Modern History; The 1930's

Área de elementos

Taxonomía

Código

Nota(s) sobre el alcance

    Nota(s) sobre el origen

      Mostrar nota(s)

        Términos jerárquicos

        Modern History; The 1930's

          Términos equivalentes

          Modern History; The 1930's

            Términos asociados

            Modern History; The 1930's

              10 Descripción archivística resultados para Modern History; The 1930's

              10 resultados directamente relacionados Excluir términos relacionados
              NAM DOC-MN-F3-12 · Unidad documental simple · 1935
              Parte de Documents

              1353ހ ޝައްވާލް 23(1935މ ޖަނަވަރީ 29)ގާ، ސައްޔިދު މުހައްމަދު މަހައްލީ ގެދަރި އަލްގާޒީ ސައްޔިދު ހުސެއިން އަފީފުއްދީނު ޝަރީއަތު މަޖިލީހުގާ، ކުރެދިވަރު މޫސާފުޅު، އިބްރާހީމްފުޅު އަދި ފާތުމާފުޅުއާއި، މިތިންމީހުންގެ ވާރުތަވެރިން، ކުރެދިވަރުގޯތި ބައިވެފާ އޮތްގޮތް އޮޅުންފިލުވުމަށް އެދުމުން؛ އެކަން ބެއްލެވިއިރު، އެތިންމީހުންގެ ބައިވެސް، ބޯނުބާލާ އާދަމް ތައްހާނު، 160ރުފިޔާ އަށް ގަނެފަ އޮށްވާ، ކުރެދިވަރު މޫސާފުޅުގެ ކާފަ ދަރި، ދިއްދޫގޮއްޔެ އާއި ކަޅުއަލިމަނިކުގެ ދޮންމަނިކުގެ ކުޑަތުއްތު އާއި ދެމަފިރިންގެ ދަރި، ޅަތުއްތު، އާދަމް ތައްހާނު އަތުން، އެތިންބަޔާއި އެތާގައިވާހާ ތަކެއްޗެއް ގަނެ، ހަވާލުވީކަމަށް، 1335ހ(1917މ)ގާ، ހުސެއިން ސަލާހުއްދީނުގެ ޝަރިއްޔަތުގެ މަޖިލީހުގައި ލިޔެފާވާ ސިޓީއަކުން ސާބިތުވެ، އަދި، ކުރެދިވަރު ދޮންކޮއްކޮ އެ ޅަތުއްތުއަށް 180ރުފިޔާ ދީފާ އެގޯތީގެ ތިންބަޔާ، އެތާގާވާ ރުއްގަސް ގަތްކަމުގާ، ކަމަނަތުއްތުގެ ހުސެއިން މަނިކު އާއި ގެމެންދޫ ދޮންމުހައްމަދުގެ އިސްމާއީލް ހެކިކޮށް ލިއެފާވާ ލިއުމަކުން ސާބިތުވުމުން، އެ ތިންބައިވެސް އޮތީ ކުރެދިވަރު ދޮންކޮށްކޮގެ ކުދިންނަށް ކަމުގާ އެމީހުންނަށް އެންގެވުމުން، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް، ދޮންކޮއްކޮ ހުރިހާ ދަރިންގެ ފަރާތުން، އޭނާގެ ދަރި މުހައްމަދުފުޅު އެދުމުން، ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Al Ghaazee Sayyid Hussain Afeefuddin
              K.Male' - Kuredhivaru Goathi (Housing Plot) - Private Property

              Sin título
              NAM DOC-MN-F0-112 · Unidad documental simple · 1. 1930
              Parte de Documents

              1349ހ ޖުމާދިލްއާހިރު 16(1930މ ސެޕްޓެންބަރު 10)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު ރަސްކަމުގެ 29ވަނަ އަހަރު؛ އަރިއަތޮޅު ހަންޏާމީދޫގާ ފަސްތާނުލެވިފާވާ، އައްސުލްތާނު އަލްގާޒީ މުހައްމަދު އުތީމީ(މުހައްމަދު ތަކުރާފާނު)ގެ ދަރި، އައްސުލްތާނު އިބްރާހީމް(ކަލާފާނު)ގެ ޒިޔާރަތާއި، އެ ޒިޔާރަތްހުރި މިސްކިތް ބާވެ ހަލާކުވަމުން ދާތީ، އެތަންތަނުގެ ބޯގަތައް ބެލުމަށްޓަކާ، ކުރީގެ ރަސްކަލުން ދެއްވާފާވާ ފަތްތައް ބެއްލެވިއިރު، އޭގާހުރި ބޯގަތަކަކީ، އަރިޔަދުއަތޮޅު(އަރިއަތޮޅު-އދ.) ދިއްދޫއާ، ރ.ކަނޑޫގަނޑުއާ، ކޮޅުމަޑުލު(ތ.) މާލިފުށިއާ، ހަންޏާމީދޫ ފާލަށްބަ ބިމުގާވާހާ ތަކެއްޗަކާ، އަރިއަތޮޅު(އދ.) މަންދޫ 30ބަމަ ހުރި ހިންނައަކާއި، އަރިއަތޮޅު ބުޅަލަފުށި(ބުޅާޅޮހި؟) އާއި ހިޔަފުށި ކަމުގައާ، އެ ބޯގައަކީ، އެ ޒިޔާރަތާ، އެޒިޔާރަތް ހުރި މިސްކިތާ އަދި އަރިއަތޮޅު(އދ.)މަހިބަދޫގާ ހުރި، އަލްގާޒީ ހަސަން ރަންނަބަނޑޭރިކިލެގެފާނު(ހަސަންތަކުރުފާނު)ގެ ދަރި ތުއްކަމަނާގެ ޒިޔާރަތާއި އެ 3ތަނުގެ ބޯގަ ކަމާ، މިބޯގައިގެ ހަވާލުވެރިކަން ކުރީގެ ރަދުންރަދުން ދެއްވާފާވަނީ، ހަންޏާމީދޫ އަލީ މުކުރިކަލޯގެ ފިރިހެން ދަރިކޮޅަށް ކަމުގަޔާ، އެކަމަކު އޭރު، އެދަރިކޮޅުގެ އޮޅުންނުފިލާތީ، އެކަން ބެއްލެވިއިރު، އެދަރިކޮޅުގެ މީހުންކަމަށް ބެލެވޭ މީހުންވެސް އޭރު އުޅެނީ އެހެން ރަށްރަށުގާ ކަމުން، އެ ހަވާލުވެރިކަން، ހަންޏާމީދޫގެ ރައްޔިތުންނަށް ލަށްވާ، އެ ދެޒިޔާރަތުގާ، އެދެބޭފުޅުންގެ އަހަރުމަތިފުޅު(ފާތިހާދުވަހު) ކިޔަވާ، ކޮންމެ ފަސްހެޔޮދުވަހުކު(4 ބޯފޮޅި ދުވަސް) ޔާސީން ކިޔަވާ، ކޮންމެ ހުކުރުވިއްލޭރެޔަކު ފާތިހާ ކިޔަވާ، އެއިރަކު ހުންނެވި ރަދުނަކު، އެޒިޔާރަތުގެ ހާދިމުން އިސްކުރަށްވާ، އެމީސްމީހުން އެކަންތައްތައް ކުރަންވާނެ ކަމުގަޔާ، އެޒިޔާރަތަށް ހުންނަ ދަނޑި މަހާއި(މަސްދޯނިފަހަރު ވަކިވަރަކަށް މަސްބޭނުމުން ގަނޑުވަރަށް ގެންދާ މަސް)، ނަދުރަށް ގެންދެވޭ ތަކެތީގެ 3/1 އެ ދެ ޒިޔާރަތުގެ ހާދިމުންނަށް، އެއްބައި އެރަށު(ހަންޏާމީދޫ) ރައްޔިތުންނަށް، ދެންއޮތްބައި އެރަށުގެ ފަގީރުންނަށް އޮންނަން ޖެހޭނެ ކަމުގަޔާ، އެ ދެ ޒިޔާރަތުގެ ކަންކަމަށް ގޮވާލައިފި ހިނދަކު، ރައްޔިތުން އެކަމަށް އިޖާބަދޭން ޖެހޭނެކަމާއި، އެކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ހުރާ ހަސަން ގެދަރި، ފަތްލިޔާ މޫސާ މަލިން ލިއެފާވާ ފަތެއް. (މިއީ F0-110ގެ ނަކަލެއް) Size: 17.2" X 10"
              1.A.Hangnyaameedhoo, 2.A.Hangnyaameedhoo, 3.A.Mahibadhoo - 1.Kalaafaanu Shrine, 2.Kalaafaanu Miskiiy (Mosque), 3. Thuhkamanaa Shrine - 1,2,3. Endowment for Shrine (ziyaaraiy)

              Sin título
              NAM DOC-MN-F0-139 · Unidad documental simple · 1933
              Parte de Documents

              (ތާރީހެއް ނެތް) ރ.މީދޫ މީހުން، އަލްވަޒީރު އަލްހާއްޖަ އިސްމާއީލް ދޮށިމޭނާ ކިލަގެފާނާއި، އަލްވަޒީރު އަލްހާއްޖަ އިބްރާހީމް މާފަތް ތަކުރުފާނާއި، އަލްވަޒީރު ހަސަން ހަކުރަވެތި ތަކުރުފާނާއި، އަލްވަޒީރު މުހައްމަދު ވެލަވަޅުނަ ތަކުރުފާނާއި، އަލްވަޒީރު އިބްރާހީމް ދަހަރަދަ ތަކުރުފާނާއި، ފަހޮޅީ 15 މުސްކުޅި ބޭކަލުން ކައިރީގާ، އެރަށު ބަޔެއް، އެރަށު މިސްކިތުގެ ބޯގައަށް އެއަތޮޅު ދިގެލި(ދިގަލި)އޮތް ފަތް ފޮރުވާ، އެރަށުން ލިބޭ ފައިދާ ބޭނުންކުރަނީ ކަމުގާ ދައުވވާކުރުމުން، އެކަން ބައްލަވާ، މީދޫ މިސްކިތް މައްޗަށް ދިގަލީ ބޯގަޔަށް ލަށްވާ، އެރަށު އެންމެންނަށް ހަވާލުވެރިކަން ދެއްވާ، ދޮންމުހާ(މޫސާ؟) ތަކުރުފާނު ލިޔެދީފާވާ ދިވެސްއަކުރު ފަތުގެ 1352ހ ޝައުބާން 11(1933މ ނޮވެންބަރު 29)ގާ ކޮށްފާވާ، ތާނަ ތަރުޖަމާއެއް. Size: 6.8" X 8.2"
              R.Meedhoo - Meedhoo Mosque - Endowment for Shrine (ziyaaraiy)

              Sin título
              NAM DOC-MN-F0-29 · Unidad documental simple · 1937
              Parte de Documents

              1356ހ ސަފަރު 22(1937މ މޭ 4)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 3ވަނަ އަހަރު، ހުވަދޫންމަތި(ހުވަދޫއަތޮޅު) ހަވަރުތިނަދޫ، ކާޑެއްދޫ، ކުބުއްޑޫ، ތިނަދޫ މާފުށި، ތިނަދޫ ދަނޑުކޮޅު އަދި ކަންނިގިލިކޮޅު އާއި، މިއެއެންމެހާ ރަށްރަށުގެ ވަރުވާއަކަށް، އެއަހަރުގެ ރަޖަބް މަހުން ފެށިގެން، ކޮންމެ އަހަރަކު -/3000 ރުފިއާއާއި، ހުދުކުނަލުގެ 944 ކުނަލާއި ފުޅަހިކުނަލުގެ 48 ކުނަލާއި، ތިންފަލުކުނަލުގެ 48 ކުނާ، ހަވަރު(ހަގުބޭކަލުން ބެހިފައި އޮންނަ ހަބައި، ރަދުންގެ ލަޝްކަރު)އަށް ދެއްކުމަށާއި، ދެން ލިބޭ މަންފާ ހަވަރު ތިނަދޫ ރައްޔިތުންނަށް ލަށްވާ، ގަވައިދުން އެ ވަރުވާ، ހަވަރަށް ދެއްކުމަށް، އެރަށު އަލީގެ ދަރި އަބޫބަކުރު ހަތީބު އިސްކޮށް، އޭނާ ދިއުމުން، ގޮއިވެރިން ދަންކަންޖެހޭ އެއްޗެއް، ހަމަޔަށް ދައްކާ، އޭނާއާ ނުލައި އެއްވެސް ދުއާ މައުލޫދެއް ކަށުކަމާ ކެމީގެ ކަމެއް ނުކުރުމަށާއި، މީނާގެ ބަހަކާއި ނުލާ، ދަނޑުކޮޅަށް ވަނުމަކީ މަނާކަމެއް ކަމާ، އެއްވެސް ފަނެއް އެއްޗެއް ނުކެނޑޭނެ ކަމާއި، މިއެންމެހާ ކަންކަން ތަސްދީގުކޮށް، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ހުރާ ހަސަން ގެދރި މާލޭ ފަތްލިޔާ މޫސާ މަލިން ލިޔެފާވާ ފަތެއް. List of items that can be obtained in exchange for islands and land (Size: 13.2" X 8.4")
              G.DH.Thinadhoo - Thinadhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)

              Sin título
              NAM DOC-MN-F0-55 · Unidad documental simple · 1938
              Parte de Documents

              1357ހ ޝައުބާން 9(1938މ އޮކްޓޯބަރު 3)ގާ؛ އިހުއްސުރެ ރާއްޖޭގާ ވަގުފް ގޯތި މީސްމީހުންނާ ހަވާލުކުރާ އުސޫލުން، ގަލޮޅު ކަކާގެ އިސްމާއީލް ދީދީގެ ބޭފުޅުން އަތުން -/300 ރުފިޔާ ނަގާ، އެއަވަށު ސަތަރު ގޯތި، އެގޯތީގާ، ގަސް އިންދާ އިމާރާތްކޮށް އެތަން ބޭނުންކޮށް ގެންގުޅުމަށް، ހަވާލުކޮށްފި ކަމުގަޔާ، އަދި އެ ރުފިޔާ އާއި އެތަނުގާ ކުރެވޭ ކޮންމެ އިމާރާތަކަށް، ހަމައަށް އަގުދެއްކުމުން ނޫނީ، ދުވަހަކުވެސް އެތަން، އެމީހުން އަތުން ނުނެގޭނެ ކަމާއި، އެތަނާއި، އެބައިމީހުން ހަވާލުވީއިރު، އެތާ އެއްވެސް ފާރެއް، އިމާރާތެއް ނުވާ ކަމުގާ، 1357ހ ސަފަރު 16(1938މ އޭޕްރިލް 17)ގާ، އޭނާ ވައުދުވެ އިގުރާރު ވީކަމުގާ، ސިއްކަގޭ ސަންޕާމަނިކެގެ ދަރި ދަރަވަންދޫގެ މުހައްމަދު ސައީދު ދީދީ އާއި، ހެކިންގެ ދެމީހުންނާއި، ސޮއި ކޮށް، 6ލާރީގެ ސްޓޭންޕެއް ޖަހާފާވާ، ލިޔުމެއް. Size:12.9" X 7.9"
              K.Male' - G.Satharu Goathi (Housing Plot) - Endowment

              Sin título
              NAM DOC-MN-F0-80 · Unidad documental simple · 1930
              Parte de Documents

              1348ހ ޒުލްހައްޖު 28(1930މ މޭ 27)ގާ، މަހްކަމަތުލް ޝަރީއްޔާއިން؛ މާވެޔޮދޮށުގެ ދޮންމަނިކުއާއި ފަހާ އާބަކުރު، ފަޑިޔާރުގޭގާ ހާޒިރުވެ ތިބެ، އެދޮންމަނިކުގެ ބައްޕަ، އިބްރާހީމް މަނިކުގެ ދަރަނި އަދާކުރުމަށްޓަކާ، އެއިބްރާހީމް މަނިކުގެ ގޯތި، ގަލޮޅު މައިޒާންދޮށު ގޯއްޗާއި އެތާ އޭނާ އަޅާފާވާ ގެ، އެއާބަކުރުގެ ހަވާލުގާ ބަހަށްޓާފާ، -/1500ރުފިޔާ ނެގިކަމާއި، އަދި އެ އެއްހާސް ފައްސަތޭކަ ރުފިޔާ، ހަމަޔަށް ނުދައްކަނީސް، އެއެއްޗެތި އަނބުރާ ނުނެގޭނެކަމަށާއި، އާބަކުރަށް އެ ގޯތީގެ 4 ފަތް ހަވާލު ކުރެވުނު ކަމުގާ ބަޔާންކޮށްފާވާ ލިޔުމެއްގެ، އެ މަހްކަމާގެ ސިއްކަ ޖަހާފާވާ ނަކަލެއް. Document providing security in exchange for money (Size; 9.8" X 7.9")
              K.Male' - Maizaandhoshuge (Housing Plot) - Mortgage

              Sin título
              NAM DOC-MN-F0-74 · Unidad documental simple · 1930
              Parte de Documents

              1349ހ(1930މ)ގާ، މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު، ކަލާފާނު ޒިޔާރަތުގެ ހަވާލުވެރިން ކަމުގާވާ، ހަންޏާމީދޫ ރައްޔިތުންނަށް، (އދ.)ދިއްދޫ މީހުން، 6000 ކާއްޓާ، 30 އަޑުބައި ކާށިތެލާ، 18 ބޮނޑި ރޯނާ، 200 ގަނޑު ފަނާ، 5 ކުކުޅާއި، ކޮންމެ އަހަރަކު ޝައުބާން މަހުގެ އެއްވަނަ ދުވަހަށް ދެއްކުމަށްޓަކާ، ދިއްދޫ ފާލަށްބަކޮށް، ދިއްދޫއަށްވީ ރުއްގަހާއި، ދިއްދޫ ރަށުމަހުގެ ދެބައިކުޅައެއްބައި ދިއްދޫ މީހުނަށް ލަށްވާ، މިތަކެތިން މިކަންކަން ކުރަންޖެހޭނެ ކަމުގާ ލިޔެ އަމުރުކުރަށްވާ، ހަންޏާމީދޫ މީހުންނަށް ދެއްވި ފަތެއް. Size: 9.4" X 4.3"
              A.Hangnyaameedhooi - Kalaafaanu Shrine - Order (gift)

              Sin título
              NAM DOC-MN-F3-11 · Unidad documental simple · 1936
              Parte de Documents

              1355ހ ރަބީލްއައްވަލް 3(1936މ މޭ 24)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނުގެ ޝަރީއަތުގެ މަޖިލީހުގާ، ބެރު މުސްކުޅި ހަސަންކަލޭފާނުގެ ދަރި މުހައްމަދު ބެރުމުސްކުޅި ކަލޭފާނު، މާފަންނު ވަށްވެއު ހުޅަގުން އިންވެގެން އޮތް އަލާޖީގޯތިން އޭނާގެ ކާފަ، ބެރު މުސްކުޅިތަކުރުފާނު ގަތް ތަނާއި، ދެން އޮތް ބައި ކަމަގާވާ އިބްރާހީމް ހާޖީގެ ދަރީންގެ ބަޔާއި، މުޅި އެގޯތި އޭނާ ގަނެފިކަމުގަޔާ އަދި އެގޯތި ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، ސާބިތުކުރައްވާ، އެމަގަށް، ގޯތީގެ އިމާއި، މިން ހިމަނާ، އެ ޝަރީއަތުގެ މަޖީލީހުން ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Ghaazee Ismail Bahaauddin
              K.Male' - M.Beru Goathi (Housing Plot) - Deed for housing plot

              Sin título
              NAM DOC-MN-F0-79 · Unidad documental simple · 1931
              Parte de Documents

              1350ހ ރަޖަބް 27(1931މ ޑިސެންބަރު 7)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުގާ، މުރީދުގޭ ކުޑަމަނިކުގެ ތުއްތު އާއި ޔޫސުފް މަނިކުގެ ދޮންމަނިކެގެ ފިރި އަހުމަދު ދީދީ، ގަލޮޅު ދަހަރާގެއާ އިންވެގެން ދެކުނުން އޮތް ވަގުފް ގޯތިން، އެތުއްތުގެ ބައްޕަ، ކުޑަމަނިކުއަށް ވީތަން، ކުޑަމަނިކުގެ ދެބެއިންނަށް ބަހާ، ކުޑަމަނިކުގެ ތުއްތުއަށްވީ ބައި، އޭނާގެ ބޭބެގެ ދަރި ދޮންމަނިކެ އަތުން، -/200 ރުފިޔާ ނަގާ އޭނާޔާ ހަވާލުކޮށްފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ ތުއްތު ވިޔަސް އޭނާގެ ދަރިކޮޅު މީހަކަށް ވިޔަސްވެސް، އަނބުރާ އެ ފައިސާ އާއި އެމަނިކެ ކޮށްފާވާ އިމާރާތުގެ އަގު ނުދީ، އެތަން ނުނެގޭނެކަމުގާ ނިޔާކޮށް، ލިޔެފާވާ ލިޔުމެއް. (Size: 6.2" X 9") Chief Justices - Al Ghaazee Hussain Salahuddin
              K.Male' - Order (Housing plot)

              Sin título
              NAM DOC-MN-F0-115 · Unidad documental simple · 1938
              Parte de Documents

              1357ހ ޖުމާދިލްއައްވަލް 22(1938މ ޖުލައި 20)ގާ؛ އައްސުލްތާނު ހަސަން ނޫރައްދީނުއަށް، ވަޒީރުންގެ މަޖިލީހުން ފޮނުއްވާފާވާ، 'ވަޒީރުންގެ މަޖިލީހުގެ ތަހުނިޔާ' ސުރުހީކޮށް، އެރަދުންނަކީ ދިވެހި ދައުލަތުގެ ކަންތައްތައް، ދުސްތޫރީ ގާނޫނެއްގެ މަތިން، އިންތިހާބުވެ، ތަހުތަށް އިސްކުރެވުނު ފުރަތަމަ ރަދުން ކަމާއި، އެރަދުންނަށް ތައުރީފާ ހިތްވަރާ އަދި ހެޔޮދުއާގެ ބަސްކޮޅެއް ލިޔެ، ކުރެހުމުން ބޯޑަރު އަޅާ ޒީނަތްތެރިކޮށް، އެރަދުންނަށް ފޮނުވާފާވާ، ތަހުނިޔާގެ ލިޔުމެއް. Congratulatory card to Al Sulṭān Hassan Nuraddeen (Size: 13.1" X 8.1")
              K.Male' - Ministers - Letter of felicitation

              Sin título