1179ހ ރަބީލްއާހިރު(1765މ އޮކްޓޯބަރު)ގާ؛ އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު(ފަތުގާ ރަސްގެފާނުގެ ނަން ކިޔަން ނޭނގޭ ވަރަށް ވީދިފާ.. ތާރީހަށް ބަލާފާ)ގެ ދަރުބާރުގާ، މިލަދުންމަޑުލު(ނ.) މިލަދޫ މީހުން، އެރަށުގާ ހުރި ދެ މިސްކިތުގެ ހަވާލުވެރިންގެ ކަންތަކުގާ އަރާރުންވެ، މިސްކިތް ނުބެލެހެއްޓި، އެކަމަށް ހައްލެއް ހޯދާދެއްވުމަށް އެދުމުން، އެރަދުންގެ ފަހޮޅިން{އަސްކަރުންގެ ފަސްއޮޅި - ދޮށިމޭނާގެ، ހަކުރާގެ، މާފަތްގެ، ވެލާނާގެ، ދަހަރާގެ) އަށް ކަމުގާވާ، އަލްވަޒީރު އަލީ ދޮށިމޭނާ މަނިކުފާނު، އަލްވަޒީރު އުމަރު މާފަތްކަލޭފާނު، އަލްވަޒީރު އަލީ ހަކުރާ ތަކުރުފާނު، ވެލަވަޅުނާ(ވެލާނާ) އަލްވަޒީރު އިބްރާހީމް ދަހަރާ ތަކުރުފާނާއި، ޝަރީޔަތް ކުރާ މީހުންނާއި، މިކަމާ ބެހޭ އެހެން މީސްމީހުންނައި، އެދައުވާއާ ބެހޭ މީހުން، ދަރުބާރަށް ހާޒިރުކޮށް، އެމީސްމީހުންގެ އަތުގާ ހުރި ފަތްތައް ބަށްލަވާ، އެފަތްތަކުގާ އޮތް، އެމިސްކިތުގެ ބެހެނިވެރިން، ހޯދާނެތުމުން، އެ ދެ މިސްކިތް ބަންޑާރައަށް ނެންގެވުމުން، އެތާތިބި މުސްކުޅި ކަލުން، އެމީހުން އަތުގާ ފަތެއް އޮތްކަމަށް ބުނެ، އެފަތް ގެނެސް ކިއާ، އެރަށަކީ ފަހޮޅި ރަށެއް ކަމަށް ސާބިތުވުމުން، ކުރީގާ އޮތް އާދައިގެ މަތިން، އެރަށް ފަހޮޅިންނަށް ދެއްވައިފި ކަމާއި، އެރަށުގެ ދެ މިސްކިތް ބެލެހެއްޓުމަށް، އިނގުރައިދޫ ވަރުވާއަށް ލަށްވާ، ވަރުވާއަކީ 20 ކޮއްޓޭ ކަމާ، އެތަނުން 5 ކޮށްޓޭ ބޮލި އެދެމިސްކިތް ބެލެހެއްޓުމަށްޓަކާ މިލަދޫ މީހުންނަށް ދޭންވާނެ ކަމާ، ދެން އޮތް 15 ކޮއްޓޭ އެއީ، ފަހޮޅިންނަށް، ކޮންމެ އޮޅިއަކަށް 3 ކޮއްޓޭ ކަމާ، ކޮންމެ އަހަރައްގެ، ކެއިން މިލަދޫ މީހުންނާއި ހަވާލުކުރަން ވާނެ ކަމާ، އިނގުރައިދޫ ގޮއިފާލަށްބަވެސް އެ ދެ މިސްކިތަށް ލަށްވާ، އަދި މިލަދޫ މީހުން މިކަމާ އަރާރުންވެ އެއްޗެއް ހިފާ ފޭރިއްޖެނަމަ، ފަސްހޮޅިންގެ ސިޔާސަތުގެ ދަށުން އެކަން ނިންމާނެކަމާއި، އެ ދެ މިސްކިތް، ބެލެހެއްޓުމަށް، ހަތީބު ތަކުރު(ކަތީބު) އިސްކޮށް، މިކަންކަމުގެ އަމުރުނެރުއްވުމުން؛ ފަހޮޅިން ލިޔެފާވާ ފަތެއް. Royal decree stating the distribution of assets to Miladhoo Miskiyy to settle a dispute between the people of the two islands (Size: 16.3" X 10.5")
N.Miladhoo - 2 Mosques of Miladhoo - Order
Modern History; The 1760's
1 Description archivistique résultats pour Modern History; The 1760's
1 résultats directement liés
Exclure les termes spécifiques
NAM DOC-MN-F0-128
·
Pièce
·
1765
Fait partie de Documents