1349ހ ރަބީލްއާހިރު 27(1930މ ސެޕްޓެންބަރު 21)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، 1333ހ(1915މ)ގާ، ހަމަ އެޝަރީއަތު މަޖިލީހުން، ބާޑީގޭ އައިމިނަތު ދީދީއަށް މިލްކުވެ، އޭނާ ނިއާވުމުން، އޭނާގެ ދަރި ސާރާ ދީދީ އަށް މިލްކުވެފާވާ ކަމުގާ ފަތްލިޔެފާވާ، އަދި އޭގެފަހުން، ސާރާގެ އިޒްނަޔާ އެކު، އޭނާގެ ބައްޕަ، މަލިންގޭ މުހައްމަދު ދީދީގެ ދަރި އަލީ ދީދީ، ކަންޒުދޮށުގޭ މަނިއްޕުޅުގެ ދަރި އަބްދުލް މަޖީދު ދީދީއަށް ވިއްކާފާވާ ކަމުގާ އެ މަޖިލީހަށް ސާބިތުވެފާވާ، މައްޗަންގޯޅި ވައިދެރިމަގުގެ ހުޅަނގުން އޮތް، ކަންކޮށިގޯތި، އަބްދުލް މަޖީދު، ތަކަންދޫ ހުސައިނުގެ އަލީއަށް، -/472 ރުފިޔާއަށް ވިއްކާ، އަގުދީ ހަލާސްކޮށްފި ކަމުގާ، އަލީ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އަބްދުލް މަޖީދު ދީދީ އިގްރާރުވުމުން، އެ ވިޔަފާރި ސައްހަކަމުގާ ނިޔާކުރަށްވާ؛ މއ.ދަބުގަސްދޮށުގެ އެއީ، ތަކަންދޫ ހުސައިނުގެ އަލީގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އައްސައްޔިދު އަބްދުލް ގައްޔޫމް، ލިޔެފާވާ ފަތުގެ ނަކަލެއް.
އަދި މިކަރުދާހުގެ 2ވަނަ ގަނޑުގެ ތިރީގާ:
1352 ޖުމާދިލްއައްވަލް 4(1933މ އޯގަސްޓް 26)ގާ، ވުޒާރަތުލް ހައްގާނިއްޔާއިން، ތަކަންދޫ ހުސައިނުގެ އަލީ ނިއާވުމުން، މއ.ދަބުގަސްދޮށުގެ، އޭނާގެ ދޮން ހައްވާފުޅުއަށް މިލްކުވެއްޖެ ކަމުގާ، އެގޭގެ ފަތުގެ ނުފުށުގާ ވާ ލިޔުމެއްގެ ނަކަލެއް.
Real estate document for Machchangoalhi Dhabugasdhoshuge (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
The Modern History; The 1930s
46 Archival description results for The Modern History; The 1930s
1352ހ ރަޖަބް 17(1933މ ނޮވެންބަރު 6)ގާ، އަލްގާޒީ އިސްމާއިލް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ކެލާ ކަތީބު ދޮންމަނިކު، ބޮޑުގޯތި ދޮށީމަނިކު، އަދި ބޭބެ މޫސާ އައިސް، ކެލާ ކޯމަސްދަނޑުން މާކަނދުމެރިތަނޭ ކިޔާ ތަނުން ރަށްމެދުގޯތި އާދަމް މަނިކުގެ ދޮށީ ދަރިއަށް ވީތަން، ބަނޑޭރިތަކުރުގެ އަހުމަދުފުޅުއަށް ވިއްކި ކަމުގާ ހެކިބަސްދީ، އަދި އެ އަހުމަދުފުޅު އެތަން ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާގެ ދަރިންނަށް ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެ މަޖިލީހުން ލިޔެދީފާވާ ފަތުގެ ނަކަލެއް.(Size: 6.1" X 7.9") Chief Justices - Al Ghaazee Ismail Bahaauddin
1.H.A.Kelaa - Kelaa Koamasdhan'du maakadhumeri thanuge baeh - Letter (Endowed housing plot), letter(Endowment for property)
1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، ހދ. ނޮޅިވަރަންފަރުގާ ހުންނަ، ހދ. އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާގެ ހ-3 62/59ނަންބަރު ސިޓީގެ 1ވަނަ ނަންބަރުގެ ޖަވާބުގާ؛ އެއަތޮޅު ނޮޅިވަރަންފަރުގާ، އެރަށު ހުކުރު މިސްކިތުގެ އިރުން، 'ފައިބުރިވަރުވާ' ކިޔާ، ވަގުފް ބިންކޮޅެއް އޮތްކަމާ، އެތާގާ އޭރު ހުރީ، 3 ރުއް ކަމާ، އެތަނުގެ ހަވާލުވެރި ދަރިކޮޅުގެ މީހުން، އޭރު ތިބީ، އެއަތޮޅު ހިރިމަރަދޫ، ނޮޅިވަރަންފަރު އަދި ހއ.އުލިގަމުގާ ކަމުގަޔާ، އަދި، ހިރިމަރަދޫ އޮފީސް ހަދަންފަށާފާވާ ތަނުގެ އިރުން، ބަނބުކެޔޮ ފީންޏެއް ހުރި، ވާގަރު ސައްބު ކަތީބުގެ ދަރިކޮޅަށް ލަށްވާފާވާ، ވަގުފް ކުޑަ ބިންކޮޅެއް އޮތްކަމުގަޔާ، އަދި އެ'ފައިބުރިވަރު ކިޔާ ބިންކޮޅުވެސް އެއީ ހަމަ އެދަރިކޮޅުގެ ހަވާލުގާވާ ތަނެއްކަމުގާ، އެ ދެތަނުގެ އިތުރުން، ހއ. އުލިގަމުގާވެސް، އެވަގުފްގެ ތަކެތި ވާނޭ ކަމުގާ، އެރަށުގެ ދުވަސްވީ މީހުން ބުނާކަމުގަޔާ، އަދި، ހިރިމަރަދޫއިން ލިބުނު، އެތަންތަނުގެ ފަތްކޮޅުކަމުގާ ބުނާ، ދިވެސްއަކުރުގެފަތް ކޮޅެއް، ސިޓީއާއެކު،
ނައިވާދޫ އަބްދުއްސަމަދު؟ ހުސެއިންގެ ހަވާލުގާ ފޮނުވާކަމުގާ ބަޔާންކޮށް، އަތޮޅުވެރިޔާ އިސްމާއީލް ނަސީރު ލިޔެފާވާ ސިޓީ/ނަކަލެއް؟
Letter sent by the Haa Dhaalu Atoll Nolhivaramu Office on waqf endowments in the atoll (Size: 8.2" X 6.5")
1.H.Dh.Nolhivaranfaru, 2.H.Dh.Hirimaradhoo, 3.H.A.Uligamu - 1.Hukuru Miskiiy (Mosque) - letter(Endowment for property), Letter (Endowed housing plot)
(R-14-P11 އެއީ، މީގެ އަސްލު ފަތެ. ސުރުހީ ވާނީ އެ ކަރުދާހާ އެކުއެ.)Size: 8.8" X 5.5"
Lh.Naifaru - Kuda Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1939މ މޭ 22(1358ހ ރަބީލްއާހިރު 2)ގާ، ހެންވޭރު ގަނޑުވަރުއަށް ހެއްދި މުދިބައިޔަކާ، ފައްޓަރުބައަކަށް، ދިޔަ ހަރަދުގެ ތަފްސީލުގެ ކުޑަ ލިޔުންކޮޅެއް.Note on the cost of making a set of rings and necklaces (Fattaru) for Henveiru Palace (Size: 6" X 5.3)
K - Male' - Henveiru Ganduvaru (Royal House) - Writing
1351ހ ޖުމާދިލްއާހިރު 7(1932މ އޮކްޓޯބަރު 8)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުންގެ ޝަރީޔަ މަޖިލީހުގާ، އަލްވަޒީރު މޫސާ ދަހަރަދަ ކަލޭފާނުގެ ދަރި މުހައްމަދު މަނިކުގެ ދަރި އިބްރާހީމް ދީދީ، މައްޗަންގޯޅި މައިޒާންދޮށަށް ހިނގާމަގާއި، އެމަގުން ހުޅަނގަށް ހިނގަން އޮތް މަގާއި، 2މަގު ދައުލަތުން ސީދާކުރިއިރު، އެދެމަގާ އިންވެގެން އޮތް، އޭނާ މާމަ، ބޮޑުފުޅަށްގޭ އައިޝަތު މަނިކަގެ ގޯތީގެ ބޮޑުމިން ތަފާތުވެފާވާތީ، އެތަނުގެ މިން ހަމަކޮށްދެއްވާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބެއްލެވުމަށްޓަކާ، އެގޯތީގެ، 1318ހ(1900މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ ސިއްކަޖަހާ، އަލްފަގީހު އަލީ ދީދީ އާއި އަލްފަގީހު އައްޝެއިހު މުހައްމަދު އާއި ދެބޭފުޅުންގެ މަޖިލީހުން ލިޔެފާވާ ފަތަކުން، އެގޯއްޗަކީ ބޮޑުފުޅަށްގޭ އައިޝަތު މަނިކެގެ މިލްކެއް ކަމާއި އަދި އެގޯތީގެ އިމާއި މިން ސާބިތުވާން އޮތުމުން، އެފަތުގާވާ ބޮޑުމިން ހަމަކުރައްވާ، އެގޯއްޗަކީ، ބޮޑުފުޅަށް އައިޝަތު މަނިކެގެ ދަރި މުހައްމަދު މަނިކުގެ ދަރީންނަށް މިލްކުވެފާވާ ގޯއްޗެއް ކަމާއި، އެތާގެ އިމާއި މިން ހިމަނާ، އެމަހްކަމާއިން، އައްނައިބު އަބްދުލް ގައްޔޫމު ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 8 October 1932 regarding the ownership of the land Machchangoalhi Kudadhaharaage (Size: 10" X 7.35) Chief Justices - Al Ghaazee Hussain Salahuddin
K.Male' - Ma.Kudadhaharaage (Housing Plot) - Private Property