(ތާރީހެއް އިނގޭކަށް ނެތް)، އައްނައިބު ހުސެއިން އަފީފުއްދީނު ގެދަރި އަލްގާޒީ މުހައްމަދު މުހިބުއްދީނުގެ ޝަރީޔަތު މަޖިލީހުގާ، އައްޑޫ ހިތަދޫ، ހާޖީ މޫސާ ކުޑަބނޑޭރި ތަކުރުފާނުގެ ދަރި އުމަރު ފަޑިއަތްތަކުރުގެ ދަރި ބަބުރު ހަސަން ތަކުރުފާނުގެ ދަރި ހައްވާފާނުގެ ދަރި މޫސާ ކުޑަބަނޑޭރި ތަކުރުފާނު، އޭނާގެ ކާފަ ކުޑަބަނޑޭރި ތަކުރުފާނު، އައްޑޫ ހިތަދޫ ކޮރުވަލު ކިޔާތާގާ އެޅި މިސްކިތް މައްޗަށް ދެއްވި ވަގުފް ފަތް، އޭނާ އަތުގާ އޮއްވާ، ހޮޅިން އަރާ މާލެ އަންދާލިއިރު، އެފަތް ނެތިގޮސްފާ ވާތީ، އެ ވަގުފް އޮތްގޮތް ބައްލަވާދެއްވުމަށް އެދުމުން، މީސްމީހުން ކާރިން އެ ވަގުފްގެ އަސްލު އޮތްގޮތް އައްސަވާ، ހެކިހޯއްދަވާ، އަދި ފަތްލިޔާ އުމަރު ގަދަހަމާތިކަލޭފާނު އެ މަޖިލީހަށް ހާޒިކުރަށްވާ، އެކަން ބެއްލެވިއިރު، އެފަތަކީ، އައްޑޫ ހިތަދޫ ހާޖީ މޫސާ ކޮރުވަލު ކިޔާތާގާ އެޅި މިސްކިތައް ދެއްވި ފަތް ބާވެގެން، ދެއްވަދޫ ރަސްގެފާނު އާކޮށްދެއްވާފާވާ ފަތެއް ކަމާ، އެފަތުގާ ވަނީ، ސ.ފޭދޫ ކައިރީގާ އޮންނަ ދިގުހަރުހެރާ(ދިގިހެރާ)، ހިތަދޫ ކައިރީގާ އޮންނަ މާހުރާ(މާހެރަ)، ފޭދޫ އާއި ހިތަދޫ އަދި ފުވައްމުލަކުގާވާ، އެ ހާޖީގެ އެންމެހާ މިލްކު ތަކެއްޗެއް، ކޮޅުމަޑުލު ބަދިފުށި، މާލެގެ ގަލޮޅު ދޮންތުއްކަލާ މަގުގާ އޮތް އޭނާގެ މިލްކުވެ އޮތް ހިންނަ، ކޮންމެ ތަނެއްގާ އޮތަސް އޭނާގެ މިލްކުގާވާހާ އެންމެ ތަކެއްޗާއި، އޭނާގެ ނޯކަރުންނާއި، ރުއްގަހާ، ދަނޑުފަގާ، އޭނާގެ އެއްބަނޑުއެއްބަފާ 4 ފިރިހެން ބެއިންގެ މިލްކުގާވާހާ ރުއްގަހާ، ދަނޑުފަގާ، ނޯކަރުންނާ، އަޅުންނާއި، އަދި އެ މީސްމީހުން މިމިސްކިތަށް ނޫން އެހެން ތާކަށް ހިދުމަތް ނުކުރުމުގެ ޝަރުތު އާއި، އެތަނުން އަންހެން ނޯކަރަކާ، ރާއަރާ ނޯކަރަކާ، މަސްވެރި ނޯކަރަކާ، މި 3 މީހުން ވާރުންކެނޑޭނެ(ޓެކްސް ދައްކަންނުޖެހޭ)ކަމާ، މިތަކެތީގެ މަންފާއިން، އެމިސްކިތް ބަލާ، މަރާމާތުކުރުމަށާ، އަދި އެ ހަރަދުކޮށް ބާކީއޮތް އެއްޗެއްގެ ހަވާލުވެރިކަމާއި، އެ މިސްކިތް ބެލެހެއްޓުން އެ މޫސާ ކުޑަބަނޑޭރި އާއި އޭނާގެ ދަރިކޮޅަށް ލައްވާ، އެރަދުންގެ ސިއްކަ ޖަހާ، އެ އުމަރު ގަދަހަމާތި ލިޔެފާވާ ވަގުފް ފަތެއް ކަމުގާ ސާބިތުވުމުން، އެފަތް އޮތް މަގަށް، އެމަޖިލީހުން ލިޔެދިފާވާ ފަތެއް. (Size: 19.1" × 16.15")
S.Hithadhoo - Koruvalu Miskiiy (Mosque) - Endowment for Mosque
R00934; Maldives -- Hithadhoo -- Koruvalu Miskiiy -- Mosque -- Endowment for Mosque; National Archives - Records Room Museum Building; This document (scanned JPG file) was sent to NAM by the President’s office. We do not have any information on who scanned and made this digital document. This document has not been published. The document was stored on a CD, later copied to a hard drive, then copied to the NAM server and moved once again to the NAM “Digital Data” server recently.; Yes; b22ceadb7db137cb7d31c31aaf2072f30bcd17c4e62cd0f9d8f54874bea08af4
1 Archival description results for R00934; Maldives -- Hithadhoo -- Koruvalu Miskiiy -- Mosque -- Endowment for Mosque; National Archives - Records Room Museum Building; This document (scanned JPG file) was sent to NAM by the President’s office. We do not have any information on who scanned and made this digital document. This document has not been published. The document was stored on a CD, later copied to a hard drive, then copied to the NAM server and moved once again to the NAM “Digital Data” server recently.; Yes; b22ceadb7db137cb7d31c31aaf2072f30bcd17c4e62cd0f9d8f54874bea08af4
NAM DOC-MN-R-41
·
Item
·
-
Part of Documents