The Modern History; The 1880s

Área de elementos

Taxonomia

Código

Nota(s) de âmbito

    Nota(s) da fonte

      Mostrar nota(s)

        Termos hierárquicos

        The Modern History; The 1880s

          Termos equivalentes

          The Modern History; The 1880s

            Termos associados

            The Modern History; The 1880s

              4 Descrição arquivística resultados para The Modern History; The 1880s

              4 resultados diretamente relacionados Excluir termos específicos
              NAM DOC-MN-F5-19 · Item · 1888
              Parte de Documents

              1306ހ ރަބީލްއައްވަލް 23(1888މ ނޮވެންބަރު 27)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތު މަޖިލީހުގާ، ބޮއިގަސްދޮށުގޭ އަލީ ކަލޭފާނުއާ ދޭވާނީ ކުޑަ ހަސަން ތަކުރުފާނު އައިސް، މައްޗަންގޯޅި ފައިތިލަކޮށި ހުޅަގުންއޮތް މަގާ އިންވެ ހުޅަނގުން އޮތް ވަލުފަތްލިޔާގެ ކިޔާ ގޯތިން، އޭނާޔަށްވީ ތަން، ދޭވާނީ ހަސަން ތަކުރުފާނުށް ވިއްކާ އެ ވިޔަފާރި ހަލާސްވީ ކަމުގާ، އަލީ ކަލޭފާނު ބުނެ، އަދި، އެގޯތިން ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނު އަށާ، ބޮޑުދޮންކޮއްކޮގެ ދޮންމޫސާފުޅުއަށްވީ ތަނާ، އެ ދެތަންވެސް، އޭނާ ގަނެ، ފަތްލިޔެފާވާ ކަމުގާ އެތަކުރުފާނު ބުނެ، އެތިންބައި އެއްކޮށް އިމާއި މިން ހިމަނާ އާ ފަތެއް ލިޔެދެއްވުމަށް، އޭނާ އެދުމުން؛ އެކަން ބަށްލަވާ، އެކަން ސާބިތުވުމުން، މުޅި އެގޯތި އެއީ، އޭނާގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.
              1381ހ މުހައްރަމް 21(1961މ ޖުލައި 5)ގާ(ލިޔެފާވަނީ ކޮން ތާކުންކަމެއް ބަޔާވެފަކާ ނެތް)؛ އެފަތް މަހްކަމަތުލް ޝަރީޔާއަށް ގެންގޮސްފާވަނީ، ހަސަން ތަކުރުފާނުގެ ދަރި އާދަމްފުޅުގެ ނަމަށް، އެގޯތި، ބަދަލުކުރުމަށް އެދުމުން، އެކަން ބެއްލެވުމަށްޓަކާ ކަމުގަޔާ، އަދި އެނަމަށް ބަދަލުކުރަން އެދި އެ މަހަކަމާއިން ފޮނުވީ، 61/2032ގެ ސިޓީންކަމުގާ، ލިޔެފާވާ ލިޔުމެއް.

              A copy of the renewal of the property ownership document after the purchase of the land. (Size: 10" X 7.35) Chief Justices - Al Ghaazee Ismail Bahaauddin
              K.Male' - Ma.Gulbakaage (Valufaiyliyaage) (Housing Plot) - Private Property

              Sem título
              NAM DOC-MN-F6-23 · Item · 1885
              Parte de Documents

              1302ހ ޖުމާދިލްއާހިރު(1885މ އޭޕްރިލް)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރުބާރަށް، ފާދިއްޕޮޅު ހިންނަވަރު މީހުން އައިސް، އެރަށުގެ ހުކުރުމިސްކިތް ބަލަހަށްޓާނެ ފަދަ ނެތިގެން އެ ރަސްގެފާނުންގެ އަރިހުގައި ދެންނެވުމުން؛ އެއަތޮޅު ފެލިވަރު އަދި ހިންނަވަރު، އެމިސްކިތުގެ ބޯގަޔަށްލެއްވި ކަމުގެ އަމުރަށް، މާލެ، ފަތްލިޔާ އުމަރު ލިޔެފާވާ ފަތުގެ، ހިންނަވަރު އޮފީހުން ފޮނުވާފާވާ، ނަކަލެއް. Size: 10" X 8"
              Lh.Hinnavaru - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

              Sem título
              NAM DOC-MN-D-9 · Item · 1882
              Parte de Documents

              A royal decree investing ownership of the island Anhenfushi to the people of Hithadhoo, with stipulations that the people of Kinolhas may not land there without their permission(Size: 6.2" × 3.75") -- 1299ހ(1882މ)ގާ، (ފަތުގެ ފެށޭބައި ހަލާކުވެ ގޮސްފާ) ކިނޮޅަހު މީހުންނާއި ހިތާދޫ މީހުން، ރަދުންގެ ދަރުބާރަށް ގެނައި ފަތްފަތް ބަލާ، އަންހެންފުށި ކިޔާ ރަށް އެއީ، އެކިނޮޅަސް މީހުންނާ ބެހޭ ތަނެއް ނޫންކަމާއި، އަދި ކިނޮޅަސް މީހުންއަތުގާ އެ ފުއްޓާއި ބެހޭ ފަތެއް އޮތް ނަމަ އެ ފަތް މާލެ ގެނެސް އެފުށިން އެމީހުންނަށް އޮތް ކަންކަން ސާބިތުވުމުން ނޫނީ، ހިތާދޫ މީހުންގެ ރުހުމަކާ ނުލާ އެރަށަށް އަރައިފިނަމަ، އެކުރެވުނީ ޝަރީއަތާ ހިލާފުކަމެއްކަމުގާ ބަލާ އެކަމަށް އޮތް އަދަބު ދެވޭނެ ކަމުގާ އަންގާފާވާ ފަތެއް.
              R.Kinolhas - Hithaadhoo - B.Anhenunfushi - Order

              Sem título
              NAM DOC-MN-F5-26 · Item · 1885
              Parte de Documents

              1302ހ ޒުލްގައިދު 15(1885މ އޯގަސްޓް 26)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ ޝަރީޔަތު މަޖިލީހުން؛ ނެލު މޫސާ ފުޅުގެ ދަރި ފުއްކޭގޭ އަބޫބަކުރު ކަލޭފާނު، އޭނާގެ މައިފަރާތު ކާފަ، މުހައްމަދުގެ މިލްކުގާވާ ގަލޮޅު ފުއްކޭގޭ ގޯތިން އޭނާގެ މައިފަރާތު ބޮޑުދައިތަގެ، އޭނަޔާ އެއްބަފާ، ދަރި އަހުމަދުފުޅުއަށްވީ ބައި، އޭނާ އަތުން ގަނެ، މުޅި އެގޯތި އޭނާޔަށް މިލްކުވެފާވާ ކަމާއި، އެމަގަށް ފަތެއް ނުލިޔެއޮއްވާ، އަހުމަދުފުޅު ނިޔާވެފާވާކަމުގާ ބުނެ، އެކަން ބަށްލަވާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބެއްލެވިއިރު، އެގޯތީގެ 2/1ކަމުގާވާ، އަހުމަދު ފުޅުގެ ބައި، އަބޫބަކުރުއަށް ވިއްކާ އަގުހިފާ ހަލާސް ކުރިކަމުގެ އިގްރާރު، އަހުމަދުފުޅު ދުނިޔޭގާ ހުރެ، ނައިބު ބޭކަލުންގެ ޝަރީޔަތު މަޖިލީހަށް އުފުލާފާވާ ކަމުގާ ސާބިތުވެ، އަދި އަހުމަދުފުޅުގެ ދަރި ފާތުމަތުފުޅު އޭނާގެ މަންމަ މަރިޔަމްފުޅުގެ އެއްބަސްވުމާއިއެކު، އައްސުލްތާނު ހަސަން ނޫރައްދީނުގެ ދަރުބާރުން ދެއްވާފާވާ އެގޯތީގެ އިހު ފަތުންވެސް މިލްކުވެރިކަން ސާބިތުވުމުން؛ ގަލޮޅު ބާޑީ ދަށުން ހިނގާ މަގާ އިންވެ އުތުރުން، އައްމާނެވީންހުރިގޯތި ކިޔާ ގޯއްޗާ އިންވެ އިރުން އޮތް ފުއްކޭގެގެ މުޅިގޯއްޗަކީ ނެލު މޫސާފުޅުގެ ދަރި ފުއްކޭގޭ އަބޫބަކުރުގެ މިލްކެއްކަމުގާ ބަޔާން ކޮށް، އެތާގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.

              A copy of the report originally written on 26 August 1885 regarding the ownership of the land Galolhu Fukkekeyge (Size: 10.01" X 7.5") Chief Justices - Al Ghaazee Ismail Bahaauddin
              K.Male' - G.Fuhkeige (Housing Plot) - Private Property

              Sem título