The Modern History; The 1920s

Zone des éléments

Référentiel

Code

Note(s) sur la portée et contenu

    Note(s) sur la source

      Note(s) d'affichage

        Termes hiérarchiques

        The Modern History; The 1920s

          Termes équivalents

          The Modern History; The 1920s

            Termes associés

            The Modern History; The 1920s

              73 Description archivistique résultats pour The Modern History; The 1920s

              73 résultats directement liés Exclure les termes spécifiques
              NAM DOC-MN-F5-17 · Pièce · 1926
              Fait partie de Documents

              މި ކަރުދާހުގާ 2 ބަޔެއް ވެއެ.
              • 1344ހ ޒުލްގައިދު 17(1926މ މޭ 29)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީސްއަށް، ތުރުކީ ހަސަން މުދިންކަލޭފާނުގެ ދަރި ދޮންކަމަނަގެ ފިރި، މިލަދޫ ހުސެއިން ހާޒިރުވެ ހުރެ، ހެންވޭރު ވައްބެރު މިސްކިތް އިރުން އޮތް މަގާ އިންވެ އިރުން ރަންހަދާ ގޯތި އާއި އިންވެ އުތުރުން އޮތް، އޭނާގެ ބަފާކަލޭގެގެ ގޯތީގެ ފަތް، ބަފާކަލޭގެ މަރުވުމަށްފަހު ނުފެނިފާ ވާތީވެ، އެ ގޯއްޗާއި، އެގޯތީގެ އިރުން އޮތް އަރޮޅިގޯތި ކިޔާ ގޯތިން ބިސް ކުޑަމަނިކުގެ އަތުން، އެހަސަން މުދިންކަލޭފާނުގެ ދަރި ދޮން ތުއްތު؟؟(ކަމަނަ؟؟)ގަނެފާވާ ތަނާއި، އެދެތަނުގެ މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތީގެ މިލްކުވެރިކަން ސާބިތުކުރައްވާ، އެތާގެ މިން ހަމަކޮށް، އެއީ، ހަސަން މުދިންކަލޭފާނުގެ ދަރި ދޮން ތުއްތު؟؟(ކަމަނަ؟؟)ގެ މިލްކެއްކަމާ، އެތަނުގެ އިމާއި މިން ހިމަނާ، އަހުމަދު މަހައްލީ ގެދަރި ނައިބު މުހައްމަދު ލިޔެފާވާ ފަތުގެ ނަކަލެއް.
              • 1352ހ ޝައުބާން 21(1933މ ޑިސެންބަރު 9)ގާ، މަތީގާ ބުނެވިފާވާ ގޯއްޗާއި، އެގޯތީގާ މިލަދޫ ހަސަން އަޅާފާވާ ގެޔާ އެކު، ތުރުކީ މުދިންކަލޭފަނުގެ ދަރި ދޮންކަމަނައާ އޭނާގެ ފިރި މިލަދޫ ހުސެއިން އާއި ދެމީހުން، -/200ރުފިޔާ އަށް، ތުރުކީ މުދިންކަލޭފަނުގެ ދަރި ހަސަން ފުޅުއަށް ވިއްކާ، އެގޯއްޗާއި އެތާގަހުރި ގެ އޭނާޔަށް މިލްކުވެއްޖެ ކަމުގާ މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.

              A copy of the Onwership Confirmation report originally written on 29 May 1926 of the land Henveiru Kafuloagoathi (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin
              K.Male' - H.Kafuloa Goathi (H.Kashimaa Goathi) (Housing Plot) - Private Property

              Sans titre
              NAM DOC-MN-F10-24 · Pièce · 1925
              Fait partie de Documents

              1952މ ފެބްރުވަރީ 6(1371މ ޖުމާދިލްއައްވަލް 10)ގާ، މަތިގެއިން، ''އަލީރަސްގެފާނު ގަޑުވަރު މަނިއްޕުޅު ފޮނުއްވަވަންވީ'' މަތީގާ ޖަހާ، 16 ނާޅި ތެއްޔަކާ އެޔަށް ވާވަރަށް މަސް، އުސްހަކުރު، ލޮނުލުނބޯ، މިތަކޭތީގެ އަދަދާއެކު ޖަހާ، ދެންއަންނަ ހޮނިހިރު ވިލޭރޭ ހަތްފުޅިޔަށް(ހަތެއް)ޖަހާއިރަށް، އެތަކެތި އެތެރެބަޑަހަލަށް، ފޮނުއްވައިދެއްވުމަށް އެދި، ލިޔެފާވާ ކަރުދާހެއް.
              List of ingredients and cooking utensils required by the palace (Size: 6.2" X 4.1")

              Sans titre
              NAM DOC-MN-F10-11 · Pièce · 1924
              Fait partie de Documents

              1343 ސަފަރު 19(1924މ ސެޕްޓެންބަރު 19)ގާ، 'ރަންފުޅު ދޮންމަނިކުއަށް ބަހެ' މަތީގާ ލިޔެ، އެތެރެބަޑަހަލަށް ފޮނުވާން، 'މާރަންދޫ ގަޑުވަރުން ރައްކައުވެގެން(ވިހައިގެން) ފުރަތަމަ ތިންރޭތިންދުވާލަށް ކެއިން ހެދުމަށް ބޭނުންވާ ތަކެއްޗާއި އަދަދު ޖަހާފާވާ ކަރުދާހެއް.
              List of ingredients to make three days worth of meals (Size: 10.3" X 4.8")
              K - Male' - Royal Palace - list

              Sans titre
              NAM DOC-MN-F7-4 · Pièce · 1926
              Fait partie de Documents

              1344ހ ޒުލްގައިދު 24(1926މ ޖޫނު 5)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ކަނޑޫދޫ އިބްރާހީމް ކަލޭފާނުއަށް މިލްކުވެފާވަނިކޮށް، އޭނާ އެތަން ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާގެ ދަރިކޮޅަށް މަތިކޮށްފާވާ ކަމުގާ، 1272ހ(1856މ)ގާ، ނައިބު މުހައްމަދު ފަތްލިޔެދީފާވާ، މާފަންނު ކުޑަކޮށީގާ އޮތް ގޯތި، ކަނޑޫދޫ އަލްހާއްޖަ ހަސަން ކަލޭފާނުގެ ދަރިން، އަލްހާއްޖަ އަހުމަދު ކަލޭފާނު، މެދުތުއްތު އަދި ދޮށީތުއްތު، މި ތިންބެއިންނަށް ހަމަޔަށް ބަހާ، އެންމެ އުތުރުގާ އޮތް ބައި އޭނާއަށް، ޖެހިގެން ދެކުނަށް އޮތް ބައި، މެދުތުއްތުއަށް އަދި ދެންއޮތް ބައި ދޮށީތުއްތުއަށް ވެއްޖެ ކަމުގާ، އަހުމަދު ކަލޭފާނު ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިއެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، ކަނޑޫދޫ ހަސަން ކަލޭފާނުގެ މެދުތުއްތުއަށް ވީ ބައިގެ، އިމާއި މިން ހިމަނާ، އެމަޖިލީހުން، ނައިބު ތުއްތު ލިއެދީފާވާ ފަތުގެ ނަކަލެއް.
              Real estate document for Maafannu Janbugasdhoshuge (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin

              Sans titre
              NAM DOC-MN-F6-52 · Pièce · 1928
              Fait partie de Documents

              1347ހ ޖުމާދިލްއާހިރު 26(1928މ ޑިސެންބަރު 9)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު، މުލަކުއަތޮޅު މުލަކުގާ ހުރި ހުކުރު މިސްކިތް ނޫން، ދެންހުރި، އުމަރު ނައިބުތަކުރުފާނު މިސްކިތް މިސްކިތް ކިޔާ 3 މިސްކިތް ބާވެގެން، އެތަންތަން އާކޮށްހެދުމަށްޓަކާ، ކަމުވޮށިގެންވާ މީހުންނާ މަޝްވަރާކުރަށްވާ، އެމިސްކިތްތަކުގެ ހަވާލުވެރިން ނަކީ ކޮބައިތޯ އާއި، އެތަންތަނަށް ހުރި ބޯގަ އަކީ ކޮބައިތޯ ބެއްލެވިއިރު، ހަވާލުވެރިން އިނގެންނެތް ކަމާ، އެތަންތަނުގެ ބޯގަކަމުގާ އިނގެންހުރީ، މުލަކު އޮޅުތެރެ، ކަތީބުކޮށި، މުދިމުގޯތި، އެއްގަމުގޯތި، ދިޔަރެހުގޯތި، މާފަންނުގޯތި، އަލައިތެރެ، ބަންޑާރައިގަހެތެރެ، ކަޅުބިބީ، ބަދުރު، ކިނބިގަސް، ގާތަންމަތި އަދި ވެލައިވަޅެ، މި ނަންނަން ކިޔާ ހިންނަ ކަމުގާ އިނގި އެތަންތަން އެ 3 މިސްކިތަށް ލަށްވާ، އެތަންތަނުގެ ހަވާލުވެރިކަން، އެރަށު ރައްޔިތުންނަށް ލަށްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް.Size: 10" X 8"
              M.Mulah - 3 Mosques of Umaru Naibu Thakurufaanuge - Endowment for Shrine

              Sans titre
              NAM DOC-MN-F6-16 · Pièce · 1921
              Fait partie de Documents

              1339ހ ރަޖަބް 14(1921މ މާޗް 24)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު މަނިކުފާނުގެ މަޖިލީހުގާ، މާމިގިލީ އިބްރާހީމްގެ ދަރި، އަށްނައިބު އާދަމު، އޭނާގެ އެންމެހާ މިލްކިއްޔާތެއް، އޭނާގެ ކިބައިން މިލްކުކަނޑާ، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާއަށާ، އޭނާ ނެތުމުން، އޭނާގެ ދަރިން، އަބްދުލް ރަހުމާނު، ދާވޫދު އަދި އޭނާގެ ހަދީޖާގެ މޫސާ، މިތިންމީހުންގެ ދަރިކޮޅަށް، ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ދެއްވުމަށް އެދުމުން؛ އެ ވަގުފް ސައްހަކަމުގާ ނިއާކުރެއްވުމުން، މޫސަލް މަހައްލީގެ ދަރި އަބްދުއްލޯ ލިޔެދީފާވާ ފަތުގެ ނަކަލެއް.(Size: 8.8" X 5.5") Chief Justices - Al Ghaazee Hussain Salahuddin
              A.Maamigili - Deed for housing plot

              Sans titre
              NAM DOC-MN-F10-29 · Pièce · 1928
              Fait partie de Documents

              1347ހ ރަބީލްއާހިރު 23(1928މ އޮކްޓޯބަރު 7)ގާ، އެތެރެބަޑަހަލުން ފޭލިދޫކުރި ވަރާއި، އަދި ހުދުރާތުއް(ގުދުރާތުން؟؟) އުއިލިބާސް ގެނައިވަރު ޖަހާފާވާ ކަރުދާހެއް.
              List of clothes (Size: 7.8" X 6.3")

              Sans titre
              NAM DOC-MN-F10-55 · Pièce · 1929
              Fait partie de Documents

              1346ހ(1928މ)ގާ، (ހަނޑޫ ކަނޑިން)ފިތުރު ޒަކާތް ދޭން ބަނޑޭރިގެއިން ދެއްވި ލިސްޓުގާ މީހުން ތިބި އަދަދާއި(334)، 1348ހ(1929މ)ގާ، ފިތުރު ޒަކާތް ގެންދިޔަ މީހުންގެ އަދަދު(275) އަދި އެއަހަރު ޒަކާތް ދީ ބާކީވީ ވަރު(ނާޅި-ލާހިން) ޖަހާފާވާ ލިޔުމެއް.Note on the number of people who received Zakat Fitr, the amount distributed, and the balance remaining (Size: 8.0" X 6.4")
              K - Male' - Writing

              Sans titre
              NAM DOC-MN-S1-36 · Pièce · 1926
              Fait partie de Documents

              1344ހ ޒުލްގައިދު 26(1926މ ޖޫނު 7)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 25ވަނަ އަހަރު، މިލަދުންމަޑުލު އުތުރުބުރި(ށ.) ފޭދޫ، މުހައްމަދު ގެދަރި އަހުމަދުއަށް ފޭދޫގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ޔޫސުފް ގެދަރި އަލީ ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.3" X 8.25")
              Sh - Feydhoo - Shrine endowment letter

              Sans titre
              NAM DOC-MN-S2-1 · Pièce · 1922
              Fait partie de Documents

              1340ހ ޖުމާދިލްއާހިރު 22(1922މ ފެބްރުވަރީ 19)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 20ވަނަ އަހަރު، ތިލަދުންމަތީ (ހއ.)މާރަންދޫ، އިބްރާހީމް ގެދަރި ހުސެއިންއަށް، މާރަންދޫގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ޔޫސުފް ގެދަރި އަލީ ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.2" X 8.2")
              Ha - Maarandhoo - Shrine endowment letter

              Sans titre