The Modern History; The 1790s

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        The Modern History; The 1790s

          Equivalent terms

          The Modern History; The 1790s

            Associated terms

            The Modern History; The 1790s

              4 Archival description results for The Modern History; The 1790s

              NAM DOC-MN-D-6 · Item · 1798
              Part of Documents

              A royal decree commissioning the buidling of a boat (Furedhdhi Odi)(Size: 6" × 4.7") -- 1213ހ(1798މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު، ހުވަދުންމަތި(ގއ/ގދ) ކުރަމަތިން؟؟ ރުއްކަނޑާ، ފަގީރުން ގެންގޮސް ފުރެއްދި އޮޑި ބަނދެ، ހަރުގެ އަޅާ، މިއެންމެހާ ކަންތައްތައް ކުރުމަށް އަތޮޅުވެރިޔާ ވިޔަސް، އެހެން ގަދަ މީހަކުވިޔަސް، އެރަދުންގެ އަމުރަކާ ނުލާ، ނުބެހެވޭނެ ކަމުގާ ލިޔެފާވާ ފަތެއް.
              G.Kuramathi - Order

              National Archives of Maldives
              NAM DOC-MN-R-42 · Item · 1796
              Part of Documents

              1210ހ(1796މ)ގާ، އައްސުލްތާނު ހަސްނ ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 17ވަނަ އަހަރު، ލ.ފޮނަދޫ، ކަނބައިދި ކިލެގެފާނު ގަނޑުވަރުއަށް ހުރި އެއްޗެތި ކަމުގާވާ، ހައްދުންމަތީ(ލ.) ވަޑިނޮޅުން 7ކޮއްޓޭ ބޮލި ، އިސްދޫގާ އޮންނަ ހިންނައިން 9 ލާރި، ފެލިދެއަތޮޅު(ވ.) ބޮޑުމޮހޮރާއިން 19ކޮއްޓޭ، ހުޅިދޫ ވަރުވާ އިން 12ކޮއްޓޭ، ކުދިބޮލި ވަރުވާ އިން 2ކޮއްޓޭ، މިލަދުންމަޑުލު(ށ.)ގައްލައިދޫ އިން 9ކޮއްޓޭ، ފެރުދޫ ވިއްނައި އިން 2ކޮއްޓޭ، މާއުނގޫދޫ ދަނޑުވަރުވާ އިން 4ލާރި، ފޭދޫ ދޮންއަލީ ތަކުރު ފަރާތުން 14ލާރި، ބިލެތްފަހިން 30ލާރި، ޅޮހީން 24ލާރި، މަނަދޫ ވަރުވާއަށް 1ކޮއްޓޭ، މަގޫދޫ ހިންނައިގެ ވަރުވާ 24ލާރި، ކެލާ ގެވަޅާއި ހިންނައިނައިން 5ކޮއްޓޭ، ބާރަށް ގެވަޅުން 59ލާރި، އެރަށު ދަނޑުން 1ކޮއްޓޭ، ނޮޅިވަރަންފަރު ވަރުވާއިން 96ލާރި، އެރަށު ދަނޑުގޮޔާއި ހިރިމަރަދޫ ވަރުވާ އިން 42ލާރި، މުޅަދޫ އިން 5ކޮއްޓޭ، ވައިކަރަދޫ ދަނޑު ވަރުވާއިން 12ލާރި، އުލިގަމުން 1ކޮއްޓޭ، ކޭލަކުނު ދަނޑުގޮއި، ކާށިދޫ އިން 1ކޮއްޓޭ، ފިނޭ އިން 14ލާރި، ތޮއްޑޫ އިން 9ކޮއްޓޭ، މުރައިދޫ ވަރުވާއަށް 24ލާރި އާއި އެތާގެ ދަނޑުގޮޔާ، އަދި، އެގަނޑުވަރު ފެމުސްވެރި(ނޯކަރު) ރާވެރިއަކު ކޮންމެތާކު ހުއްޓަސް، އެމީހަކު 50އަޑުބައި ހަކުރު ދޭންވާނެ ކަމާއި، ތަކަންދޫގާ ތިބި ރާވެރިން 25އަޑުބައި ހަކުރު ދޭންވާނެ ކަމާއީ، މި ހުރިހާ ތަކެއްޗެއް ލިބިގަތުމަށް، ރަދުންގެ ދަރުބާރުން ބޮޑުގަލު މުހައްމަދު އާއި ހަވާލުކުރަށްވާ، އެއެއްޗެތި އެ ގަނޑުވަރަށް ލިބުނު ކަމުގާ ލިޔެފާވާ ފަތެއް. (Size: 11.45" × 10")
              L.Fonadhoo - Kan'baidhi Kilagefaanu Gan'duvaru (Old Palace) - Deed(Royal Palace)

              National Archives of Maldives
              NAM DOC-MN-F7-31 · Item · 1794
              Part of Documents

              1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 15 ވަނަ އަހަރު، މާލޭގާވާ އަމިއްލަ ގޯއްޗާއި ބަންޑާރަ ގޯތި ވަކިކުރެއްވުމަށް އަންގަވާ، އެކަން ކުރުމަށް ނެންގެވި ކޮމިޓީއަށް، އެތެރެބަނޑަހަލު ބަނޑޭރި، ކިނޮޅަހު އަލީ މޭނާ ހާޒިރުކުރައްވާ، ގައްދޫ ގޯއްޗާ ބެހޭގޮތުން ސުވާލުކުރެއްވުމުން، އެގޯއްޗަކީ ކުޑަހުވަދޫ ކުޑަ މަރިޔަމްފާނުގެ މިލްކު ގޯއްޗެއްކަމާއި، އެ މަރިޔަމްފާނުގެ އައިމިނާފާނުގެ މަރިޔާފާނު އާއި، އެ އަލީ މޭނާގެ އެއްބަފާ ކިނޮޅަހު ކާސިމް ފަޑިއަތް އިނދެގެން ހުއްޓާ، އެފާނު ނިޔާވުމުން، އޭނާއަށް، އެގޯތިން 2/1 ލިބިފާވަނިކޮށް، އޭނާ ނިޔާވުމުން، އަލީ މޭނާއަށް މިގޯތި މިލްކުވެފާވާ ކަމުގާ، އެ އަލީ ދައުވާކުރުމުން، އެކަން ބަށްލަވާ، އެއިރުގެ މީހުނުން، އެކަން އެގޮތަށް ސާބިތުވުމުން؛ އެތެރެބަނޑަހަލު ބަޑޭރި ކިނޮޅަހު އަލީ މޭނާ އަށް މއ.ގައްދޫގެ މިލްކުވެފާވާ ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މިކަރުދާހުގެ 2ވަނަ ގަނޑުގާ:
              1970މ ޖޫނު 1(1390ހ ރަބީލްއައްވަލް 26)ގާ، މަހްކަމަތުލް ޝަރީޔާއިން؛ މަތީގާ ބުނެވިފާވާ ގޯއްޗަކީ ވަލުގަނޑުވަރު އިސްމާއީލް ދީދީ މެންގެ ގައްދޫ ގޯއްޗެވެ ކިޔޭ ގޯއްޗެއްކަމާއި، މާލޭގެ މަގުތައް ހެއްދެވުމުގެތެރޭގާ، އެތަން ނެތިގޮސްފާވާ ކަމުގާ، އެމަހްކަމާގާ، ޒަކަރިއްޔާ ހަސަން ކަލޭފާނު އާއި ނައިބުގޭ ހުސެއިންފުޅު ހެކިބަސް ދިނުމުން، އެކަމުގެ މައްޗަށް؛ އަބްދުލޯ ފަހުމީ ދީދީ ސޮއިކޮށްފާވާ ލިޔުމެއްގެ ނަކަލެއް. އަދި މިކަރުދާހުގެ 2ވަނަ ގަނޑުގާ:
              1970މ ޖޫނު 1(1390ހ ރަބީލްއައްވަލު 26)ގާ، މަހްކަމަތުލް ޝަރީއާއިން؛ މަތީގާ ބުނެވިފާވާ ގޯއްޗަކީ ވަލުގަނޑުވަރު އިސްމާއީލް ދީދީ މެންގެ ގައްދޫ ގޯއްޗެވެ ކިޔޭ ގޯއްޗެއްކަމާއި، މާލޭގެ މަގުތައް ހެއްދެވުމުގެތެރޭގާ، އެތަން ނެތިގޮސްފާވާ ކަމުގާ، އެމަހްކަމާގާ، ޒަކަރިއްޔާ ހަސަން ކަލޭފާނު އާއި ނައިބުގޭ ހުސެއިންފުޅު ހެކިބަސް ދިނުމުން، އެކަމުގެ މައްޗަށް؛ އަބްދުލޯ ފަހުމީ ދީދީ ސޮއިކޮށްފާވާ ލިއުމެއްގެ ނަކަލެއް.
              Real estate document for Machchangoalhi Gadhdhooge (Size: 8.8" X 6.65")

              National Archives of Maldives
              NAM DOC-MN-F7-13 · Item · 1794
              Part of Documents

              1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ދަރުބާރުގެ ޝަރީއަތު މަޖިލީހުން؛ 1208ހ ރަބީލްއާހިރު 15(1794މ ޖަނަވަރީ 17)ގާ އެރަދުން، އަލްހާޒިން މުހައްމަދު ހަނދޭގިރި، މުހައްމަދު މާބަނޑޭރި، ބަނޑޭރި މުހައްމަދު، ބަނޑޭރި އަލީ މޭނާ، ބަނޑޭރި އަލީ ސައިފުއްލާ، ތޮއްޑޫ އިބްރާހީމް އަދި މުހައްމަދު ރަންފަޑިއަތް، އެކުލެވޭ ކޮމިޓީއެއް ހައްދަވާ، މާލޭގެ ހަތަރު އަވަށުގާ ހުރި ބަންޑާރަ ގޯއްޗާއި އަދި އމިއްލަ ގޯތިތަށް ވަކިވާނެގޮތް ހެދުމަށް އެންގެވި އެންގެވުމަށް، ކުޑަފަރީ އަލީގެ ދަރިން އެ ކޮމިޓީއަށް ހާޒިރުކުރެއްވުމުން، ހެންވޭރު ފުނަގަސްމަގަށް އެރޭ މަގުގެ ދެކުނުން އެ އެމީހުންގެ މިލްކު ގޯތީގެ އިރުން އޮތް، ރުވާދައިތަގެ އަތުން އެމީހުން ގަތް ގޯތީގެ މައްސަލަ ބަލާ، އޭރު ތިބި ދުވަސްވީ މީހުންގެ ހެކިބަހުން، އެއީ ކުޑަފަރީ އަލީގެ ދަރިންގެ ގޯއްޗެއްކަމުގާ ސާބިތުވުމުން، އެކޮމިޓީ އެކަމަށް އިއްތިފާގުވުމުން، އެރަދުންގެ ދަރުބާރުން ލިޔެފާވާ ޝަރީއަތުގެ ފަތުގެ ނަކަލެއް. އަދި 2ވަނަ ގަނޑުގާ:
              1348ހ މުހައްރަމް 11(1929މ ޖޫނު 19)ގާ، މަހްކަމަތުލް ޝަރީޔާއިން؛ މަތީގާ ބުނެފާ އެވާ ގޯތި، އެގޯތީގެ ބެހެނިވެރިން ކުރެ، ބޮޑަކަށް ތިބި، ކައިރު ކުޑަތައްހާނު އާއި ބަބުރު ހަސަންފުޅު އާއި ދެމީހުން، ރިޔަނެއް -/3ރުފިއާގެ މަގުން، އެގޯތި، ދޮންމަނިކުފާނުގެ ދޮންދީދީއަށް ވިއްކައިފި ކަމުގާ، އެ މަހްކަމާއިން، މަތީގާ ބުނެވިފާވާ ފަތުގެ ނުފުށުގާ ލިއެފާވާ ލިޔުމެއްގެ ނަކަލެއް. އަދި:
              1351ހ ރަބީލްއާހިރު 5(1932މ އޯގަސްޓް 8)ގާ، މަހްކަމަތުލް ޝރީއާއިން، މަތީގާ ބުނެވިފާވާ ގޯތި، ހެންވޭރު ކަންހިނަވާމަގު ދެކުނުން އޮތް ހަގުދީދީގެ އިބްރާހީމް ދީދީގެ މިލްކު ގޯތިން އެދީދީގެ ފާތުމަތު ދީދީއަށް ވީތަނާއި ބަދަލުކޮށް، އެ ހެންވޭރު ކަންހިނަވާމަގުގެ ދެކުނުން އޮތް ގޯތި(ހ.ދެމާގަސްދޮށުގެ އެބައި؟؟)، ދޮންމަނިކުފަނުގެ ދޮންދީދީ އަށް މިލްކުވެ، އަނެއް ގޯތި އެފާތުމަތު ދީދީ އަށް މިލްކުވީ ކަމުގާ، އައްނައިބު އަބްދުއްލޯ ލިޔެދީފާވާ ލިޔުމެއްގެ ނަކަލެއް. (މި ލިއުމަކުން، ހ.ދެމާގަސްދޮށުގޭ ގޯތި އެއީ ކޮބައި ކަމެއް އިނގޭކަށް ނެތް)

              Real estate document for Henveiru Dhemaagasdhoshuge, written in Thaana, stating owership of the land (Size: 8.8" X 6.65")

              National Archives of Maldives