1208ހ ޖުމާދިލްއާހިރު 17(1760މ ޖުލައި 7)ގާ، އައްސުލްތާނު ހަސަން އިއްޒުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު ދަރުބާރަށް؛ މާންދޫ ބޮޑު ބަނޑޭރިތަކުރުފާނު ގެދަރި ކުޑަބަނޑޭރި ތަކުރުފާނުގެ ދަރި މަރިޔަމް މަނިކެގެ ދަރި އަލިމަނިކު ހާޒިރުވެ ހުރެ؛ އޭނާޔަށް ވާރުތަވެ މިލްކުވެފާވާ، ރައްދެބައިމަގުގެ ފަކުސަމަ(ހުޅަނގު) ފަރާތުގާ އޮތް މާންދޫ ގޯއްޗާއި އެ ގޯއްޗާ އިންވެ 'ނޮރިންމަކަނު'(ދެކުނުހުޅަނގު)ކަނުގާ އޮތް، ފަށަވާޅު ކޮށްޓާ، މިދެގޯތި ވަށާ އޮންނަ 119ބަމަ ހިންނަ ބިމާއި ތަކެއްޗާ، އެގޯތީގެ އުތުރުން އިންވެގެން، ބިހުރޯޒު މިސްކިތުގެ ދެކުނުން އޮތް 54ބަމަ ހިންނަ ބިމާއި، މިބިމުގެ މައްޗަށް އޮތްހާ ތަކެއްޗާއި، މާންދޫގޯތި (ދަކުސަނަ)ދެކުނުން އޮތް ކޮލިހިނގާ މަގާ އިންވެގެން، ވަށާ 48ބަމަ އޮތް ހިންނަބިމާއި، މިތަނަށް އޮތްހާ ތަކެއްޗާއި، އެ ގޯއްޗާ އިންވެ ހުޅަނގު އޮތް ކަދުކޮށްޓާއި ޖެހިގެން އިންވެ ފޫރުއްބަ(އިރުމަތިން)އިގާ އޮތް ބަންޑާރަ ބިމާއި އިންވެގެން އިރުމަތިން އޮތް، ބަންޑާރަ ބިމާއި، ދޮށުންގެ ބިމާއި މިދެބިމާއި އިންވެ، އުތުރަށް އޮތް ކަލާފާނު މިސްކިތު ބިމާއި، ފާމުލަދޭރި ކިލެގެފާނު މިސްކިތު ބިމާއި، މިދެބިމާއި އިންވެ ދެމެދުގާ އޮތް، ފަށަވާޅުކޮށިން ބޮޑު ބަންޑާރައިންގެ ބިމަށް 61ބަމަ ލައި، ވަށަމިނުގާ 193ބަމަ ހުރި މާންދޫގޭ ބިމާއި، އެބިމުގާވާހާ ތަކެއްޗާއި، އަލީމަނުކުގެ މިލްކުން ކަނޑާ، އައްސުލްތާނު ހަސަން ނޫރައްދީނަށާއި، އެރަދުންގެ މައިކަމަނާ އައިމިނާ މަނިކުފާނަށާއި، ބައްޕަ އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނަށާއި މިތިން ބަފައިންނަށް، ވަގުފްކޮށް، ހަވާލުވެރިކަން އެ ރަދުންގެ ދަރިފަސްކޮޅަށް ލަށްވާ، ފަތެއްލިޔުމަށް އަމުރުކުރެއްވުމުން، ވިދާޅުވެ އަމުރުކުރެއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރި ކިޔުމުން، ފުރަމާލޭ ހުސެއިން ލިޔެފާވާ ފަތެއް. (މިއީ F0-85 ފަތުގެ ފުރަތަމަ 4/3ގާވާ ލިޔުން އޮތް، ވަކިފަތެއް.) Size; 25.4" x 11.3"
K.Male' - Maandhoo Goathi (Housing Plot) -Deed for housing plot
Modern History; The 1760's
1 Archival description results for Modern History; The 1760's
1 results directly related
Exclude narrower terms
NAM DOC-MN-F0-109
·
Item
·
1760
Part of Documents