Modern History; The 1930s

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        Modern History; The 1930s

          Equivalent terms

          Modern History; The 1930s

            Associated terms

            Modern History; The 1930s

              11 Archival description results for Modern History; The 1930s

              11 results directly related Exclude narrower terms
              NAM DOC-MN-R-47 · Item · 1933
              Part of Documents

              (ތާރީހު ރަދުންނަށް ބަލާފާ)1352ހ(1933މ)، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 33ވަނަ އަހަރު، އެރަދުންގެ ހިރިޔާފާތުރާދަށުގާ(ދަރުބާރުގާ)، 1134ހ(1722މ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު، ހއ.އުތީމު މިސްކިތުގެ ބޯގަޔަށް ލަށްވާފާވާ، ކުރީގާ ފަޅަށްއޮތް، ހއ.ދިއްދޫގެ އެއިރުގެ ރައްޔިތުން؛ އެރަށް ބޯގަޔަކަށް އޮތުމުން، ދިރިއުޅެން ދަތިކަމުގާ ދެންނެވުމުން؛ އެކަމާ، މާލޭގެ އިލްމުވެރިންގެ ޖަމާއަތަކުން އެރަށަކީ ވަގުފެއް ނުވަތަ ބޯގަޔެއްތޯ ބެއްލެވުމަށް އަމުރުކުރެއްވުމުން، އެކަން ބެލިއިރު އެއީ ބޯގައެއް ކަމާ، އުތީމު މިސްކިތަށް، ދިއްދޫގެ ބަދަލުގާ އެހެން ރަށެއް ނުވަތަ އެހެން އެއްޗެއް، ދެއްވުމަކީ ސައްހަކަމެއް ކަމުގާ އިރުޝާދު ދިނުމުން، އެ މިސްކިތަށް ހުރި ބޯގައިގެ ތެރެއިން، ދިއްދޫ ނަގާ، އޭގެ ބަދަލުގާ، ހއ.މުލިދޫ ލަށްވާ، އެމިސްކިތުގެ ބޯގަޔަށް ވަނީ، އުތީމު ގޮއިފާލައްބައިގެ ވާރުދުރޯ، ހއ.ފަރިދޫ ގޮއިފާލައްބަ، ރަހުރާ(ރަލުން ނަގާ ޓެކްސް)، ކޮންމެ އަހަރަކު އަތޮޅުވެރިންގެ އަތުން 3 ތުޅު(1ފައުލާ، 28ރާތާ)ރޯނު އަދި އުތީމުން މަހަށް ދިޔަ ކޮންމެ އޮޑިޔަކުން މަސް ބައެއް ކަމާ، އަދި އެތަނުގެ ހަވާލުވެރިންނަކީ އުތީމުގެ ރައްޔިތުން ކަމާއި، އުތީމުގާ ކޮންމެ މީހަކު ގޮވާމެއް ކޮށް، ރުއް އިންދާ ހެދިޔަސް އެއެއްޗެތިން އެމިސްކިތުގެ ބެލެނިވެރިންނަށް ދޭންޖެހޭނެ ކަމާ، އަދި އުތީމު ރައްޔިތުން ބަންޑާރަ މަސައްކަތަށް ނުކުންނަން ނުޖެހޭނެ ކަމާ، އުތީމު ގަނޑުވަރަކީ އެރަށު އެންމެންގެ މައްޗަށް އޮތް ތަނެއް ކަމާ، އައްސުލްތާނު އަލްގާޒީ މުހައްމަދު ތަކުރުފާނު (ސިރީ ސަވާދީއްތަ މަހާރަދުން)ނަށް ކޮންމެ އަހަރަކު ފާތިހާ ކިޔަވާ، އެރަދުންނަށް ދިޔަފުރަސޫތާވެ(އަށަގަނެ)އުފަން އައްސުލްތަނު އިބްރާހީމް އަށް، ވީވަރަކުން، ކޮންމެ ރަބީލްއައްވަލް މަހަކު ދުއާއެއް ކިޔާ، އިހުފަދައިން މާލޫދު ކިޔާ އަދި މި އެންމެހާ ކަންކަން ކުރުމަށް، އެއިރަކު މާލޭގެ ރަސްކަމުގާ އިންނެވި ރަސްކަލަކު، އުތީމު މީހަކާ ހަވާލުކުރައްވާ، އެމީހަކު އެކަން ކުރަންޖެހޭނެކަމާ، އެޔަށްފަހު އުތީމު މީހުން ދިއްދޫއަށް، ކުރީގާ ގޮސްއުޅުނުހެން ގޮސްގެންނުވާނެ ކަމާ، މިއެންމެހާ ކަންކަމުގެ އަމުރު ނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، ފަތެއްލިޔުމަށް، ވަޒީރުލް އައުޒަމް އަލްއަމީރު މުހައްމަދު ފަރީދު ދީދީ އެންގެވުމުން، ހުރާ ހަސަން ގެދަރި ފަތްލިޔާ މޫސާ މަލިން ލިޔުނު ފަތެއް. (Size: 19.25" × 12")
              H.A.Utheem - Mosque in Utheemu - Endowment for Shrine (ziyaaraiy)

              National Archives of Maldives
              NAM DOC-MN-R-45 · Item · 1933
              Part of Documents

              1352ހ ރަބީލްއައްވަލް(1933މ ޖުލައި)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު، އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ ޝަރީޔަތު މަޖިލީހުގާ، ކަންދޫގެ އައިމިނާ މަނިކެ، އެމީހުންގެ ކާބަފައިން ވަގުފްކޮށްފާވާ، ގަލޮޅު، ތުއްކަނބާ ހިންނައިގެ ދެކުނުން، ކޮލިހިނގާ މަގާ އިންވެ އިރުން، ކަޅުތުއްކަލާ މަގާއިންވެ އޮތް، ގޯތީގެ ވަގުފް ފަތުގާ އެގޯތީގެ މިން ނެތުމުން އެގޯތި ކުޑަވަމުން ދާތީ، މިން ބަޔާންކޮށް ފަތެއް ދެއްވުމަށް އެދުމުން، އެގޯތީގެ، އިމާއި، މިން ހިމަނާ، އެ މަޖިލީހުން ލިޔެދީފާވާ ފަތެއް.(Size: 12" × 8.15")
              K.Male' - G.Kandhoo - Deed for housing plot

              National Archives of Maldives
              NAM DOC-MN-R-40 · Item · 1935
              Part of Documents

              1147ހ ރަމްލޯނު 24(1735މ ފެބްރުވަރީ 17)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު، ރަންނަވަ ލޯކަ މަހާރަދުން، ގެ ދަރުބާރުގާ، ފީވަކު މުހައްމަދުގެ ދަރި އައިސަ، ގޮލޮޅުގާ އޮތް، އޭނާ ބައްޕަގެ ގޯތި، އޭނާގެ ފިރިމީހާ ހުސެއިން، އޭނާޔަށް ނުދޭންއުޅޭ ކަމުގާ ބުނެ، އެގޯތި އޭނާޔަށް ހޯދާދެއްވުމަށް އެދުމުން، އެގޯތި އޭނާޔަށް ހޯދާދެއްވާ، އެކަމުގ މައްޗަށް، ލިޔެފާވާ ފަތެއް.
              މި ކަރުދާސް ލިޔެފާވަނީ، ފިލިނުޖަހާ ތާނައިން.
              (Size: 7.85" × 5")
              K.Male' - G.Feevaku Mohamed ge Goathi - gift(Housing Plot)

              National Archives of Maldives
              NAM DOC-MN-R-33 · Item · 1937
              Part of Documents

              1356ހ ރަބީލްއާހިރު 24(1937މ ޖުލައި 3)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު ފަނޑިޔާރު މަނިކުފާނުގެ ޝަރީޔަތު މަޖިލީހުގާ، ފަހާގެ އަލީ ކަލޭފާނުގެ ދަރި (ނަން އޮތްތަން ވީދިފަ)، އޭނަގެ ބައްޕަގެ މައްޗަށް ހަވާލުވެ އޮތް ވަގުފް ގޯތި ހެންވޭރު(ނަން އޮތްތަން އޮތީ ވީދިފަ)، ސަރުކާރުން، މަގުތައް ސީދާ ކުރި އިރު ވަނީ...(ވީދިފާވާ).. ކަމާއި، އެހެންވެ އެގޯތީގެ އިމާއި، މިން ބަޔާންކޮށް، ފަތެއް ދެއްވުމަށްއެދުމުން، އެގޯތީގެ ފަތް ގެންނަވާ ބެއްލެވިއިރު، އެފަތަކީ، އެގޯތި، ފައިނު އަހުމަދު ފަށަވާޅު ކަލޭފާނުގެ ދަރިކޮޅަށް ވަގުފް ހަވާލުވެފާވާ ގޯއްޗެއް ކަމާ، އަދި އެތާގެ އިމާއި، މިން ބަޔާންކޮށް، 1234ހ(1819މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުމަނިކުފާނު ލިޔެދެއްވާފާވާ ފަތެއް ކަމާ، އަދި، އެދަރިކޮޅުގެ އަލީ ކަލޭފާނު ނޫން އެހެން އެންމެން، -/333 ރުފިޔާއަށް، އެ އަލީ ކަލޭފާނުންނަށް އެގޯތި ހަވާލުކޮށްފާވާކަން، ޝަރީއަތު މަޖިލީހަށް ސާބިތުވާތީ، މަހްކަމަތުލް ދާހިލިއްޔާއިން ބެއިކަލުންނާއި ނައިބު ބޭކަލުން އަދި ދޭވާނީން(އިހުގައި ސަރިއަތް ކުރާތަންތާނގައި ޕިޔޯނެއްގެ ވަޒީފާ އަދާކުރާ މީހުން)ފޮނުއްވާ، ފަތުގާވާ މިން ހަމަކުރުމަށް ފަހު، އެގޯތި އެއީ ފަހާގެ އަލީ ކަލޭފާނުގެ ހަވާލު ގޯއްޗެއްކަމާ، އެތާގެ ވަގުފްވެރިން ތެރެއިން މީހަކު ވިޔަސް، އެގޯތި ނެގޭނީ އޭނާޔަށް، -/333 ރުފިޔާ އާއި، އެތާގާ ކޮށްފާހުރި އިމާރާތަކަށް އަގު ދީފަ ކަމުގާ، އެ ޝަރީޔަތު މަޖިލީހުން ނިޔާކުރެއްވުމުން، އެގޯތީގެ އިމާއި، މިން ހިމަނާ، އައްސައްޔިދު އިސްމާއީލް މަހައްލީ ގެދަރި .....(ނަން އޮތްތަން ވީދިފާ) ލިޔެ، ކުޑަ ނައިބު، ފަތްލިޔާ ނައިބު، ބޮޑު ނައިބު އަދި (ވީދިފާ ކިޔަންނޭނގެ) ސޮއިކޮށްފާވާ ފަތެއް.
              (Size: 14.6" × 8.7")
              K.Male' - H.Feevaku Goathi (Dhoalhan'buge) (Housing Plot) - Deed for housing plot

              National Archives of Maldives
              NAM DOC-MN-R-17 · Item · 1938
              Part of Documents

              1357ހ ޖުމާދިލްއައްވަލް 22(1938މ ޖުލައި 20)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު އަށް، މާލޭގާ ވިޔަފާރިކުރާ، ސޯޅިޔާއިން ނާއި މަލަބާރީން(އިންޑިޔާ ބަޔެއް)؛ އެރަދުންގެ ރަސްކަން ދެމިހުރަމަށް ދުއާކޮށް އެމީހުންނަކީ ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގާ، މާލޭގާ ވަރަށް ގިނަ ޒަމާންވަންދެން ވިޔަފާރިކުރަމުންދާ ބަޔެއްކަމާއި، އެމީހުންނަށް ރާއްޖޭގެ ސަރުކާރުން ބަހަށްޓާ ހެޔޮކަމަށް ޝުކުރުކޮށް، އަދި އެރަދުންނަށާއި، ރަސްކަމުގެ ބޮޑުންނަށާއި އަދި އެންމެހާ ރައްޔިތުންނަށް، އުފަލާއި ބާއްޖަވެރިކަން ލެއްވުމަށް ދުއާކުރާކަމާއި، މި އެންމެހާ ކަންކަން ލިޔެ، ލިޔުންގަނޑު ވަށާ ކުރެހުން އަޅާ ތައްޔާރުކޮށްފާވާ ހަނދާނީ ފަތެއް.Letter expressing best wishes(Size:11.4" × 8.85")
              K.Male' - Writing(Commemoration)

              National Archives of Maldives
              NAM DOC-MN-R-6 · Item · 1930
              Part of Documents

              1349ހ ސަފަރު 27(1930މ ޖުލައި 24)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 29ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ހައްދުންމަތީ(ލ.)ގަން މަހަމޫދު ގެދަރި އައްނައިބު ހުސެއިން އަފީފުއްދީނު ބަންޑާރަނައިބުގެ ދަރިކޮޅުން ބަޔަކު، އެމީހުންގެ ކާފަ، އަފީފުއްދީނު، އެރަށުގާ އަޅާދިން މިސްކިތަށް، 1140ހ(1728މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު(ދިޔަމިގިލީ) ގެދަރި އައްސުލްތާނު އިބްރާހީމް އިސްކަންދަރު، ދެއްވި ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން؛ އެފަތް ބެއްލެވިއިރު، އޭގާ އެމިސްކިތުގެ ބޯގަޔަކަށް، ގަމުގެ އޮތް، އެތަނުގެ އުތުރުން ކީރިޔަ ފަންނާއި އިންވެ، ދެކުނުން ކަބޯގެ ފަންނާއި އިންވެ އޮތް، މާހިންނައާއި އެތާގެ ގޮއިފާލައްބަ، ވަގުފްކޮށް، އެ ލަށްވާ، އެމިސްކިތުގެ މުދިމާއި އަދި އިތުރު ދެމީހަކު، ވާރުން ކެނޑި(ޓެކްސް ނުދެއްކުން)، އަދި އެމުދިމަކު ބަންޑާރަ މަސައްކަތް ކުރަން ނުޖެހޭނެ ކަމާއި އެތަނުގެ ހަވާލުވެރިންނަކީ، އަފީފުއްދީނު އާއި، އޭނާގެ އެއްބަނޑު އަލްހަތީބު މޫސާ އާއި އައްނައިބު އަލީ އާއި މިތިން މީހުންގެ ދަރިކޮޅު ކަމުގާ ވުމުން، އެ މާހިންނައިގެ މިން ހަމަކޮށް، ކުރީގެ ފަތުގާވާ ފަދައިން، ފަތެއް ލިޔުމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، މާލެ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އަލްގާޒީ ހުސެއިން ސަލާހުއްދީނު ލިއެފާވާ ފަތެއް.(Size:22" × 10.05")
              L.Gan - Gan Miskiiy (Mosque) - Endowment for Shrine (ziyaaraiy)

              National Archives of Maldives
              NAM DOC-MN-N-33 · Item · 1938
              Part of Documents

              1357ހ ރަބީލްއައްވަލް 14(1938މ މޭ 15)ގާ، ރަސްކަމަށް ކޮލިލުމުގެ ކަންތައް ތަރުތީބުކުރާ ކޮމިޓީގެ ރައީސް(ނަމެއްނެތް)، ދިވެހި ދައުލަތުގެ މުޝްތަސާރު(އެޑްވައިޒަރު)، އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް؛ ރަސްކަމަށް ކޮލިލާދުވަހު ގުރަނދަ(މަތިފުށް- ކޮލިލާއިރު ކިޔާ) ކިޔަން ނިންމި ކަމާ، އެ ގުރަނދަ ކިޔާން، އޭނާއަށް ފެނިވަޑައިގަންނަވާ ފަރާތެއް އެންގެވުމަށް އެދި؛ ފޮނުވާފާވާ ސިޓީއެއް.(Size: 9" x 6.9")
              K - Male' - Committee for Gong Proclamation Ceremony - Coronation(letter)

              National Archives of Maldives
              NAM DOC-MN-N-31 · Item · 1938
              Part of Documents

              1357ހ ރަބީލްއާހިރު 3(1938މ ޖޫނު 2)ގާ، ހަސަން ނޫރައްދީނު، އޭނާގެ 'ބޭބެ'، އަބްދުލް މަޖީދުއަށް، އޭނާ ރަސްކަމަށް ކޮލިލާދުވަހަކީ، ޖުމާދިލްއައްވަލް މަހު 22 ނުވަތަ 23 ދުވަހު ކަމުގާ ކަނޑައަޅައިފި ކަމާއި، އެދުވަހަށް، އަބްދުލް މަޖީދު މާލެ ވަޑައިގަތުން އެއީ އޭނާގެ ވަރަށްބޮޑު އެދުމެއް ކަމުގާ ލިޔެފާވާ ސިޓީއެއް.(Size: 10.12" x 6.8")
              K - Male' - Royal Palace - Coronation(letter)

              National Archives of Maldives
              NAM DOC-MN-N-26 · Item · 1938
              Part of Documents

              1357ހ ރަބީލްއައްވަލް 28(1938މ މޭ 29)ގާ، ވުޒާރަތުލް ހާރިޖިއްޔާއިން، ދިވެހި ދައުލަތުގެ 'މުޝްތަޝާރުލް އައުޒަމް' އަލްއަމީރު އަބްދުލް މަޖީދު ދީދީ އަށް، ރަސްކަމަށް ކޮލިލުމުގެ ކަންތަކުގާ، އެވަގުތަށް ގަސްތުކުރެވިފާވާ ގޮތުގެ ލިޔުން، ސިޓީ އާއި އެކު ފޮނުވިކަން އަންގާ، ވަޒީރުލް ހާރިޖިއްޔާ،(ނަމެއް ނެތް) ސޮއިކޮށް ފޮނުވާފާވަ ސިޓީއެއް.(Size: 10" x 8.01")
              K - Male' - Vuzaarathul Khaarijiyyaa - Coronation(letter)

              National Archives of Maldives
              NAM DOC-MN-N-10 · Item · 1938
              Part of Documents

              1357ހ ރަބީލްއާހިރު 3(1938މ ޖޫނު 2)ގާ، ވަޒީރުންގެ މަޖިލީހުން، ދިވެހި ދައުލަތުގެ މުޝްތަސާރުލް އައުޒަމް އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުން އަށް؛ ރާއްޖޭގެ ރަދުންނަށް ކޮލިލުމަށް އެއަހަރުގެ ޖުމާދިލްއާހިރުގެ 22 ނުވަތަ 23(އޯގަސްޓް 19 ނުވަތަ 20)ވާނޭ ބުރާސްފަތި ދުވަސް ކަނޑައަޅައިފި ކަމުގާ އޭނާޔަށް އެންގިފާ ވާނެކަމާއި، އަދި މާލެވަޑައިގެން، އެ މުނާސަބަތުގާ ބައިވެރިވެވަޑައިގަތުމަށް އެދި، ވަޒީރުން މަޖިލީހުގެ ރައީސް(ނަމެއްނެތް)، ސޮއިކޮށް ފޮނުއްވާފާވާ ސިޓީއެއް.Royal invitation letter for a coronation ceremony (Size: 12.9" x 8")
              K - Male' - People's Majlis (Parliament) - letter(Coronation)

              National Archives of Maldives