1332ހ(1914މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 12ވަނަ އަހަރު، މިލަދުންމަޑުލު ދެކުނުބުރި(ނ.) މަނަދޫ، މާމުދިން މޫސާ ގެދަރި މުހައްމަދުއަށް މަނަދޫ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.2" X 8.2")
N - Manadhoo - Shrine endowment letter
The Modern History; The 1910s
27 Description archivistique résultats pour The Modern History; The 1910s
1332ހ(1914މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 12ވަނަ އަހަރު، މިލަދުންމަޑުލު ދެކުނުބުރި(ނ.) ކެނދިކޮޅު، މުހައްމަދު ކަލޭގެ ގެދަރި އަހުމަދުއަށް ކެނދިކޮގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.
Letter of appointment for an island chief (Size: 13.2" X 8.2")
N - Ken'dhikulhudhoo - Shrine endowment letter
1333ހ(1915މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 13ވަނަ އަހަރު، ހުވަދޫއަތޮޅު އުތުރުބުރި(ގއ.) މާމެންދޫ، މޫސާ ގެދަރި މުހައްމަދުއަށް މާމެންދޫގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.2" X 8.2")
Ga - Maamendhoo - Shrine endowment letter
1332ހ(1914މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 12ވަނަ އަހަރު، އަރިއަތޮޅު އުތުރުބުރި(އއ.) ބޮޑުފޮޅުދޫ، މޫސާ ގެދަރި އަލީއަށް ބޮޑުފޮޅުދޫގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for an island chief (Size: 13.2" X 8.2")
Aa - Bodufolhudhoo - Shrine endowment letter
1331ހ ރަޖަބް(1913މ ޖޫނު(ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބު މަނިކުފާނުންގެ، ޝަރީޔަތު މަޖިލީހަށް، ތުޅާދޫގޭ (...ވީދިފަ) ގެދަރި އިސްމާއީލް މަނިކުގެ އިބްރާހީމް މަނިކު ހާޒިރުވެ ހުރެ، އެމީހުންގެ ކާފަގެ ގޯތިތައް ބަހައިގެން، އޭނާގެ ބޮޑުބޭބެ މޫސާ މަނިކު އަށް ވީ ދެގޯތިން، ކުޑަކޮށީގާ އޮތް ވަގުފް ގޯތީގެ ވަގުފް، އެ މޫސާ މަނިކުގެ ދެ ފިރިހެން ދަރިން، އޭނާޔާ ހަވާލުކުރި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ދެއްވުމަށްއެދުމުން؛ އެގޯތީގެ އިހު ފަތް ބެއްލެވިއިރު، އެގޯއްޗަކީ، ތުޅާދޫގޭ މުހައްމަދު މަނިކުގެ މަންމަ އާއި، މަންމަގެ އެއްބަނޑު އެއްބަފާ ފާތުމާފުޅު އާއި އަދި ދޭވާނިގޭ ދޮން...(ވީދިފަ)ފުޅާއި، މި ތިން ބެއިންގެ ވަގުފް ގޯއްޗެއް ކަމާއި، އަދި އެގޯތި ތުޅާދޫގެ މުހައްމަދު މަނިކުގެ ހަވާލުން، އޭނާގެ ދަރި މޫސާ މަނިކުއަށް، އަދި އޭގެ ފަހުން އެ މޫސާ މަނިކުގެ ދެދަރިންނަށް ހަވާލުވެފާވާ ކަމުގާ ސާބިތުވެ، އަދި، އެ ދެމީހުން، އެ އިބަރާހީމް މަނިކު އާއި ގޯތި ހަވާލުކުރިކަމުގެ ހެކިބަސް ގަބޫލުކުރަށްވާ؛ އެގޯތީގެ ވަގުފް އެއީ އެ އިބްރާހީމް މަނިކުގެ ހަވާލެއް ކަމުގާ އެ މަޖިލީހުން ނިޔާ ކުރުމުން، މޫސަލް މަހައްލީގެ ދަރި އަބްދުއްލޯ ލިޔެފާވާ ފަތެއް.
އަދި ނުފުށުގާ:
1346ހ ޖުމާދިލްއައްވަލް 24(1927މ ނޮވެންބަރު 19)ގާ، މި ގޯތީގެ ހުރިހާ ބެހެނިވެރިންގެ ގަބޫލުގާ، ތުޅާދޫގެ ހުސެއިން މަނިކުގެ ދަރި އިބްރާހީމް މަނިކާއި ހަވާލުކުރިކަމުގެ މައްޗަށް ލިޔެފާވާ ލިޔުމަކާ،
އަދި، މި ގޯތީގެ ބޮޑުމިން، ފަނޑިޔާރުގޭގެ ފަތްލިޔާ 4 ނަންބަރު ފަތްލިޔާ ދަފްތަރުގެ 14ވަނަ ސަފްހާގާ ވާނެކަމަށް، އެހެން އިރެއްގާ، ކޮށްލާފާވާ ނޯޓެއް.
(Size: 9.65" × 8.1")Al Naaibu Hussain Salahuddin
K.Male' - M.Meybiskadhuruge (Housing Plot in Male) - Deed for housing plot
1333ހ ރަބީލްއާހިރު 19(1915މ މޭ 4)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ބޮޑުކިބާ ބަނޑޭރި، ފާމުދޭރިގެ ހަސަން ކަލޭފާނު އާއި ވެޔޮދޮށު ގަނޑުވަރު ބަނޑޭރި ބޮޑު ހަސަން ކަލޭފާނު، ގަލޮޅު ގަނޑުވަރުގެ އިރުން މާވާ ގަނޑުވަރުގެ ހުޅަނގުން އޮތް ވިލިނގިލިވަރު މަލިން ގޯތި، ބަންޑާރައަށް ނަގާ، އޭގެ ބަދަލުގާ، ގަލޮޅު ބަބުރުންކޮށިން ދެއްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެކަން ބަށްލަވާ، 1303ހ(1886މ)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު، އެތާގެ އިމާއި މިން ހިމަނާ ލިޔެފާވާ ފަތަކުން، އެ ވިލިނގިލިވަރު މަލިން ގޯތީ އެއީ، މަލިން ތަކުރުފާނުގެ ބެހެނިވެރިންނަށް މިލްކުވެއޮތް ގޯއްޗެއް ކަމުގާ ސާބިތުވުމުން؛ ގަލޮޅު ބިހުރޯޒު މިސްކިތާއި އާގަނޑުވަރާ ދެމެދުން އިރަށް އޮތްމަގާ އިންވެ ދެކުނުން ދެބައިރަނީންގެ ގޮނޑުގެ އިރުން ގަލޮޅު ކޮލިހިނގާ މަގަށް ނުކުންނަން އޮތް ގޯޅިއާ އިންވެ އިރުން އޮތް އެގޯތި(ގ.މަލިންގޯތި/އަބދަށްހިޔާގެ) އެއީ، މުންނާރު ހާޖީގެ ފިރިހެން ދަރީގެ އުމަރު މަނިކު އާއި ހާޖީގެ ކަތްދާމަނިކެ އަދި މަރިޔަމް މަނިކެއާއި، އެތިން ބެއިންގެ މިލްކެއް ކަމާއި، އެތަނުގެ މިން ހިމަނާ، ވިލިނގިލިވަރު މަލިން ގޯތި ބަންޑާރަ ވީކަމުގާ ބަޔާންކޮށް، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.Real estate document for Galolhu Malingoathi (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
Sans titre1331ހ ޒުލްހައްޖު 7(1913މ ނޮވެންބަރު 6)ގާ، އައްނައިބު ހުސެއިން ސަލާހއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ބޮއިގަސްދޮށުގޭ ހާޖީ މޫސާ ކަލޭފާނު އާއި އެގޭ ދޮންތުއްތު، މާފަންނު މާވެޔޮ ހުޅަނގުން އޮތް މަގާ އިންވެ، މާވެވުއާދިމާލު ހުޅަނގުން އޮތް، އެމީހުންގެ ކާފަ، މިނާ ދޮންއަލީގެ މިލްކުގާވާ، މ.ފިޔަނޫމާގެ ބައްސަވާދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތި، އެ، މިނާ ދޮންއަލީއަށް މިލްކުވެފާވާކަން، އައްސުލްތާނު ހަސަން ނޫރައްދީނު ލިޔެދެއްވާފާވާ ފަތަކުން ސާބިތުވުމުން، ދޭވާނީން(އިހުގައި ސަރިއަތް ކުރާތަންތާނގައި ޕިޔޯނެއްގެ ވަޒީފާ އަދާކުރާ މިހުން)ގޮސް، އެތަނުގެ ބޮޑުމިން ބަލާ، މިނާ ދޮންއަލީގެ ދަރި، ބޮއިގަސްދޮށުގެ ހާޖީ ހުސެއިން ކަލޭފާނުގެ ބެހެނިވެރިންނަށް، ބަހާ، އެ ހުސެއިން ކަލޭފާނުގެ ދަރި އީސާ ކަލޭފާނުގެ ދަރި މޫސާ ކަލޭފާނުއަށް ވީތަން ނޫން އެހެން ހުރިހާ ތަނެއް، އެ އީސާ ކަލޭފާނުގެ ދަރި އަލީ ކަލޭފާނުގެ ދަރި މޫސާ ކަލޭފާނުއަށް، އެތަންތަނުގެ ވެރިން، ބަޔެއް މީހުން ވިއްކާ، އަނެއްބައި މީހުން ދީ، އެގޯތީގެ، އިރުމަތީ ބިތުން، 19ބަމަ 2ރިޔަން 14އަގޫ، އަދި ދެކުނު ބިތުން، 16ބަމަ 2ރިޔަން 12އަގޫ، ބޮޑުމިން، ބޮއިގަސްދޮށުގޭ ހާޖީ އަލީ ކަލޭފާނުގެ މޫސާ ކަލޭފާނުއަށް މިލްކުވެ، އެތަނުގެ އެންމެ އިރުމަތީކޮޅު ދެކުނު ބިތުން ބައެއް، އޭނާގެ އެއްބަނޑުއެއްބަފާ ދޮންތުއްތުއަށް އަދި ދެން އޮތް ބައި، އޭނާގެ އެއްބަނޑުއެއްބަފާ ބޭބެގެ ތުއްތު ދީދީއަށް، އެމީހުންގެ މައްޗަންގޯޅި ބޮއިގަސްދޮށުގެ ކިއާގެއިން އެދެމީހުންނަށް ވީތަނުގެ ބަދަލުގާ، ދީ، އެދެބެއިން، އެކަން ގަބޫލު ކޮށްފި ކަމުގާ، އެ ޝަރީއަތުގެ މަޖިލީހުގާ އިގުރާރުވުމުން؛ އެ ގޯތީގެ އުތުރާއި ދެކުނު ބިތުގާ އޮތް ބައި އެއީ، ބޮއިގަސްދޮށުގޭ ހާޖީ އީސާ ކަލޭފާނުގެ މޫސާ ކަލޭފާނަށް މިލްކުވެއޮތްކަމާ، ދެންއޮތް ބައިން އިރުމަތީ ބައި އެއީ ބޮއިގަސްދޮށުގޭ ހާޖީ އަލީ ކަލޭފާނުގެ ދޮންތުއްތުގެ ތަނެއް ކަމާ، ދެންއޮތްބައި އެއީ ހާޖީ އަލީ ކަލޭފާނުގެ ކާފަދަރި ތުއްތު ދީދީގެ ތަނެއް ކަމުގާ ބަޔާންކޮށް، އެބައިބައިގެ އިމާއި މިން ހިމަނާ، ނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް. (F7-23އާ ގުޅޭ)
އަދި މިކަރުދާހުގެ 3ވަނަ ގަނޑުގާ:
1350ހ ޝައުބާން 11(1931މ ޑިސެންބަރު 31)ގާ، މަތީގާ އެބުނާ ގޯތިން، ތުއްތު ދީދީގެ ބައި، ދޮންތުއްތު ގަނެ، އޭނާއަށް އެގޯތިން މިލްކުވެފާވާހާ ތަނަކާ، އެތާގާ ހުރި ގެއާ، ބަދިގެއާ، އެތަނުގާ ވާހާ ތަކެއްޗަކާ، ފެންވަޅާ، -/1500 ރުފިއާއަށް، ތަކަންދޫ ހުސެއިންގެ ދަރި އަލީއަށް ވިއްކައިފި ކަމުގާ، ޝަރީއަތު މަޖިލީހުގާ، ދޮންތުއްތު އިގުރާރުވުމުން، އެ މަޖިލީހުން، އެފަތުގެ ނުފުށުގާ ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.
މީގެ އިތުރުން، 3ވަނަ ގަނޑުގެ ތިރީގާ:
1351ހ ޖުމާދިލްއައްވަލް 4(1932މ ޖުލައި 8)ގާ، މަހްކަމަތުލް ޝަރީޔާއިން، މަތީގާ އެބުނާ ގޯތީގެ މިލްކުވެރިޔާ، ތަކަންދޫ އަލީ، ނިއާވެ، އެތަން، އޭނާގެ ދަރި ދޮންކަމަނައަށް މިލްކުވެފާވާ ކަމުގާ، ލިއެ، ވުޒާރަތުލް ހައްގާނިއްޔާއިން ސޮއިކޮށްފާވާ ލިޔުމެއްގެ ނަކަލެއް.
Real estate document for Maafannu Fiyanoomaage (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin