Modern History; The 1950's

Zone des éléments

Référentiel

Code

Note(s) sur la portée et contenu

    Note(s) sur la source

      Note(s) d'affichage

        Termes hiérarchiques

        Modern History; The 1950's

          Termes équivalents

          Modern History; The 1950's

            Termes associés

            Modern History; The 1950's

              89 Description archivistique résultats pour Modern History; The 1950's

              89 résultats directement liés Exclure les termes spécifiques
              NAM DOC-MN-F1-75 · Pièce · 1955
              Fait partie de Documents

              1955މ ސެޕްޓެންބަރު 28(1375ހ ސަފަރު 11)ގާ، އުމުރުން 12 އަހަރުގެ ރިޗާރޑް ޖޯންސް، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، އޭނާގެ ކަލެކްޝަނަށް ލުމަށްޓަކައި ރަދުންގެ ސޮއެ (އޮޓޯގްރާފް)އަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by 12-year-old Richard Johns, requesting an autograph of Sultan Muhammed Fareed (size: 8" X 4.95")
              Canada - letter (Foriegn)

              Sans titre
              NAM DOC-MN-F3-17B · Pièce · 1950
              Fait partie de Documents

              1369ހ ޝައްވާލް 6(1950މ ޖުލައި 22)ގާ، މަހްކަމަތުލް ޝަރިއްޔާއިން، ހެންވޭރު އަބަދަށްހިނގާ މަގުގެ އިރުން، މެދުރީމުސްކުޅިގެޔާ އިންވެގެން އުތުރުން އޮންނަ ތުލުސްދޫ މުހައްމަދު ގެދަރި ޔޫސުފްފުޅު ވަގުފްކޮށްފާވާ މަސްއޮޑިގެޔޭ ކިޔާ ގޯތި(މިހާރުގެ ހިކިފިނިފެންމާގެ)، އެތާގެ ވަގުފްވެރީން ކުރެ ކެރަފާ މުހައްމަދު ކަލޭފާނު މިލްކުގާ އޮތް ގ.ހިކިފިނިފެންމާގެ(މިހާރުގެ އެންޓާރިސް)އާއި ލާޖައްސައި ދިނުމަށް އެދުމުން، މިދެގޯތި އަގުކޮށް ދެގޯތީގެ އަގުން އިތުރުވީ ބައި، މަސްއޮޑިގޭގެ ވަގުފްމައްޗަށް ދޫކޮށްލާ، މިމަސްއޮޑިގެ ކިޔާ ގޯއްޗާ(މިހާރުގެ ހިކިފިނިފެންމާގެ) އެތާގާވާ ގެ، މީނާގެ މިލްކެއް ކަމަށް ނިޔާކުރަށްވާ، އެގޯތި ވަގުފްފަތުގެ (F3-17)ގެ އަސްލުފަތުގެ އަނެއްފުށުގާ، އެ ޝަރީއަތު މަޖިލީހުން، ލިޔެދެއްވާފާވާ ލިގެ ނަކަލެއް. Size: 8.8" X 6.7"
              K.Male' -G.Hikifinifenmaage/G.Antaaris (Housing Plot) - Deed for housing plot

              Sans titre
              NAM DOC-MN-F3-6 · Pièce · 1958
              Fait partie de Documents

              1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ކަނޑައެޅުއްވި، ސަރުކާރުގެ ވަގުފްގޯތީގެ އާ ގަވައިދުގެ ދަށުން، ބޮޑުގަލުގޭ އިބްރާހީމް މަނިކު ވަގުފްކުރި މައްޗަންގޯޅި ރޯށަނީގޯތީގެ ވަގުފް، ތ.އެލާއިން ނަގާ ލާޖައްސާފާ، އެގޯތީގެ ހަވާލުވެރިކަން، 1215ހ ޝައްވާލް(1801މ މާޗް)ގާ، އަލްގާޒި މޫސާ މުހިޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު ލިޔެދެއްވާފާވާ ފަތުގާވާ ގޮތަށް، އެގޯތީގެ ހަވާލުވެރިކަން، ބޮޑުގަލުގެ އިބްރާހީމް މަނިކުފާނުގެ ދަރި މޫސާ މަނިކު އާއި އާމިނާ މަނިކެ އާއި މިދެބޭންނާއި އެއްބަނޑު ހަސަން ތަކުރު އާއި މި 3 ބެއިންނަށާއި އެމީހުންގެ ދަރިކޮޅަށް ލަށްވާ؛ ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް. Size: 8.8" X 6.7"
              K.Male' - Ma.(4th Housing Plot) Roashanee Goalhi (street) - Deed for housing plot

              Sans titre
              NAM DOC-MN-F1-63 · Pièce · 1959
              Fait partie de Documents

              1959މ(1378ހ)ގާ، ޖޭ ކްރެސްވެލް ކިޔާ އެމެރިކާގެ މީހަކަށް 'ކޮޕީރައިޓް' ލިބިދީފާވާ، ސުލްހަޔާއި އިންސާންވަންތަކަމާއި ހުރި ގުޅުމާއި، ފައިސާއަށް ދުނިޔެ އިސްކަންދީ، އިންސާންވަންތަކަން ގެއްލިގެންގޮސް، އިންސާނިއްޔަތުގެ އަގަށް ގަދަރު ކުޑަވަމުންދާ ކަމާއި، މިކަންކަމަށް ލިޔެފާވާ ޅެމަކާއި، އިންސާނެއްގެ ދިރިހުރުމުގެ އަގުގެ ހިސާބުބަލާ އޭގެ ތާވަލެއްވެސް އެކުލަވާލާ، ލިޔެފާވާ ލިޔުމެއް. Letter sent by Jay Creswell, regarding the importance of humanity and its growing insignificance in the world (Size: 10.9" X 8.4")
              America - letter (Foriegn)

              Sans titre
              NAM DOC-MN-F1-60 · Pièce · 1958
              Fait partie de Documents

              1958މ މާޗް 12(1377ހ ޝައުބާން 21)ގާ، ރާއްޖެ އައިސްފާވާ، "ކޫޕަން-ރެސްޕޮންސް އިންޓާރނެޝަނަލް" މިހެން ލިޔެ، ނުފުށުގާ ޖަރުމަނު، އިނގިރޭސި، އަރަބި، ޗައިނާބަސް، ސްޕޭނު ނޫނީ އިޓަލީ ބަސް އަދި ރޫސީ ބަހުން، 'ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން' ގެ ކޮންމެ މެންބަރު ގައުމެއްގެ ސްޓޭންޕް އަކާ ބަދަލުކުރެވޭނެ ކަމުގާ ލިޔެފާވާ، ނޫކުލައިގެ، ޖަރުމަނުވިލާތުގެ 50ފެނިންގްގެ ޕޯސްޓަލް ކޫޕަނެއް. Coupon stating that a member of Universal Postal Union can exchange it for a stamp (Size: 2.95" X 4.1")
              Germany - Coupon (foriegn)

              Sans titre
              NAM DOC-MN-F0-38 · Pièce · 1957
              Fait partie de Documents

              1376ހ ޒުލްހައްޖު 14(1957މ ޖުލައި 12)ގާ، މަހްކަމަތުލް ޝަރީޔާގާ، ނިލަންދެއަތޮޅު(ފ؟/ދ) މީދޫ ރައްޔިތުންގެ ފަރާތުން މިދޫ ކަތީބު މުހައްމަދު ކަލޭފާނު، މީދޫ މީހުން ރުއްއަޅާ ދ.އުއްދޫގެ ފަތް ބާވެގެން އެ ފަތް އާކޮށްދެއްވަން އެދުމުން، އިހުފަތް ބަށްލަވާ، އަލްގާޒީ ހަސަން ތާޖުއްދީނު ލިޔެދެއްވާފާވާ ފަތް ބާވެގެން، 1257ހ(1841މ)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު އާކޮށްދެއްވާފާވާ ފަތުގާ ވާމަގަށް، އެ މީދޫ މީހުން، އުއްދޫގާ އިންދާފާވާ ރުކުން، އެމީހަކު އިންދިބައި އެއީ އެމީހަކަށް ވާނޭ އެއްޗެއް ކަމާ، އަދި އެމީހަކު އިންދިރުކަކުން ބިންބަޔަށްވީ ރުކުގެ ވަރުވާ އެމީހުން އަތުން ނަގާ، އެރަށުގެ ވަރުވާ ހަމަކުރަން ނިންމާ، އެ މަހްކަމާއިން ލިޔެފާވާ ފަތެއް. Receipt of real estate documents: Mahkamath Al-Dhakhiliyya (Size: 10" X 8")
              R/Dh/S.Meedhoo - U'dhoo

              Sans titre
              NAM DOC-MN-F1-95 · Pièce · 1957
              Fait partie de Documents

              1957މ މޭ 29(1376ހ ޝައްވާލް 27)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދި އަށް، މައިކަލް އޭ. ޕޮވިލްސް ކިޔާ 'ކޮއިން'(ފައިސާފޮތި)އެއްކުރާ މީހަކު، ޖޫނު 1957ގެ 'ނެޝަނަލް ޖިއޯގްރަފިކް މެގަޒިން'ގާ އޮތް 'ދަ މާވަލަސް މޯލްޑިވްޒް' ޝުރުހީގާވާ ލިޔުމެއް ކިޔާ، ރާއްޖޭގެ ފައިސާފޮތި(ލާރި)، ރާއްޖޭގެ ތާރީހީ ފޮތް އަދި ރަދުންގެ 'އޮޓޮގްރާފަށް' އަދި އޭނާގެ ލިޔުމެއް އޮތް ނޫހެއްގެ ސަފްހާއެއް(F1-94) އެ ސިޓީއާއެކު އޮންނާނެ ވާހަކަ ލިޔެ ފޮނުވާފާވާ ސިޓީއެއް. Letter sent by Michael A Povils on May 29, 1957, requesting the Sultan's autograph and a history book (Size: 11" X 8.5")
              America - letter (Foriegn)

              Sans titre
              NAM DOC-MN-F1-96 · Pièce · 1956
              Fait partie de Documents

              1956މ މޭ 4(1375ހ ރަމްލޯނު 23)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ކެތްރީން އެމް ކުއީން، ކިޔާ މީހަކު، އެރަދުންގެ ސޮއެ (އޮޓޯގްރާފް)އަކަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Kathryn MQuinn to Sultan Muhammed Fareed Didi on May 4, 1956, requesting his autograph (Size: 7.8" X 6.2")
              America - letter (Foriegn)

              Sans titre
              NAM DOC-MN-F1-92 · Pièce · 1958
              Fait partie de Documents

              1958މ ޖުލައި 26(1378ހ މުހައްރަމް 9)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ބެސިލް ޑަބްލިޔު. ކެޕްޓެއިން ކިޔާ މީހަކު، އެރަދުންނަށް ތައުރީފުކޮށް، އޭނާ ރަދުންގެ ސޮޔަކަށް އެދި، ފޮނުވާފާ ސިޓީއެއް. Letter sent by Basil WKaptain to Sultan Muhammed Fareed Didi on July 26, 1958, requesting his autograph (Size: 11" X 8.55")
              America - letter (Foriegn)

              Sans titre
              NAM DOC-MN-F1-80 · Pièce · 1956
              Fait partie de Documents

              1956މ މޭ 21(1375ހ ޝައްވާލް 10)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދި އަށް، އެމާ ކަނިންގްހަމް ކިޔާ މީހަކު، އެރަދުންގެ ސޮއިކުރައްވާފާވާ ސްޓޭމްޕަކަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Emma Canningham, requesting for a stamp signed by Sultan Muhammed Fareed Didi (Size: 7.25" X 5.25")
              America - letter (Foriegn)

              Sans titre