The Modern History; The 1930s

Área de elementos

Taxonomia

Código

Nota(s) de âmbito

    Nota(s) da fonte

      Mostrar nota(s)

        Termos hierárquicos

        The Modern History; The 1930s

          Termos equivalentes

          The Modern History; The 1930s

            Termos associados

            The Modern History; The 1930s

              46 Descrição arquivística resultados para The Modern History; The 1930s

              46 resultados diretamente relacionados Excluir termos específicos
              NAM DOC-MN-D-16 · Item · 1937
              Parte de Documents

              (Size: 13.3" × 8.3) -- 1355ހ ޒުލްހައްޖު 23(1937މ މާޗް 7)ގާ، 'މައިވާރާއި ފުނަވާރާއި ފަރާތްފަރާތަށް ދެވިފާހުރި ތަކެއްތީގެ އެކުއަގުކޮށްވީވަރު' މިހެން ސުރުހީކޮށް، އޭގެ ދަށުގާ 'މައިވާރަށް އެކު ނެގުނު ތަކެތީގެ އަގަށްވީ ރުފިޔާ' ގެ އަރިމަތީ 39/67074 ޖަހާ، އެޔާ ނިސްބަތްކޮށް ގުރާބު، އަދި އޮޑީގެ ނަންތައް ޖަހާ އެ އެއްޗިއްސަށް ނިސްބަތްވާ އަގު ޖަހާ، އެ ދެބަޔާ ނިސްބަތްވާގޮތަށް، ރަނަހަމާންތި ކަލޭގެފާނު، ފާމުދޭރި ތައްހާނު، ކަޅުބެކޮއްކޮ، މާދޫ ދަންޑެހެލު ތައްހާނު، ކައިރު ދަންޑެހެލު ތައްހާނު، ބުޗާ ދަންޑހެލު ތައްހާނު، ވައިކަރދޫގޭ ކުޑަތުއްތު، ފުއްލާ ދަންޑެހެލު ތައްހާނު، ގަރަހިތަ މުހައްމަދު ފުޅު، ސައިކުރާ ހަސަން ކަލޭފާނު، ފުރަހަނި ދަންޑެހެލު ތައްހާނު، ހާޖީ އަލީ ދަންޑެހެލު ތައްހާނު އަދި ކުޑަނެވި ހަސަން މަނިކު'، މިނަންތައް ޖަހާ، ޖުމްލައަކަށް 112/74400 ޖަހާފާވާ ލިސްޓެއް.
              K.Male' - list(Tax)

              Sem título
              NAM DOC-MN-S1-6 · Item · 1930
              Parte de Documents

              1349ހ މުހައްރަމް 10(1930މ ޖޫނު 8)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 29ވަނަ އަހަރު، އަރިއަތޮޅު އުކުޅަހު، އަބޫބަކުރު ގެދަރި އިބްރާހީމްއަށް އުކުޅަހުގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަން ގެދަރި ފަތްލިޔާ މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.
              Letter of appointment for an island chief (Size: 13.3" X 8.25")
              Aa - Ukulhas - Shrine endowment letter

              Sem título
              NAM DOC-MN-S1-2 · Item · 1930
              Parte de Documents

              1349ހ ޖުމާދިލްއާހިރު 19(1930މ ސެޕްޓެންބަރު 13)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 29ވަނަ އަހަރު، މާޅޮސްމަޑުލު ދެކުނުބުރި(ބ.) ކަނޑުގޮއިދޫ، އިބްރީހީމް ގެދަރި އަލީއަށް ކަނޑުގޮއިދޫ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަން ގެދަރި ފަތްލިޔާ މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.3" X 8.25")
              B - Goidhoo - Shrine endowment letter

              Sem título
              NAM DOC-MN-S1-3 · Item · 1930
              Parte de Documents

              1349ހ ރަބީލްއާހިރު 23(1930މ ސެބްޓެންބަރު 17)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 29ވަނަ އަހަރު، މިލަދުންމަޑުލު ދެކުނުބުރި(ނ.) މަނަދޫ ކަތީބު މުހައްމަދު ގެދަރި ހަސަންއަށް، މަނަދޫ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަން ގެދަރި ފަތްލިޔާ މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.Letter of appointment for an island chief (Size: 13.3" X 8.25")
              N - Manadhoo - Shrine endowment letter

              Sem título
              NAM DOC-MN-F6-35 · Item · 1932
              Parte de Documents

              1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، ހދ. ނޮޅިވަރަންފަރުގާ ހުންނަ، ހދ. އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާގެ ހ-3 62/59ނަންބަރު ސިޓީގެ 1ވަނަ ނަންބަރުގެ ޖަވާބުގާ؛ އެއަތޮޅު ނޮޅިވަރަންފަރުގާ، އެރަށު ހުކުރު މިސްކިތުގެ އިރުން، 'ފައިބުރިވަރުވާ' ކިޔާ، ވަގުފް ބިންކޮޅެއް އޮތްކަމާ، އެތާގާ އޭރު ހުރީ، 3 ރުއް ކަމާ، އެތަނުގެ ހަވާލުވެރި ދަރިކޮޅުގެ މީހުން، އޭރު ތިބީ، އެއަތޮޅު ހިރިމަރަދޫ، ނޮޅިވަރަންފަރު އަދި ހއ.އުލިގަމުގާ ކަމުގަޔާ، އަދި، ހިރިމަރަދޫ އޮފީސް ހަދަންފަށާފާވާ ތަނުގެ އިރުން، ބަނބުކެޔޮ ފީންޏެއް ހުރި، ވާގަރު ސައްބު ކަތީބުގެ ދަރިކޮޅަށް ލަށްވާފާވާ، ވަގުފް ކުޑަ ބިންކޮޅެއް އޮތްކަމުގަޔާ، އަދި އެ'ފައިބުރިވަރު ކިޔާ ބިންކޮޅުވެސް އެއީ ހަމަ އެދަރިކޮޅުގެ ހަވާލުގާވާ ތަނެއްކަމުގާ، އެ ދެތަނުގެ އިތުރުން، ހއ. އުލިގަމުގާވެސް، އެވަގުފްގެ ތަކެތި ވާނޭ ކަމުގާ، އެރަށުގެ ދުވަސްވީ މީހުން ބުނާކަމުގަޔާ، އަދި، ހިރިމަރަދޫއިން ލިބުނު، އެތަންތަނުގެ ފަތްކޮޅުކަމުގާ ބުނާ، ދިވެސްއަކުރުގެފަތް ކޮޅެއް، ސިޓީއާއެކު،
              ނައިވާދޫ އަބްދުއްސަމަދު؟ ހުސެއިންގެ ހަވާލުގާ ފޮނުވާކަމުގާ ބަޔާންކޮށް، އަތޮޅުވެރިޔާ އިސްމާއީލް ނަސީރު ލިޔެފާވާ ސިޓީ/ނަކަލެއް؟

              Letter sent by the Haa Dhaalu Atoll Nolhivaramu Office on waqf endowments in the atoll (Size: 8.2" X 6.5")
              1.H.Dh.Nolhivaranfaru, 2.H.Dh.Hirimaradhoo, 3.H.A.Uligamu - 1.Hukuru Miskiiy (Mosque) - letter(Endowment for property), Letter (Endowed housing plot)

              Sem título
              NAM DOC-MN-F7-20 · Item · 1937
              Parte de Documents

              1356ހ ޖުމާދިލްއާހިރު 8(1937މ އޯގަސްޓް 15)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހަށް މަލިން މޫސާ ކަލޭފާނު ގޮސް، އޭނާގެ ބައްޕަ ކުޑަހަސަން ތަކުރުފާނުގެ ތަރިކަމުދާ ބަހައިގެން އޭނާއަށާއި އޭނާގެ ބޭބެ، މުހައްމަދުފުޅުއަށް ލިބިފާވާ، މައްޗަންގޯޅި ފާތިލަކޮށީގެ ދެކުނުން ހިނގަންއޮތް މަގާ އިންވެ އޮތް ގޯތިން، މުހައްމަދުފުޅުއަށް ލިބިފާވާ ބައިގެ ފަތް ނުލިޔެވި އޮށްވާ، އޭނާ ނިޔާވެއްޖެ ކަމުގާ ބުނެ، އެތަން އޭނަގެ ދަރިންގެ މައްޗަށް ލަށްވާ، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1329ހ(1911މ)ގާ، އަލްހަތީބު ހުސެއިން އާއި މޫސަލް މަހައްލީގެ ޝަރީއަތު މަޖިލީހުން ލިޔެފާވާ ފަތަކުން، އެތަން އެއީ ކުޑަހަސަން ތަކުރުފާނުގެ މިލްކެއް ކަމާއި، އަދި އެތަނުގެ އިމާއި މިން، ސާބިތުވެ، އަދި އެތަކުރުފާނުގެ ތަރިކަ ބަހާ، އެގޯތީގެ އިރުމަތީ، 2/1، އޭނާގެ މުހައްމަދުފުޅުއަށް މިލްކުވެފާވާކަން ޝަރީއަތުގެ މަޖިލީހަށް ސާބިތުވެފާވުމާއެކު؛ އެގޯތީގެ އިރުމަތީބައި(މއ.ކަށިމާގެ)، އެއީ މަލިން މުހައްމަދުފުޅުގެ ދަރިންގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްސައްޔިދު އިސްމާއީލް މަހްލީ ގެދަރި އައްސައްޔިދު އިބްރާހީމް ލިޔެފާވާ ފަތުގެ ނަކަލެއް.
              Real estate document for Kashimaage, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

              Sem título