1351ހ ޖުމާދިލްއާހިރު 7(1932މ އޮކްޓޯބަރު 8)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުންގެ ޝަރީޔަ މަޖިލީހުގާ، އަލްވަޒީރު މޫސާ ދަހަރަދަ ކަލޭފާނުގެ ދަރި މުހައްމަދު މަނިކުގެ ދަރި އިބްރާހީމް ދީދީ، މައްޗަންގޯޅި މައިޒާންދޮށަށް ހިނގާމަގާއި، އެމަގުން ހުޅަނގަށް ހިނގަން އޮތް މަގާއި، 2މަގު ދައުލަތުން ސީދާކުރިއިރު، އެދެމަގާ އިންވެގެން އޮތް، އޭނާ މާމަ، ބޮޑުފުޅަށްގޭ އައިޝަތު މަނިކަގެ ގޯތީގެ ބޮޑުމިން ތަފާތުވެފާވާތީ، އެތަނުގެ މިން ހަމަކޮށްދެއްވާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބެއްލެވުމަށްޓަކާ، އެގޯތީގެ، 1318ހ(1900މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ ސިއްކަޖަހާ، އަލްފަގީހު އަލީ ދީދީ އާއި އަލްފަގީހު އައްޝެއިހު މުހައްމަދު އާއި ދެބޭފުޅުންގެ މަޖިލީހުން ލިޔެފާވާ ފަތަކުން، އެގޯއްޗަކީ ބޮޑުފުޅަށްގޭ އައިޝަތު މަނިކެގެ މިލްކެއް ކަމާއި އަދި އެގޯތީގެ އިމާއި މިން ސާބިތުވާން އޮތުމުން، އެފަތުގާވާ ބޮޑުމިން ހަމަކުރައްވާ، އެގޯއްޗަކީ، ބޮޑުފުޅަށް އައިޝަތު މަނިކެގެ ދަރި މުހައްމަދު މަނިކުގެ ދަރީންނަށް މިލްކުވެފާވާ ގޯއްޗެއް ކަމާއި، އެތާގެ އިމާއި މިން ހިމަނާ، އެމަހްކަމާއިން، އައްނައިބު އަބްދުލް ގައްޔޫމު ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 8 October 1932 regarding the ownership of the land Machchangoalhi Kudadhaharaage (Size: 10" X 7.35) Chief Justices - Al Ghaazee Hussain Salahuddin
K.Male' - Ma.Kudadhaharaage (Housing Plot) - Private Property
The Modern History; The 1930s
46 Archival description results for The Modern History; The 1930s
1939މ މޭ 22(1358ހ ރަބީލްއާހިރު 2)ގާ، ހެންވޭރު ގަނޑުވަރުއަށް ހެއްދި މުދިބައިޔަކާ، ފައްޓަރުބައަކަށް، ދިޔަ ހަރަދުގެ ތަފްސީލުގެ ކުޑަ ލިޔުންކޮޅެއް.Note on the cost of making a set of rings and necklaces (Fattaru) for Henveiru Palace (Size: 6" X 5.3)
K - Male' - Henveiru Ganduvaru (Royal House) - Writing
(R-14-P11 އެއީ، މީގެ އަސްލު ފަތެ. ސުރުހީ ވާނީ އެ ކަރުދާހާ އެކުއެ.)Size: 8.8" X 5.5"
Lh.Naifaru - Kuda Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، ހދ. ނޮޅިވަރަންފަރުގާ ހުންނަ، ހދ. އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާގެ ހ-3 62/59ނަންބަރު ސިޓީގެ 1ވަނަ ނަންބަރުގެ ޖަވާބުގާ؛ އެއަތޮޅު ނޮޅިވަރަންފަރުގާ، އެރަށު ހުކުރު މިސްކިތުގެ އިރުން، 'ފައިބުރިވަރުވާ' ކިޔާ، ވަގުފް ބިންކޮޅެއް އޮތްކަމާ، އެތާގާ އޭރު ހުރީ، 3 ރުއް ކަމާ، އެތަނުގެ ހަވާލުވެރި ދަރިކޮޅުގެ މީހުން، އޭރު ތިބީ، އެއަތޮޅު ހިރިމަރަދޫ، ނޮޅިވަރަންފަރު އަދި ހއ.އުލިގަމުގާ ކަމުގަޔާ، އަދި، ހިރިމަރަދޫ އޮފީސް ހަދަންފަށާފާވާ ތަނުގެ އިރުން، ބަނބުކެޔޮ ފީންޏެއް ހުރި، ވާގަރު ސައްބު ކަތީބުގެ ދަރިކޮޅަށް ލަށްވާފާވާ، ވަގުފް ކުޑަ ބިންކޮޅެއް އޮތްކަމުގަޔާ، އަދި އެ'ފައިބުރިވަރު ކިޔާ ބިންކޮޅުވެސް އެއީ ހަމަ އެދަރިކޮޅުގެ ހަވާލުގާވާ ތަނެއްކަމުގާ، އެ ދެތަނުގެ އިތުރުން، ހއ. އުލިގަމުގާވެސް، އެވަގުފްގެ ތަކެތި ވާނޭ ކަމުގާ، އެރަށުގެ ދުވަސްވީ މީހުން ބުނާކަމުގަޔާ، އަދި، ހިރިމަރަދޫއިން ލިބުނު، އެތަންތަނުގެ ފަތްކޮޅުކަމުގާ ބުނާ، ދިވެސްއަކުރުގެފަތް ކޮޅެއް، ސިޓީއާއެކު،
ނައިވާދޫ އަބްދުއްސަމަދު؟ ހުސެއިންގެ ހަވާލުގާ ފޮނުވާކަމުގާ ބަޔާންކޮށް، އަތޮޅުވެރިޔާ އިސްމާއީލް ނަސީރު ލިޔެފާވާ ސިޓީ/ނަކަލެއް؟
Letter sent by the Haa Dhaalu Atoll Nolhivaramu Office on waqf endowments in the atoll (Size: 8.2" X 6.5")
1.H.Dh.Nolhivaranfaru, 2.H.Dh.Hirimaradhoo, 3.H.A.Uligamu - 1.Hukuru Miskiiy (Mosque) - letter(Endowment for property), Letter (Endowed housing plot)
1352ހ ރަޖަބް 17(1933މ ނޮވެންބަރު 6)ގާ، އަލްގާޒީ އިސްމާއިލް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ކެލާ ކަތީބު ދޮންމަނިކު، ބޮޑުގޯތި ދޮށީމަނިކު، އަދި ބޭބެ މޫސާ އައިސް، ކެލާ ކޯމަސްދަނޑުން މާކަނދުމެރިތަނޭ ކިޔާ ތަނުން ރަށްމެދުގޯތި އާދަމް މަނިކުގެ ދޮށީ ދަރިއަށް ވީތަން، ބަނޑޭރިތަކުރުގެ އަހުމަދުފުޅުއަށް ވިއްކި ކަމުގާ ހެކިބަސްދީ، އަދި އެ އަހުމަދުފުޅު އެތަން ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާގެ ދަރިންނަށް ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެ މަޖިލީހުން ލިޔެދީފާވާ ފަތުގެ ނަކަލެއް.(Size: 6.1" X 7.9") Chief Justices - Al Ghaazee Ismail Bahaauddin
1.H.A.Kelaa - Kelaa Koamasdhan'du maakadhumeri thanuge baeh - Letter (Endowed housing plot), letter(Endowment for property)
1349ހ ރަބީލްއާހިރު 27(1930މ ސެޕްޓެންބަރު 21)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، 1333ހ(1915މ)ގާ، ހަމަ އެޝަރީއަތު މަޖިލީހުން، ބާޑީގޭ އައިމިނަތު ދީދީއަށް މިލްކުވެ، އޭނާ ނިއާވުމުން، އޭނާގެ ދަރި ސާރާ ދީދީ އަށް މިލްކުވެފާވާ ކަމުގާ ފަތްލިޔެފާވާ، އަދި އޭގެފަހުން، ސާރާގެ އިޒްނަޔާ އެކު، އޭނާގެ ބައްޕަ، މަލިންގޭ މުހައްމަދު ދީދީގެ ދަރި އަލީ ދީދީ، ކަންޒުދޮށުގޭ މަނިއްޕުޅުގެ ދަރި އަބްދުލް މަޖީދު ދީދީއަށް ވިއްކާފާވާ ކަމުގާ އެ މަޖިލީހަށް ސާބިތުވެފާވާ، މައްޗަންގޯޅި ވައިދެރިމަގުގެ ހުޅަނގުން އޮތް، ކަންކޮށިގޯތި، އަބްދުލް މަޖީދު، ތަކަންދޫ ހުސައިނުގެ އަލީއަށް، -/472 ރުފިޔާއަށް ވިއްކާ، އަގުދީ ހަލާސްކޮށްފި ކަމުގާ، އަލީ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އަބްދުލް މަޖީދު ދީދީ އިގްރާރުވުމުން، އެ ވިޔަފާރި ސައްހަކަމުގާ ނިޔާކުރަށްވާ؛ މއ.ދަބުގަސްދޮށުގެ އެއީ، ތަކަންދޫ ހުސައިނުގެ އަލީގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އައްސައްޔިދު އަބްދުލް ގައްޔޫމް، ލިޔެފާވާ ފަތުގެ ނަކަލެއް.
އަދި މިކަރުދާހުގެ 2ވަނަ ގަނޑުގެ ތިރީގާ:
1352 ޖުމާދިލްއައްވަލް 4(1933މ އޯގަސްޓް 26)ގާ، ވުޒާރަތުލް ހައްގާނިއްޔާއިން، ތަކަންދޫ ހުސައިނުގެ އަލީ ނިއާވުމުން، މއ.ދަބުގަސްދޮށުގެ، އޭނާގެ ދޮން ހައްވާފުޅުއަށް މިލްކުވެއްޖެ ކަމުގާ، އެގޭގެ ފަތުގެ ނުފުށުގާ ވާ ލިޔުމެއްގެ ނަކަލެއް.
Real estate document for Machchangoalhi Dhabugasdhoshuge (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
1349ހ މުހައްރަމް 12(1930މ ޖޫނު 10)ގާ، މަހްކަމަތުލް ޝަރީޔާގެ އަލްގާޒީ ހުސެއިން ސަލާހއްދީން އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ވެލިދޫގޭ އިބްރާހީމް ދީދީ، މާލޭގާ ހުރި އޭނާގެ ބައްޕަގެ މިލްކު ގޯތިތައް، އެމަހްކަމާއިން ބައްސަވާދެއްވާ، އެތަނުން އޭނާއަށް މިލްކުވި، މާފަންނު ފަނޑިޔާރުގެ އުތުރުން އޮތް ގޯޅިއާ އިންވެ، ހުޅަނގުން ބޮޑުވެޔޮ އޮތްތާ އޮތް ބަންޑާރަ ގޯއްޗާ އިންވެ އޮތް ދަބުގެ ކިޔާގޯތީގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯއްޗަކީ، އިބްރާހީމް ދީދީގެ ބައްޕަ، އަލްހަތީބު ހުސެއިން އަށް މިލްކުވެފާ ގޯއްޗެއް ކަމުގާ، 1333ހ(1915މ)ގާ، އެތާގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތަކުން ސާބިތުވެ، އަދި އެ ހަތީބުގެ ގޯތިތައް ބަހާ، އެގޯތި، ވެލިދޫގޭ އިބްރާހީމް ދީދީއަށް މިލްކުވެފާވާކަމުގާ އެޝަރީއަތުގެ މަޖިލީހަށް ސާބިތުވެ އޮތުމުން؛ އެތާގެ އިމާއި މިން ހިމަނާ، ނައިބު މުހައްމަދު ލިޔެދީފާވާ ފަތުގެ ނަކަލެއް. Real estate document for Maafannu Dhabuge, written in Thaana (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
National Archives of Maldives1351ހ ޖުމާދިލްއައްވަލް 13(1932މ ސެޕްޓެންބަރު 14)ގާ، މަހްކަމަތުލް ޝަރީޔާއިން، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަފަޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ލޯޖެހި ގަނޑުވަރު ދޮށީތުއްތުގެ ހުސެއިން މަނިކު، ހެންވޭރު ކަޅިހަރުގެއާ އިންވެގެން އޮތް، ހަތިފުށީ އަލީ ކަލޭފާނުގެ މިލްކު އޮތް ގޯތީގެ، އެހުސެއިން މަނިކުގެ މުނިމާމަ، ހަތިފުށީ ފާތުމާފުޅުއަށް މިލްކުވެއޮތް ދެކުނުބުރީގެ ބެހެނިވެރިން، ބައެއް މީހުން، އެމީހުންގެ ބައި އޭނާއަށް ހިބައިން، އަދި އަނެއްބައި މީހުން، ރިޔަނަކަށް 4 ރުފިއާގެ މަގުން، އޭނާއަށް ވިއްކާ، މުޅި އެބައި އޭނާއަށް މިލްކުވުމަށް ފަހު، ބޮޑުފެންވަޅުގެ ތުއްތު ދީދީގެ ބަނޑުން، އޭނާއަށް ލިބިފާވާ ދަރި، ދޮންތުއްތު ދީދީއަށް ހިބައިން ދީފިކަމުގާ ބުނެ، އެކަމުގެ މައްޗަށް، އެތަނުގެ އިމާއި މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1230ހ(1815މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު ލިޔެދެއްވާފާވާ ފަތަކުން، އެގޯތި އެއީ، ހަތިފުށީ އަލީ ކަލޭފާނުގެ މިލްކެއް ކަމުގާ ސާބިތުވެ، އަދި އެތަނުގެ ދެކުނުބުރި، ހަތިފުށީ ފާތުމާފުޅަށް މިލްކުވެއޮތް ކަމާ، އެތަނުގެ ބެހެނިވެރިންގެ އަތުން ބައެއްބައިބައި ހިބައިން ލިބުމުންނާއި އަދި އެނެއްބައިބައި ގަތުމުން، މުޅި އެތަން އެ ހުސެއިން މަނިކުއަށް މިލްކުވެފާވާ ކަމުގާ، ޝަރީއަތުގެ މަޖިލީހަށް، ސާބިތުވެފާވުމާ އެކު، ހެންވޭރު ކަޅިހަރުގެއާ، ހުޅަނގުބިތް އިންވެ، އަދި އުތުރުބިތް، އެގޯތިން ހިލިހިލާގޭ މޫސާ ދީދީ ގަނެ މިލްކުކޮށްފާވާ ތަނާ އިންވެ އޮތް، އެގޯތީގެ ދެކުނުބުރި އެއީ، ލޯޖެހި ގަނޑުވަރު ދޮށީތުއްތުގެ ހުސެއިން މަނިކުގެ ދޮންތުއްތު ދީދީ ގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، އެ ޝަރީއަތުގެ މަޖިލީހުން، އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Henveiru Hathifushi, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
1351ހ ޖުމާދިލްއާހިރު 5(1932މ އޮކްޓޯބަރު 6)ގާ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރު ޝަރީއަތު މަޖިލީހަށް، މަލިން މޫސާ ކަލޭފާނު ގޮސް، މައްޗަންގޯޅި ފައިތިލަކޮށީގެ ދެކުނުން އޮތް މަގާ އިންވެ ދެކުނުން އޮތް، އޭނާގެ މިލްކު ގޯތީގެ، އުތުރާއި ހުޅަނގުން އޮތް ދެ މަގު ސީދާ ކުރެއްވުމުން، މިން ތަފާތުވެފާ ވާތީވެ، އެގޯތީގެ މިން ހަމަކުރަށްވާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތީގެ، 1345ހ(1927މ)ގާ ލިއެފާވާ ފަތަކުން، އެގޯތި އެއީ އޭނާގެ މިލްކެއް ކަމާއި އަދި އެތަނުގެ އިމާއި މިން ސާބިތުވެ ހުރުމުން، އެބޮޑުމިނަށް ގޯތީގެ މިން ހަމަކުރަށްވާ، އެގޯތި(މއ.ގުލާބީގެ)އެއީ، ކޮއެލު މިސްކިތު މަލިން މޫސާ ކަލޭފާނުގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Machchangoalhi Gulaabeege, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
1356ހ ޖުމާދިލްއާހިރު 8(1937މ އޯގަސްޓް 15)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހަށް މަލިން މޫސާ ކަލޭފާނު ގޮސް، އޭނާގެ ބައްޕަ ކުޑަހަސަން ތަކުރުފާނުގެ ތަރިކަމުދާ ބަހައިގެން އޭނާއަށާއި އޭނާގެ ބޭބެ، މުހައްމަދުފުޅުއަށް ލިބިފާވާ، މައްޗަންގޯޅި ފާތިލަކޮށީގެ ދެކުނުން ހިނގަންއޮތް މަގާ އިންވެ އޮތް ގޯތިން، މުހައްމަދުފުޅުއަށް ލިބިފާވާ ބައިގެ ފަތް ނުލިޔެވި އޮށްވާ، އޭނާ ނިޔާވެއްޖެ ކަމުގާ ބުނެ، އެތަން އޭނަގެ ދަރިންގެ މައްޗަށް ލަށްވާ، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1329ހ(1911މ)ގާ، އަލްހަތީބު ހުސެއިން އާއި މޫސަލް މަހައްލީގެ ޝަރީއަތު މަޖިލީހުން ލިޔެފާވާ ފަތަކުން، އެތަން އެއީ ކުޑަހަސަން ތަކުރުފާނުގެ މިލްކެއް ކަމާއި، އަދި އެތަނުގެ އިމާއި މިން، ސާބިތުވެ، އަދި އެތަކުރުފާނުގެ ތަރިކަ ބަހާ، އެގޯތީގެ އިރުމަތީ، 2/1، އޭނާގެ މުހައްމަދުފުޅުއަށް މިލްކުވެފާވާކަން ޝަރީއަތުގެ މަޖިލީހަށް ސާބިތުވެފާވުމާއެކު؛ އެގޯތީގެ އިރުމަތީބައި(މއ.ކަށިމާގެ)، އެއީ މަލިން މުހައްމަދުފުޅުގެ ދަރިންގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްސައްޔިދު އިސްމާއީލް މަހްލީ ގެދަރި އައްސައްޔިދު އިބްރާހީމް ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Kashimaage, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin