1304ހ ޝައުބާން 24)1887މ މޭ 18)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ރަސްކަމުގެ، އައްޝެއިހު އަލީ ނަސްކީ އަލްގާހިރީގެ ޝަރީއްޔަތު މަޖިލީހުގާ، މަންނާރީ މުހައްމަދު ކަލޭގެ ގެދަރި ފާތުމާފާނު ގެދަރި އައިމިނާފުޅު ގެދަރި މޫސާ ކަލޭފާނު، އޭނާގެ މާމަގެ މިލްކުގާވާ، އީދުމިސްކިތް ދޮށުގާ އޮތް ގޯތީގެ ގެއްލިފާވާ ފަތް ފެނިއްޖެކަމާ، އަދި އެފަތުގާ އެވާ ގޯތި އެމީހުންނަށް ދެއްވުމަށް އެދުމުން؛ އެ ފަތް ބެއްލެވިއިރު އެއީ، އައްސުލްތާނު ހަސަން ނޫރައްދީނު، މާލޭގެ އަމިއްލަ އަދި ބަންޑާރަ ގޯތިތަށް ބަލާ ވަކިކުރުމަށް، ނެރުއްވި އަމުރުގެ ދަށުން، ބަނޑޭރި ބޭކަލުންގެ 6 ބޭކަލުންގެ މަޖިލީހަކުން، އީދު މިސްކިތް ކައިރީގާވާ، ވަށަމިނުގާ، 65ބަމަ ހުރި، އެ ފާތުމާފުޅުގެ މިލްކެއްކަން ސާބިތުވެ، އޭގެ ބަދަލުގާ، އީދު މިސްކިތަށް ހިނގާ މައިމަގު ދެކުނުން އިބްރާހީމް ސިރާޖުއްދީނު ފަނޑިޔާރު މަނިކުފާނުގެ ގޯތީގެ ހުޅަނގުން އޮތް މަގާ އިންވެގެން ހުޅަނގުން އޮތް، އުތުރު ބިތުގާ 7ބަމަ 13އަނގޫ، އިރު ބިތުގާ 24ބަމަ 12އަނގޫ، ދެކުނު ބިތުގާ 12ބަމަ 1ރިޔަން 10އަނގޫ އަދި ހުޅަނގު ބިތުގާ 21ބަމަ ބާރަ އަނގޫ، ބޮޑިމިން ހުރި ގޯތި، އެ ފާތުމާފުޅަށް ދެއްވި ކަމުގާ ލިޔެފާވާ ފަތެއްކަމުން، އެގޯތީގެ މިލްކުވެރިކަން ސާބިތުވެ؛ އެ މަޖިލީހުން ލިޔެއްދެއްވި ފަތެއް.
K.Male' - Private Property
(Size:13.4" x 9.9")
Modern History; The 1800s
5 Archival description results for Modern History; The 1800s
1220ހ(1805މ)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު އިސްކަންދަރު ކުލަސުންދުރަ ކައްތިރި ބޮވަނަ މަހާރަދުންގެ ރަސްކަމުގެ 6ވަނަ އަހަރުގާ، ނިލަންދެ އަތޮޅު(ދ.)ހުޅުދެލި އޮޅިގިނައި{އޮޅުގިނަ؟؟...(ގަވާއިދެއްގެ މައްޗަށް އެކުލެވިގެންވާ ބަޔަކުމީހުންގެ ތެރެއިން މީހެއް)} ގެދަރި މަރިޔަމް ގެދަރި ހަތީބު މޫސާ ގެދަރި އިބްރާހީމް ހަތީބު ގެދަރި އިސްމާއީލް ހަތީބު ގެދަރި ހުސެއިން، އެ ރަދުންގެ ދަރުބާރަށް އައިސް، 1039ހ(1630މ) ގާ، ހުޅުދެލި އޮޅުގިނައި ލިޔެދީފާވާ ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދިދެންނެވުމުން، އެފަތް ބަށްލަވާ، އެފަތުގާ ވާފަދައިން؛ ނިލަންދެ އަތޮޅު (ދ.)ހުޅުދެލި މޭނާ ގެދަރި އޮޅިގިނައި އާއި، ކުލަރަންމީބަ ކަނބާ އައިސަ ރަނިކިލެގެފާނު އާއި، ނަސްރަތު މާވާ ކިލެގެފާނު އާއި މިތިން ފަރާތް، ނަރަކައިން މިންޖު ކުރަށްވާތޯ، އެ އޮޅިގިނައިގެ މުދާ ވަގުފްކޮށް، އަދި ނިލަންދެ އަތޮޅު (ދ.)މާދެލީގާ ހުރި އޭނާގެ ތަކެއްޗާ، އެރަށު މިސްކިތާ ޖެހިގެން އޮތް، ބެރެބެދިގަސް ހުރި މަގުން ގޮސް ފޫރުއްބަ(އިރު)އިން މޫސާ ކަލޭގެ ގެވަޅުގެ އަރިމަތީން މޫދާ ޖެހެންދެން އޮތްތަނުގެ ދެމެދުގާ އޮތް ހިންނައިގެ 2/1އާއި، އޭގާވާހާ ރުއްގަހާ، އެތާގެ އުތުރުން ގޮސް ދެކުނުފަރާތުގާ އޭނާ އިންދި ރުއްގަނޑާ އިންވެގެން އިރުން އޮތް މަގާ ޖެހިގެން ފަކުސަމަ(ހުޅަނގު)އަށް ދާއިރު އެދެމެދުގާ އޮތް ހިންނައިގެ 5/2އާއި، އެތާގާ ވާހާ ރުއްގަހާއި، އަދި އެރަށުގެ އެހެންތަނެއްގާ ވިޔަސް، ހުރި، އޭނާގެ ރުއްގަހާއި، އަދި ހުޅުދެލީގާ ވީހާ އޭނާގެ މިލްކުގާވީ އެންމެހާ ރުއްގަހާ، އޭނާގެ މިލްކު އެންމެހާ ތަކެއްޗެއް ވަގުފްކޮށް، އެއެއްޗެތީގެ މަންފާއިން ކޮންމެ ރަބީލްއައްވަލް މަހަކު، ވެވުނު ދުވަހަކު، 3 މީހުން ލައްވާ ސޮލަވާތް ކިޔެވުމަށާ، އޭނާގެ ރުއްތަކުން، އަހަރަކު، 4، 6 އަގި(ބޮލިގުނުމުގެ ފުރަތަމަ މިން...ފަސްފުއްބޮލި)ތެޔޮ، ހުޅުދަލީ މިސްކިތަށް ދިނުމާއި، އަދި މާދެލި، މަތި ހިންނައިގެ ތަކެތިން އެމިސްކުތު ފުރާޅު ފަންޖަހާ، ކުނާ ލާ، އަދި 3ނާޅި (ކޯޗެއްކަމެއްނެތް..ކާށިތެޔޮ؟؟) ދީ، އޭނާޔަށާ، އޭނާގެ މައިންބަފައިންގެ މައްޗަށް 3 މީހުން ލަށްވާ ޔާސީން ކިޔަވާ، އަދި އޭނާ މަރުވުމުން، ކޮންމެ ހުކުރުވިއްލޭރެއަކު، އޭނާޔަށް ފާތިހާ ކިޔެވުމަށާއި، އަދި، އޭނާޔަށް، ހުޅުދެލި މަރިޔަމް ކަނބުލޮގެ ބަނޑުން އުފަންވި މުހައްމަދު ހަތީބު، ފާތުމަތު ކަނބުލޮ ބަނޑުން އުފަންވި މަރިޔަމް ކަނބުލޮ، މާފިލާފުށި ހައްވާ ކަނބުލޮ ބަނޑުން އުފަންވި ހަދީޖާ ކަނބުލޮ އާއި އަދިވެސް އޭނާޔަށް ބަލަދުވެރިކަން އަރާ، މީހަކު ހުޅުދެލީގާ އުޅޭނަމަ އެމީހަކާ، އަދި ފަހުން އޭނާޔަށް ދަރިޔަކު ލިބިއްޖެ ނަމަ އެ ދަރިޔަކާ، އެ އެންމެގެ ދަރިކޮޅަށް، އެ ވަގުފްގެ ހަވާލުވެރިކަން ލަށްވާ، އާފަތެއް ލިޔުމުގެ އަމުރުނެރުއްވުމުން، އަލްހާޒިން އަލްކަބީރު މޫސާ ކިޔުމުން މާލެ މާމުދިން ހަސަން ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1340ހ ޝައުބާން 9(1922މ އޭޕްރިލް 7)ގާ ކުރެވިފާވާ، ތާނަ ތަރުޖަމާއެއް.
Dh.Hulhudheli - Hulhudheli Mosque - Endowment for Mosque
(Size:16.5" x 13.25)
1302ހ؟؟؟(ލިޔެފާވާ އެއްޗެއް ރަނގަޅަށް އޮޅުމެއް ނުފިލާ..1885މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ ރަސްކަމުގެ 17 ވަނަ އަހަރު؟؟(ތާރީހުތަށް ދިމާނުވޭ)ގާ، އެރަދުންގެ ދަރުބާރުން؛ އަރިއަދު އަތޮޅު (އދ.)ދަނގެތިގެ މިސްކިތުގާ ވޮށެއް(ތަންތާ އަޅުވާ، ފީތާލާ، ތެލުން ދިއްލާ، ބައްތިއެއް) ބަހަށްޓަވާ، ކޮންމެ ރަބީލްއައްވަލް 12ދުވަހު، ސޮލަވާތް ކިޔެވުމަށް ސިރާޖުލް އާލިމް، ކަނބާ އައިމިނާރަނި ކިލެގެފާނުން، ވިދާޅުވި ނަދުރެއް ފުއްދުމަށްޓަކާ، އަރިދުއޮތޮޅު މައްމޮފުށި؟؟(މައްޗަފުށި؟؟)ގެ އުތުރުން އޮތް މާފުށިފަރު؟؟(މާފުށިވަރު؟؟)ކިޔާ ރަށް އެމިސްކިތަށް ވަގުފްކުރަށްވާ، ދަނގެތީގާ ހުންނަ، އއ.މާޅޮސް ހަސަން އަށާ އަދި އޭނާ ނެތުމުން އޭނާގެ ދަރިކޮޅަށް، އެ ވަގުފްގެ ހަވާލުވެރިކަން ލަށްވާ، އަދި އެމީހުންނެތްނަމަ... (ދެންއޮތް ލިޔުންކޮޅު އޮތީ ފޮހެވިފަ).. އޭނާގެ މިލްކުން އެ ނަދުރު ފުއްދަންޖެހޭނެ ކަމަށް، އެރަނިކިލެގެފާނުން ވިދާޅުވެފާވާ ވިދާޅުވުން، އެގޮތަށް ކުރުމަށް އަމުރުކުރެއްވުމުން؛ ލިޔުނު ދިވެސްއަކުރު ފަތުގެ، 34..1ހ(އެއްއަކުރު މަދު) ޝައުބާން 25ގާ ކޮށްފާވާ ތާނަ ތަރުޖަމާ.
A.Dh.Dhan'gethi - Dhan'gethi Mosque - Endowment for Shrine (ziyaaraiy)
(Size:14.85" x 12.2")
1253ހ(1837މ)ގެ ތާރީހު ތިރީގާ ޖަހާ، މަތީގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ނަމުގާވާ ދެ ވައްތަރުގެ ދެ ސިއްކަޔާ، އައްސުލްތާނު ހަސަން އިއްޒުއްދީނުގެ ސިއްކައެއް ޖަހާ، 6ވަނަ ފޮޅުވަތުގާ، 'އައްސުލްތާނު ހަސަން ނޫރައްދީނު' މިނަން އަދި 18ވަނަ ފޮޅުވަތުގާ، އަލީ ހަތީބު، މިނަން އަރަބިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.(Size:18.8" x 14.85")
National Archives of Maldives1219ހ ޒުލްގައިދު 17(1805މ ފެބްރުވަރީ 17)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނުގެ ޝަރީޔަތު މަޖީލުހުގާ، އދ.ފެންފުށި މަލިންކަލޭފާނުގެ ދަރި މުދިން ހަސަން އެދުރު މަނިކު، އޭނާގެ މަންމަ، އޭނާގެ ދަރިކޮޅަށް ވަގުފްކޮށްދިން ގޯތީގެފަތް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން؛ އެފަތް ބެއްލެވިއިރު، އެއީ، 1200ހ ޝައްވާލް 15(1786މ އޯގަސްޓް 10)ގާ، އަލްގާޒީ މޫސާ ނަޖްމުއްދީނު އުއްތަމަ ފަނޑިޔާރު، ކުޑަފަރީ މުދިން ތަކުރުފާނު ގެދަރި މަރިޔަމްފާނު، އޭނާ ދުނިޔޭގާ ހުރެ، އޭނާގެ މިލްކުގާވާ ގޯއްޗާއި އެތާ އަޅާފާވާ ދެގެއާ، އެތާގާވާހާ ރުއްގަހާ އެހެނިހެން ތަކެއްޗަކާ، އޭނާގެ މިލްކުގާ ވާހާ ރަންރިއްސާ، ގެވަތުކަންވާރު(ގޭގާ ހިފާގެންގުޅޭ ސާމާނާ)އާއި، އޭނާގެ އެންމެހާ މިލްކެއް، އޭނާގެ މިލްކުން ކަނޑާ، އޭނާ މަރުވުމަށްފަހު، ކޮންމެ އަހަރަކު ރަބީލްއައްވަލް 12ދުވަހު، ވީވަރަކުން، ސޮލަވާތް ކިޔެވުމަށް، އޭނާގެ ދަރި ހަސަން މަނިކުއަށް، އަދި އެ ހަސަން މަނިކު ނެތިދިއުމުން އޭނާގެ ދަރިކޮޅަށް ވަގުފްކޮށްފާވާ، ސައްހަ ފަތެއް ކަމުގާ ސާބިތުވުމުން؛ އެފަތް އާކޮށްދިނުމުގެ އަމުރުއިއްވެވުމުން، އެމަޖިލީހުން ލިޔުނު ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
(ތާރީހެއް ނެތް) 'މުއީނުއްދީނު ރަދުންގެ ހަތްވަނަ އަހަރު ކޮޅުމަޑުލު ވާރު ފަތް އަލިތަކުރުފާނައް ލިޔެދީފާތި' މިހެން، އިހުގެ ލިޔުމަކުން ލިޔެފާވާ ލިޔުމެއް ވެއެ.
(Size:17.4" × 10") Chief Justices - Al Ghaazee Moosa Muhyiddin
A.Dh.Fenfushi Mudhin Hassan Maniku Goathi (Housing Plot) - Deed for housing plot