހ މުހައްރަމް 12(1929މ ޖޫނު 20)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 28ވަނަ އަހަރު، މާޅޮސްމަޑުލު(ބ.) ކެންދޫ، އަބޫބަކުގެ ގެދަރި އިބްރާހީމްއަށް ކެންދޫގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަން ގެދަރި ފަތްލިޔާ މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.
Letter of appointment for an Imam (Size: 13.3" X 8.25")
B - Kendhoo - Shrine endowment letter

Sin título
NAM DOC-MN-S1-7 · Unidad documental simple · 1929
Parte de Documents

1348ހ ޖުމާދިލްއައްވަލް 4(1929މ އޮކްޓޯބަރު 7)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 28ވަނަ އަހަރު، މާލެއޮތޮޅު(ކ.) މާފުށި، މުހައްމަދު ގެދަރި އަލީއަށް މާފުށީގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަން ގެދަރި ފަތްލިޔާ މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.
Letter of appointment for an Imam (Size: 13.3" X 8.25")
K - Maafushi - Shrine endowment letter

Sin título
NAM DOC-MN-S1-17 · Unidad documental simple · 1928
Parte de Documents

1346ހ ޝައުބާން 11(1928މ ފެބްރުވަރީ 3)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 27ވަނަ އަހަރު، ނިލަންދިއަތޮޅު އުތުރުބުރި(ފ.) ނިލަންދޫ، އަލިމަނިކުގެ ގެދަރި މުހައްމަދު މަނިކުއަށް ނިލަންދޫ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ޔޫސުފް ގެދަރި އަލީ ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.
Letter of appointment for an island chief (Size: 13.3" X 8.25")
F - Nilandhoo - Shrine endowment letter

Sin título
NAM DOC-MN-S1-18 · Unidad documental simple · 1927
Parte de Documents

1346ހ ރަބީލްއާހިރު 21(1927މ ޑިސެންބަރު 16)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 26ވަނަ އަހަރު، ހުވަދޫއަތޮޅު (ގދ.)ހޯޑެއްދޫ، ރައްކަލު ގެދަރި މަޑަވެލި މުހައްމަދުއަށް، ހޯޑެއްދޫގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ޔޫސުފް ގެދަރި އަލީ ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.Letter of appointment for an island chief (Size: 13.3" X 8.25")
Gdh - Hoade'dhoo - Shrine endowment letter

Sin título
NAM DOC-MN-S1-31 · Unidad documental simple · 1923
Parte de Documents

1342ހ ސަފަރު 11(1923މ ސެޕްޓެންބަރު 22)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 22ވަނަ އަހަރު، މިލަދުންމަޑުލު ދެކުނުބުރި(ނ.) ކެނދިކޮޅު، އަލީގެ ގެދަރި މުހައްމަދުއަށް ކެނދިކޮޅުގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ޔޫސުފް ގެދަރި އަލީ ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.Letter of appointment for an island chief (Size: 13.3" X 8.25")
N - Ken'dhikulhudhoo - Shrine endowment letter

Sin título
NAM DOC-MN-S1-38 · Unidad documental simple · 1922
Parte de Documents

1340ހ ރަމްލޯނު 4(1922މ މޭ 2)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 21ވަނަ އަހަރު، މުލަކުއަތޮޅު(މ.) ނާލާފުށި، ގާސިމް ގެދަރި އިބްރާހީމްއަށް ނާލާފުށީގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ޔޫސުފް ގެދަރި އަލީ ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.3" X 8.25")
M - Naalaafushi - Shrine endowment letter

Sin título
NAM DOC-MN-F7-30 · Unidad documental simple · 1928, 1934
Parte de Documents

1346ހ ޒުލްގައިދު 4(1928މ އޭޕްރިލް 25)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، މިރުސް އަހުމަދު ފުޅުގެ ދަރި އީސާފުޅު، މައްޗަންގޯޅި ނިކަގަސްމަގު އިރުން އޮތް، ވެލިދޫގޭ އަލީ ދީދީގެ ގޯތި، -/260ރުފިއާއަށް، އޭނާ ގަނެފި ކަމުގާ ބުނެ، އެތަނުގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު ލިޔެދެއްވާފާވާ ފަތަކުން، އެގޯތި އެއީ، ފިރުބައިދޫ ދަލޭކާބީއަށް މިލްކުވެފާވާ ތަނެއްކަމުގާ ސާބިތުވެ، އެތަނުގެ 2/1، ދޮންމަނިކުފާނުގެ ތުއްތުދީދީ އާއި ދޮންދީދީ އަށް، އަދި އަނެއްބައި، އަލްގާޒީ މުހައްމަދު މުހިއްބުއްދީނުގެ ދަރި އަލްހަތީބު ހުސެއިންއަށް މިލްކުވެ،(F7-2)، އެޔަށްފަހު، އެބައި، ވެލިދޫގޭ އަލީ ދީދީ އަށް މިލްކުވެފާވާ ކަމުގާ ސާބިތުވެ، އަދި ވެލިދޫގޭ އަލީ ދީދީ، އީސާފުޅުއަށް އެތަން ވިއްކައިފި ކަމުގާ އިގުރާރުވުމުން، އެ ވިޔަފާރި ސައްހަކަމުގާ ނިޔާކޮށް، އެގޯތި އެ އީސާފުޅުއަށް މިލްކުވެއްޖެ ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ނައިބު މުހައްމަދު ލިޔެފާވާ ފަތުގެ ނަކަލެއް.
އަދި މި ސަފްހާގެ ތިރީގާ:
1353ހ ރަބީލްއައްވަލް 25(1934މ ޖުލައި 7)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، މިރުސް އީސާފުޅުގެ ދޮންތުއްތު އާއި ދުންބުރުވާ ކުޑަމަނިކު ހާޒިރުވެތިބެ، މަތީގާ ބުނެވިފާވާ ގޯތިން، އޭނާއަށްވީ ދެބައި، -/100ރުފިއާއަށް، ދުންބުރުވާ ކުޑަމަނިކުއަށް ވިއްކައިފި ކަމުގާ، ދޮންތުއްތު ބުނެ، އެކަމުގެ މައްޗަށް، އެކުޑަމަނިކަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެވިޔަފާރި ސައްހަކަމުގާ ނިޔާކޮށް، އެ މަޖިލީހުން ލިޔެފާވާ ލިއުމުގެ ނަކަލެއް.
Real estate document for Machchangoalhi Dhunbururvaa Kudamaniku goathi (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

Sin título