1939މ މޭ 22(1358ހ ރަބީލްއާހިރު 2)ގާ، ހެންވޭރު ގަނޑުވަރުއަށް ހެއްދި މުދިބައިޔަކާ، ފައްޓަރުބައަކަށް، ދިޔަ ހަރަދުގެ ތަފްސީލުގެ ކުޑަ ލިޔުންކޮޅެއް.Note on the cost of making a set of rings and necklaces (Fattaru) for Henveiru Palace (Size: 6" X 5.3)
K - Male' - Henveiru Ganduvaru (Royal House) - Writing
1353ހ ރަޖަބް 2(1934މ އޮކްޓޯބްރު 11)ގާ، ގަނޑުމާލޫދު ނިންމާ ކެއިން ތައްޔާރުކުރުމަށާއި މިސްކިތު މާލޫދަށް ތައްޔާރުކުރުމަށް، އެތެރެބަނޑަހަލަޔަށް ބޭނުންވާ ތަކެއްޗާއި އެތަކެތީގެ އަދަދު ޖަހާ، ލިސްޓުކޮށް، ހަސަން ފަރީދު ދީދީގެ ތައްގަނޑު ޖަހާފާވާ ލިޔުމެއް.List of ingredients for meals provided for a religious ceremony (Mauloodh) (Size: 13.0" X 8.3")
K - Male' - Royal Palace - list(food)
1353ހ ރަޖަބް 1(1934މ އޮކްޓޯބްރު 10)ގާ، 'ކުޑި މުހައްމަދު ކަލޭގެފާނަށް ބަހެ' މަތީގާ ޖަހާ، 'ގަޑު މާލޫދު ހުށްޓަން ރިހަ ބަތް 5 ކެއިމަށް އެތެރެބަޑަހަލަން' އަރިމަތީ ސުރުހީކޮށް، އެކެއިން ތައްޔާރުކުރުމަށާއި އަދި އެހެން ތަންތާގާ ބަހަށްޓާ ކެއިމަށް ބޭނުންވާ ތަކެއްޗާއި އަދަދު ޖަހާ، ލިސްޓުކޮށް، ހަސަން ފަރީދު ދީދީގެ ތައްގަނޑު ޖަހާފާވާ ކަރުދާހެއް.List of ingredients (Size: 13.15" X 8.3")
K - Male' - Royal Palace - list(food)
1354ހ ޝައުބާން 18(1935މ ނޮވެންބަރު 15)ގާ، 'ކުޑި މުހައްމަދު ކަލޭގެފާނަށް ބަހެ' މަތީގާ ލިޔެ، އެތެރެބަޑަހަލައަށް، ރޯދަމަހުގެ އަސީދާ ތައްޔާރުކުރުމަށާއި އަދި އެހެން ތަންތާގާ ބަހަށްޓާ ކެއިމަށް ބޭނުންވާ ތަކެއްޗާއި އަދަދު ޖަހާ، ފ ލިސްޓުކޮށް، ހަސަން ފަރީދު ދީދީގެ ތައްގަނޑު ޖަހާފާވާ ކަރުދާހެއް.List of ingredients (Size: 13.0" X 8.1")
K - Male' - Royal Palace - list(food)
1354ހ ސަފަރު(1935މ މޭ)ގާ، 'ބޮއިދޮންތުއްތުއަށްބަހެ' އެތެރެބަޑަހަލަށް، ދުއާ ދުވަސްތަކަށާ، އަހަރުމަތިފުޅަށާ އަދި ބާރަ މާލޫދަށް ކެއިމާއި އެހެނިހެން ކަންތައްތައް ތައްޔާރުކުރަން ބޭނުންވާނެ ތަކެއްޗާއި އަދަދު ޖަހާ، ލިސްޓުކޮށް، ހަސަންފަރީދު ދީދީގެ ތައްގަނޑު ޖަހާފާވާ ލިޔުމެއް.List of ingredients (Size: 13.0" X 8.3")
K - Male' - Royal Palace - list(food)
1352ހ ސަފަރު 9(1933މ ޖޫނު 3)ގާ، ސުރުހީއަކަށް 'ބޮއިދޮންތުއްތު އަށް ބަހެ'، އަދި ' އަހަރު ދުވަހަށް މެދުރީމީހުން ހޮވާ ފޯއްކިބައިގެ ހިސާބު' މިހެން ޖަހާ، ތަފްސީލީ ހިސާބު ޖަހާފާވާ ކަރުދާހެއް.
List of products (Size: 6.85" X 6.2")
K - Male' - Royal Palace - Account
1351ހ ޖުމާދިލްއައްވަލް 13(1932މ ސެޕްޓެންބަރު 14)ގާ، މަހްކަމަތުލް ޝަރީޔާއިން، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަފަޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ލޯޖެހި ގަނޑުވަރު ދޮށީތުއްތުގެ ހުސެއިން މަނިކު، ހެންވޭރު ކަޅިހަރުގެއާ އިންވެގެން އޮތް، ހަތިފުށީ އަލީ ކަލޭފާނުގެ މިލްކު އޮތް ގޯތީގެ، އެހުސެއިން މަނިކުގެ މުނިމާމަ، ހަތިފުށީ ފާތުމާފުޅުއަށް މިލްކުވެއޮތް ދެކުނުބުރީގެ ބެހެނިވެރިން، ބައެއް މީހުން، އެމީހުންގެ ބައި އޭނާއަށް ހިބައިން، އަދި އަނެއްބައި މީހުން، ރިޔަނަކަށް 4 ރުފިއާގެ މަގުން، އޭނާއަށް ވިއްކާ، މުޅި އެބައި އޭނާއަށް މިލްކުވުމަށް ފަހު، ބޮޑުފެންވަޅުގެ ތުއްތު ދީދީގެ ބަނޑުން، އޭނާއަށް ލިބިފާވާ ދަރި، ދޮންތުއްތު ދީދީއަށް ހިބައިން ދީފިކަމުގާ ބުނެ، އެކަމުގެ މައްޗަށް، އެތަނުގެ އިމާއި މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1230ހ(1815މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު ލިޔެދެއްވާފާވާ ފަތަކުން، އެގޯތި އެއީ، ހަތިފުށީ އަލީ ކަލޭފާނުގެ މިލްކެއް ކަމުގާ ސާބިތުވެ، އަދި އެތަނުގެ ދެކުނުބުރި، ހަތިފުށީ ފާތުމާފުޅަށް މިލްކުވެއޮތް ކަމާ، އެތަނުގެ ބެހެނިވެރިންގެ އަތުން ބައެއްބައިބައި ހިބައިން ލިބުމުންނާއި އަދި އެނެއްބައިބައި ގަތުމުން، މުޅި އެތަން އެ ހުސެއިން މަނިކުއަށް މިލްކުވެފާވާ ކަމުގާ، ޝަރީއަތުގެ މަޖިލީހަށް، ސާބިތުވެފާވުމާ އެކު، ހެންވޭރު ކަޅިހަރުގެއާ، ހުޅަނގުބިތް އިންވެ، އަދި އުތުރުބިތް، އެގޯތިން ހިލިހިލާގޭ މޫސާ ދީދީ ގަނެ މިލްކުކޮށްފާވާ ތަނާ އިންވެ އޮތް، އެގޯތީގެ ދެކުނުބުރި އެއީ، ލޯޖެހި ގަނޑުވަރު ދޮށީތުއްތުގެ ހުސެއިން މަނިކުގެ ދޮންތުއްތު ދީދީ ގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، އެ ޝަރީއަތުގެ މަޖިލީހުން، އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Henveiru Hathifushi, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
1353ހ ޝައުބާން 16(1934މ ނޮވެންބަރު 24)ގާ، 'ބޮއިދޮންތުއްތު އަށް ބަހެ' މަތީގާ ޖަހާ، އެތެރެބަޑަހަލަށް ރޯދަމަހު އަސީދާ ތައްޔާރުކުރުމަށާއި، މާހެފުމަށާއި، ބޯފޮޅިދުވަހާ، ގާޒީ ބަންޑާރައިންގެ އަހަރުމަތިފުޅަށާ، މިދުވަސްދުވަހު ކެއިމަށް ބޭނުންވާނެ ތަކެއްޗާއި، އެކަންކަމަށް ބޭނުންވާ ކުނާ ފަދަ އެއްޗެތި، ނިސްބަތްވާ އަދަދާއި އެކު ޖަހާ، ލިސްޓުކޮށް، ހަސަން ފަރީދު ދީދީގެ ތައްގަނޑު ޖަހަފާވާ ލިޔުމެއް.List of ingredients (Size: 13.2" X 8.2")
K - Male' - Royal Palace - list(food)
1352ހ ޝައުބާން 16(1933މ ޑިސެންބަރު 4)ގާ، 'ބޮއިދޮންތުއްތު އަށް ބަހެ' މަތީގާ ޖަހާ، އެތެރެބަޑަހަލަށް ރޯދަމަހު އަސީދާ ތައްޔާރުކުރުމަށާއި، މާހެފުމަށާއި، ބޯފޮޅިދުވަހާ، ގާޒީ ބަންޑާރައިންގެ އަހަރުމަތިފުޅަށާ، މިދުވަސްދުވަހު ކެއިމަށް ބޭނުންވާނެ ތަކެއްޗާއި، އެކަންކަމަށް ބޭނުންވާ ކުނާ ފަދަ އެއްޗެތި، ނިސްބަތްވާ އަދަދާ އެކު ޖަހާ، ލިސްޓްކޮށް، ހަސަން ފަރީދު ދީދީގެ ތައްގަނޑު ޖަހަފާވާ ލިޔުމެއް.List of ingredients (Size: 13.2" X 8.2")
K - Male' - Royal Palace - list(food)
1952މ ފެބްރުވަރީ 6(1371ހ ޖުމާދިލްއައްވަލް 10)ތާރީހުކޮށް، މަތިގެއިން، ކަކާ ބޭކަލުން ކަމުގާވާ،(ނަމުގެކުރިޔަށް 'ކަކާ' ޖަހާ)، އަލިފުޅު، ހަސަން މަނިކު، ދޮންމޫސާ ކަލޭފާނު، މުލީ ހަސަންފުޅު، މި މީސްމީހުންގެ ނަންޖަހާ، އެއިން ކޮންމެ ބޭކަލެއް ފޮނުއްވަން ވީ އެއްޗެތި ކަމުގާ ތިރީގާ ދުފާ ސާމާނުގެ ބާވަތްތައް ޖަހާ، އެއެއްޗެތި، ހުކުރުދުވަހު ހަވީރު 4ޖަހަން ވާއިރަށް ފޮނުވަން އެދިފާވާ، ކަރުދާހެއް.List of ingredients for dishes to be provided for a ceremony (Size: 13.2" X 7.8")
K - Male' - Royal Palace - list