Modern History; The 1940's

Zone des éléments

Référentiel

Code

Note(s) sur la portée et contenu

    Note(s) sur la source

      Note(s) d'affichage

        Termes hiérarchiques

        Modern History; The 1940's

          Termes équivalents

          Modern History; The 1940's

            Termes associés

            Modern History; The 1940's

              5 Description archivistique résultats pour Modern History; The 1940's

              5 résultats directement liés Exclure les termes spécifiques
              NAM DOC-MN-F1-94 · Pièce · 1948
              Fait partie de Documents

              1948މ ފެބްރުވަރީ 27(1367ހ ރަބީލްއާހިރު 16)ގާ، ރާއްޖޭގެ ރަދުންނަށް، ޓައިޑް ކިޔާ، އިޝްތިހާރީ ނޫސްމަޖައްލާއެއްގެ ދުނިޔޭގެ 'ލީގަލް ޓެންޑާ' އާއި ބެހޭ ލިޔުމެއް އޮތް ގަނޑެއް...މިއީ F1-95))ގާވާ ސިޓީއާއެކު ފޮނުވާފާވާ ލިއުމެކެ. Newspaper article sent to the sultan of the Maldives (Size: 10.9" X 8.5")
              America - Newspaper (foriegn)

              Sans titre
              NAM DOC-MN-F0-126 · Pièce · 1946
              Fait partie de Documents

              1115ހ ރަމްލޯނު 11(1704މ ޖަނަވަރީ 18)ގާ؛ 'ކޮލިނަންފުޅަކަށް މުޒްހިރުއްދީނު ކިޔުނު، އިބްރާހީމް އިސްކަންދަރު(ޝާހު ބަންދަރު)ރަދުން، ބޮޑު އިސްކަންދަރު ރަދުން'، ބިނާކުރެއްވި މިސްކިތް ހުރީ ގިބްލައަށްނޫންކަމުގާ ގަބޫލުކުރެވި، އެކަން ބަށްލަވާ، އެއީ ނުރަނގަޅު މިސްރާބެއް ކަމުގެ ދަލީލު ހޯއްދަވާ، ދީނުގެ ދަންނަބޭކަލުންނާއި، ނިޔަމިންނާއި، މަޝްވަރާކޮށް، އެމީހުންނަށްވެސް އެކަން އެގޮތަށް ފެނުމުން، އެމިސްކިތް ކައިރީގާ، ގިބްލަޔަށް ބިންގާއަޅާ، އެމިސްކިތާ އެއްގޮތަށް(އޭރު އެހުރި ގޮތަށް)މިސްކިތް އިމާރާތްކޮށް ނިންމަވާ، ކުރީގެ މިސްކިތާ، އަދިވެސް އެހެނިހެން މިސްކިތާ އެއްގޮތަށް އެމިސްކިތުގެ ކަންތައް ރާވާ، ދާއިމީ ގޮތެއްގާ އެކަން ބެލެހެއްޓޭނެ ގޮތް ހަމަޖަށްސަވަން ނިންމަވާ، އެމިސްކިތަށް ހައިރާތެއް ކުރަން ބޭނުންވާ މީހުންނަށް ކިޔޭނޭގޮތަށް، އެމިސްކިތުގެ އިރުމަތީ ފާރު ބަލަން އެންގެވި ކަމާ، އަދި އެހާތަނަށް ކުރެވުނު ކަންތަކާ ރަދުން ހިތްހަމަޖެހި އުފާކޮށް، އެމިސްކިތުގެ ބޯގަޔަށް، ހދ.ކުރިނބީ، ށ.ކުޑަޅައިމެންދޫ، ރ.އުނގޫފާރު، ބ.ނިބިލިގާ، (ކ.ތ.ޅ.އދ؟؟؟)ދިއްފުށި، ކ.ހެލެނގެލި، އ.މިރިހި، ވ.ވަށުގިރި، ބުޅަވެލި، ދ.ބަނޑިދޫ، ނަބަދި؟ ހުރުއު؟(އދ.ހުރުއެޅި؟) އަދި (ގއ/ގދ)މާރެހާ އާއި އެހުރިހާ ތަނެއް، ލަށްވާ، ކުރީގެ މިސްކިތުގެ ހާދިމުންނަށް މިމިސްކިތްވެސް ހަވާލުކުރަށްވާ، އިހުމިސްކިތާ އެއްފަދައިން، ފުރާޅުލުމާ، ރާއްޖޭގާ ހާނާހާ ތެލެއްގެ ތެރެއިން ކޮންމެ މަހަކު 6އަޑުބާތެލާއި(ވޮށްދިއްލަން)، ކޮންމެހުކުރު ވިއްލޭރެޔަކު ފަގީރުންނަށް ހަނޑޫ ނާޅިޔެއް ދޭން ކަނޑައެޅުއްވި ކަމާ، އަދި ބަޔާންވެ ދިޔަ ގޮތަށް ދުނިޔެ ދެމިއޮތްހާ ދުވަހަކަށް ދިގުދެމެންޖެހޭނެ ކަމާއި، ޝަރުތުތައް އަބަދަށް ފުރިހަމަކުރަންޖެހޭނެ ކަމާއި، މިވަގުފަކީ، ނުވިއްކޭނެ، ހިބައިން އަދި ސޮދަގާތަކަށްވެސް ނުދެވޭނެ އަދި އެއްވެސް މީހަކަށް މިލްކު ނުކުރެވޭނެ ކަމާއި، އެކަންކަން ނިގުޅައިގަތް މީހަކަށް އޭގެ އަޒާބު ލިބޭނޭ ކަމުގާ؛ އަލްގާޒީ އަބްދުލް ހަކީމް ބުނު މުހައްމަދު، އަރަބިން ލިޔެފާވާ ފަތުގެ(R-28)ގެ، 1325ހ ޖުމާދިލްއާހިރު 10(1907މ ޖުލައި 21)ގާ ކޮށްފާވާ ނަކަލެއް.
              މިފަތުގެ މަތީގައި، ސުރުހީއަކަށް، ކިލެގެފާނު މިސްކިތުގެ ބޯގަފަތްކޮޅުގެ ނަކަލު'، މިހެން ޖަހަފާވެއެ.
              މިއީ F0-100ގެ، 1234ހ ޝައަވާލް 20(1819މ އޯގަސްޓް 12)ގާ، ކޮށްފާވާ ތާނަ ތަރުޖަމާގެ ނަކަލެއް ކަމުގާ ބެލެވޭ، އެހެންނަމަވެސް، ދެކަރުދާހުގާ ކޮންމެސްވަރަކަށް ތަފާތު އެބަހުރި.
              Size: 8.8" X 7.2"
              K.Male' -2 Dhanaaru of Hukuru Mosque - Endowment for Shrine (ziyaaraiy)

              Sans titre
              NAM DOC-MN-F0-129 · Pièce · 1943
              Fait partie de Documents

              1362ހ ޒުލްގައިދު 22(1943މ ނޮވެންބަރު 20)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ ގަލޮޅު ބިހުރޯޒު މިސްކިތުގެ އިރުން އޮތް، ޝެއިހު މުދިން ކަލޭފާނުގެ ދަރި ފާތުމަތު ފުޅުގެ ދަރިކޮޅަށް، 1356ހ ރަބީލްއާހިރު 10(1937މ ޖޫނު 19)ގާ، ވަގުފްކޮށް ފަތް(F0-130) ލިޔެފާވާ، 'ހަނދުބަލާ ގޯތި'، އާއި، ގަލޮޅު ހަދީބީ މިސްކިތްދޮށުން ދެކުނަށްދާން އޮތް މަގާ އިންވެ ހުޅަނގުން ދެވަނަޔަށް، ހުޅަނގަށް ދާން އޮތް ގޯޅިޔާ އިންވެ ދެކުނުން އޮތް، މަންދޫ ގޯއްތި އާއި، ދެގޯތި ބަދަލުކޮށް ލާޖެއްސުމަށް، ސަރުކާރުން ބޭނުންވުމުން، އެ ފާތުމާފުޅުގެ ދަރިން އެކަމާ ރުހި، އެބޮޑުމިނަށް ތަންދީ، އިމާއި މިން ހިމަނާ، އެމަހްކަމާއިން ލިޔެފާވާ ފަތެއް.
              އަދި މިފަތުގެ ނުފުށުގާ:
              1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ އެވާގޯތި ތ.އެލާއިން ލާޖައްސާ، އަލުން ފަތްލިޔެދީފާވާ ކަމުގާ ލިޔެފާވާ ލިޔުމެއް.
              Size; 15.6" X 11.9"
              K.Male' - G.Maandhoo Goathi (Housing Plot) - Deed for housing plot

              Sans titre
              NAM DOC-MN-F0-83 · Pièce · 1949
              Fait partie de Documents

              1368ހ ރަބީލްއައްވަލް 29(1949މ ޖަނަވަރީ 29)ގާ، މަހްކަމަތުލް ޝަރީޔާއިން؛ 1365ހ ޝައުބާން 17(1946މ ޖުލައި 17)ގާ، މަހްކަމަތުލް ދާހިލިއްޔާއިން ފޮނުވި، 1-4/4ނަންބަރު ސިޓީއާއި، 1368ހ ޝައުބާން 22(1949މ ޖޫނު 19)ގާ، މަހްކަމަތުލް އައުގާފުން ފޮނުވި، 3ނަންބަރު ސިޓީގާ އަންގާފާވާ ގޮތުގެ މަތިން، ހުރާ ދޮންމުހައްމަދު ކަލޭގެ ގެދަރި ހަސަންކަލޭގެގެ ވަގުފް ގޯތި ހެންވޭރު ދޮންހުރާ ގޯތި، ސަރުކާރަށް ބޭނުންވެގެން، އެތަނުގެ ބަދަލުގާ، އެގޯއްޗާ ޖެހިގެންއޮތް ބަންޑާރަގޯތިން އެ ބޮޑުމިނަށް ގޯތި ނަގާ، ލާޖައްސާ، (ކުރީގެ)ދޮންހުރާގޯތި ބަންޑާރަވި ކަމާއި، އަދި އެތަނާ ޖެހިގެން އޮތް ބަންޑާރަ ގޯއްޗަށް ދޮންހުރާ ގޯތި ނަންދީ، އެއީ، އެ ހަސަން ކަލޭގެގެ ގޯއްޗެއް ކަމުގާ ބަޔާންކޮށް، އިމާއި މިން ހިމަނާ، އެމަހްކަމާގެ ސިއްކަޖަހާ ލިޔެފާވާ ފަތެއް.
              އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާ ބުނެފާ އެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދިނީ ކަމާއި، ވީމާ މިފަތް ބާތިލްވީ ކަމާއި، އަދި ބުނެފާވާ ގޯތީގެ މުސްކުޅި ވަގުފް ފަތަކީ، 1213ހ ރަމްލޯނު(1799މ ފެބްރުވަރީ)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނު ލިޔެދީފާވާ ފަތެއް(F0-83A) ކަމުގާ؛ ލިޔެފާވާ ލިޔުމެއް.
              Size; 15.8" X 11.9"
              K.Male' - Dhonhuraa Goathi (Housing Plot) - Deed for housing plot, Housing plot (government)

              Sans titre
              NAM DOC-MN-F0-82 · Pièce · 1946
              Fait partie de Documents

              1365ހ ސަފަރު 24(1946މ ޖަނަވަރީ 28)ގާ، މަހްކަމަތުލް ޝަރީޔާއިން؛ 1364ހ ޖުމާދިލްއާހިރު 3(1945މ މޭ 15)ގާ، މަހްކަމަތުލް ދާހިލިއްޔާއިން ފޮނުވި، ހ.4/4ނަންބަރު ސިޓީގާވާ ގޮތުގެމަތިން، ގުރައިދޫ އަލިމަނިކުފާނުގެ ދަރި ފާތުމަތު މަނިކުފާނު ވަގުފްކުރެއްވިކަމަށް، އުމަރު މާފަތް ފަތް ލިޔެދެއްވާފާވާ، ދީދީ ގަނޑުވަރޭ ކިޔޭ 'ކަކާގޭ ވަގުފް'؟؟؟، ދާންނާ ގޯތީގެ ބަދަލުގާ، އެ ގޯތީގެ ބޮޑުމިނަށް، މާފަންނު ބޮޑުދިއްގާގަސްދޮށު ކަންމަތިން، އީދަށް ވަޑައިގަންނަވާ މަގުގެ އުތުރުން އޮތް ބަންޑާރަ ގޯތިން ބިން ނެގުމަށާއި، ދާންނާގޯޗަށް އޮތް ހުކުމް މިގޯއްޗަށް ލަށްވާ، ދާންނާގޯތި ބަންޑާރަކޮށް، އެ ދެގޯތި ލާޖައްސާ، ބޮޑުދިއްގާގަސްދޮށުގާ އޮތް، އެ ވަގުފް ގޯތި، ފާތުމަތު މަނިކުފާނުއަށް ހަވާލުވިކމުގާ ނިޔާކުރުމުން، މިކަންކަން ބަޔާންކޮށް، އިމާއި މިން ހިމަނާ ލިޔެފާވާ ފަތެއް.
              އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާ ބުނެފާ އެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދިނީ ކަމުގާ؛ ލިޔެފާވާ ލިޔުމެއް.
              Size: 15.8" X 11.9"
              K.Male' - M.Dhidhee Gan'duvaru (Palace) - Deed for housing plot

              Sans titre