Mostrar 867 resultados

Descrição arquivística
865 resultados com objetos digitais Mostrar resultados com objetos digitais
NAM DOC-MN-F0-125 · Item · 1748
Parte de Documents

1161ހ(1748މ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު 2ގެ، ދަރުބާރުގާ، ޅ.އޮޅުވެލިފުށި މީހުން، އެމީހުންގެ ރަށުގާ، ސާމިޔާފާނުން ނާއި ކިލެގެފާނުން ބިނާކުރެއްވި މިސްކިތަށް ދެއްވި ބޯގަފަތް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން، ކުރީގެ ފަތުގާވާ ގޮތުގެ މަތިން؛ އެއަތޮޅު ތިލަމާފުށިއާއި، އޮޅުވެލިފުށިގެ ރުކުފާލައްބަ، އެމިސްކިތުގެ ބޯގައަށް ލަށްވާ، އޮޅުވެލިފުށީ އުރަ(ކަނޑާ ފަޅާ ބެދޭ ހިސާބު)އާއި، އެރަށު ގޮއި އެއީ ބަންޑާރަ އެއްޗެއް ކަމުގާ ލަށްވާ، ފަތް ލިޔެދިނުމުގެ އަމުރުނެރުއްވުމުން..(ތަރުޖަމާކޮށްފާވަނީ މިހިސާބަށް)ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1378ހ ޝައުބާން 6(1959މ ފެބްރުވަރީ 14)ގާ، ހުސެއިން ފަހުމީ ތަރުޖަމާކޮށް، ބޮޑުފެންވަޅުގެ ސީދީ ސައްހަކޮށްފާވާ، ތާނަ ތަރުޖަމާއެއް. Size: 12.8" X 7.9"
Lh.Olhuvelifushi - Mosque built by Saamiyaa Faashanaa kilegefaanu - Endowment for Shrine (ziyaaraiy)

Sem título
NAM DOC-MN-F0-130 · Item · 1888
Parte de Documents

1356ހ ރަބީލްއާހިރު 10(1937މ ޖޫނު 19)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ކެރަފާގޭ އަލިފުޅު، ގަލޮޅު ބިހުރޯޒު މިސްކިތާ އިންވެގެން އޮތް، ހަނދުބަލާ ގޯއްޗޭ ކިޔާ ގޯތިން، އޭނާގެ މައިފުށު މާމަ، މުދިން ޝެއިހު ކަލޭފާނުގެ ދަރި ފާތުމާފުޅު، އޭނާގެ ދަރިކޮޅަށް ވަގުކޮށްފާވާ، ގަލޮޅު ބަންޑާރައެދުރުގޭ ފާރު ތެދުކުރުމުން، އެ ގޯތީގެ މިން ކުޑަވެއްޖެ ކަމުގާ ބުނެ، އެބައި ހަމަކޮށްދެއްވާ ފަތެއް ލިއެދެއްވުމަށް އެދުމުން، އެ ގޯތީގެ، 1298ހ(1881މ)ގާ، އައްނައިބު އިސްމާއީލް ބަންޑާރަނައިބު ތަކުރުފާނުގެ މަޖިލީހުން ލިޔެފާވާ ފަތަކުން(F0-131)، އެ ގޯތީގެ ބޮޑުމިން ސާބިތުވުމުން، ތަން ހަމަކޮށް، އެ މަހްކަމާއިން، އއައްސައްޔިދު އިބްރާހީމް ލިޔެފާވާ ފަތެއް. (Size: 13.1" X 8") Chief Justices - Al Ghaazee Hussain Salahuddin
K.Male' - G.Maandhoo Goathi (Housing Plot), G.Han'dhubalaa Goathi (Housing Plot) - Deed for housing plot

Sem título
NAM DOC-MN-F0-143 · Item · 1821
Parte de Documents

1236ހ ޝައްވާލް(1821މ ޖުލައި)ގާ؛ އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ރަސްކަމުގެ 24ވަނަ އަހަރުތެރޭގާ، އެރަދުންގެ ދަރުބާރުގާ، އިސްކަންދަރު ޝާހު މަހާ ރަދުން، މަތިވެރީ މީހުންނަށް ދެއްވާފާވާ ފަތްކޮޅުގާ، ހަތީބުންނަށް ދެއްވާން ބުނެފާވާ އުޖޫރަ ނުދޭކަމުގާ އަރިއަތޮޅު މަތިވެރީ މޫސާ ހަތީބު ޝަކުވާކުރުމުން، އެކަން ގަބޫލުކުރައްވާ، އިސްކަންދަރު ޝާހު ރަދުން، މަތިވެރީ ހަތީބަކަށް ދެއްވާން، އިހު ފަތުގާ އަމުރުކުރަށްވާފާވާ ކޮންމެ އެއްޗެއް، ހަތީބުންނަށް ލިބެންޖެހޭނެ ކަމުގާ ވިދާޅުވެ، އިހުފަތް ބެއްލެވިއިރު، އެއީ، ސުވަސްތަސިރީ މަތަމަހާސިރީ ކުލަރަންމީބަ ކައްތިރި ބޮވަނަ މަހާރަދުން(އިބްރާހީމް އިސްކަންދަރު 1)ގެ 20ވަނަ އަހަރު ހައްޖު މަހު، ލިޔެދެއްވާފާވާ ބާވެގެން، އަލުން ލިޔެފާވާ ފަތެއް ކަމާ، އެފަތުގާވާ ގޮތުގެ މަތިން، ކަންދޫ؟ކިލެގެ ދަރި ހާޖީ ހަސަނާއި، އޭނާޔާ އެއްބަފާ، މުހައްމަދުގެ ދަރި އަބޫބަކުރާއި ދެމީހުން އަތުން، 40ލާރިޔަށް ބައްލަވައިގަނެ މިލްކުވެފާވާ އަރިއަތޮޅު މަތިވެރިޔޭ ކިޔޭ ރަށުގާ މިސްކިތެއް އަޅުއްވަން ނިޔަތް ގަނެ، އެރަށުގާ މިސްކިތެއް ބިނާކުރުން ޝަރުތުކޮށް، އެ މަތިވެރިއާއި އެރަށު ކައިރީގާވާ މާފޮޅުދޫ(ބޮޑުފޮޅުދޫ؟)އޭ ކިޔާ ރަށާ އެދެރަށް، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، ލިބޭ މަންފާއަކުން 2/1އިން އެމިސްކިތުގެ ފުރާޅު ފަންގިލާ، ކުނާ އަޅާ، ވޮއް ބަހައްޓާ، ވޮށަށް ތެޔޮ ލާ، ވަޅު ދާނި ބަހަށްޓާ، ވަޅު ދިޔަހިއްކާ، ފަސް ވަގުތު ބަންގި ސޮލަވާތްކިޔަވާ، އަދިވެސް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް ޝަރުތުކޮށް، ބޯގައިގެ ހަވާލުވެރިންކަން، އެރަށުގެ އެންމެހާ ރައްޔިތުން ލަށްވާ، އެދެރަށުގެ މަންފާގެ ދެން އޮތްބައިގެ 2/1 މުދިންކަމުގާ ހުންނަމީހަކަށް، އަނެއް ބައި، ހަތީބުކަމުގާ ހުންނަމީހަކަށް ލަށްވާ، އެރަށުގެ ހަތީބު ކަމާއި، މުދިންކަން އެރަށުގެ މުދިން މުހައްމަދު ކަލޯގެ ދަރި ހަސަން ކަލޯއާއި އޭނާގެ ދަރިކޮޅަށް ލަށްވާ، އަދި އެ ދެރަށުގެ މަންފާއޭ އެބުނެވޭ އެއްޗިއްސަކީ، އެދެރަށު ދަނޑުފާލަށްބަ، ގޮއިރުއް، ރަހުރާ، ގޮއި މަސް، ގޮއި ތެޔޮ، އަދި އެރަށުގާ ބަންނަ، ދޮޅަސް(12)ރިޔަން ހުރި ކޮންމެ އޮޑިއަކުން 4ލާރިޔަކާ، އެދެރަށުގާ ވާހާ ބަންޑާރަ ތަކެއްޗެއް ކަމާއި، އެދެރަށުގާ ހެދޭ ރުއްގަސް ނުވިއްކޭނެ ކަމާއި ނުގަނެވޭނެ ކަމާއި، އެ އެންމެހާ ކަންކަން ބަޔާންކޮށް ފަތެއް ލިއުމުގެ އަމުރުއިއްވެވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު އަލްހާޖީ މުހައްމަދު ހަނދޭގިރިން ކިޔުމުން، ފަތްލިޔާ އިބްރާހީމް ލިޔެފާވާ ފަތެއް. Size: 25.2" X 13.5"
A.Mathiveri - Mathiveri Mosque - Endowment for Shrine (ziyaaraiy)

Sem título
NAM DOC-MN-F0-144 · Item · 1885
Parte de Documents

1303ހ މުހައްރަމް 21(1885މ އޮކްޓޯބަރު 30)ގާ؛ އަލްގާޒީ އިސްމާއީލް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ ޝަރީޔަތު މަޖިލީހުން؛ އައްނައިބު އަހުމަދު ބަންޑާރަނައިބު މަނިކުފާނުންގެ ދަރި، އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ އަނބިކަނބަލުން، ދޮންދީދީ، އީދު މިސްކިތަށް ހިނގާ މައިމަގާ އިންވެގެން ދެކުނުން އޮތް، އޭނާގެ ކާފަ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނުގެ ގޯތި ބަހައިގެން، އެގޯތީގެ ދެކުނުކޮޅުން، އޭނާއަށް މިލްކުވެފާވާ ބައި، އައްސުލްތާނު އިބްރާހީމް ނޫރައްދީނަށް ވެދުމަށް އަރުވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެރަދުންނަށް އެތަން މިލްކުވެއްޖެ ކަމުގާ، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތެއް. Formal statement of a gift (Hiba) of private property (Size: 13.2" X 8.2") Chief Justices - Al Ghaazee Ismail Bahaauddin
K.Male' - Housing Plot of Ibrahim Sirajuddin - gift -

Sem título
NAM DOC-MN-F1-36 · Item · 1958
Parte de Documents

1958މ އޯގަސްޓް 5(1377ހ ޒުލްހައްޖު 17)ގާ، އެމެރިކާގެ "ހޫ އިޒް ހޫ އިން މިޔުޒިކް އިންޓާނެޝަނަލް"( މިއުޒިކުގާ ކާކަކީ ކާކު، ބައިނިލްއަގްވާމީ) ކިޔާ ކުންފުންޏެއްގެ 'ކޯ އެޑިޓަރު' ކަމުގާވާ ކްރިސްޓޮފާ ޕަވްލަކިސް، އައްސުލްތާނު މުހައްމަދު ފަރީދަށް، ބައިނިލްއަގްވާމީ މިއުޒިކް ސާވޭގާ ރާއްޖެ ހިމެނުމުގާ، ރާއްޖޭން އެއްބާރުލުމަށް އެދި، ޖޫނު 4ގާ ފޮނުވާފާވާ ސިޓީއަކަށް ހަވާލާދީ، އެސިޓީ ނުލިބިވާކަމަށް ވަންޏާ، އޭގާ ބުނެފާވާ ކަންކަން ބަޔާންކޮށް އެހެން ސިޓީއެއް ފޮނުވާނެކަމާ، އަދި ސިޓީ ލިބި، އޭގާ އަހާފާވަ މައުލޫމާތު ހޯދަން ދަތި ނަމަ، އެކަމާ ބެހޭ ފަރާތަކަށް އެ ފޮނުވާދީ އެ މައުލޫމާތު ލިބޭނޭ ގޮތް ހަދާދިނުމަށާ، އަދި އެސާވޭ ކާމިޔާބުކޮށްދާ ދިއުމަކީ، ރާއްޖެ ބައިވެރިވުމަށް އެދޭ އެދުން ބޮޑުވެފާވާ ކަމެއްކަމުގަޔާ، މަޖައްލާގެ ޝާއިއު ތާރީހު ކުޑަތަންވެފާ ވީ ނަމަވެސް، ރާއްޖޭގެ މައުލޫމާތަށް މަޑުކުރާނެ ކަމުގަޔާ، އަދި އެ ސިޓީއާ އެކު، އެ ލިޔުމުގާ ހިމަނާނެ ރަށްރަށުގެ ލިސްޓެއް ފޮނުވި ކަމުގާ ބުނެ، ފޮނުވާފާވާ ސިޓީއެއް. Letter sent by Christopher Paviskis, Co-editor of "Who is Who" in Music International, to Sultan Mohamed Fareed Didi on December 5, 1958 (Size: 12" X 8.5")
America - letter (Foriegn)

Sem título
NAM DOC-MN-F1-34 · Item · -
Parte de Documents

(ތާރީހެއް ނެތް)، އުމުރުން 9 އަހަރުގެ ޕްރިސިލާ އޭން ޒޮލާލް، ދިވެހިރާއްޖޭގެ ރަދުނަށް، އޭނާއަށް ދިވެހިރާއްޖެއިން ޕެންޕޭލެއް(ސިޓީ-ރައްޓެއްސެއް) ހޯދާދިނުމަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by 9-year girl, Pricilla Anne Zolal, to Sultan of the Maldives, asking him to find her a Maldivian pen pal (Size: 8" X 6")
America - letter (Foriegn)

Sem título
NAM DOC-MN-F1-37 · Item · 1959
Parte de Documents

1959މ ޖަނަވަރީ 31(1378ހ ރަޖަބް 21)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް އެޑްރެސްކޮށް ފޮނުވިފަރާތް ކަމުގާ، އެމެރިކާގެ މިސްޓަރ ޖޯން މޭޔާރޑް، ކަމުގާ ލިޔެ 2 ސްޓޭންޕް ޖަހާފާވާ ސިޓީއުރައެއް. Envelope with two stamps sent by John Meyard, Baltimore, USA, to Sultan Mohamed Fareed Didi on January 31, 1959 (Size: 1.1" X 5")
America - Envelope

Sem título
NAM DOC-MN-F1-49 · Item · 1958
Parte de Documents

1958މ ފެބްރުވަރީ 15(1377ހ ރަޖަބް 26)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ފްރެޑް މޯސާ ކިޔާ ދަރިވަރަކު، އޭނާގެ ސްކޫލް މަސައްކަތަކަށް ބޭނުންވެގެން، ދިވެހިރާއްޖޭގެ ހުރިހާ ރަށް، އަތޮޅު، ކޯރުތަށް، 'ސިޓީ' އަދި 'ޓައުން'، މަގު، ރޭލުމަގު ފަރުބަދަ އަދިވެސް އެފަދަ ތަންތަން ހިމަނާފާވާ ތަފްސީލު ޗާޓަކާ، ތާރީހު، ސަރުކާރު، އިޖްތިމާއީ، އަދި އިގްތިސާދީ ހާލަތާއި މޫސުމާ އަދި ތައުލީމީ ކަންކަމުގާ ހުރި ދަތިތަކާ، މިކަންކަމުގެ މައުލޫމާތު ފޮނުވުމަށް އެދި ފޮނުވާފާވާ، ދެ އެމެރިކާ ސްޓޭންޕް ޖަހާފާވާ، ކާޑެއް. Card sent by F Moser to Sultan Muhammed Fareed Didi on February 15, 1958, requesting a map of the Maldives for a school project (Size: 5.5" X 3.25")
America - card (foriegn)

Sem título
NAM DOC-MN-F1-44 · Item · -
Parte de Documents

(ތާރީހެއް ނެތް)، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، އުމުރުން 14 އަހަރުގެ ކިޔަވާކުއްޖެއް ކަމުގާވާ، ޖޭކަބު ސޮމޭ، އޭނާގެ ސްޓޭންޕް ކަލެކްޝަނަށް ލުމަށްޓަކައި، ދިވެހިރާއްޖޭގެ ސްޓޭންޕްކޮޅެއް ފޮނުއްވާދެއްވުމަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Jacob Sømme, 14-year-old boy from Stavanger, Norway, to Sultan Mohamed Fareed Didi, requesting Maldivian stamps (Size: 11.6" X 8.1")
Norway - letter (Foriegn)

Sem título
NAM DOC-MN-F1-45 · Item · 1955
Parte de Documents

1955މ ޑިސެންބަރު 19(1375ހ ޖުމާދިލްއައްވަލް 4)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، އުއްތަމަ ފަނޑިޔާރުކަން ކޮށްފާވާ، އެމް.އެމް.ޔަކުބް ހާން، އޭނާގެ ކަލެކްޝަނަށް ލުމަށްޓާކާ، ސޮއިކުރައްވާފާ، އެރަދުންގެ ތަސްވީރެއް ފޮނުއްވާދެއްވުމަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by M Touffiq Khan to Sultan Mohamed Fareed Didi on December 19, 1955, requesting a signed photo (Size: 8.8" X 5.1")
Pakistan - letter (Foriegn)

Sem título