Modern History; The 1870's

Zone des éléments

Référentiel

Code

Note(s) sur la portée et contenu

    Note(s) sur la source

      Note(s) d'affichage

        Termes hiérarchiques

        Modern History; The 1870's

          Termes équivalents

          Modern History; The 1870's

            Termes associés

            Modern History; The 1870's

              3 Description archivistique résultats pour Modern History; The 1870's

              3 résultats directement liés Exclure les termes spécifiques
              NAM DOC-MN-F0-9 · Pièce · 1872
              Fait partie de Documents

              1289ހ ރަޖަބް 13(1872މ ސެޕްޓެންބަރު 16)ގާ؛ އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހުގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ގެދަރި އައްސުލްތާނު މުހައްމަދު އިމާދުއްދީނު އާއި، ރަންނަބަނޑޭރި އިބްރާހީމް މަނިކުފާނުގެ ދަރި ރަންނަބަނޑޭރި އަލީ ކިލަގެފާނު، ގަލޮޅު ބޮޑުމަގު ހުޅަނގުން ދަނޑިދިރުބާގޭ އިރުން ނޮޅިވަރަމު މުހައްމަދު މާލިމީގެ ގޯތީގެ ދެކުނުން އޮތް، ދިދިގެ ކުދިންނާއި، ބޮޑުގަލުގެ ކުދިން އަތުން މަލިކު ހުސެއިން ތަކުރު ގަނެ މިލްކުކޮށްފާވާ ގޯތިން، ހުސެއިން ތަކުރުގެ ދަރި ހަސަންއަށް ވީތަން، ގަނެފިކަމުގަޔާ، އަދި އެތަން ވަގުފްކޮށް، އެތަނުގެ ހަވާލުރިކަން އެދެމީހުންގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެވިޔަފާރިއާ އެ ވަގުފް ސައްހަ ކަމުގާ ނިޔާކުރަށްވާ، އެތަނުގެ އިމާއި މިން ހިމަނާ، އެފަނޑިޔާރު މަނިކުފާނު ލިޔެފާވާ ފަތެއް.
              އަދި ފަތުގެ ނުފުށުގާ:
              1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާވާ، މަލިކު ހުސެއިން ތަކުރުގެ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެފާވާ ކަމުގާ؛ ލިޔެފާވާ ލިޔުމެއް.
              (Size:12.6" X 8.5") Chief Justices - Al Ghaazee Moosa BadhuruddinK.
              Male' - Deed for housing plot

              Sans titre
              NAM DOC-MN-F0-20 · Pièce · 1879
              Fait partie de Documents

              (Size:9.9" X 7.8") Chief Justices - Ah Naaib Ismail 1296ހ ރަޖަބް 6(1879މ ޖޫނު 26)ގާ، އައްނައިބު އިސްމާއީލް ބަހާއުއްދީނުގެ ޝަރީއަތު މަޖިލީހުގާ، ތަކަންދޫ ދޭވާނީ މުހައްމަދު ތަކުރުފާނުގެ ދަރި ސަންފާ މަނިކުފާނުގެ ދަރި ތުޅާދޫގެ މުހައްމަދު މަނިކު، މާފަންނު ކުޑަކޮށީގައި އޮތް އޭނާގެ މަންމަމެންގެ ބީނާކޮށި ކިޔާ، ވަގުފް ގޯތިން އޭނާގެ ބޮޑުދައިތަ ފާތުމާފުޅުގެ ދަރި ދޭވާނީ އަހުމަދުފުޅު އާއި، ހޮޅުދޫ ހާޖީއާއި، މިދެބެންނަށްވީ ތަނާއި، އޭނާގެ ބޮޑުބޭބެ ދޮންއަލިފުޅުގެ އައިމިނާފުޅުގެ ތިބި ތިން ބެއިން ކުރެ ފިރިހެން ދެބެއިންނަށް ވީތަން، އެދެތަނުގެ ވަގުފް ފުއްދާ ބެލެހެއްޓުމަށް، އޭނާޔާ ހަވާލުކޮށްފި ކަމުގާ ބުނެ، އަދި އެދެބަޔާއި، އޭނާގެ މަންމަގެ ބަޔާއި މިތިންބައި އެއްކޮށް، މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނު، ސަންފާ މަނިކުފާނާއި، ފާތުމާފުޅާއި އަދި ހޮޅުދޫ ހާޖީ، މިތިންބެއިންނަށް ބައްސަވާ ވަކިކޮށްދެއްވާފާ ވުމާއެކު، އެތިންބައި އެއްކޮށް، ތުޅާދޫ މުހައްމަދު މަނިކުއަށް އެތަނުގެ ހަވާލުވެރިކަން ލިބިއްޖެކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، ނައިބު އީސާ ގެދަރި ނައިބު މުހައްމަދު ލިޔެފާވާ ފަތެއް.Bahaauddin
              K.Male' - Kuda Koshi (Housing Plot - Deed for housing plot

              Sans titre