1347ހ ސަފަރު 27(1928މ އޯގަސްޓް 14)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 26ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ހދ. ނައިވާދޫ ރައްޔިތުން، އެރަށުގެ މާމިސްކިތް ބަލަހެއްޓޭނެ ގޮތެއް ހަށްދަވާދެއްވުމަށް އެދުމުން؛ އެރަށުގެ ފާލަށްބައިން ސަރުކާރަށް އޮންނަ އެއްޗެއްގެ 2/1، އެ މިސްކިތުގެ ބޯގަޔަށް ލަށްވާ، އެ އެއްޗެތިން އެމިސްކިތުގެ އެންމެހާ ކަންކަން ކުރުމަށާ، އަދި އެބޯގައިގެ ތައުލީއްޔަމޫލަ ވެރިކަމުގެ ނާޒިރުކަން(ހަވާލުވެރިކަން) އެ ރަށުގެ އެންމެހާ ރައްޔިތުންނަށް ލަށްވާ، އަދި އެއިރަކު ދިވެހި ރަސްކަމުގެ ތަހުތުގާ އިންނެވި ކޮންމެ ރަދުނަކުވެސް އެކަމަށް އިހުތިރާމް ކުރައްވަންވާނެ ކަމުގާ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަ(ބޮޑު، މައި)މާލޭ ޔޫސުފް ގެދަރި އަލީ ލިޔެފާވާ ފަތެއް
(Size: 15" × 9.95")
H.Dh.Naivaadhoo - Maa Miskiiy (Mosque)Endowment for Shrine (ziyaaraiy)
The Modern History; The 1920s
73 Archival description results for The Modern History; The 1920s
(Size: 12.9" × 8") -- 1339ހ(1921މ)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީޔަތު މަޖިލީހުގާ، މުހައްމަދު ރޯނުބަނޑޭރި ތަކުރުފާނުގެ ދަރިކޮޅުމީހުން ތެރެއިން، ރޯނުގޭ އަލީދީދިގެ ދަރި ސަންޕާ ދީދީގެ ފިރި ފޫޅުމާގޭ އަލީ ދީދީއާ، އެދެމީހުންގެ ދަރި އަހުމަދު ދީދީ އާއި، ދެމީހުން، އެމީހުންގެ ވަގުފް ގޯތި ރޯނުކޮށީގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އެތަނުގެ އިހުގެ ފަތް ބެއްލެވިއިރު އޮތީ، 1208ހ(1794މ)ގާ، އަލްގާޒީ މޫސާ ނަޖުމުއްދީނު އަލްނަދުވީ، އެގޯތީގެ އިން ހިމަނާ، ލިޔެދީފާވާ ފަތެއްކަމުން، އެގޯތީގެ މިންއެޅި ކަމާއި، މުހައްމަދު ރޯނުބަނޑޭރި ތަކުރުފާނުގެ ދަރިކޮޅު މީހުން އޭނާގެ ތަރިކަ ބަހާ، އެގޯތި 4 ބަޔަކަށް ބެހެވިފާވާ ކަމާއި، ބެހިފާވާނީ، ދެކުނު މަތީ ބައި، ބިލާލުގޭ އަލިމަނިކުގެ މައިފުށު މާމަގެ ދަރިކޮޅަށް، އެތަނާ އިންވެ ހުޅަނގަށްއޮތް ބައި، ވެޔޮގޭ މަނިއްޕުޅުގެ މަންމަ، ވެލާނަގޭ ދީދީގެ ދަރިކޮޅަށް، އުތުރު މަތީ ބައި، ރޯނުގޭ އަލީ ދީދީ އާއި މޫސާ ދީދީގެ މަންމަ، ރޯނުގޭ ބޮޑު ދީދީގެ ދަރިކޮޅަށް އަދި އެތަނާ އިންވެއޮތް ހުޅަނގު ބައި، މާލޭގެ ރަންފުޅުގެ މަންމަގެ ދަރިކޮޅަށް، ކަމުގަޔާ، އެ ތަނުގެ ވަގުފުން، ކޮންމެ ރަބީލްއައްވަލު މަހުގެ 12ދުވަހު، ސޮލަވާތް ކިޔަން ވާނެކަމާ، މިއެންމެހާ ކަންތައްތައް ލިޔެ، އެ ޝަރީއަތު މަޖިލީހުން ލިޔެފާވާ ފަތެއް.
އަދި، މިފަތުގެ ނުފުށުގާ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލު 8)ގާ، 'މިގޯތި އެލައިން ނަގާ، އަލުން ފަތް ލިޔެ(ނަންބަރު 127) ލިޔެފާވާ ކަމުގާ ލިޔެފާވާ ލިޔުންކޮޅެއް ވެއެ.
K.Male' - H.Roanukoshi (A plot of land in Male) - Deed(Housing Plot)
(Size: 5.6" × 6.75") -- 1344ހ ޒުލްގައިދު 28(1926މ ޖޫނު 9)ގާ، މާކަނާ މަނިކުގެ ދޮންތުއްތު ދީދީ ނިޔާވުމުން، ކިނބިގަސްދޮށުކޮށިން އޭނާއަށް ވީތަނުން، ވަލުގަނޑުވަރު ތުއްތުދީދީއަށް ވާރުތަވީ ބައިގެ 2/1، ކުއްޅަވަށް އަލީ ދީދީ އާއި ތަކަންދޫ މުހައްމަދު ކަލޭފާނު ހެކިކޮށް، އެދުރު ހުސެއިން ދީދީގެ މުހައްމަދު ދީދީއަށް، ރިޔަނަކަށް -/3ރުފިޔާގެ މަގުން، -/16ރުފިޔާއަށް، އޭނާ ވިއްކިކަމުގާ ލިޔެފާވާ(ދިންވަކިފަރާތެއް ނެތް) ލިޔުމެއް.
K.Male' - Kin'bigasdhashu Koshi (A plot of land in Male)