ދިވެހިރާއްޖޭގެ މީހުންގެ ހިސާބު ބަލާ ކަރުދާސް (1921)'{1339ހ}،މަތީގާ ލިޔެ، 23 ފަތި(ކޮލަމް)، 17 ސަފު(ރޯ)ގެ، ބޯހިމެނުމަށް ބޭނުންކުރަން ފަރުމާކޮށްފާވާ، (ހުސް) ފޯމެއް.
މީގެ 25 ފޯމު އެބައޮތް.
Census form (Size: 30" X 13.15)
The Modern History; The 1920s
73 Archival description results for The Modern History; The 1920s
1343 ސަފަރު 19(1924މ ސެޕްޓެންބަރު 19)ގާ، 'ރަންފުޅު ދޮންމަނިކުއަށް ބަހެ' މަތީގާ ލިޔެ، އެތެރެބަޑަހަލަށް ފޮނުވާން، 'މާރަންދޫ ގަޑުވަރުން ރައްކައުވެގެން(ވިހައިގެން) ފުރަތަމަ ތިންރޭތިންދުވާލަށް ކެއިން ހެދުމަށް ބޭނުންވާ ތަކެއްޗާއި އަދަދު ޖަހާފާވާ ކަރުދާހެއް.
List of ingredients to make three days worth of meals (Size: 10.3" X 4.8")
K - Male' - Royal Palace - list
1343ހ ޝައްވާލް 16(1925މ މޭ 9) އަދި 1344ހ ރަޖަބް 17(1926މ ފެބްރުވަރީ 1) އަދިވެސް އެހެން ތާރީހުގާ(މިބައި ވީދިފާ)ގާ، ރާއްޖޭން ބޭރަށް ދިޔަ ނާފަހަރާއި އޮޑީގެ އަދަދާއި، ދިޔަ ތަންތަނާއި، އެއިން ގެނައި ތަކެއްޗާއި، އެތަކެތިން ކުރި ވިޔަފާރިއާއި އެހެނިހެން ކަންކަން ބަޔާންކޮށްފާވާ ކަރުދާހެއް.
List of ships that have traveled abroad, their destinations, and the products they brought back (Size: 7.8" X 6.4")
1952މ ފެބްރުވަރީ 6(1371މ ޖުމާދިލްއައްވަލް 10)ގާ، މަތިގެއިން، ''އަލީރަސްގެފާނު ގަޑުވަރު މަނިއްޕުޅު ފޮނުއްވަވަންވީ'' މަތީގާ ޖަހާ، 16 ނާޅި ތެއްޔަކާ އެޔަށް ވާވަރަށް މަސް، އުސްހަކުރު، ލޮނުލުނބޯ، މިތަކޭތީގެ އަދަދާއެކު ޖަހާ، ދެންއަންނަ ހޮނިހިރު ވިލޭރޭ ހަތްފުޅިޔަށް(ހަތެއް)ޖަހާއިރަށް، އެތަކެތި އެތެރެބަޑަހަލަށް، ފޮނުއްވައިދެއްވުމަށް އެދި، ލިޔެފާވާ ކަރުދާހެއް.
List of ingredients and cooking utensils required by the palace (Size: 6.2" X 4.1")
1347ހ ރަބީލްއާހިރު 23(1928މ އޮކްޓޯބަރު 7)ގާ، އެތެރެބަޑަހަލުން ފޭލިދޫކުރި ވަރާއި، އަދި ހުދުރާތުއް(ގުދުރާތުން؟؟) އުއިލިބާސް ގެނައިވަރު ޖަހާފާވާ ކަރުދާހެއް.
List of clothes (Size: 7.8" X 6.3")
1346ހ ޝައްވާލް 6(1928މ މާޗް 28)ގާ، 'އެތެރެބަޑަހަލުން ފިތުރު ދޭނެ ތަންތަނާއި ދޭނޭ އަދަދު'، މިހެން ސުރުހީކޮށް، ގަނޑު ދިގަށް ދެބައިކޮށް ކޮންމެބަޔެއްގާ 4ފަތި(ކޮލަމް)އަށް، ތަންތަނުގެ ނަމާއި، ނިސްބަތްވާ ދިމާލުގާ، ހަނޑުލުގެ އަދަދު ނާޅި-ލާހިން ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.
List of places where Zakat Fitr is collected (Size: 13.2" X 8.25")
National Archives of Maldives1344ހ ޝައުބާން 18(1926މ މާޗް 3) ތާރީހުކޮށް، 'ރަންފުޅު ދޮންމަނިކުއަށް ބަހެއް' ޝުރުހީކޮށް، 'އެތެރެބަޑަހަލަށްރޯދަމަހުގެ' އަރިމަތީ ޝުރުހީއަކަށް ޖަހާ، އެކިއެކި ކެއިމުގެ ބާވަތްތައް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި، ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށްފާވާ ލިޔުމެއް.List of ingredients (Size: 12.9" X 8.2")
K - Male' - Royal Palace - list
1346ހ(1928މ)ގާ، (ހަނޑޫ ކަނޑިން)ފިތުރު ޒަކާތް ދޭން ބަނޑޭރިގެއިން ދެއްވި ލިސްޓުގާ މީހުން ތިބި އަދަދާއި(334)، 1348ހ(1929މ)ގާ، ފިތުރު ޒަކާތް ގެންދިޔަ މީހުންގެ އަދަދު(275) އަދި އެއަހަރު ޒަކާތް ދީ ބާކީވީ ވަރު(ނާޅި-ލާހިން) ޖަހާފާވާ ލިޔުމެއް.Note on the number of people who received Zakat Fitr, the amount distributed, and the balance remaining (Size: 8.0" X 6.4")
K - Male' - Writing
1343ހ ޝައުބާން 26(1925މ މާޗް 21)ގާ، ކުއްލާބު ތަށި އެޅުމަށް ގަރާރުކުރެއްވި މަގު' މަތީގާ ލިޔެ، ކެއިންގެންދާނެ ތަންތަނާއި، މީސްމީހުން(މަގާމް)ނާއި އަދި ގެންދާނެ އަދަދު ބަޔާންކޮށް ލިސްޓްކޮށްފާވާ ކަރުދާހެއް.List of places to bring food for workers working on a project (Size: 13.0" X 8.3")
K - Male' - Royal Palace - list
1348ހ ޖުމާދިލްއައްވަލް 4(1929މ އޮކްޓޯބަރު 7)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 28ވަނަ އަހަރު، މާލެއޮތޮޅު(ކ.) މާފުށި، މުހައްމަދު ގެދަރި އަލީއަށް މާފުށީގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަން ގެދަރި ފަތްލިޔާ މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.
Letter of appointment for an Imam (Size: 13.3" X 8.25")
K - Maafushi - Shrine endowment letter