1345ހ މުހައްރަމް 27(1926މ އޯގަސްޓް 6)ގާ، މަހްކަމަތުލް ޝަރީޔާގެ، ހުސެއިން ސަލާހުއްދިނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، ކަނޑޫދޫ ހަސަން ކަލޭފާނުގެ ދަރި އަހުމަދު ކަލޭފާނުއާއި، މާފަންނު ސަރުދާރު އިބްރާހީމް ކަލޭފަނުއާއި، ތުލުސްދޫ އުމަރުގެ ދަރި މުހައްމަދުގެ ދަރި ޔޫސުފް ފުޅުއާއި، 3 މީހުން ހާޒިރުވެތިބެ، ހެންވޭރު ކަޅުހުރާގެ އިރުންއޮތް މަގާ އިންވެ، އިރުން އޮންނަ މެދުރީމުސްކުޅި މަނިކަގެ ވަގުފް ގޯތީގެ އުތުރުން އިންވެ އޮތް، އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދަރި އަތިރީގޭ އަބްދުއްލޯ ދީދީ ބައްލަވައިގަނެ މިލްކުވެފާވާ، ލޮނު ގޮއްޔެގޯތި ކިޔާ ގޯތި، އެގޯތީގާ ހުރި ރުއްގާހާ، ފެންވަޅާ އަދި ގެޔާ އެކު، -/300ރުފިޔާ އަށް، ޔޫސުފްފުޅުއަށް ވިއްކާ، އަގުހިފާ ހަލާސްވެފާވާ ކަމުގާ ބުނެ، ޔޫސުފްފުޅުގެ މައްޗަށް އެގޯތީގެ ފަތް ލިޔެދެއްވުމަށް، އޭނާގެ ފަރާތުން އެދުމުން؛ 1339ހ(1921މ)ގާ، ހަމަ އެ މަޖިލީހުން، އިމާއި މިން ހިމަނާ ލިޔެދެއްވާފާވާ އެގޯތީގެ އިހު ފަތުން، އެތަނަކީ އަބްދުއްލޯ ދީދީގެ މިލްކެއް ކަމުގާ ސާބިވެ، ކޮށްފާވާ އެވިޔަފާރި ސައްހަކަމުގާ ނިޔާކުރަށްވާ؛ އެގޯއްޗާއި، އެތަނުގާ ވާހާ ތަކެތި، ޔޫސުފް ފުޅުއަށް މިލްކުވީ ކަމުގާ، އެ މަޖިލީހުން، އައްނައިބު އަބްދުއްލޯ ލިޔެދީފާވާ ފަތުގެ ނަކަލެއް. އަދި
1345ހ ރަމްލޯނު 15(1927މ މާޗް 19)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ފާދިއްޕޮޅު، ވާރުވެރި އަލީބޭ އާދަމް ކަލޭފާނުއާއި، ތޮއްޑޫ އިބްރާހީމް މަނިކުއާއި، 2 މީހުން، ތުލުސްދޫ މުހައްމަދުގެ ދަރި ޔޫސުފްފުޅުގެ މިލްކުގާވާ، މަތީގާ ބުނެވިފާވާ ފަތުގާ އެވާ ގޯއްޗާ، އެތާގެ ހުރި ގެޔާ، އޭނާގެ ދަރިފުޅަށް، އެދަރި ނެތުމުން އެދަރީގެ ދަރިންނަށް، އަދި އެދަރިކޮޅު ނެތްނަމަ، ޔޫސުފްފުޅުގެ މަންމަގެ ދަރިކޮޅަށް ވަގުފްކޮށްފި ކަމުގާ، ބުނުމުން، އެކަމުގެ މައްޗަށް؛ މަތީގާ ބުނެވިފާވާ ފަތުގެ ނުފުށުގާ، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.
A copy of the report originally written on 6 August 1926 about the ownership of the land Henveiru Hikifinifenmaage and all the assets in it. (Size: 10.01" X 7.5") Chief Justices - Al Ghaazee Hussain Salahuddin
K.Male' - H.Hikifinifenmaagege (Housing Plot) - Private Property
The Modern History; The 1920s
1 Archival description results for The Modern History; The 1920s
1 results directly related
Exclude narrower terms
NAM DOC-MN-F5-27
·
Item
·
1926
Part of Documents