Modern History; The 1920s

Área de elementos

Taxonomia

Código

Nota(s) de âmbito

    Nota(s) da fonte

      Mostrar nota(s)

        Termos hierárquicos

        Modern History; The 1920s

          Termos equivalentes

          Modern History; The 1920s

            Termos associados

            Modern History; The 1920s

              9 Descrição arquivística resultados para Modern History; The 1920s

              9 resultados diretamente relacionados Excluir termos específicos
              NAM DOC-MN-R-15 · Item · 1927
              Parte de Documents

              1346ހ ޖުމާދިލްއައްވަލް 22(1927ހ ނޮވެންބަރު 17)ގާ، އައްސުލްތާނު މުހައމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 26ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މާލެ ހުކުރު މިސްކިތުގެ ދޮށުން، 1066ހ(1656މ)ގާ، އިސްކަންދަރު އިބްރާހީމް، އާކުރައްވާ ބިނާކުރެއްވި އެ މިސްކިތުގެ ބޯގަފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދިމުން؛ ކުރީގެ ފަތް ބައްލަވާ، އެމިސްކިތުގެ ބޯގަޔަށް ހުރީ، ތިލަދުންމަތިން: (ހއ.)ކެލާ މާމުދާގަނޑު، ވަށަފަރު، ކުނބުރުދޫ ރުއް، ނެއްލާދޫ، މާރަންދޫއިން 4/1، އިހަވަންދޫ، ހުވަރަފުށި، ހަތިފުށި، ބެރިންމަދޫ، ގާމަތިގަނޑު، މަނަފަރު، މެދަފުށި، އުލިގަމުގެ ކުޑަދޫ ކިޔާ ބިންގަނޑު، އަދި މިލަދުންމަޑުލު އިން: (ށ.)ފޭދޫއިން ހިންނައެއް، (ށ.)މަތި ކޮމަންޑޫ، (ނ.)ކެނދިކޮޅުން ހިންނައަކާ، (ނ.)މަނަދޫން ވާރު ރޯނުން 3 ބައި ރޯނު، މާޅޮސްމަޑުލުން: (ރ.)ވާދޫގެ ހުކުރު މިސްކިތުން ފަށައިގެން އުތުރަށް އޮތްތާ ބިމާ، (ރ.)އަނގޮޅިތީމުގެ 3/2، (ރ.)ރަސްމާދޫގެ 2/1، (ރ.)ވަންދޫ، (ރ.)މަހިދޫ، (ބ.)ފުޅަދޫގެ އިރުމަތީ ކޮޅު އަދި ފާދިއްޕޮޅުން: ދިއްދޫ، މައުމަގާ، މާލެ އަތޮޅުން ދޫނިދޫ، ޅޮހިމާފުށި (ޅޮހިފުށި އަދި މާފުށި)، އަރިއަތޮޅުން: މާފޮޅުދޫ (ބޮޑުފޮޅުދޫ)، (އދ.)ކުނބުރުދޫ، ދަނގެތި، ހީންފުށި(ހީންފަރު)، ވޭވަށް އިން 8ކޮއްޓެ، ނިލަންދެ އަތޮޅުއިން: ޅޮހި، ކޮޅުމަޑުލުން: ބުރުނިން ބޮލި ކޮއްޓޭއެއް، މާގުޅި، ހިކަނދި ޅޮހި، މަޑިފުށިން 2 ކޮއްޓޭ، ތިންކޮޅުފުށި(ކޮޅުފުށި)ން ބަމުފުހި ކިޔާ ތަނާ، ކަކޮޅަސް އިން ބިމަކާ، ކަނޑޫދޫއިން 3 ބިމާ،، ހައްދުންމަތީން: އިސްދޫކަލައިދޫ އިން 3 ބިން، ބަރެސްދޫ، ގަމުން 2 ބިން، ހުޅިމެންދޫ، މާފުށި، މާވަށު އަތްފޮޅު، ހަންހުށި އަދި ހުވަދޫއަތޮޅުން: (ގއ.)ކޮނޑޭ، (ގދ.)ކޮޑެރަޓަ، ދޮނުންރެހާ (ދޫނިރެހާ)، ރެއްދަފުށި(ގދ.ރެއްދަހުއްޓާ)، (ގދ.)ވާރެއާދުވާ، (ގދ.)ވާދޫއިން ބިމަކާ، މާތޮޑާއިން ބިމަކާއި، (ގދ.)ބޮލިމަތައިދޫ އާއި، ކަޅުފުށި(ގދ.ކަޅަހުއްޓާ)، ފުވައްމުލަކުން ބިމަކާ، ހުކުރުމިސްކިތުގެ ހުޅަނގުގާ އޮތް ގޯއްޗާއި އެތާގާވާހާ އެއްޗެތި ކަމާއި، އެބޯގައިގެ ހަވާލުވެރިންނަކީ، އެމިސްކިތް ބަލަހަށްޓާ މީހުންކަން ސާބިތުވެ ފަތެއް ލިޔުމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، މާލެ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް.(Size:20.35" × 10.9")
              K.Male' - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

              Sem título
              NAM DOC-MN-R-12 · Item · 1926
              Parte de Documents

              1344ހ(1926މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 25ވަނަ އަހަރު، ރާއްޖޭގެ ހުރިހާ ރަށްރަށަކަށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ގެދަރި އައްސުލްތާނު އިބްރާހީމް ނޫރައްދީނު، ދެއްވި ވާރު(ޓެކްސް) ފަތްކޮޅުތަކުގާ ހިމަނާފާވާ ބޮލުގެ އަދަދު، ބަޔެއް ރަށްރަށުގާ ތަފާތުވެ، ވާރު އަދި ވާރުދުރޯ(ވާރުނެގި ޒަމާނުގައި ވާރު ނުދައްކާމީހާ އަތުން ނަގާ ޖޫރިމަނާ)ގެ ކަންކަން އޮޅުންބޮޅުން ވުމުން، އެ ރަށްރަށް އަލުން ބޯހިމެނުމުން، ނިލަންދެ އަތޮޅު ދެކުނުބުރި(ދ.)ބަނޑިދޫގާ ވާރު ދޭން ޖެހެނީ، ޖުމްލަ ފތ(24)މީހުން ކަމުގާ ގާއިމުކޮށް، ވެދުން ބަރުތީލައަށާ މާލޫދު ފަދަ ކަންކަމަށް، ބޮލި ކޮއްޓޭއިން، ދޭން ޖެހޭނެ ވާރު އާއި އަދި، ރޯނުގެ ބާވަތްތަކުން، މަސްވެރިކަމުން، ރުކުގެ ބާވަތް ތަކުން، ކުކުޅުން، ކާށިން، ފަނުގެ އެކިއެކި ބާވަތުން، މަދަން(ފުނަ ނުވަތަ ކަނދުއޮށް މަދު ދަވައިގެން ފުނޑައިގެން އޮޑިދޯނި ފަހަރުގެ ހިންމި ބެލުމަށް ހަދާފުޓުންޏެއް)ން، ފަލިތަންޑު(ފަލީގެ ދޫ ހަރުކޮށްފައި އޮންނަ ދަނޑި)ން، މިތަކެތިން ނަގާނެ ވާރާއި، އަދި މުޅި އަތޮޅަށާއި، ވަކިން މިރަށަށް ނިސްބަތްކޮށް، އެކި އެކި އޮޑި ފަހަރުގެ(ވާރުއޮޑި، ކަފުއޮޑި، އދވސ)އާއި، އެ އެއްޗެތީގެ ފަޅުވެރިންގެ ކަންކަން އޮންނަންވާނެ ގޮތާއި، އަތޮޅުގެ އާއި ވާރުގެ ފަދަ ތަންތަނުގެ ކަންކަމާއި، އެކަންކަމުގާ ވާރު ނެގޭނޭ ގޮތާއި، ވާރު ނުދެއްކިއްޖެއްޔާ ކުރާނެ ޖޫރިމަނާ އާއި، ވާރު ނަގޭނީ، އުމުރުން 15 އަހަރު ވެފާވާ ކޮންމެ ފިރިހެނަކުން ކަމާ، ވާރުން އިސްތިސްނާވާ މީހުންނާއި، ރަށްރަށުން ހިޖްރަކުރުމުން ވާރު ދައްކަންޖެހޭނީ ކޮންގޮތްގޮތަކަށް ކަމާއި، މިއެންމެހާ، ވާރުނެގުމުގެ އުސޫލުތަށް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފާވާ ވާރު ފަތެއް.
              މިފަތުގާ ހިސާބުއަކުރު ޖަހާފާވަނީ ތާނަ އަކުރުން(މ-1، ފ-2، ދ-3، ތ-4، ލ-5، ގ-6، ޖ-7، ސ-8، ޑ-9، 0-0)ނެ.
              Detailed tax assesment (Size:21.95" × 14.9")
              Dh.Ban'didhoo - Tax

              Sem título
              NAM DOC-MN-F5-7 · Item · 1927
              Parte de Documents

              1346ހ ޖުމާދިލްއައްވަލް 29(1927މ ނޮވެންބަރު 24)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، އަލްއަމީރު އިބްރާހީމް ދޮށިމޭނާކިލެގެފާނުގެ ދަރި އަތިރީގޭ އަބްދުލް މަޖީދު ދީދީ، އޭނާގެ ގޯއްޗެއް ކަމުގާ، 1345ހ(8/1927މ ޖަނަވަރީ 29)ގާ، ހަމަ އެ މަޖިލީހުން ފަތްލިޔެދެއްވާފާވާ، މާފަންނު، އީދަށްވަޑައިގަންނަވާ ބޮޑުދެގޯޅިއާ އިންވެގެން ހުޅަނގުން އޮންނަ ހަތީބު މަނިކުފާނު ގޯއްޗޭ ކިޔާ އޭނާގެ މިލްކު ގޯއްޗާއި، އެ ގޯތީގާ ހުރި ގެޔާއި، ހުރިހާ ބިނާޔަކާއި، ގޯތީގާވާ އެންމެހާ ތަކެއްޗެއް، އޭނާ ކައިވެނިބައްލަވައިގެން ހުންނެވި ދޮންދީދީގެ މަންމަ، ހަތީބު މަނިކުފާނުންގެ ދަރި ޅަދީދީ އަށް ހިބައިން ދެއްވައިފި ކަމުގާ ވިދާޅުވެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެތަނުގެ ކަންތައް ބަށްލަވާ، އެހިބަ ސައްހަކަމަށް ނިޔާކުރައްވާ، ފަތެއް ލިޔަން އަމުރުކުރެއްވުމުން، އައްނައިބު މުހައްމަދު ލިޔުނު ފަތުގެ ނަކަލެއް. A copy of the report originally written on 24 November 1927 about the ownership of the land Maafannu Nooraaneege (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin
              K.Male' - M.Nooraaneege Goathi (Housing Plot) - Private Property

              Sem título
              NAM DOC-MN-N-36 · Item · 1925
              Parte de Documents

              (އަހަރެއްނެތް) ނޮވެންބަރު 25ގާ، ދިވެހި ސަރުކާރުގެ ސަފީރުގެ ނަމުގާ(ނަމެއް ނެތް) ކޮލޯނިޔަލް ސެކެޓްރީއަށް(ނަމެއް ނެތް)، ރާއްޖޭގެ ރަދުންގެ ފަރާތުން، އޭރުގެ އިނގިރޭސި ރަދުންގެ މަންމަ ނިޔާވުމުން(ނިޔާވީ 1925ގާ)، ފޮނުއްވާފާ ތައުޒިޔާގެ ސިޓީގެ ނަކަލެއް.
              މިނަކަލުގެ ތިރީގާ:'އިނގިރޭސި ރާޖާގެ އަމާ މަރުވެގެން ލިޔުނު ސިޓީޔާއި ޒުވާބު' މިހެން ތާނައިން ލިޔެފާވެއެ.
              (Size: 10.2" x 7.85")
              K - Male' - Royal Palace - letter(Royal)

              Sem título
              NAM DOC-MN-R-20 · Item · 1928
              Parte de Documents

              1346ހ(1927/1928މ)ގާ،(މިފަތުގެ ފެށުން ވަނީ ވީދިގެން ގޮސްފާ) ބޮޑުގަލުގޭ ބަނޑޭރި ދޮންހުސެއިންގެ ދޮންތުއްތު އާއި،(ފުރަތަމަ ނަން ވީދި ގޮސްފަ) ދެމީހުން(އެބައި ވީދިގެން ގޮސްފާވާތީ، ކޮން ތަނަކަށް ކަމެއް ނޭނގެ...ތާރީހަށް ބަލާއިރު، އެއީ ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީސް ކަމުގާ ދެކެވޭ)، ހެންވޭރު ކަނބާ ގަނޑުވަރު ހުޅަނގު ބުރީގާ، އަލް އަމީރު އަލް ހާއްޖަ އަލް މަރްހޫމް އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ބިނާކުރައްވާފާވާ ގެއާއި، ދެންވެސް ހުރިއްޔާ ހުރި އިމާރާތެއް ވަނީ، އޭނާގެ ދަރި އަތިރީގޭ އަބްދުލް(ވީދިގެން ގޮސްފާ ވާތީ މަޖީދު ކަމެއް ހަމީދު ކަމެއް ސާފެއް ނުވޭ)އަށް ހިބައިން ދެއްވާފައޭ ބުނެ، އެކަމަށް ފަތެއް ދެއްވުމަށްއެދުމުން؛ އެކަމުގެ ސާބިތު އެ މަޖިލީހުގާ އޮތުމުން، އެތަން އެއީ، އެ، ދަރިކަލުންގެ ތަނެއް ކަމުގަޔާ، އެކިލެގެފާނުންގެ އެހެން ބޭފުޅުންނާ ބެހޭ ތަނެއް ނޫންކަމުގާ ބަޔާންކޮށް، އެ ޝަރީއްޔަތު މަޖިލީހުން ލިޔެފާވާ ފަތެއް.
              އަދި ނުފުށުގާ:
              1970މ ނޮވެންބަރު 16(1390ހ ރަމްލޯނު 16)ގާ، މިނިސްޓްރީ އޮފް ޖަސްޓިސް ޕްރޮޕަޓީ އެންޑް އޯނާޝިޕް ޑިވިޝަން އިން، މި ފަތުގާ ބުނެފާވާ އިމާރާތަށް ސުއްމުލް އަމީރު އަލް މަރްހޫމް މުހައްމަދު ފަރީދު ފާށަނާ ކިލެގެފާނު އަށް މިލްކުވެފާވާކަން، އެ ޑިވިޝަނުގެ 70/P&OD/667 ގަޒިއްޔާ ނިމުނުގޮތުގެ ރިޕޯޓުން ސާބިތުވާކަމުގާ ބަޔާންކޮށް، އެއޮފީހުގެ ގާޒީ ސޮއިކޮށް، އެ ޑިވިޝަންގެ ތައްގަނޑާ، އަދި ރާއްޖޭގެ 1 ރުފިޔާގެ ސްޓޭމްޕެއް ޖަހާފާވާ ލިޔުމެއް.
              (Size:8.8" × 5.5")Al Ghaazee Hussain Salahuddin
              K.Male' - H.Kan'baa Gan'duvaru (Old Royal House) - Private Property

              Sem título
              NAM DOC-MN-N-13 · Item · 1923
              Parte de Documents

              1923މ ޖުލައި 17(1341ހ ޒުލްހައްޖު 3)ގާ، ޝްރީލަންކާގެ ކޮޅުނބުގެ ކޮލޯނިއަލް ސެކެޓްރީގެ އޮފީހުން، އެ އޮފީހުގެ ސެކެޓްރީ(ނަމެއްނެތް)، 1923މ މޭ 7(1341ހ ރަމްލޯނު 20)ގާ ރާއްޖެޔަށް ޒިޔާރަތްކުރި 'އިންވެސްޓިގޭޓާ' ކިޔާ އިނޑިޔާ މަނަވަރެއް('ރޯޔަލް އިންޑިޔަން މެރައިން ޝިޕް') ދިވެހިރާއްޖޭގާ ހިންގަމުންދިޔަ، ސައިންސީ ހޯދުންތަކަކާ ބެހޭގޮތުން، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ، އޭޕްރިލް 17ގާ ފޮނުވާފާވާ ސިޓީ، ކަމާބެހޭ ފަރާތަށް ފޮނުވިކަމާއި، އޭގެ ޖަވާބު ލިބުނު ކަމާއި، އެޖަވާބުގާ އެދިފާވަނީ؛ އެ އުޅަނދު މާލޭގާ އޮތްއިރު ރަދުންނަށް ޒިޔާރަތެއް ނުކުރެވުނީ، އެއުޅަނދުގެ ކޮމާންޑަރަށް އެކަން އެގޮތަށް ކުރަން އޯޑަރެއް ކޮންމެވެސް އޮޅުމަކާ ހެދި، ނެތުމުން ކަމާއި، އޭގެ ފަހުން އެކަހަލަ ކަމެއް ވިޔަނުދިނުމަށް، އެފަދަ އޯޑަރުދީފާ ބާއްވާނެ ކަމާއި، އަދި ގޮނޑުދޮށުގާ ޖަހާފާވާ ފާހަގަތަކަކީ، އެ އުޅަނދު، ސަލާމަތްތެރި ކަމާއެކު ދުއްވޭނޭގޮތް ހެދުމަށްޓަކާ ޖެހި އެއްޗެތި ކަމާއި، އެ ދެކަންތައް، ރާއްޖޭގެ ރަދުންނަށް އަންގާދިނުމަށް އެދި، އެސަފީރަށް، ލިޔެފާވާ ސިޓީއެއް.A letter sent to to the king explaining that the intention of a ship entering Maldivian waters is conducting scientififc research, conveying apologies that they did pay a customary visit to court upon arrival in the Maldives, due to a miscommunication on protocol. (Size: 13" x 7.9")Sri Lanka - Office of the Colonial Secretary - letter(Official)

              Sem título
              NAM DOC-MN-N-24 · Item · 1923
              Parte de Documents

              1923މ ސެޕްޓެންބަރު 17(1342ހ ސަފަރު 6)ގާ، މާލޭގެ ބޮޑުބަނޑޭރި މަނިކުފާނަށް، މުހައްރަމް 20ގާ، އެ ބަނޑޭރިގޭން ލިޔުނު ސިޓީގާ އެދިފާވާ ގޮތުގެ މަތިން، ހުވަދޫއަތޮޅަށް ދިޔަ، ރޯޔަލް އިންޑިޔަން މެރީންގެ، އިންވެސްޓިގޭޓާ ކިޔާ ބޯޓާ ބެހޭގޮތުން ވިލާތު(އިނގިރޭސި؟؟) ސަރުކާރުން، އަބްދުލް ހަމީދު ދީދީއަށް ފޮނުވި ސިޓީތަކުގެ އަސްލު، ބަނޑޭރިގޭގާ ބެހެއްޓުމަށް އެދިވަޑައިގެންފާވާތީ، އެސިޓީތައް، މިސިޓީއާއެކީ ފޮނުވި ކަމާ، އެކަން އެގޮތަށް ކުރަން، އޭނާޔަށްވެސް ފެންނަކަމުގާ، އަބްދުލް ހަމީދު ދީދީގެ 'ލެޓާހެޑް' ގަނޑެއްގާ ލިޔެ، އޭނާ ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް.Notification that letters for the Royal Indian Marine Investigator had been sent to Ba'ndeyrige (Size: 8.1" x 4.95")
              Sri Lanka - Maldivian Embassy - letter(Official)

              Sem título
              NAM DOC-MN-R-14 · Item · 1930
              Parte de Documents

              1342ހ މުހައްރަމް 29(1930މ ޖޫނު 27)ގާ، އަސުލްތާނު މުހައްމަދު ޝަމްސުއްދީނު 3ގެ ރަސްކަމުގެ 21ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ފާދިއްޕޮޅު ނައިފަރު މީހުން، އެ ރަށުގެ ކުޑަ މިސްކިތަށް، އިހުއްސުރެ އޮންނަ ބޯގަޔަކީ، ރ.ފަސްމަންދޫގެ 2/1 ކަމުގަޔާ، އެކަމަކު، އެއިރަކު އެކަމުގެ މައްޗަށް ފަތެއް ނެތް ކަމުގާ ބުނެ، އެމިސްކިތަށް ބޯގައަކަށް އެދުމުން؛ އއެ ފަސްމަންދޫގެ އަނެއް 2/1 އޮންނަނީ ކިހިނެތްތޯ ބެއްލެވިއިރު، އެތަން އޮންނަނީ މާޅޮސްމަޑުލު އުތުރުބުރި ކޮތައިފަރު ހޮޅި ކަތީބުގ ތަކުރުފާނުގެ ދަރިކޮޅުގެ ވަގުފެއް ގޮތުގާ ކަމުގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު ލިޔެފާވާ ފަތް، އައްޑުއަތޮޅު ހިތަދޫ، މުހައްމަދު ދޮށިމޭނާ ތަކުރުފާނުގެ ދަރި ހުސެއިން ވެލާނާ މަނިކުފާނު، އަތުލާ ނަގާލާ، އޭނަގެ ދަރިކޮޅު އެތަން އެމީހުންނަށް ނުދީ އުޅޭތީވެ، އެކަމާ އެތަނުގެ ވަގުފްވެރިން ޝަރީއަތަށް ގޮސް، އެރަށަކީ، ފަސްމަންދޫ ދޮންކަމަނަގެ ވަގުފެއްކަމާ، އޭނާގެ ދަރިކޮޅު މީހުންނަކީ، ފަސްމަންދޫ ހަކުރާތަކުރުފާނު ދަރިކޮޅާއި އަދި ކޮތައިފަރު ހޮޅި ކަތީބު ދަރިކޮޅު ކަމުގާ ނިޔާކޮށް، ލިޔެފާވާ ޝަރީއަތު ފަތަކުން ސާބިތުވުމުންނާއި، އަދި ދުވަސްވީ މީހުންގެ ފަރާތުން، އެމިސްކިތުގެ ވަގުފް ބޯގަޔަކަށް ޒަމާނުއްސުރެ އޮންނަ އެފަސްމަންދޫގެ 2/1، ހަކުރާ ތަކުރުފާނުގެ ދަރިކޮޅު، އެމިސްކިތް މައްޗަށް ލާފާ ކަމުގާ ބުނެ، އަދި އެދެދަރިކޮޅު މީހުން ގިނަވެ، އެރަށުން ލިބެ މަންފާ، ހަމަގޮތުގާ ނުބެހޭ ކަމުގާ، އެދަރިކޮޅު މީހުން އެއްބަސްވުމުން، ރ.ފަސްމަންދޫ އެއްކޮށް، އެމިސްކިތުގެ ބޯގައަށް ލަށްވާ، އެކަމުގެ ހަވާލުވެރިކަން، ނައިފަރު ރައްޔިތުންނަށް މަތިކޮށްފިކަމުގެ އަމުރުނެރުއްވުމުން؛ އަލްގާޒީ ހުސެއިން ސަލާހުއްދީނު ފަނޑިޔާރު މަނިކުފާނު ލިޔެފާވާ ފަތެއް. (F6-22އަކީ މިފަތުގެ ނަކަލެއް)(Size:17.8" × 10.6")
              Lh.Naifaru - Kuda Miskiiy (Mosque) - Endowment for Shrine (ziyaaraiy)

              Sem título
              NAM DOC-MN-R-5 · Item · 1927
              Parte de Documents

              1346ހ ޖުމާދިލްއައްވަލް 12(1927މ ނޮވެންބަރު 7)ގާ، މޫސަލް މަހައްލީ ގެދަރި ނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބު މަނިކުފާނުންގެ ޝަރީއަތު މަޖިލީހަށް، ހިކަނދި އާދަމް މަނިކު ގެދަރި ރިނބުދޫގޭ ތުއްތު މަނިކެ ހާޒިރުވެ، އޭނާގެ ކުދިންގެ ބައްޕަ، ކުޅުދުފުށި މާވަޑި އިބްރާހީމް މޫސާ އަތުން، ދައްޕަރު މޫސާ ކަލޭފާނު ގެދަރި ތުއްތު ދީދީ، -/360 ރުފިޔާ ހިފާ އެ މޫސާއާއި ހަވާލުކޮށްފާވާ، އެ ތުއްތީދީގެ މަންމަ، ރަންނާގޭ ދޮންދީދީ އަށް ވަގުފްކޮށްފާވާ ފަތާއި، އެ މޫސާގެ މަށްޗައް އެގޯތި ހަވާލުކުރިކަމަށް ލިޔެ، އޭނާޔަށް ދިން ކަރުދާހާ، މި ހުރިހާ ލިޔުމެއް، އެ މޫސާ މަރުވުމަށް ފަހު ނުފެނި، ގެއްލިފާވާތީ، އަލުން ފަތް ލިޔެދެއްވުމަށް އެދުމުން؛ އެމަޖިލީހުގާ އެކަން ސާބިތުވެ އޮތުމުންނާއި، އަދި އެ ތުއްތު ދީދީ އެފައިސާ ހިފާ އެގޯތި ހަވާލުކޮށްފާވާ ކަމަށް، އިގްރާރުވުމުން، އޭނާ އެ މޫސާ އާއި ހަވާލުކޮށްފާވާ އެ މައިގޯތީގެ 4/3 ގެ މިން ބަޔާންކޮށް، އެގޯތި އިންވެ ދެކުނުންއޮތީ އެގޯތިން ރަންނާގޭ ތުއްތުދީދީ، ތުނބުޅި އަލިމަނިކުއާ ހަވާލުކޮށްފާވާ ގޯތީގެ އަނެއް 4/1ކަމާއި، އަދި ހުޅަނގުން އޮތީ ކޫ ކޮށި ކަމާއި، އުތުރުން އިންވެ އޮތީ ހަދީބީ މިސްކިތު ދެކުނުންއޮތް ބަންޑާރަ ގޯއްޗެއް ކަމާއި، އަދި އެގޯތި ވަނީ ރަންނާގެ ބޭފުޅުންގެ މައްޗަށް ވަގުފްވެފާ ކަމާއި، އަދި އެދަރިކޮޅު މީހަކު އެގޯތި ނަގަން ބޭނުން ނަމަ، އެ މޫސާގެ ދަރިންނަށް އެ ފައިސާ ނުދީ ނުނެގޭނެ ކަމާއި، މިކަންކަން މިގޮތަށް ނިޔާ ކުރެއްވުމުން؛ މޫސަލް މަހައްލީ ގެދަރި އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތެއް. (Size:14.5" × 7.85") Chief Justices - Al Naaibu Hussain Salahuddin
              K.Male' - Rin'budhoo - Deed for housing plot

              Sem título