The Modern History; The 1920s

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        The Modern History; The 1920s

          Equivalent terms

          The Modern History; The 1920s

            Associated terms

            The Modern History; The 1920s

              73 Archival description results for The Modern History; The 1920s

              NAM DOC-MN-F5-8 · Item · 1925
              Part of Documents

              1343ހ ޒުލްގައިދު 22(1925މ ޖޫނު 14)ގާ، ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، ކުޑަނެވި ހަސަން ކަލޭފާނުގެ ހުރިހާ ދަރިން، މާފަންނު ބޮޑުހިރުނދުގަސްދޮށުގާ އޮތް، އެއްލިފައިދޮންބީފާނުގޯއްޗޭ ކިޔާ ގޯތިން އެމީހުންގެ ބައްޕަޔަށް ވީހާ ތަނެއް، އެމީހުންގެ އެއްބަފާ އަހުމަދު މަނިކުއަށް ހިބައިން ދީފި ކަމަށް ބުނެ، އެތަނުގެ އިމާއި މިން ބަޔާންކޮށް އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1285ހ(1868މ)ގާ، އެތަނުގެ އިމާއި މިން ހިމަނާ، އަލްގާޒީ އިބްރާހީމް މުހީބުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތުން، އެގޯއްޗަކީ، ކުޑަނެވި މާފަތްކަލޭފާނުގެ ދަރި އިބްރާހީމް ކަލޭފާނަށް މިލްކުވެއޮތް ގޯއްޗެއް ކަމުގާ ސާބިތުވެ، އަދި އޭގެ ފަހުން އެގޯތީގެ 2/1 ބަންޑާރަވެ، އަނެއްބައި، އިބްރާހީމް ކަލޭފާނުގެ ދަރި މޫސާ ކަލޭފާނަށް މިލްކުވެ، އެނާގެ ދަރި އިސްމާއީލް ކަލޭފާނަށާއި، ކުޑަނެވި ކަމަނަޔަށާ މިލްކުވެފާވާކަން ސާބިތުކުރައްވާ، އެބައިގެ 3/2، އިސްމާއީލް ކަލޭފާނަށް އަދި އަނެއްބައި ކަމަނަޔަށް މިލްކުވެފާވާ ކަމަށާއި، އިސްމާއީލް ކަލޭފަނުގެ ބައި، އޭނާގެ ދަރި އަހުމަދު މަނިކުއަށް މިލްކުވެއްޖެ ކަމަށާއި، އެތަން، ބޮޑުހިރުނދުގަސްދޮށުން އަތިރިޔަށްދާ މަގާ ދެކުނުން އިންވެ، އަދި އެމަގުން ކުޑަކޮށްޓަށް ދާންއޮތް ގޯޅީޔާ އިރުން އިންވެ އޮތްކަމުގާ އެތަނުގެ އިމާއި، މިން ބަޔާންކޮށް، އައްނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް.

              އަދި 1354ހ ޝައްވާލް 24(1936މ ޖަނަވަރީ 19)ގާ، މަތީގާ ނިސްބަތް އެވާ ގޯއްޗާ، އެތާހުރި ގެޔާ، އެތަނުގާ ވާހާ ތަކެއްޗާ، ކުޑަނެވި އަހުމަދު މަނިކު، ތަކަންދޫ ހުސެއިން ކަލޭފާނަށް ވިއްކާފާ އޮއްވާ، އެގޭގާ ހުރި ވިޔަފާރި މުދަލާއެކު، ހުސެއިން ކަލޭފާނުގެ ނީލަމުން، ދަންވަރުގޭ ނަހުދާ ކުޑަދޮންމަނިކު، -/810 ރުފިޔާއަށް ގަނެ، އެ ގޯއްޗާއި ގޯތީގާވާހާ ތަކެއެއްޗެއް، އެ ކުޑަދޮންމަނިކުއަށް މިލްކުވެއްޖެކަމުގާ، މަތީގާ ނަކަލުކޮށްފާވާ ކަމުގަ ބުނެވިފާއެވާ ފަތުގެ ނުފުށުގާ، ޝަރީޔަތުގެ މަޖިލީހުން ލިޔެފާވާ ލިއުމުގެ ނަކަލެއް.
              A copy of the report originally written on 14 June 1925 regarding the ownership of the land Maafannu Jeymuge Goathi (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin
              K.Male' - M.Jeymuge Goathi (Housing Plot) - Private Property

              National Archives of Maldives
              NAM DOC-MN-F5-10A · Item · 1928
              Part of Documents

              1347ހ ރަބީލްއާހިރު 11(1928މ ނޮވެންބަރު 24)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، ކުނބުރުދޫ ކޮއިގެ އަބްދުލް ރަހްމާނު އާއި ބޮއްދަ އަލީ ކަލޭފާނުގެ އަހުމަދު ފުޅުއާއި ހާޒިރުވެ ތިބެ، މއ.ރަންހަދޭގިރިގެއާއި އިންވެ އިރުން އޮތް، އެމީހުންގެ ވަގުފްގޯތިން، އެ އަހުމަދުފުޅަށް ވީ ތަން، އަބްދުލް ރަހްމާނު އަތުން -/80ރުފިޔާ ނަގާ، އޭނާޔާ ހަވާލުކޮށް، އޭގެ ފަހުން، އެއަހުމަދުފުޅު އެތާނގެ އެއްވެސް ކަމަކާ ނޫޅޭނެކަމުގާ އިގުރާރުވެ، އެމަގަށް ލިޔުމެއް ދެއްވުމަށް އެދުމުން، އެކަންތައް ސައްހަ ކަމުގާ ނިޔާކޮށް، އެ މަޖިލީހުން ދެއްވި ލިޔުމުގެ ނަކަލެއް.  
              (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin
              K.Male' - M.Kun'burudhooge (Housing Plot) - Private Property

              National Archives of Maldives
              NAM DOC-MN-F5-17 · Item · 1926
              Part of Documents

              މި ކަރުދާހުގާ 2 ބަޔެއް ވެއެ.
              • 1344ހ ޒުލްގައިދު 17(1926މ މޭ 29)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީސްއަށް، ތުރުކީ ހަސަން މުދިންކަލޭފާނުގެ ދަރި ދޮންކަމަނަގެ ފިރި، މިލަދޫ ހުސެއިން ހާޒިރުވެ ހުރެ، ހެންވޭރު ވައްބެރު މިސްކިތް އިރުން އޮތް މަގާ އިންވެ އިރުން ރަންހަދާ ގޯތި އާއި އިންވެ އުތުރުން އޮތް، އޭނާގެ ބަފާކަލޭގެގެ ގޯތީގެ ފަތް، ބަފާކަލޭގެ މަރުވުމަށްފަހު ނުފެނިފާ ވާތީވެ، އެ ގޯއްޗާއި، އެގޯތީގެ އިރުން އޮތް އަރޮޅިގޯތި ކިޔާ ގޯތިން ބިސް ކުޑަމަނިކުގެ އަތުން، އެހަސަން މުދިންކަލޭފާނުގެ ދަރި ދޮން ތުއްތު؟؟(ކަމަނަ؟؟)ގަނެފާވާ ތަނާއި، އެދެތަނުގެ މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތީގެ މިލްކުވެރިކަން ސާބިތުކުރައްވާ، އެތާގެ މިން ހަމަކޮށް، އެއީ، ހަސަން މުދިންކަލޭފާނުގެ ދަރި ދޮން ތުއްތު؟؟(ކަމަނަ؟؟)ގެ މިލްކެއްކަމާ، އެތަނުގެ އިމާއި މިން ހިމަނާ، އަހުމަދު މަހައްލީ ގެދަރި ނައިބު މުހައްމަދު ލިޔެފާވާ ފަތުގެ ނަކަލެއް.
              • 1352ހ ޝައުބާން 21(1933މ ޑިސެންބަރު 9)ގާ، މަތީގާ ބުނެވިފާވާ ގޯއްޗާއި، އެގޯތީގާ މިލަދޫ ހަސަން އަޅާފާވާ ގެޔާ އެކު، ތުރުކީ މުދިންކަލޭފަނުގެ ދަރި ދޮންކަމަނައާ އޭނާގެ ފިރި މިލަދޫ ހުސެއިން އާއި ދެމީހުން، -/200ރުފިޔާ އަށް، ތުރުކީ މުދިންކަލޭފަނުގެ ދަރި ހަސަން ފުޅުއަށް ވިއްކާ، އެގޯއްޗާއި އެތާގަހުރި ގެ އޭނާޔަށް މިލްކުވެއްޖެ ކަމުގާ މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.

              A copy of the Onwership Confirmation report originally written on 29 May 1926 of the land Henveiru Kafuloagoathi (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin
              K.Male' - H.Kafuloa Goathi (H.Kashimaa Goathi) (Housing Plot) - Private Property

              National Archives of Maldives
              NAM DOC-MN-F5-27 · Item · 1926
              Part of Documents

              1345ހ މުހައްރަމް 27(1926މ އޯގަސްޓް 6)ގާ، މަހްކަމަތުލް ޝަރީޔާގެ، ހުސެއިން ސަލާހުއްދިނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، ކަނޑޫދޫ ހަސަން ކަލޭފާނުގެ ދަރި އަހުމަދު ކަލޭފާނުއާއި، މާފަންނު ސަރުދާރު އިބްރާހީމް ކަލޭފަނުއާއި، ތުލުސްދޫ އުމަރުގެ ދަރި މުހައްމަދުގެ ދަރި ޔޫސުފް ފުޅުއާއި، 3 މީހުން ހާޒިރުވެތިބެ، ހެންވޭރު ކަޅުހުރާގެ އިރުންއޮތް މަގާ އިންވެ، އިރުން އޮންނަ މެދުރީމުސްކުޅި މަނިކަގެ ވަގުފް ގޯތީގެ އުތުރުން އިންވެ އޮތް، އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދަރި އަތިރީގޭ އަބްދުއްލޯ ދީދީ ބައްލަވައިގަނެ މިލްކުވެފާވާ، ލޮނު ގޮއްޔެގޯތި ކިޔާ ގޯތި، އެގޯތީގާ ހުރި ރުއްގާހާ، ފެންވަޅާ އަދި ގެޔާ އެކު، -/300ރުފިޔާ އަށް، ޔޫސުފްފުޅުއަށް ވިއްކާ، އަގުހިފާ ހަލާސްވެފާވާ ކަމުގާ ބުނެ، ޔޫސުފްފުޅުގެ މައްޗަށް އެގޯތީގެ ފަތް ލިޔެދެއްވުމަށް، އޭނާގެ ފަރާތުން އެދުމުން؛ 1339ހ(1921މ)ގާ، ހަމަ އެ މަޖިލީހުން، އިމާއި މިން ހިމަނާ ލިޔެދެއްވާފާވާ އެގޯތީގެ އިހު ފަތުން، އެތަނަކީ އަބްދުއްލޯ ދީދީގެ މިލްކެއް ކަމުގާ ސާބިވެ، ކޮށްފާވާ އެވިޔަފާރި ސައްހަކަމުގާ ނިޔާކުރަށްވާ؛ އެގޯއްޗާއި، އެތަނުގާ ވާހާ ތަކެތި، ޔޫސުފް ފުޅުއަށް މިލްކުވީ ކަމުގާ، އެ މަޖިލީހުން، އައްނައިބު އަބްދުއްލޯ ލިޔެދީފާވާ ފަތުގެ ނަކަލެއް. އަދި
              1345ހ ރަމްލޯނު 15(1927މ މާޗް 19)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ފާދިއްޕޮޅު، ވާރުވެރި އަލީބޭ އާދަމް ކަލޭފާނުއާއި، ތޮއްޑޫ އިބްރާހީމް މަނިކުއާއި، 2 މީހުން، ތުލުސްދޫ މުހައްމަދުގެ ދަރި ޔޫސުފްފުޅުގެ މިލްކުގާވާ، މަތީގާ ބުނެވިފާވާ ފަތުގާ އެވާ ގޯއްޗާ، އެތާގެ ހުރި ގެޔާ، އޭނާގެ ދަރިފުޅަށް، އެދަރި ނެތުމުން އެދަރީގެ ދަރިންނަށް، އަދި އެދަރިކޮޅު ނެތްނަމަ، ޔޫސުފްފުޅުގެ މަންމަގެ ދަރިކޮޅަށް ވަގުފްކޮށްފި ކަމުގާ، ބުނުމުން، އެކަމުގެ މައްޗަށް؛ މަތީގާ ބުނެވިފާވާ ފަތުގެ ނުފުށުގާ، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.
              A copy of the report originally written on 6 August 1926 about the ownership of the land Henveiru Hikifinifenmaage and all the assets in it. (Size: 10.01" X 7.5") Chief Justices - Al Ghaazee Hussain Salahuddin
              K.Male' - H.Hikifinifenmaagege (Housing Plot) - Private Property

              National Archives of Maldives
              NAM DOC-MN-F5-28 · Item · 1928
              Part of Documents

              1347ހ ރަބީލްއައްވަލް 25(1928މ ސެޕްޓެންބަރު 10)ގާ، މަހްކަމަތުލް ޝަރީޔާގެ އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބުގެ ޝަރީޔާ މަޖިލީހުން؛ މީދޫ އިބްރާހީމްގެ ދަރި އިސްމާއީލް ތައްހާނު، ހެންވޭރު އަރޮޅިގޯއްޗާ އިންވެ ދެކުނުން އޮތް، މިލަދޫ ޔޫސުފްގެ ދަރި އަބްދުއްރަހްމާނުގެ ދަރީންގެ އަތުން، އޭނާ ގަތް ގޯތި، ފަސްބިތަށް އޮއްވާ، އަވަށުވެރިން އެގޯތި ހަތަރު ބިތަށް ހެދުމުން، މިން ތަފާތުވެފާވާތީ، އަލުން، އެތާގެ އިމާއި މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެ ގޯތީގެ 1334ހ(1916މ)ގާ، ހަމަ އެ މަޖިލީހުން، އެގޯތީގެ އިމާއި މިން ހިމަނާ، ލިޔެދެއްވާފާވާ ފަތަކުން، އެތަނަކީ، މިލަދޫ ޔޫސުފްގެ ދަރި އަބްދުއްރަހްމާނުގެ މިލްކެއްކަން ސާބިތުވެ، އަދި 1340ހ(1922މ)ގާ، ހަމަ އެފަތުގާ، ހަމަ އެ މަޖިލީހުން ލިޔެފާވާ ލިޔުމަކުން، އެގޯއްޗާ، އެތާގާ ހުރި ގެއާ ދެ ފެންވަޅާއި، އަބްދުއްރަހްމާނުގެ ދަރިން، އިސްމާއީލް ތައްހާނަށް ވިއްކާ، އަގުހިފާ ހަލާސްވެފާވާކަން ސާބިތުވުމުން؛ އެގޯތީގެ މިން އަޅާ، ހަމަކޮށް، ހެންވޭރު އަރޮޅިގޯއްޗާއި އުތުރުން އިންވެ، ހުޅަނގުން ތުރުކީގޯއްޗާ އިންވެގެން އޮތް ގޯއްޗަކީ މީދޫ އިބްރާހީމްގެ ދަރި އިސްމާއީލް ތައްހާނުއަށް މިލްކެއްކަމުގާ ބަޔާންކޮށް، އެތާގެ، އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 10 September 1928 regarding the ownership of the land Henveiru Chanpaapoolge (Size: 10.01" X 7.5") Chief Justices - Al Ghaazee Hussain Salahuddin K.Male' - H.Champaapooluge (Housing Plot) - Private Property

              National Archives of Maldives
              NAM DOC-MN-F6-16 · Item · 1921
              Part of Documents

              1339ހ ރަޖަބް 14(1921މ މާޗް 24)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު މަނިކުފާނުގެ މަޖިލީހުގާ، މާމިގިލީ އިބްރާހީމްގެ ދަރި، އަށްނައިބު އާދަމު، އޭނާގެ އެންމެހާ މިލްކިއްޔާތެއް، އޭނާގެ ކިބައިން މިލްކުކަނޑާ، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާއަށާ، އޭނާ ނެތުމުން، އޭނާގެ ދަރިން، އަބްދުލް ރަހުމާނު، ދާވޫދު އަދި އޭނާގެ ހަދީޖާގެ މޫސާ، މިތިންމީހުންގެ ދަރިކޮޅަށް، ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ދެއްވުމަށް އެދުމުން؛ އެ ވަގުފް ސައްހަކަމުގާ ނިއާކުރެއްވުމުން، މޫސަލް މަހައްލީގެ ދަރި އަބްދުއްލޯ ލިޔެދީފާވާ ފަތުގެ ނަކަލެއް.(Size: 8.8" X 5.5") Chief Justices - Al Ghaazee Hussain Salahuddin
              A.Maamigili - Deed for housing plot

              National Archives of Maldives
              NAM DOC-MN-F6-19 · Item · 1923
              Part of Documents

              1342ހ މުހައްރަމް 29(1923މ ސެޕްޓެންބަރު 11)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު ގެ ދަރުބާރުގާ، ފާދިއްޕޮޅު ނައިފަރު މީހުން، އެރަށުގެ ދެކުނުކޮޅުގާ ހުރި އާމިސްކިތް ބާވެ ހަލާކުވެފާވާ ކަމުގާ ބުނެ، އެމިސްކިތް އާކުރުމުގެ ހުއްދަޔަށް އެދުމުން؛ އެކަމަށް އިޒްނަދެއްވާ، އަދި އެރަށުގާ އިހު ހުރި ދެ މިސްކިތުގެ ބޯގައިން، އެ މިސްކިތުގެ 'ކުނަލަވެރިކަމުގެ ނާޒިރުކަން' އެރަށު ރައްޔިތުންނަށް ލަށްވާފި ކަމުގާ އަމުރުނެރެއްވުމުން، އެރަދުންގެ ސިއްކަޖަހާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު، ލިއެފާވާ ފަތުގެ ނަކަލެއް.Document approving the renovation of the old mosque at the request of the people of Naifaru and the allocation of assets (Size: 8.8" X 5.5")
              Lh.Naifaru - Aa Miskiiy (Mosque) - Endowment for Shrine (ziyaaraiy)

              National Archives of Maldives
              NAM DOC-MN-F6-20 · Item · 1920
              Part of Documents

              1339ހ މުހައްރަމް 17(1920މ ސެޕްޓެންބަރު 30)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުގާ، ފާދިއްޕޮޅު ނައިފަރު މީހުން، އެރަށުގެ ހުކުރު މިސްކިތް އަދި ކުޑަ މިސްކިތް، އެރަދުންގެ އަމުރުފުޅަށް، ހަދާ، އާކޮށްފިކަމުގަ ބުނެ، އެދެތަން ބެލެހެއްޓޭނެ ފަދައެއް ހަމަޖަށްސަވާދެއްވުމަށް އެދުމުން؛ އެދެތަނުގެ އިހުފަތް ބަށްލަވާ، 1266ހ(1850މ)ގާ، އޭރުގެ ރަދުންގެ، އަލްގާޒީ މުހިއްބުއްދީނުގެ ޝަރީއަތު މަޖިލީހުން، އެރަށުގެ ގޮއެފާލަށްބައަށް، އެދެމިސްކިތުގެ ހަވާލުވެރިން އަރާރުންވާތީވެ، އެތަން ބަންޑާރަޔަށް ލަށްވާފާވާކަން ސާބިތުވެ، އަދި، 1197ހ(1783މ)ގާ، މުހައްމަދު މުހިއްބުއްދީނުގެ ލިޔެފާވާ ފަތުން، އަލްވަޒީރު ހަސަން ދަހަރާދަ، އެކުޑަމިސްކިތް މައްޗަށް، ނ.ރާފުށި ވަގުފްކޮށްފާވާ ކަމުގާ ސާބިތުވެ، ހުކުރު މިސްކިތު ބޯގައަށް، ނައިފަރު ގޮއިފާލަށްބަ ލަށްވާ، އަދި ކުޑަ މިސްކިތަށް ވަގުފްވެ އޮތް ނ.ރާފުށި، އެގޮތަށް ބޭއްވުމަށާ، އެދެތަނުގެ ހަވާލުވެރިން އެނގި ނެތުމުން، ވަގުތީގޮތުން، ނައިފަރު ރައްޔިތުންގެ މައްޗަށް އެކަން ލަށްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބޮޑުގަލު މޫސާ ދީދީގެ އަބްދުއްލޯ ދީދީ(އަބްދުއްލާ ކަމާލުއްދީނު)، ލިޔެދީފާވާ ފަތުގެ ނަކަލެއް. Size: 8.8" X 5.5"
              Lh.Naifaru - Hukuru Miskiiy (Mosque), Kuda Miskiiy (Mosque) - Endowment for Shrine (ziyaaraiy), Endowment for Mosque

              National Archives of Maldives
              NAM DOC-MN-F6-27A · Item · 1922
              Part of Documents

              1341ހ ސަފަރު 17(1922މ އޮކްޓޯބަރު 9)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ މަޖިލީހުގާ، ނޮޅިވަރަމު މުދިން ބޮޑުމުހައްމަދު ކަލޭގެ ދަރި އިބްރާހީމް، އޭނާގެ މިލްކުގާ ވާހާ، ވަގުފްސައްހަވާ މުދަލެއް، ކޮންމެ ރަބީލްއައްވަލް 12 ދުވަހު، މެންދުރު، ކުކުޅުލީ ކެއުމެއް ކަށްކާ، ފަނިގިރާ، އެތަކެތިން، ރަސޫލާއަށް ސޮލަވާތެއް ކިޔެވުމަށް ޝަރުތުކޮށް، ވަގުފްކޮށްފި ކަމާ، އެތަނުގެ ހަވާލުވެރިކަން، އޭނާ ނެތުމުން، އޭނާގެ ދަރި މަރިޔަމް އަދި، އެދަރި ނެތުމުން، އެދަރީގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެކަން ބަށްލަވާ، އެވަގުފް ސައްހަކަމުގާ ނިޔާކުރެއްވުމުން، އެތެރެކޮއިލުމިސްކިތު މަލިން މޫސާ ލިޔެދީފާވާ ފަތުގެ ނަކަލެއް.(Size: 11" X 8.5") Chief Justices - Al Naaibu Hussain Salahuddin
              H.Dh.Nolhivaram - Endowment for property

              National Archives of Maldives
              NAM DOC-MN-F6-29 · Item · 1923
              Part of Documents

              1342ހ ސަފަރު 11(1923މ ސެޕްޓެންބަރު 22)ގާ، މަހްކަމަތުލް ޝަރީޔާއިން، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުގާ، ނޮޅިވަރަމު ބޮޑުމޫސާގެ ދަރި އާދަމް އައިސް، އޭނަޔާ އޭނާގެ އަނބި ހިޔަލަޔާ ދެމީހުންގެ މުދަލުން، އޭނާއަށް ވީ ބަޔާ، ދެންވެސް އޭނާގެ މިލްކުގާ ވީހާ މުދަލެއް، ވަގުފްކޮށް، އެކަމުގެ ހަވާލުވެރިކަން، އޭނާއަށާ، އޭނާނެތުމުން އޭނާގެ ދަރިން ދަލޭކާ، އައިމިނަ އާއި އަދި އޭނާގެ ދަރި އިބްރާހީމްއަށް ލިބިހުރި ދަރިއަށާ އަދި އޭނާގެ އަނބި ހިޔަލައަށް މަތިކޮށްފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން، އެމަޖިލީހުން ލިޔެފާވާ ފަތުގެ ނަކަލެއް. (Size: 11" X 8.5") Chief Justices - Al Naaibu Hussain Salahuddin
              H.Dh.Nolhivaram - Endowment for property

              National Archives of Maldives