1170ހ(1757މ)(ވީދިފާވާތީ، ތާރީހްގެ ފަހު އަކުރު ނެތް)ގެ އަހަރެއްގާ، ގާޒީ މުހައްމަދު މުހިއްބުއްދީނު(ޝެއިހުލް އިސްލާމް) އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ވާދޫ މަނިކުފާނުގެ އެންމެހާ ދަރީން، އެރަށު ހުކުރު މިސްކިތުގެ ވަގުފް ފަތް ބަށްލަވާ، އެރަށު ގޮއިފާލައްބަތައް ހުރިނެތްގޮތް ސާފުކޮށްދެއްވުމަށް އެދުމުން، މިހުކުރު މިސްކިތުގެ އިހުފަތް ބަށްލަވާ، ހުވަދުއްމަތީ(ހުވަދޫއަތޮޅު) ވާދޫގާ ހުރި، ވާދޫ ތުއްކަލާ އާއި، އޭނާގެ އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނުގެ މިލްކު ރުއްނޫން އެންމެހާ ރުކެއްގެ ގޮއިފާލައްބައިގެ ½ ބައި ހުކުރު މިސްކިތައް، އަނެއްބައި ބަންޑާރައަށް އޮތްކަމާ، އަދި އެރަށުގެ ކޮންމެ ތަނެއްގާ އެއްޗެއް އިންދިޔަސް، އެއެއްޗެތީގެ ގޮއިފާލަށްބަ އެކުގާ، އެމިސްކިތަށް ލެއްވި ކަމުގާ ސާބިތުވެ އޮތުމުން؛ އޭގެ ފަހުން ރަސްބަންޑާރައިން، ގޮއިފާލަށްބަ ކަނޑުވާ، މީސްމީހުންނަށް ލިޔެފާވާ ފަތް އެއީ ބާތިލް ފަތް ކަމާއި، އެރަށު އިހު ބުނި ދެބެންގެ ތަކެތި ނޫން، އެހެން ހުރިހާ ރުއްގަސް، ދަނޑުފަގު ކޭލަ، އެއެންމެހާ ތަކެތި، އެ ހުކުރު މިސްކިތު މައްޗަށް، ކޮށްފާވާ ވަގުފްއަކީ ސައްހަ ވަގުފެއް ކަމުގަޔާ، އެދެބެއިންގެ ދަރިކޮޅު މީހަކު އެރަށުގާ އިންދި އެއްޗެއް، އެވަގުފްގާ ނުހިމެނޭނެކަމުގަޔާ އަދި، ރަސްކަލަކު ދެއްވާފާވާ ފަތެއްގާ އެހެންގޮތަކަށް އޮތަސްވެސް، މިއެންމެހާ ކަންކަން އޮންނާނީ މިހެން ކަމުގާ ނިޔާކޮށް، އަދި އެރަށު އެހެން މިސްކިތްތަކަށް އޮންނަ ކޮންމެ އެއްޗެއްވެސް އެ ހުކުރު މިސްކިތަށް އޮންނާނެ ކަމާ، އަދި އެރަށު ކާރުދަ(މަސައްކަތް ކޮށްގެން އުފައްދާ އެއްޗިހިން ސަރުކާރަށް ނަގައި އުޅުނުބައި) ހަވާލުކޮށްފާވާ މީހަކަށް އެވަގުފްގެ ހަވާލުވެރިކަން ލަށްވާ، އެ ޝަރީއަތު މަޖިލީހުން ލިޔެފާވާ ފަތެއް. (Size:16.5" X 10.4") Chief Justices - Al Ghaazee Mohamed Muhibbuddin
R./K.//G.DH.Vaadhoo - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Modern History; The 1750's
2 Description archivistique résultats pour Modern History; The 1750's
1164ހ ޒުލްގައިދު 12(1751މ އޮކްޓޯބަރު 2)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު 3ގެ ރަސްކަމުގެ 3ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ކޮޅުމަޑުލު(ތ.) ދިޔަމިގިލީ މީހުން، އެރަށުގާ ހުރި އެރަދުންގެ އާއިލާގެ ޒިޔާރަތާއި، މިސްކިތަށް ބޯގައެއް ދެއްވުމަށް އެދުމުން، ފަހަލަ ކިޔާ ރަށާއި، އެރަށުގެ ފަޅާއި، މަސްބަޔަކާއި، ވާރު މަހާއި، ވާރު ކާއްޓާއި، އަދި ދިޔަމިގިލި ފާލަށްބަ އާއި އޭގާވާހާ ތަކެއްޗެއް، ގަނޑުވަރަށާއި އެ މިސްކިތަށް ބެހުމަށާއި، އެ މިސްކިތުގެ މުދިމަށް ލުންގިފަށްޓަރު ހުއްދަވާނެކަމާއި، އެހެން ރަށެއްގާ އޮންނަ މަޖިލީހަކަށް ދާން، ދިޔަމިގިލީ މީހަކަށް ކިޔައިފި ނަމަ، އެމަޖިލިސް ފަށާނީ އެމީހަކު ކަމާއި، އެހެންރަށެއްގެ މީހަކު އެރަށައް އައިސް، އެރަށު މީހެއް ގައިގާ ޖަހައިފި ނަމަ، އެމީހަކު ދުރޯ(ޖޫރިމަނާ)ވާނެ ކަމާއި، ގަނޑުވަރުގެ ރުކުފާލަށްބައާއި، ދަނޑިމަސް އޮންނާނީ ގަނޑުވަރަށް ކަމާއި، ފަހަލައިގެ ފަޅުން އެމިސްކިތައް މިލްކުވާނީ، ކަޅުފަރޭއަހަރެ ކިޔާ ހިސާބުން ކުޑަކޮރާއި ހަމަޔަށް ކަމާއި، ދިޔަމިގިލީ މީހަކު ކޮންމެރަށެއްގެ މީހަކާ އިނދެގެން ދަރިއަކު ލިބި އެރަށެއްގައި ބޮޑުވިނަމަވެސް، ދިޔަމިގިލި މީހަކަށްވާ ވާރުގެ ½ މިކުއްޖާއަށްވެސް ވާނެކަމާއި، ދިޔަމިގިލީ މީހުން އެ އަތޮޅު ކޮންމެ ފަޅަކުން އެން ހިފިޔަސް، ރާއްޖޭގެ ކޮންމެ ތަނެއްގާ އުޅުނަސް އެމީހުންނަށް އަނިޔާ ނުކުރުމަށާއި، މިކަންކަމުގެ އަމުރުނެއްވުމުން، އަލްހާއްޖަ މުހައްމަދު ހަނދޭގިރި ކިއުމުން، އުމަރު ގަދަހަމާދި ލިޔެދީފާވާ ފަތުގެ، 1340ހ ޝައުބާން 11(1922މ އޭޕްރިލް 9)ގާ ތަރުޖަމާކޮށް، 1378ހ ޒުލްހައްޖު 19(1959މ ޖޫނު 26)ގާ، ހުސެއިން ފަހުމީ ސައްހަކޮށްފާވާ، ތާނަ ތަރުޖަމާއެއް.
މިއީ، (F0-97)ގެ ނަކަލެއް.
Size: 13" X 8"
Th.Dhiyamin'gili - Mohamed Imaduddinge Miskiiy (Mosque), Shrine built by Mohamed Imaduddin - Endowment for Shrine (ziyaaraiy)