1351ހ ޝައުބާން 5(1932މ ޑިސެންބަރު 3)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ދޮންތުއްތު، އޭނާގެ ބައްޕަގެ ތަރިކަމުދާ ބަހައިގެން އޭނާއަށް މިލްކުވެފާވާ، މައްޗަންގޯޅި ހޮޅުދޫ ހާޖީގެ ގޯއްޗާއިންވެ އިރުން އޮތް ގޯތި، އޭނާގެ ރުހުމުގާ ބައިތުލްމާލަށް ނަގާ، އޭގެ ބަދަލުގާ، ބައިތުލްމާލުން އޭނާއަށް ދިން ގޯތީގެ، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1347ހ(1929މ)ގާ، ހަމަ އެ ޝަރީއަތުގެ މަޖިލީހުން ލިޔެފާވާފަތަކުން އެގޯތީ އެއީ އެ ދޮންތުއްތުގެ މިލްކެއްކަމުގާ ސާބިތުވެ، އަދި ބަދަލުގާ ބައިތުލްމާލުން ދިން ގޯތީގެ މިން ހަމަކޮށް؛ އެތަނުގެ ދެކުނުބިތް ހޮޅުދޫ ހާޖީގެ ގޯތީގެ ދެކުނުން އޮތް މަގާ އިންވެ، އިރުބިތް، އައްސައްޔިދު މުހައްމަދު ސައީދުއްލޯ ޒުހުރީ ހެންވޭރު ހަތީބު މަނިކުފާނުގެ ގޯއްޗާ އިންވެ އޮތް ގޯތި(މ؟.ހިރިކުއްޅަގެ ގޯތި)، އެއީ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ދޮންތުއްތުގެ މިލްކުވެއޮތް ގޯއްޗެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Maafannu Hirirkulhlhage, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
The Modern History; The 1930s
46 Archival description results for The Modern History; The 1930s
1354ހ ޒުލްހައްޖު 3(1936މ ފެބްރުވަރީ 26)ގާ، މަހްކަމަތުލް ޝަރީޔާއިގެ، އަލްގާޒީ ހުސެއިން އަފީފުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، މިރުސް އީސާފުޅު މަރުވިއިރު އިނދެގެން ހުރި، ކުޅުދުއްފުށީ މާވަޑި ހުސެއިންގެ ފާތުމާފުޅު، އޭނާއާއި އީސާފުޅުއަށް ލިބުނު ދަރި މަރިޔަމްފުޅު އަދި އީސާފުޅުގެ ތުއްތުކަނބުލޮ، އެތިންމީހުން ހާޒިރުވެ ތިބެ، އީސާފުޅުގެ ތަރިކަ މުދަލުގެ ތެރެއިން، މައްޗަންގޯޅި ނިކަގަސްމާގާ އިންވެ އިރުންއޮތް ގޯތީގެ އެންމެ ދެކުނުން އޭނާއަށް ލިބުނު ތަން، އޭނަގެ ދަރި މަރިޔަމްފުޅަށް ހިބައިން ދީފިން ކަމުގާ، ފާތުމާފުޅު ބުނެ، އަދި އެތަނުން، ތުއްތުކަނބުލޮއަށް ވެފާވާތަން، -/60ރުފިއާއަށް، މަރިޔަމް ފުޅަށް ވިއްކައިފި ކަމުގާ ތުއްތުކަނބުލޮ ބުނެ، އެދެތެނާ، އަދި އެ މަރިޔަމްފުޅަށް ލިބުނު ތަނާ، ތިންބައި އެކު، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެ މަރިޔަމްފުޅު އެދުމުން؛ 1346ހ(1928މ)ގާ، އައްނއިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ، އެގޯތީގެ އިމާއި މިން ހިމަނާއޮތް ފަތަކުން، އެތަން އެއީ މިރުސް އަހުމަދުފުޅުގެ އީސާފުޅުގެ މިލްކެއް ކަމުގާ ސާބިތުވުމުން، އެ މުއާމަލާތުތައް ސައްހަކަމުގާ ނިޔާކުރަށްވާ، މައްޗަންގޯޅި ނިކަގަސްމަގާ އެތަނުގެ ހުޅަނގު ބިތް އިންވެ، އުތުރުބިތް، އެގޯތިން މިރުސް އީސާފުޅުގެ ދޮންތުއްތުގެ ބަޔާ އިންވެ އޮތް ގޯތި(މއ.ފިޔަޖަހާގެ ގޯތި)އެއީ، މިރުސް އީސާފުޅުގެ މަރިޔަމްފުޅުގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އަލްގާޒީ ސައީދު ލިއެފާވާ ފަތުގެ ނަކަލެއް.Real estate document for Machchangoalhi Fiyajahaagoathi, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Afeefuddin
National Archives of Maldivesދިވެހިރާއްޖޭގެ މީހުންގެ ހިސާބު ބަލާ ކަރުދާސް = (1931)'{1349ހ}،މަތީގާ ލިޔެ، 17 ފަތި(ކޮލަމް)، 12 ސަފު(ރޯ)ގެ، ބޯހިމެނުމަށް ބޭނުންކުރަން ފަރުމާކޮށްފާވާ، (ހުސް) ފޯމެއް.
Census form (Size: 29.1" X 11.25")
1352ހ ސަފަރު 9(1933މ ޖޫނު 3)ގާ، ސުރުހީއަކަށް 'ބޮއިދޮންތުއްތު އަށް ބަހެ'، އަދި ' އަހަރު ދުވަހަށް މެދުރީމީހުން ހޮވާ ފޯއްކިބައިގެ ހިސާބު' މިހެން ޖަހާ، ތަފްސީލީ ހިސާބު ޖަހާފާވާ ކަރުދާހެއް.
List of products (Size: 6.85" X 6.2")
K - Male' - Royal Palace - Account
1349ހ ސަފަރު 10(1930މ ޖުލައި 7)ގާ ސުރުހީއަކަށް 'ބޮއިދޮންތުއްތު އަށް ބަހެ' އަދި ' އަހަރު ދުވަހަށް މެދުރީމީހުން ހޮވަންދޭ ފުވަށްކިބައިގެ ހިސާބު' މިހެން ޖަހާ، އެ އެއްޗެތި ބަހާފާވާގޮތުގެ ހިސާބު ޖަހާފާވާ ކަރުދާހެއް.
Food ration list (Size: 8.15" X 5.85")
K - Male'? - Royal Palace
1349ހ ސަފަރު 19(1930މ ޖުލައި 16)ގާ، 'ބޮއި ދޮންތުއްތުއަށް ބަހެ' އަދި 'އެތެރެ ބަޑަހަލަށް ދޭނޭ ކުކުޅުބިހުގެ ހިސާބު' މިހެން ޖަހާ، އެކިކަންކަމަށް ބިސް ދޭނެ އަދަދު ޖަހާފާވާ ކަރުދާހެއް.
List of expenses for purchasing eggs (Size: 5.4" X 5.7")
1350ހ ރަބީލްއައްވަލް 3(1931މ ޖުލައި 19)ގާ، '(ކުޑަ މުހައްމަދު ކަލޭގެފާނައް ބަހެ.' '(ބާރަ މައުލޫދުއަށް އެތެރެބަޑަހަލަށް ދޭނޭ ތަކެތި' ދެފޮޅުވަތަށް މަތީގާ ޖަހާ، އެކިއެކި ކެއިމުގެ ނަން މަތީޖަހާ، ކާއެއްޗެތީގެ ނަމާއި އަދަދު ޖަހާ، ލިސްޓުކޮށްފާވާ ކަރުދާހެއް.
Food ration list (Size: 13.2" X 8.3")
1349ހ ޝައުބާން 13(1931މ ޖަނަވަރީ 2) ތާރީހުކޮށް، 'ބޮއިދޮންތުއްތުއަށްބަހެ' ޝުރުހީކޮށް، 'އެތެރެބަޑަހަލަށް' އަރިމަތީ ޝުރުހީއަކަށް ޖަހާ، އެކިއެކި ކެއުމުގެ ބާވަތްތައް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި، ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.List of ingredients (Size: 13.2" X 8.3")
K - Male' - Royal Palace - list
1349ހ ޝައުބާން 9(1930މ ޑިސެންބަރު 29)ގާ، ބޮޑުބަނޑޭރިގެއިން، އަރިއަތޮޅު ދިއްދޫގެ ހަތީބު، މުދިމުން އަދި ރައްޔިތުންނަށް؛ ޝަމްސުއްދީނު ރަދުން 3(ރަދުންގެ ނަމެއްނެތް.. ތާރީހަށް ބަލާފާ)ގެ ރަސްކަމުގެ 30ވަނަ އަހަރުގެ ރަޖަބް މަހުން ފަށައިގެން، އެރަށުގެ ބިންބަޔަށް ވީހާ ރުއްގަހާ، ރަށު މަހުގެ 2/1ގެ ވަރުވާ، ހަންޏާމީދޫގެ ރައްޔިތުންނަށް އަހަރުންއަހަރަށް ހަމަޔަށް ދެއްކުމަށް؛ އަންގާ، ލިޔެފާވާ ފަތެއް.Size: 6.5" X 4.2"
A.Dh.Dhi'dhoo - Housing Plot - Tax
1349ހ ޝައުބާން 9(1930މ ޑިސެންބަރު 29)ގާ، ބޮޑުބަނޑޭރިގެއިން، ކޮޅުމަޑުލު(ތ.) މާލިފުށިއަށް އަރާ މީހުންނަށް؛ ޝަމްސުއްދީނު ރަދުން3 (ރަދުންގެ ނަމެއްނެތް.. ތާރީހަށް ބަލާފާ)ގެ ރަސްކަމުގެ 30ވަނަ އަހަރުގެ ރަޖަބް މަހުން ފަށައިގެން، އެރަށުގެ ވަރުވާ، ހަންޏާމީދޫގެ ރައްޔިތުންނަށް އަހަރުންއަހަރަށް ހަމަޔަށް ދެއްކުމަށް އަންގާ، ލިޔެފާވާ ފަތެއް.Size: 5.1" X 4.2"
Th - Maalifushi - Island - Order