1960މ ފެބްރުވަރީ 10)1379ހ ޝައުބާން 12)ގާ، ރާއްޖޭގެ ރަދުންނަށް، ހޮލެންޑުގެ އެލް.އޭ. ޔުނިވާސިޓީ އޮފް އެމްސްޓަޑާމް ގެ ދަރިވަރެއް، ދިވެހިރާއްޖޭގެ ރައްޔިތަކާ މުއާމަލާތީ ގުޅުން ބޭވުމަށް އެދޭތީ، ރާއްޖޭގެ، އިނގިރޭސި ނުވަތަ ފްރެންޗް ބަސް ދަންނަ ޒުވާނަކުގެ މައުލޫމާތު ފޮނުއްވުމަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by a student at the University of Amsterdam, asking to find a Maldivian pen pal (Size: 10.15" X 8.2")
Holand - letter (Foriegn)
Modern History; The 1960's
9 Descripción archivística resultados para Modern History; The 1960's
1960މ މާރޗް 11(1379ހ ރަމްލޯނު 13)ގާ، (ވަކިމީހަކަށް މުހާތިބު ކޮށްފައެއް ނެތް) "ހެލެން ފުލްޑް ހެލްތް ފައުންޑޭޝަނުން"ގެ ލިއޮނާޑް ފެލިކްސް، އެމީހުން، ދުނިޔޭގެ އެކި ގައުމުތަކުގެ ނަރުހުންގެ ޔުނިފޯމު އެއްކޮށް، މައުރިޒެއް ބާއްވަން އުޅޭތީ، ދިވެހިރާއްޖޭގެ ނަރުހުންގެ ޔުނީފޯރމެއް ފޮނުވަން ނޫނީ ވިއްކުމަށް އެދި، ފޮނުވާފާވާ ސިޓީއެއް.Letter sent by Leonard Felix of the Helene Food Health Foundation, New Jersey, USA, on March 11, 1960, requesting Maldivian nurse uniforms for an exhibition on nurse uniforms from around the world (Size: 3.2" X 5.5")
America - letter (Foriegn)
1345ހ މުހައްރަމް17(1926މ ޖުލައި 27)ގާ، މަހްކަމަތުލް ޝަރީޔާއިން، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއަޔަތު މަޖިލީހުގާ، ބޮޑު ހަސަންކޮއެގެ ދަރި ލޮނު ޒިޔާރަތުގެ ހާދިމު އަލްހާއްޖަ މޫސާކަލޭފާނު، އެމީހުންގެ ފޭދޫކޮށި ކިޔާ ވަގުފް ގޯތީގެ ބެހެނިވެރިންގެ ތެރެއިން، މާލޭގާ ތިބި މީހުންގެ ރުހުމާއިއެކު، އޭނާގެ ބައްޕަޔަށް ވީބައިން، އޭނާގެ އެއްބަފާ، ދޮންކޮއްކޮ، ކުޑަގޮއްޔެ އަދި ދޮށީކޮއެގެ ދޮންއަލިފުޅު އެތިންބެއިންނަށް ވީބައި، އޭނާއަތުން، އެމީހުން /-42ރުފިޔާ ހިފާފަ އޭނަޔަ ހަވާލުކޮށްފި ކަމުގާ ބުނެ، އެތަނުގެ މިން ހަމަކޮށް ފަތެއް ލިޔެދެއްވުމަށް އެދުމުން، ފޭދޫކޮށި ގޯއްޗަކީ އެބމީހުންގެ ދަރިކޮޅުގެ ގޯއްޗެއް ކަން ސާބިތުކޮށް، އަދިއެތިން ބެއިން، އެމީހުންގެ ބައި، އެބުނި އަގު ހިފާ އޭނާޔާ ހަވާލުކުރިކަމުގާ އިގްރާރުވުމުން، އެއީ ސައްހަ މުއާމަލާތެއް ކަމުގަ ނިޔާކޮށް، ފޭދޫކޮށީގޭ އެބައި އެއީ އެ މޫސާކަލޭފާނުގެ ހަވާލުގާވާތަނެއް ކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، މޫސަލް މަހައްލީ ލިޔެފާވާ ފަތެއް.(Size: 13.1" X 7.5")Chief Justices - Al Naaibu Hussain Salahuddin
K.Male' - Feydhookoshee Goathi (Housing Plot)) - Deed for housing plot
1960މ ފެބްރުވަރީ 8(1379ހ ޝައުބާން 10)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ޖޯން ލުއީ އީ.ބްރިންޑަމޯ ކިޔާ މީހަކު، އޭނާ ދުނިޔޭގެ އެކިއެކި ވެރިންގެ ފަރިއްކޮޅާބެހޭ ފޮތެއް އެކުލަވާލަން އުޅޭތީ، ދިވެހިރާއްޖެވެސް އެފޮތުގާ ހިމެނުމަށްޓަކާ، ކުރީގާ އޭނާ ލިޔެފާވާ ސިޓީ(F1-40)އަށް ޖަވާބު ނުލިބިގެން، އެގާ އަހާފާވާ، ރަދުންގެ އެންމެ ހިތްހަމަޖެހޭ ފަރިކޮޅުގެ (ރެސިޕީ) އާއި، ރަދުންގެ ތަސްވީރެއް ފޮނުވަމަށް އަނެއްކާވެސް އެދިފާވާ ސިޓީއަކާއި، އަދި ގައުމުތަކުގެ އާންމު މައުލޫމާތު އެއްކުރުމަށް ފަރުމާކޮށްފާވާ ފޯމެއް. Letter sent by Jean-Louis E Brindamour to Sultan Muhammed Fareed Didi on February 8, 1960, inquiring about his favourite dishes and their recipes (Letter Size: 11" X 8.5", Form Size: 10.95" X 8.5")
America - letter (Foriegn), Form (foriegn)
1282ހ ޖުމާދިލްއައްވަލް(1865މ އޮކްޓޯބަރު)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތު މަޖިލީހުގާ، ދުނބުރިގުދުގޭ އަލީ ކަލޭފާނު އާއި ކުޑަފަރީ މަލިންތަކުރުފާނުގެ ދަރިން، ހެންވޭރު މަރަވަޅި އެދުރުމަނިކުގޭގެ ހުޅަނގުން އޮތް، އެދެބައިމީހުންނަށް އޮތް ދުނބުރިގުދުގެ ކިޔާ ގޯއްޗާ މެދު ދެބަސްވެ އެކަމުގެ ޝަކުވާއުފުލުމުން، ކުޑަފަރީ ސަންޕާފާނުއަށް ހިބައެއްގޮތުގާ ލިބިފައިވާ ބައި، ކުރީގެ ފަތްފަތާއި، މީސްމީހުންގެ ހެކިބަހުން ސާބީތުވީގޮތުގެ މައްޗަށް، ވަކިކުރިކަމާ، އެތަނުގެ ފަތެއް ލިޔެދިނުމަށް، އޭނަގެ ދަރިން އެދުމުން، އެބައިގެ އިމާއި މިން ހިމަނާ، އެ ފަނޑިޔާރު މަނިކުފާނު ލިޔެފާވާ ފަތެއް. (F0-14އާގުޅޭ)
އަދި މިފަތުގެ ނުފުށުގާ:
1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން މަތީގާވާ ގޯތީގެ ފަތް އަލުން ލިޔެފާވާ ކަމުގާ، ލިޔެފާވާ ލިޔުމެއް.
(Size:7.4" X 5.2") Chief Justices - Al Ghaazee Mohamed Muhibbuddin
K.Male' - Dhun'buri Gudhuge (Housing Plot) - Deed for housing plot
1960މ ފެބްރުވަރީ 19(1379ހ ޝައުބާން 21)ގާ، ރާއްޖޭގެ ރަދުންނަށް، ޕެޓަރސަން އިންޕޯޓް ކިޔާ ކުންފުންޏެއްގެ 'ލެޓާހެޑް'ގާ(މީހެއްގެ ނަމެއްނެތް)، ރާއްޖޭގާ ލަކުޑިން މާޖަހާ ވަށިގަނޑު ފަދަ އަތްތެރި މަސައްކަތކުރާ މީހެއްގެ ނަމާއި އެޑްރެހާއި، އަދި ރާއްޖޭގެ ބޮލިކޮޅަކާ ފޮނުއްވުމަށް އެދި، އަދި ރަދުންނަށާ ދިވެހިންނަށް ހެޔޮދުއާ ސަލާމު ފޮނުވާ، ރަދުން ކޮންމެވެސް ދުވަހަކުން އެމެރިކާޔަށް ވަޑައިގަންނަވޭނެކަމުގާ އުއްމީދުކުރާ ވާހަކަ ލިޔެ، ފޮނުވާފާވާ ސިޓީއެއް. Letter sent by Peterson Import Company, requesting for the name and address of the wood craftsman and Maldivian cowries (Size: 8.51" X 7.3")
America - letter (Foriegn)
1960މ މާރޗް 4(1379ހ ރަމްލޯނު 6)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ކެނެތު އީ. ކްރައުޗް ކިޔާ މީހަކު، އެރަދުންގެ ސޮއިކުރައްވާފާވާ ފޮޓޯފުޅެއް ފޮނުވާދެއްވުމަށް އެދި ލިޔެފާވާ ސިޓިއެއް. Letter sent by Kenneth E Crouch to Sultan Muhammed Fareed Didi on March 4, 1960, requesting a photograph signed by the sultan (Size: 10.9" X 8.45")
America - letter (Foriegn)
1960މ މާރޗް 4(1379ހ ރަމްލޯނު 6)ގާ، ދިވެހިރާއްޖޭގެ ރަދުންނަށް، ޖަރުމަނުވިލާތުގެ ރުޑޮލްފް ވަސީމް، ފޮނުވާފާވާ ސިޓީއެއް. Letter sent by Rudolf Wasem to the sultan of the Maldives on March 4, 1960 (Size: 11.6" X 8.2")
Germany - letter (Foriegn)
1960މ މާރޗް 21(1379ހ ރަމްލޯނު 23)ގާ، ދިވެހި ރާއްޖޭގެ ރަދުންނަށް، އުމުރުން 17 އަހަރުގެ، ޖޯން ގިޔާ، އޭނާ އެކިއެކި ގައުމުގެ ވެރިންގެ ފޮޓޯ އެއްކުރާތީ، ރަދުންގެ ފޮޓޮއަކަށް އެދި، ފޮނުވާފާވާ ސިޓީއެއް. Envelope sent by Jon Gyer to the sultan of the Maldives on March 21, 1960 (Size: 11" X 8.5")
America - letter (Foriegn)