Modern History; The 1950's

Área de elementos

Taxonomia

Código

Nota(s) de âmbito

    Nota(s) da fonte

      Mostrar nota(s)

        Termos hierárquicos

        Modern History; The 1950's

          Termos equivalentes

          Modern History; The 1950's

            Termos associados

            Modern History; The 1950's

              89 Descrição arquivística resultados para Modern History; The 1950's

              89 resultados diretamente relacionados Excluir termos específicos
              NAM DOC-MN-F1-36 · Item · 1958
              Parte de Documents

              1958މ އޯގަސްޓް 5(1377ހ ޒުލްހައްޖު 17)ގާ، އެމެރިކާގެ "ހޫ އިޒް ހޫ އިން މިޔުޒިކް އިންޓާނެޝަނަލް"( މިއުޒިކުގާ ކާކަކީ ކާކު، ބައިނިލްއަގްވާމީ) ކިޔާ ކުންފުންޏެއްގެ 'ކޯ އެޑިޓަރު' ކަމުގާވާ ކްރިސްޓޮފާ ޕަވްލަކިސް، އައްސުލްތާނު މުހައްމަދު ފަރީދަށް، ބައިނިލްއަގްވާމީ މިއުޒިކް ސާވޭގާ ރާއްޖެ ހިމެނުމުގާ، ރާއްޖޭން އެއްބާރުލުމަށް އެދި، ޖޫނު 4ގާ ފޮނުވާފާވާ ސިޓީއަކަށް ހަވާލާދީ، އެސިޓީ ނުލިބިވާކަމަށް ވަންޏާ، އޭގާ ބުނެފާވާ ކަންކަން ބަޔާންކޮށް އެހެން ސިޓީއެއް ފޮނުވާނެކަމާ، އަދި ސިޓީ ލިބި، އޭގާ އަހާފާވަ މައުލޫމާތު ހޯދަން ދަތި ނަމަ، އެކަމާ ބެހޭ ފަރާތަކަށް އެ ފޮނުވާދީ އެ މައުލޫމާތު ލިބޭނޭ ގޮތް ހަދާދިނުމަށާ، އަދި އެސާވޭ ކާމިޔާބުކޮށްދާ ދިއުމަކީ، ރާއްޖެ ބައިވެރިވުމަށް އެދޭ އެދުން ބޮޑުވެފާވާ ކަމެއްކަމުގަޔާ، މަޖައްލާގެ ޝާއިއު ތާރީހު ކުޑަތަންވެފާ ވީ ނަމަވެސް، ރާއްޖޭގެ މައުލޫމާތަށް މަޑުކުރާނެ ކަމުގަޔާ، އަދި އެ ސިޓީއާ އެކު، އެ ލިޔުމުގާ ހިމަނާނެ ރަށްރަށުގެ ލިސްޓެއް ފޮނުވި ކަމުގާ ބުނެ، ފޮނުވާފާވާ ސިޓީއެއް. Letter sent by Christopher Paviskis, Co-editor of "Who is Who" in Music International, to Sultan Mohamed Fareed Didi on December 5, 1958 (Size: 12" X 8.5")
              America - letter (Foriegn)

              Sem título
              NAM DOC-MN-F1-37 · Item · 1959
              Parte de Documents

              1959މ ޖަނަވަރީ 31(1378ހ ރަޖަބް 21)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް އެޑްރެސްކޮށް ފޮނުވިފަރާތް ކަމުގާ، އެމެރިކާގެ މިސްޓަރ ޖޯން މޭޔާރޑް، ކަމުގާ ލިޔެ 2 ސްޓޭންޕް ޖަހާފާވާ ސިޓީއުރައެއް. Envelope with two stamps sent by John Meyard, Baltimore, USA, to Sultan Mohamed Fareed Didi on January 31, 1959 (Size: 1.1" X 5")
              America - Envelope

              Sem título
              NAM DOC-MN-F1-49 · Item · 1958
              Parte de Documents

              1958މ ފެބްރުވަރީ 15(1377ހ ރަޖަބް 26)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ފްރެޑް މޯސާ ކިޔާ ދަރިވަރަކު، އޭނާގެ ސްކޫލް މަސައްކަތަކަށް ބޭނުންވެގެން، ދިވެހިރާއްޖޭގެ ހުރިހާ ރަށް، އަތޮޅު، ކޯރުތަށް، 'ސިޓީ' އަދި 'ޓައުން'، މަގު، ރޭލުމަގު ފަރުބަދަ އަދިވެސް އެފަދަ ތަންތަން ހިމަނާފާވާ ތަފްސީލު ޗާޓަކާ، ތާރީހު، ސަރުކާރު، އިޖްތިމާއީ، އަދި އިގްތިސާދީ ހާލަތާއި މޫސުމާ އަދި ތައުލީމީ ކަންކަމުގާ ހުރި ދަތިތަކާ، މިކަންކަމުގެ މައުލޫމާތު ފޮނުވުމަށް އެދި ފޮނުވާފާވާ، ދެ އެމެރިކާ ސްޓޭންޕް ޖަހާފާވާ، ކާޑެއް. Card sent by F Moser to Sultan Muhammed Fareed Didi on February 15, 1958, requesting a map of the Maldives for a school project (Size: 5.5" X 3.25")
              America - card (foriegn)

              Sem título
              NAM DOC-MN-F1-45 · Item · 1955
              Parte de Documents

              1955މ ޑިސެންބަރު 19(1375ހ ޖުމާދިލްއައްވަލް 4)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، އުއްތަމަ ފަނޑިޔާރުކަން ކޮށްފާވާ، އެމް.އެމް.ޔަކުބް ހާން، އޭނާގެ ކަލެކްޝަނަށް ލުމަށްޓާކާ، ސޮއިކުރައްވާފާ، އެރަދުންގެ ތަސްވީރެއް ފޮނުއްވާދެއްވުމަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by M Touffiq Khan to Sultan Mohamed Fareed Didi on December 19, 1955, requesting a signed photo (Size: 8.8" X 5.1")
              Pakistan - letter (Foriegn)

              Sem título
              NAM DOC-MN-F1-48 · Item · 1957
              Parte de Documents

              1957މ ޑިސެންބަރު 26(1377ހ ޖުމާދިލްއާހިރު 4)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ލިއޯ ޖޭ ސިލްވިއޯ، އެރަދުންގެ ސޮއެ (އޮޓޯގްރާފް) ފޮނުއްވާދެއްވުމަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Lio Silvio to Sultan Muhammed Fareed Didi on December 26, 1957, requesting an autograpgh (Size: 8.95" X 5.45")
              America - letter (Foriegn)

              Sem título
              NAM DOC-MN-F1-10 · Item · 1957
              Parte de Documents

              1957މ ޖުލައި 21(1326ހ ޒުލްހައްޖު 23)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، 'ފްރައި ފިލޭޓަލީ' ކިޔާ ސްޓޭންޕް އެއްކުރާ ޖަމިއްޔާއަކުން 'އެންޓަން ސްޓޮފް ވައިން'، ކިޔާ މީހަކު، އެޖަމިއްޔާއިން ވަރަށް ބޮޑު ސްޓޭންޕް މައުރިޒެއް ބާއްވަން އުޅޭ ކަމާ، އެ މައުރަޒުގާ، އޮސްޓްރިޔާ ރައްޔިތުންނަށް ރާއްޖެ ތައާރަފް ކޮއްދެންވެސް ބޭނުންވާ ކަމާއި، އެހެންވެ އެންމެ ފަހުގެ ސްޓޭންޕް ފޮނުއްވާދެއްވުމަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Anton Stoff, Vienna to Sultan Mohamed Fareed Didi on July 21, 1957. Stoff was a member of the Freie Philatelie and was looking for stamps from the Maldives (Size: 5.9" X 8.2")
              Australia - letter (Foriegn)

              Sem título
              NAM DOC-MN-F1-32 · Item · 1957
              Parte de Documents

              1957މ ޖަނަވަރީ 16(1376 ޖުމާދިލްއާހިރު 15)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދިއަށް، 'ވޭން ސްޓޭޓް ޔުނިވަރސިޓީ' ގެ އެޑިއުކޭޝަނަލް ސައިކޮލޮޖީގެ ޕްރޮފެސަރެއް ކަމުގާވާ، ވިލިއަމް ޑަބްލިޔޫ ވަޓެންބާގް، ދިވެހިރާއްޖޭގާ ކުދިންގިނައިން ކުރަނީ ކޮން ބާވަތްތަކެއްގެ ކުށެއްތޯ ޔާ، އެކުދިންނަށް ދައުލަތުން ކަންތައްތައް ކުރަނީ ކޮންގޮތަކަށްތޯ އޮޅުންފިލުވާދެއްވިދާނެތޯ އަދި ރާއްޖޭގައި އެކަމުގެ މައުލޫމާތު ދެވޭނެ ފަރާތަކީ ކޮބައިތޯ އާއި، އެފަރާތެއްގެ ނަމާއި އެޑްރެހަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Prof. William W Wattenberg, Wayne State University, to Sultan Mohamed Fareed Didi on January 19 1957, inquiring about juvenile crime in the Maldives and how the country deals with the issues (Size: 11" X 8.5")
              America - letter (Foriegn)

              Sem título
              NAM DOC-MN-F1-31 · Item · 1956
              Parte de Documents

              1956މ ޖޫނު 9(1375ހ ޝައްވާލް 29)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، މިސްޓަރ އޭ.އާރ.މާހެމާ، ދިވެހިރާއްޖެގެ ރަދުންގެ ސޮއި(އޮޓޯގްރާފް) ހޯދުމަށް އެދި، ލިޔެފައިވާ ސިޓީއެއް. Letter sent by Mr M R Murhamer, Phoenix, Arizona, USA, to Sultan Mohamed Fareed Didi on June 9, 1956, requesting for his autograph (Size: 10" X 8")
              America - letter (Foriegn)

              Sem título
              NAM DOC-MN-F1-42 · Item · 1958
              Parte de Documents

              1958މ ޑިސެންބަރު 1)1378ހ ޖުމާދިލްއައްވަލް 19)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، "ހޫ އިޒް ހޫ އިން ހޫ އިން މިޔުޒިކް" ކުންފުންޏެއްގެ ފަރާތުން، ކްރިސްޓޮފާ ޕޯލްކިސް ކިޔާ މީހަކު، އިންޓަރނޭޝަނަލް މިޔުޒިކް ސާރވޭގާ ރާއްޖެ ބައިވެރިވުމަށް އެދި، 4 ޖޫނު އާއި 5 އޯގަސްޓްގާ ފޮނުއްވި 2 ސިޓީގެ ޖަވާބު ނުލިބިގެން، އަލުން ފޮނުވާފާވާ ސިޓީއެއް. Follow-up letter sent by Christopher Paviskis (MHS-ARC-MS36), Co-editor of "Who is Who" in Music International, to Sultan Mohamed Fareed Didi on December 5, 1958 (Size: 11" X 8.5")
              America - letter (Foriegn)

              Sem título
              NAM DOC-MN-F1-35 · Item · 1958
              Parte de Documents

              1958މ މާރޗް 6(1377ހ ޝައުބާން 15)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އެތެލް އެވާބެކް، އޭނާޔަކީ، އެކިއެކި ގައުމުތަކުގެ ސަގާފީ ހެދުމުގާ ތިބޭ ބުދު(ކުޅޭކުޅޭ) އެއްކުރާ ކަމާއި، އޭނާގެ 'ކަލެކްޝަނު'ގާ 128ގައުމުގެ ގާތްގަނޑަކަށް 550ބުދު ހުރި ކަމާއި، ސްކޫލް ކުދިންނަށާ، ޒުވާނުންގެ ޖަމިއްޔާތަކަށާ، އެފަދަ އެކިއެކި ތަންތަނުގާ އޭނާ އެއެއްޗެތި ހިލޭ ދައްކާދޭނެ ކަމުގާ ބުނެ، އޭނާޔަށް ދިވެހި ރާއްޖޭންވެސް އެފަދަ 2 ބުދު ލިބޭތޯ އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Ethel Averbach, a doll collector from California, to Sultan Mohamed Fareed Didi on March 6, 1958, requesting for two dolls from the Maldives (Size: 8" X 6")
              America - letter (Foriegn)

              Sem título