The Modern History; The 1930s

Área de elementos

Taxonomía

Código

Nota(s) sobre el alcance

    Nota(s) sobre el origen

      Mostrar nota(s)

        Términos jerárquicos

        The Modern History; The 1930s

          Términos equivalentes

          The Modern History; The 1930s

            Términos asociados

            The Modern History; The 1930s

              46 Descripción archivística resultados para The Modern History; The 1930s

              46 resultados directamente relacionados Excluir términos relacionados
              NAM DOC-MN-F10-57 · Unidad documental simple · 1936
              Parte de Documents

              1355ހ ޝައުބާން 18(1936މ ނޮވެންބަރު 3)ގާ، 'ކުޑި މުހައްމަދުއަށް ބަހެއް' މަތީގާ ޖަހާ، އެތެރެބަޑަހަލަށް ރޯދަމަހުގެ އަސީދާއަށް ބޭނުންވާ ތަކެއްޗާއި، އެތަކެތީގެ އަދަދު ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.List of ingredients (Size: 20.0" X 5.45")
              K - Male' - Royal Palace - list

              Sin título
              NAM DOC-MN-F10-7 · Unidad documental simple · 1930
              Parte de Documents

              1349ހ ސަފަރު 10(1930މ ޖުލައި 7)ގާ ސުރުހީއަކަށް 'ބޮއިދޮންތުއްތު އަށް ބަހެ' އަދި ' އަހަރު ދުވަހަށް މެދުރީމީހުން ހޮވަންދޭ ފުވަށްކިބައިގެ ހިސާބު' މިހެން ޖަހާ، އެ އެއްޗެތި ބަހާފާވާގޮތުގެ ހިސާބު ޖަހާފާވާ ކަރުދާހެއް.
              Food ration list (Size: 8.15" X 5.85")
              K - Male'? - Royal Palace

              Sin título
              NAM DOC-MN-F7-3 · Unidad documental simple · 1930
              Parte de Documents

              1349ހ ރަބީލްއާހިރު 27(1930މ ސެޕްޓެންބަރު 21)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، 1333ހ(1915މ)ގާ، ހަމަ އެޝަރީއަތު މަޖިލީހުން، ބާޑީގޭ އައިމިނަތު ދީދީއަށް މިލްކުވެ، އޭނާ ނިއާވުމުން، އޭނާގެ ދަރި ސާރާ ދީދީ އަށް މިލްކުވެފާވާ ކަމުގާ ފަތްލިޔެފާވާ، އަދި އޭގެފަހުން، ސާރާގެ އިޒްނަޔާ އެކު، އޭނާގެ ބައްޕަ، މަލިންގޭ މުހައްމަދު ދީދީގެ ދަރި އަލީ ދީދީ، ކަންޒުދޮށުގޭ މަނިއްޕުޅުގެ ދަރި އަބްދުލް މަޖީދު ދީދީއަށް ވިއްކާފާވާ ކަމުގާ އެ މަޖިލީހަށް ސާބިތުވެފާވާ، މައްޗަންގޯޅި ވައިދެރިމަގުގެ ހުޅަނގުން އޮތް، ކަންކޮށިގޯތި، އަބްދުލް މަޖީދު، ތަކަންދޫ ހުސައިނުގެ އަލީއަށް، -/472 ރުފިޔާއަށް ވިއްކާ، އަގުދީ ހަލާސްކޮށްފި ކަމުގާ، އަލީ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އަބްދުލް މަޖީދު ދީދީ އިގްރާރުވުމުން، އެ ވިޔަފާރި ސައްހަކަމުގާ ނިޔާކުރަށްވާ؛ މއ.ދަބުގަސްދޮށުގެ އެއީ، ތަކަންދޫ ހުސައިނުގެ އަލީގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އައްސައްޔިދު އަބްދުލް ގައްޔޫމް، ލިޔެފާވާ ފަތުގެ ނަކަލެއް.
              އަދި މިކަރުދާހުގެ 2ވަނަ ގަނޑުގެ ތިރީގާ:
              1352 ޖުމާދިލްއައްވަލް 4(1933މ އޯގަސްޓް 26)ގާ، ވުޒާރަތުލް ހައްގާނިއްޔާއިން، ތަކަންދޫ ހުސައިނުގެ އަލީ ނިއާވުމުން، މއ.ދަބުގަސްދޮށުގެ، އޭނާގެ ދޮން ހައްވާފުޅުއަށް މިލްކުވެއްޖެ ކަމުގާ، އެގޭގެ ފަތުގެ ނުފުށުގާ ވާ ލިޔުމެއްގެ ނަކަލެއް.
              Real estate document for Machchangoalhi Dhabugasdhoshuge (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin

              Sin título
              NAM DOC-MN-F7-6 · Unidad documental simple · 1930
              Parte de Documents

              1349ހ މުހައްރަމް 12(1930މ ޖޫނު 10)ގާ، މަހްކަމަތުލް ޝަރީޔާގެ އަލްގާޒީ ހުސެއިން ސަލާހއްދީން އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ވެލިދޫގޭ އިބްރާހީމް ދީދީ، މާލޭގާ ހުރި އޭނާގެ ބައްޕަގެ މިލްކު ގޯތިތައް، އެމަހްކަމާއިން ބައްސަވާދެއްވާ، އެތަނުން އޭނާއަށް މިލްކުވި، މާފަންނު ފަނޑިޔާރުގެ އުތުރުން އޮތް ގޯޅިއާ އިންވެ، ހުޅަނގުން ބޮޑުވެޔޮ އޮތްތާ އޮތް ބަންޑާރަ ގޯއްޗާ އިންވެ އޮތް ދަބުގެ ކިޔާގޯތީގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯއްޗަކީ، އިބްރާހީމް ދީދީގެ ބައްޕަ، އަލްހަތީބު ހުސެއިން އަށް މިލްކުވެފާ ގޯއްޗެއް ކަމުގާ، 1333ހ(1915މ)ގާ، އެތާގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތަކުން ސާބިތުވެ، އަދި އެ ހަތީބުގެ ގޯތިތައް ބަހާ، އެގޯތި، ވެލިދޫގޭ އިބްރާހީމް ދީދީއަށް މިލްކުވެފާވާކަމުގާ އެޝަރީއަތުގެ މަޖިލީހަށް ސާބިތުވެ އޮތުމުން؛ އެތާގެ އިމާއި މިން ހިމަނާ، ނައިބު މުހައްމަދު ލިޔެދީފާވާ ފަތުގެ ނަކަލެއް. Real estate document for Maafannu Dhabuge, written in Thaana (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin

              Sin título
              NAM DOC-MN-F10-35D · Unidad documental simple · 1930
              Parte de Documents

              1349ހ ޝައުބާން 9(1930މ ޑިސެންބަރު 29)ގާ، ބޮޑުބަނޑޭރިގެއިން، ރ. ކަޑޫގަނޑު ކިޔާ ރަށަށް އަރާ މީހުންނަށް، ޝަމްސުއްދީނު ރަދުން3 (ރަދުންގެ ނަމެއްނެތް.. ތާރީހަށް ބަލާފާ)ގެ ރަސްކަމުގެ 30ވަނަ އަހަރުގެ ރަޖަބް މަހުން ފަށައިގެން، އެރަށުގެ ވަރުވާ، ހަންޏާމީދޫގެ ރައްޔިތުންނަށް އަހަރުންއަހަރަށް ހަމަޔަށް ދެއްކުމަށް އަންގާ، ލިޔެފާވާ ފަތެއް.Size: 4.85" X 4.2"
              R - Kan'doogan'du - Order

              Sin título
              NAM DOC-MN-F10-28 · Unidad documental simple · 1931
              Parte de Documents

              1350ހ ރަބީލްއައްވަލް 3(1931މ ޖުލައި 19)ގާ، '(ކުޑަ މުހައްމަދު ކަލޭގެފާނައް ބަހެ.' '(ބާރަ މައުލޫދުއަށް އެތެރެބަޑަހަލަށް ދޭނޭ ތަކެތި' ދެފޮޅުވަތަށް މަތީގާ ޖަހާ، އެކިއެކި ކެއިމުގެ ނަން މަތީޖަހާ، ކާއެއްޗެތީގެ ނަމާއި އަދަދު ޖަހާ، ލިސްޓުކޮށްފާވާ ކަރުދާހެއް.
              Food ration list (Size: 13.2" X 8.3")

              Sin título
              NAM DOC-MN-S1-5 · Unidad documental simple · 1930
              Parte de Documents

              1349ހ މުހައްރަމް 19(1930މ ޖޫނު 17)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 29ވަނަ އަހަރު،ފާދިއްޕޮޅު ހިންނަވަރު، އަލްހާއްޖަ އިބްރާހީމް ގެދަރި އިސްމާއީލްއަށް (ޅ.)ހިންނަވަރުގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާ ޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަން ގެދަރި ފަތްލިޔާ މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.
              Letter of appointment for an Imam (Size: 13.3" X 8.25")
              Lh - Hinnavaru - Shrine endowment letter

              Sin título
              NAM DOC-MN-F7-18 · Unidad documental simple · 1932
              Parte de Documents

              1351ހ ޖުމާދިލްއާހިރު 5(1932މ އޮކްޓޯބަރު 6)ގާ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރު ޝަރީއަތު މަޖިލީހަށް، މަލިން މޫސާ ކަލޭފާނު ގޮސް، މައްޗަންގޯޅި ފައިތިލަކޮށީގެ ދެކުނުން އޮތް މަގާ އިންވެ ދެކުނުން އޮތް، އޭނާގެ މިލްކު ގޯތީގެ، އުތުރާއި ހުޅަނގުން އޮތް ދެ މަގު ސީދާ ކުރެއްވުމުން، މިން ތަފާތުވެފާ ވާތީވެ، އެގޯތީގެ މިން ހަމަކުރަށްވާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތީގެ، 1345ހ(1927މ)ގާ ލިއެފާވާ ފަތަކުން، އެގޯތި އެއީ އޭނާގެ މިލްކެއް ކަމާއި އަދި އެތަނުގެ އިމާއި މިން ސާބިތުވެ ހުރުމުން، އެބޮޑުމިނަށް ގޯތީގެ މިން ހަމަކުރަށްވާ، އެގޯތި(މއ.ގުލާބީގެ)އެއީ، ކޮއެލު މިސްކިތު މަލިން މޫސާ ކަލޭފާނުގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް.
              Real estate document for Machchangoalhi Gulaabeege, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

              Sin título
              NAM DOC-MN-F10-38 · Unidad documental simple · 1933
              Parte de Documents

              1352ހ ރަޖަބް 24(1933މ ނޮވެންބަރު 13)ގާ، މަހްކަމަތުލް މާލިއްޔާއިން، ޝަމްސުއްދީނު ރަދުން 3ގެ ރަސްކަމުގެ 30ވަނަ އަހަރުގެ ޖުމާދިލްއައްވަލް މަހުން ފެށިގެން، ޝެއިހު ނަޖީބުލް ހަބްޝީގެ މަގާމަށް އޮންނަ ކ.އެބޫދޫ، ސަރުކާރަށް ނަގައިފި ކަމާ، އަދި އޭގެ ބަދަލުގައި ލޮނުޒިޔާރަތުގެ ހާދިމް ޅަކޮއި ހާޖީ ކަލޭގެފާނަށް މަހަކު -/30 ރުފިޔާ ދެއްވުމަށް، މަހްކަމަތުލް މާލިއްޔާއިން ނިންމައިފިކަން އަންގާ، ވަޒީރުލް މާލިޔާ، ހަސަން ފަރީދު ދީދީގެ ތައްގަނޑު ޖަހާފާވާ ލިޔުމެއް.Notice of confiscationof the island of K.Emboodhoo for official use by Lhakoe Haji Kaleyfaanu. It is decreed that thirty rufiya will be paid monthly as compensation (Size: 5.8" X 4.1")
              K - Male' - Sheikh Najeeb Habusheege Maqaam (Shrine) - Writing(Announcement)

              Sin título