1279ހ ސަފަރު 24(1862މ އޯގަސްޓް 20)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތު މަޖިލީހުން؛ ދުނބުރި އަލީ ކަލޭފާނު، އޭނާގެ މާމާ، ދުނބުރިގުދު ދަލޭކާފާނުގެ މަންމަ ތޮއްޑޫ ސަންފާ ކަނބުލޭފާނުން، ހައިވަކަރު ދައިތަ އަތުން ގަނެ މިލްކުކޮށްފާވާ ގޯތިން، އޭނާގެ މަންމަ ފާތުމާފުޅަށް އޭނާގެ މާމަ ހިބައިން ދިން ބަޔާ، މާމަ މަރުވެގެން ގޯތި ބަހައި، އޭނާގެ މަންމަޔަށް ލިބި މަންމަ ފަރާތުން އޭނާޔަށް ލިބުނު ބަޔާ، އޭނާގެ ބޮޑުދައިތަ ސައީދު ކަތްދާފާނަށް ލިބުނު ބައި، އޭނާގެ ދަރީން އަތުން ގަނެ މިލްކުކޮށްފާވާ ތަނާ، އޭނާގެ ބޮޑުބޭބެ މޫސާފުޅަށް ލިބުނު ތަނުގެ 5/1، އެބޭބެގެ ދަރިން އަތުން ގަނެ މިލްކޮށްފާވާ ތަނާ، މި ހަތަރުބައި އެއީ އޭނާގެ މިލްކެއްކަމުގާ ދައުވާ ކުރުމުން، އެކަން ބަށްލަވާ، ސާބިތުވުމުން، އަލީ ކަލޭފާނު އޭނާގެ މުޅި އެގޯތި ވަގުފްކޮށް އެތާގެ ހަވާލުވެރިކަން އޭނާގެ ދަރިކޮޅަށް ލަށްވާފި ކަމުގާ ބުނެ، އެއެންމެ ކަންކަމުގެ މައްޗަށް ފަތް ލިޔެދެއްވުމަށް އެދުމުން، އެ މަޖިލީހުން ލިޔެފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ ބުނެފާއެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދިންކަމުގާ ބުނެފާވާ ލިޔުމެއް.
(Size: 13.25" X 9.55") Chief Justices - Al Ghaazee Mohamed Muhibbuddin
K.Male' - H.Garan'bu Goathi (Housing Plot) - Deed for housing plot
Modern History; The 1860's
1 Descrição arquivística resultados para Modern History; The 1860's
1 resultados diretamente relacionados
Excluir termos específicos
NAM DOC-MN-F0-147
·
Item
·
1862
Parte de Documents