1326ހ ޒުލްހައްޖު 20(1909މ ޖަނަވަރީ 13)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރަށް، ހުވަދުއްމަތީ(ހުވަދޫއަތޮޅު) މަދިރިވިލިނގިލި ރައްޔިތުން އައިސް، އެރަށު މާމިސްކިތުގެ ބޯގަޔަށް، އިހުގެ ރަސްރަސްކަލުން ދެއްވި ފަތް، އެރަށް އެނދިއިރު، އަނދައިގެން، 1287ހ(1870މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރު ދެއްވި ފަތްކޮޅު އާކޮށްދެއްވުމަށް އެދުމުން؛ ކުރީގާވެސް އެމިސްކިތަށް އޮތް، ގއ.މާނާގަލަ، ދެއްވާ، އެތަނުގެ ހަވާލުވެރިކަން އެރަށު ރައްޔިތުންނަށް ލަށްވައިފިކަމުގެ، އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، ބޮޑުގަލު މާކޮށާރު ބަނޑޭރި މޫސާގެ ދަރި ހުސއިން ލިޔެފާވާ ފަތުގެ، 1351ހ ޒުލްހައްޖު 14(1932މ ނޮވެންބަރު 13)ގާ ކޮށްފާވާ ނަކަލެއް.Size: 10" X 8"
G.A.Madhirivillin'gili - Maa Miskiiy (Mosque) - Endowment for Shrine (Ziyaaraiy)
The Modern History; The 1900s
8 Descripción archivística resultados para The Modern History; The 1900s
1326ހ ޒުލްހައްޖަ 20(1909މ ޖަނަވަރީ 13)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރަށް، ހުވަދޫއަތޮޅު (ހުވަދުއްމަތީ) މަދިރިވިލިނގިލި ރައްޔިތުން އައިސް، އެރަށު ކުޑަމިސްކިތްގެ ބޯގަޔަށް، އަލްހާއްޖަ އަލީ ތުއްކަލާ ގެދަރި އައްސުލްތާނު ގާޒީ މުހައްމަދު(ދެއްވަދޫ) ދެއްވި ފަތް، އެރަށް އެނދިއިރު، އަނދައިގެން ދިއުމުން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރު، 1287ހ(1870މ)ގާ ދެއްވި ފަތްކޮޅު އާކޮށްދެއްވުމަށް އެދުމުން، ކުރީގާވެސް އެމިސްކިތަށް އޮތް، ގއ.ފަޅުވެރިރާހަ އާއި ރާވެރިރާހަ(ރާވެއްރަހާ) ލަށްވާ، އެރަށު ރައްޔިތުންނަށް ހަވާލުވެރިކަން ދެއްވާ، އަދި ވިލިނގިލީގެ 81 ކާށިރުކާއި، 28 ރާރުކާއި، ފުޅަހިކޮޑި؟(ފަޅު)އާއި ވެސް އެމިސްކިތް މައްޗަށް ލަށްވާ، އަދި އެމިސްކިތު މުދިމާއި، ރާވެރިއަކާއި، 3 މީހުންގެ ވާރުވެސް އެ މިސްކިތްމައްޗަށް ހުންނަންވާނެ ކަމާ، އަދި މާނަގަލުން، ވިލިނގިލި ކޮޅާ ޖެހެންދެން އޮތް ފަޅުން، އެރަށު ރައްޔިތުންގެ ގަބޫލުގާ މެނުވީ އެއްވެސް އެހެން ރަށެއްގެ ބަޔަކަށް، މަސްހިފާ ނެހެދޭނެ ކަމުގާ، އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، ބޮޑުގަލު މާކޮށާރު ބަނޑޭރި މޫސާގެ ދަރި ހުސެއިން ލިޔެދެއްވި ފަތުގެ، 1351ހ ޒުލްހައްޖު 14(1932މ ނޮވެންބަރު 13)ގާ، ކޮށްފާވާ ނަކަލެއް.
F6-58) އާއި މިނަކަލު ލިޔެފާވަނީ އެއްދުވަހެއްގާ ކަމުގާ ބަލާ، މި ފަތް ލިޔުނު ތާރީހުކަމަށް މިނަކަލުގާ 1322ހ އެއޮތީ އޮޅުމެއްކަމަށް ބަލާފާ)
Size: 10" X 8"
G.A.Madhirivillin'gili - Kuda Miskiiy (Mosque) - Endowment for Shrine (Ziyaaraiy)
1319ހ ސަފަރު 8(1901މ މޭ 27)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރުގެ ރަސްކަމުގެ ހަސަން ދީދި އަލްއައްޑުވީ ގެދަރި އަލީ ދީދީ އާއި ނައިބު އީސަލް މުލަކީ ގެދަރި ޝެއިހު މުހައްމަދު އާއި ދެމީހުންގެ ޟަރީއަތު މަޖިލީހުގާ، ވަޑި(ދަންވަރު؟) ހުސެއިންފުޅުގެ ދޮންމޫސާ ކަލޭފާނު، ކާޅުގުއިރޭމަގުގެ ދެކުނުން އޮތް ޖަހާބަކަރި އައިމިނާފުޅުގެ ގޯތި ކިޔާ ގޯތީގެ މިލްކުވެރިޔާ، ތުޅާދޫގެ މޫސާ މަނިކުގެ އަތުން އޭނާ އެގޯތި ގަނެފި ކަމުގާ ބުނެ، އެ އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެކަން ބަށްލަވާ، އެ ވިޔަފާރި ސައްހަކަމުގަ ނިޔާކުރަށްވާ، އެގޯތި(މއ.އަންޑާޕޫލްގެ) އެއީ، ވަޑި ހުސެއިންފުޅުގެ ދޮންމޫސާ ކަލޭފާނުއަށް މިލްކުވެއޮތް ތަނެއް ކަމުގާ ބަޔާންކޮށް، އިމާއި މިން ހިމަނާ، އެ މަޖިލީހުން، މޫސަލް މުލަކީގެ ދަރި އައްނައިބު މޫސާ ދީދީ ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މި ކަރުދާހުގެ 2ވަނަ ގަނޑުގާ:
1968މ އޯގަސްޓް 19(1388ހ ޖުމާދިލްއައްވަލް 24)ގާ، މަހްކަމަތުލް ޝަރީޔާއިން؛ މޫސާ ކަލޭފާނު ނިޔާވެގެން، އޭނާގެ ތަރިކަ ބަހާ، ހިބައިން ލިބިމުންނާއި އަދި ގަތުމުން، އެ ގޯތީ، އޭނާގެ ދަރި، އައިސާފުޅު އާއި، އެ އައިސާފުޅުގެ އަލިފުޅު އަދި އައިމިނާފުޅުއަށް މިލްކުވެފާވާ ކަމުގާ؛ މަތީގާ ބުނެފާވާ ފަތުގެ ނުފުށުގާ، އަބްދުއްލޯ ފަހުމީ ދީދީ ސޮއިކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. އަދި ހަމަ އެގަނޑުގާ:
1367 ރަމްލޯނު 14(1948މ ޖުލައި 21)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އެ މަޖިލީހުގާ، ހޯޑެއްދޫ ހުސެއިން ދީދީގެ މުހައްމަދު ދީދީ އާއި އުމުރުގެ ޔޫސުފްފުޅު އާއި ދެމީހުން، އެ ގޯތި(މއ.އަންޑާޕޫލްގެ)ގެއިން، ދަންވަރު(ވަޑި؟) ދޮންމޫސާ ކަލޭފާނުގެ އައިސާފުޅުއަށްވީ ބައި، އެދެމީހުން ހެކިކޮށް، އޭނާގެ ދެދަރިން، އަލިފުޅު އަށާ އައިމިނާފުޅުއަށް، ހަމަހަމައަށް، ހިބައިންދީފި ކަމުގާ، އެދެ މީހުން ބުނުމުން؛ އެކަން ބަލާ، ސާބިތުކޮށް، މަތީގާވާ ފަތުގެ ނުފުށުގާ، އަބްދުއްލޯ ފަހުމީ ދީދީ ސޮއިކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.
މަތީގާވާ ދެ ލިޔުން ލިޔެފާވާ ތާރީހު، އިސްފަސް ވެފާވާ ކަމުގާ ބެލެވޭ.
Real estate document for Machchangoalhi Andaapoolge (Size: 8.8" X 6.65")
1323ހ(1905މ)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ދަރުބާރުގާ، ކެލާ ވަތުބަނޑޭރި އޭނާޔަށް ދަރުމައެއްކޮށްދެއްވުމަށް އެދުމުން، އޭނާ، ކެލާގާ ބިނާކޮށްފާވާ....(ތަނެއްނެތް) އެރަށު ކާސިންބެޔާ ގެވަޅާ އިންވެ އިރުން، ގަނޑު މަގާ އިންވެ އުތުރުން އޮތް، އެވަތުބަނޑޭރިގެ ގޯތިން ގޮއިފާލައްބަ ކަނޑުއްވާ، އޭނާޔަށް ދެއްވިކަމުގާ، ލިޔެފާވާ ފަތުގެ ނަކަލެއް.Document on the distribution of private property (Size: 4.9" X 7.9")
H.A.Kelaa - Private Property
1327ހ(1909މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 7ވަނަ އަހަރު، ހައްދުންމަތީ(ލ.) މާވަށު، މުހައްމަދު ގެދަރި އިސްމާއީލްއަށް މާވަށުގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.2" X 8.2")
L - Maavashu - Shrine endowment letter
1327ހ(1909މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 7ވަނަ އަހަރު، ނިލެންދިއަތޮޅު ދެކުނުބުރި ބަނޑިދޫ، މުހައްމަދުގެ ގެދަރި މޫސާއަށް ބަނޑިދޫގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.
Letter of appointment for an Imam (Size: 13.2" X 8.2")
Dh - Ban'didhoo - Shrine endowment letter
1327ހ(1909މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 7ވަނަ އަހަރު، ތިލަދުންމަތީ ދެކުނުބުރި(ހދ.) ފިނޭ، ދޮންއިބްރާހީމް ގެދަރި މޫސާއަށް ފިނޭގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for an island chief (Size: 13.2" X 8.2")
Hdh - Finey - Shrine endowment letter
(Size: 17.3" × 1.4D") 1327ހ(1909މ) ތާރީހު ޖަހާފާވާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު، ހއ. އުތީމު މިސްކިތަށް ދެއްވާފާވާ ބޯގަ ފަތެއް ލާފާވާ، ކުރެހުން އަޅާ ލާޖަހާ، ދެކޮޅުގާ ޖަހާ އުނގުރި އެލުމީނިޔަމް ކަހަލަ މައުދަނަކުން ހަދާ، އެ މައުދަނުން މެދުގާ ދެ ބަންދުއަޅާފާވާ ލަކުޑި ހޮޅިއެއް
H.A.Utheem - Mosque in Utheemu - A scroll tube