1221ހ ރަބީލްއާހިރު(1806މ ޖުލައި)ގާ، އައްސުލްތާނު މުއީނުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 8ވަނަ އަހަރު، އެރަދުންގެ ދަރުބާރަށް ނ.ތޮޅެންދޫ؟/ބ.މާޅޮހު؟ ހަސަން ތަކުރުފާނުގެ ދަރި ހޮޅުދޫ މުހައްމަދު ފަޑިއަތް، ހޮޅުދޫގާ، އެރަދުންނަށް އެޅި މިސްކިތުގެ ބޯގަޔަށް، ނ.ފުށިވެލާވަރު އާއި، ހޮޅުދޫގާ އޮތް ބަންޑާރަ ދަނޑާއި ފާލަށްބަ ދެއްވާ، އެ ބޯގައިގެ ހަވާލުވެރިކަން، ފަޑިއަތްއަޅާގެ ދަރިކޮޅަކަށާއި، އަދި އެއިން މީހަކު ނެތްނަމަ، އެރަށުގެ ރައްޔިތުންގެ މައްޗަށް ލަށްވާ، އެމިސްކިތުގެ މުދިމަކަށް ވާރު އިސްތިސްނާ ވާނެ ކަމާ، ކޮންމެ ކެއުޅުކަމަކުން، މަސްބަޔެއް އޮންނަންވާނެ ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު ހަނދޭގިރި މޫސާ ކިޔުމުން މުދިން ހަސަން ލިޔެފާވާ ދިވެސްއަކުރުގެ، 1962މ މާޗް 3(1381ހ ރަމްލޯނު 26)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާއެއް.
މި ތަރުޖަމާގެ ސުރުހީއަކަށް 'ހުޅިޔަންދޫ މިސްކިތު ބޯގަފަތުގެ ދިވެސް އަކުރުގެ ތާނަ.' ލިޔެފާވިޔަސްވެސް، މައިގަނޑުގާ ވަނީ ތޮޅެންދޫ، ހޮޅުދޫ، ފުށިވެލާވަރު، މި ރަށްރަށުގެ ނަން ކަމުންނާ، އަދި ހުޅިޔަންދޫ އަކީ ލާމު އަތޮޅު، ފަޅުރަށަކަމުގާ ވުމާއެކު، ނ.ހޮޅުދޫ ކަމުގާ ބަލާފާ.
Size: 19.1" X 11.8"
N.Holhudhoo - Island Mosque - Endowment for Shrine (ziyaaraiy)
Modern History; The 1800's
1 Archival description results for Modern History; The 1800's
1 results directly related
Exclude narrower terms
NAM DOC-MN-F0-140T
·
Item
·
1806
Part of Documents