The Modern History; The 1940s

Área de elementos

Taxonomia

Código

Nota(s) de âmbito

    Nota(s) da fonte

      Mostrar nota(s)

        Termos hierárquicos

        The Modern History; The 1940s

          Termos equivalentes

          The Modern History; The 1940s

            Termos associados

            The Modern History; The 1940s

              11 Descrição arquivística resultados para The Modern History; The 1940s

              NAM DOC-MN-F5-9A · Item · 1942
              Parte de Documents

              1361ހ ސަފަރު 28(1942މ މާޗް 16)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ކެއްކުޅަ ދޮންކަލޭފާނު ހާޒިރުވެ، 1360ހ ޖުމާދިލްއާހިރު 24(1941މ މޭ 21)ގާ، އޭނާއަށް ބެރު މުހައްމަދު ކަލޭފާނު ވިއްކި ގޯތީގެ ފަތް ގެއްލި، އެގޯތީގެ މައްޗަށް ދައުވާކުރުމުން، ބެރު މުހައްމަދު ކަލޭފާނުން އެ މަހްކަމާއަށް ހާޒިރުކޮށް، ދޮންކަލޭފާނަށް އޭނާ ދަރާއޮތް ދަރަންޏެއް އަދާކުރުމުގެ ގޮތުން، މާފަންނު މާވެޔޮދޮށަށް ހިނގަންއޮތް މަގާ އިންވެ ހުޅަނގުން އޮތް ވަޅިކޮށި ގޯތީގާ، އޭނައަށް މިލްކުވެފާވާ ބައި ،އެ ދޮންކަލޭފާނަށް ދީ އޭނާޔަށް އެތަން މިލްކުވެފާވާކަމުގާ ބުނެ، އެކަން ސާބިތުވުމުން، ގާޒީ އަބްދުއްލޯ ފަހުމީ ދީދީ، ބަންޑާރަނައިބު އިބްރާހީމް ލުތްފީ ދީދީ، ކުޑަ ނައިބު އަދި ފަތްލިޔާ ނައިބު، އެތަނަށް ގޮސް، އެހިސާބުގަނޑުގެ ދުވަސްވީ މީހުންކުރެ އަހާ، އެމީސްމީހުންގެ ހެކިބަހުން އެތަނުގެ މިން ސާބިތުކޮށް، އެގޯއްޗަކީ، ކެއްކުޅަ ދޮންކަލޭފާނުގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެދީފާވާ ލިއުމުގެ ނަކަލެއް.
              އަދި، 1368ހ ރަމްލޯނު 7(1949މ ޖުލައި 4)ގާ، މަހްކަމަތުލް ޝަރީއްޔާއިން؛ މަތީގާ ބުނެފާއެވާ މ.ވަޅިކޮށި ގޯތީގެ މިލްކުވެރިޔާ، ދޮންކަލޭފާނު، ނިޔާވުމުން، އޭނާގެ ދަރި ކަޅުތުއްތު އާއި އެހެނިހެން ދަރިން، -/700ރުފިޔާއަށް، އެތަން، ދަންވަރުގޭ ކުޑަދޮންމަނިކު މާލިމީގެ ތުއްތުމަނިކެއަށް ވިއްކާ، އޭނާއަށް އެތަން މިލްކުވެފާވާ ކަމުގާ؛ މަތީގާ ނަކަލުކުރިކަމަށް ބުނެވިފާވާ ލިއުމުގެ ނުފުށުގާ، މުހައްމަދު ނަސީރު މަނިކު ސޮއިކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.

              A copy of the report originally written on 16 March 1942 in to the investigation of the ownership of the land Maafannu Vaifilaa (Size: 8.85" X 6.7")
              K.Male' - M.Vaifilaa (Vaikosi) Goathi (Housing Plot) - Private Property

              Sem título
              NAM DOC-MN-F7-26 · Item · 1947, 1960
              Parte de Documents

              1366ހ ރަބީލްއައްވަލް 29(1947މ މޭ 21)ގާ، މަހްކަމަތުލް ޝަރީޔާއިން، މާދޫގެ އަހުމަދު ކަލޭފާނުގެ ތަރިކައިން، އޭނާގެ ދަރި ތުއްތުދީދީއަށް މިލްކުވެފާވާ ހެންވޭރު ގައްޑާމީ ގޯއްޗާއި، އެތާގާ ހުރި ގެ، ދައުލަތަށް ބޭނުންވެ، އެގޯތީގެ ބަދަލުގާ، މާފަންނުން ގޯއްޗެއް ދެއްވުމަށް އޭނާ އެދުމުން، މާފާންނު އަނދިރިއަނދިރި މަގުގާ އޮތް ބަންޑާރަ، ހަނިމާ ގޯއްޗާއި އަދި އެހެން ދެގޯއްޗަކުން، އެގައްޑާމީ ގޯތީގާ އޮތްވަރަށް މިން ހަމަކޮށް، ދެތަން ބަދަލުކޮށް ލާޖައްސާ، އެތާގާހުރި ގެއަށް ދައުލަތުން އަގުދެއްވާ، އެގައްޑާމީ ގޯތި ބަންޑާރަވެ، އަދި މާފަންނު އަނދިރިއަނދިރި މަގާ އިންވެ އިރުން، މާފަންނު ކަންމަތީގޭ އުތުރުން ހިނގާން އޮތް މަގުގެ ފުރަތަމައަށް އޮތް ގޯތި(މ.ދިލްބަހާރު ގޯތި) އެއީ، މާދޫގެ އަހުމަދު ކަލޭފާނުގެ ތުއްތުދީދީ ގެ މިލްކެއްކަމުގަޔާ، އަދި އެ ގައްޑާމީ ގޯތީގެ އިރުން އޮތް ގައްޑާމީ ދަރިކޮޅަށް އޮތް ވަގުފް ތަން އެއީ، އަހުމަދު ކަލޭފާނު -/150ރުފިއާ ދައްކާ، އޭނައަށް ހަވާލުވެރިކަން ލިބިފާވާ ތަނެއް ކަމާއި، އަދި އޭނާގެ ތަރިކަ ބެހުމުގާ، ތުއްތުދީދީ، އެފައިސާ، އެތާގެ އެހެން ބެހެނިވެރިންނަށް ދައްކާ، އެތަނުގެ ހަވާލުވެރިއަކީ، އެ ތުއްތުދީދީ ކަމުގަޔާ، އެގޯތި އޮންނަން ވީވަރަށްވުރެ 90އަކަ އަނގޫ ކުޑަވެފާވާނެ ކަމާއި، މި އެންމެހާ ކަންތައްތައް ބަޔާންކޮށް، އެ އަމިއްލ ގޯއްޗާ އަދި ވަގުފްގޯތީގެ އިމާއި މިން ހިމަނާ، އެމަހްކަމާއިން ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މި ކަރުދާހުގެ 3ވަނަ ގަނޑުގާ:
              1380 ރަބީލްއައްވަލް 29(1960 ސެޕްޓެންބަރު 21)ގާ، ޝަރީއަތުގެ މަޖިލީހުން؛ މ.ދިލްބަހާރު ގޯތި، މާދޫގޭ އަހުމަދު ކަލޭފާނުގެ ތުއްތުދީދީގެ ތިން ދަރިން، ދޮންމަނިކު، އަބްދުލް މައްނާނު އަދި ޖަމީލާއަށް، ހަމަހަމައަށް، އޭނާ ހިބައިން ދީ، އެމީހުންނަށް އެތަން މިލްކުވެފާވާ ކަމުގާ، މަހްކަމަތުލް ޝަރީޔާގެ 60/132ނަންބަރު ގަޒިއްޔާއިން ސާބިތުވެފާވާކަމުގާ؛ އައްޝެއިހު މުހައްމަދު ޖަމީލް ދީދީ ސޮއިކޮށްފާވާ ލިޔުމެއްގެ ނަކަލެއް.
              Real estate document for Maafannu Dhilbahaarugoathi and Henveiru Gaddaamee, written in Thaana, stating ownership of the land (Size: 8.8" X 6.65")

              Sem título
              NAM DOC-MN-F7-16 · Item · 1945
              Parte de Documents

              1364ހ(1945މ)ގާ، މަހްކަމަތުލް ޝަރީޔާއިން، އަލްގާޒީ އަބްދުއްލޯ ފަހްމީ ދީދީގެ ޝަރީއަތު މަޖިލީހުން؛ 1248ހ މުހައްރަމް(1832މ ޖޫނު)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެފާވާ ފަތަކުން ނާއި، އަދި، 1249ހ(1833މ)ގާ ލިޔެފާވާ ފަތަކުން، ލަންދޫ މޫސާ ކޮއިގެ އަހުމަދު މަނިކުއަށް މިލްކުވެފައިވާކަމުގާ ސާބިތުވާ، މައްޗަންގޯޅި، މައިޒާންދޮށުން އުތުރަށް ހިނގަންއޮތް މަގާ އިންވެ ހުޅަނގުން، ރަންވިއްކާގޯޅިއާ އިންވެ ދެކުނުން އޮތް، މއ. ބޮޑުގަލުމާފަތްގެގެ އުތުރުން އޮތް ގޯތި، އެތަނުގެ ވެރިން، ކަޅުހުރާގޭ އަބްދުއްލޯގެ ދަރި އައްސައްޔިތު އަލީ(ތުއްތު ސީދީ)އަށް ވިއްކާ، އޭނާއަށް ލިބިއްޖެ ކަމުގާ ސާބިތުވެ، އެތަނުގެ މިން ހަމަކޮށް، އެގޯތި އެއީ ކަޅުހުރާގެ އައްސައްޔިދު އަލީ(ތުއްތުސީދީ)ގެ މިލްކެއްކަމުގާ ބަޔާންކޮށް، އިމާއި މިން ހިމަނާ ލިޔެފާވާ ފަތުގެ ނަކަލެއް.


              Real estate document for Machchangoalhi B.M.A, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Abdullah Fahumee Didi

              Sem título
              NAM DOC-MN-F7-23A · Item · 1947
              Parte de Documents

              1346ހ ރަބީލްއާހިރު 8(1947މ އޮކްޓޯބަރު 4)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ދޮންތުއްތު އާއި އޭނާގެ ދޮންމައްމަ، މަރިޔަމް ދީދީ އާއި، އެބަނޑަށް އޭނާގެ ބައްޕައަށް ލިބިފާވާ ތިން އަންހެން ބޭންނާ ހާޒިރުވެ ތިބެ، އެ މޫސާ ކަލޭފާނުގެ ތަރިކަމުދާ ބަހައިގެން ދޮންތުއްތުއަށް ލިބިފާވާ އެންމެހާ ތަކެއްޗެއް، އޭނާގެ އެއްބަފާ، އެ، ތިން ބެއިންނަށް ހިބައިންދީފި ކަމުގާ، ދޮންތުއްތު ބުނެ، އަދި އެތަރިކައިން އެ ތިން ބޭންނާއި، އެމީހުންގެ މައްމައަށް، މާވެޔޮދޮށުގާ އޮތް ބިންކޮޅުން ލިބިފާވާ ތަން، ދޮންތުއްތުއަށް ހިބައިންދީފި ކަމުގާ، އެމީހުން ބުނުމުން، އެކަން ސައްހަ ކަމުގަޔާ، މޫސާ ކަލޭފާނުގެ ތަރިކަ މުދަލާ މެދު ދެން ދައުވާއެއް ނުވެވޭނެ ކަމުގާ ޝަރީއަތުން ނިޔާކޮށްފި ކަމުގާ، އެމަޖިލީހުން، މޫސާ މަލިން ކަލޭފާނު ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.
              Real estate document for Boigasdhoshuge (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

              Sem título
              NAM DOC-MN-F7-8 · Item · 1943
              Parte de Documents

              1362ހ ޒުލްހައްޖު 1(1943މ އޮކްޓޯބަރު 30)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ 1362 ރަބީލްއާހިރު 22(1943މ އޭޕްރިލް 27)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ފޮނުވާފާވާ، ހ-25ނަންބަރު ސިޓީގާވާ ފަދައިން، 1331ހ ޒުލްގައިދު 15(1913މ އޮކްޓޯބަރު 16)ގާ ފަތްލިޔެފާވާ، މައްޗަންގޯޅި ނިކަގަސްމަގާ އިންވެ، އިރުން ދެވިނަމަގުގެ އުތުރުން އޮތް، ދޭވާނި ހާޖީކޮއިގެ ގޯތި، އޭނާގެ 2 ދަރިން، ދޮންތުއްތު އާއި ކުޑަތުއްތުގެ މެދުގައި ބަހާ، ދޭވާނީ ހާޖީ ކޮއިގެ ކުޑަތުއްތު އަށް ލިބުނުބައި، މައްޗަންގޯޅި ދެކުނުއިންނަގޯތިގެ އިމާއި މިން ހިމަނާ؛ ލިޔެފާވާ ފަތުގެ ނަކަލެއް. (1F7-އެއީ މީގެ އަނެއްބައިގެ ފަތުގެ ނަކަލު)
              Real estate document for Machchangoalhi Ithuruinnagoathi (Size: 8.8" X 6.65")
              K - Male' - Ma.Uthuruinnaa Goathi (Housing Plot) - Private Property

              Sem título
              NAM DOC-MN-F6-26A · Item · 1944
              Parte de Documents

              1363ހ ރަބީލްއާހިރު 22(1944މ އޭޕްރިލް 16)ގާ؛ މަހްކަމަތުލް ޝަރީއްޔާގެ ޝަރީއަތު މަޖިލީހުގާ، އެމަހު 19ގާ، ތިލަދުންމަތީ ނޮޅިވަރަމު މާލިމީ މުހައްމަދުގެ މޫސާ، އޭނާ އާއި އޭނާގެ އަންހެނުން، ދޮންހަސަންގެ އައިސަ އާއި ދެމީހުންގެ މިލްކިއްޔާތުގެ ތެރެއިން ވަގުފް ސައްހަވާ އެންމެހާ މުދަލެއް، އެދެމަފިރިންގެ އަލީ، އުސްމާނު، މަރިޔަމް އަދި ސިއްތި، މި 4 ދަރިންނަށާ، އެދަރިން ނެތްނަމަ، އެދަރިންގެ ދަރިކޮޅަށް، އެވަފްގެ ހަވާލުވެރިކަން ލަށްވާފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދިނުމަށް އެދުމުން، އެ އައިސަ، އެރަށުގެ ނައިބުގޭގާ، އެކަމަށް އެދިފާވާކަން ސާބިތުވެ، އެ މަހްކަމާއިން ލިޔެދީފާވާ ފަތުގެ ނަކަލެއް.List of palm trees, tools, boxes, wood, gold and silver (Size: 11" X 8.5")
              H.Dh.Nolhivaranfaru - Endowment for property

              Sem título
              NAM DOC-MN-F7-7 · Item · 1943
              Parte de Documents

              1362ހ ޒުލްގައިދު 9(1943މ ނޮވެންބަރު 7)ގާ، މަހްކަމަތުލް ދާހިލިއްޔާއިން، މާފަންނު ބޮޑުގުޅަ މައިޒާންދޮށުން ދެކުނަށް އޮތް ގޯޅިއާ އިންވެ ހުޅަނގުން އަލީ ރަސްގެފާނު ޒިޔާރތް ދޮށަށްދާން އޮތް މަގެ އިންވެ އުތުރުން އޮތް، 1303ހ ޒުލްހައްޖު(1886މ އޯގަސްޓް)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު، ފަތް ލިޔެދެއްވާފާވާ، ދޭވާނީ އަލިފުތުގެ މިލްކު، މ.ލަންދޫގޯތި، އޭނާ، ލަންދޫ މޫސާގެ މުހައްމަދުއަށް ވިއްކި ކަމުގާ ޝަރީއަތަށް ސާބިތުކޮށްފާ ވަނިކޮށް، އެމުހައްމަދު ނިއާވެ، އޭނާގެ ތަރިކަ ބަހާ، އެގޯތިން، އޭނާގެ ދަރި އަހުމަދު މަނިކުއަށް ލިބުނު ބައި، އެ މުހައްމދުގެ ފާތުމަ ގަނެ، މިލްކުކޮށްފި ކަމުގާ، މަހްކަމަތުލް ޝަރީޔާއިން، 1362ހ ރަބީލްއާހިރު 22(1943މ އޭޕްރިލް 27)ގާ، އެތާގެ ހ.25ނަންބަރު ސިޓީއިން، ދާހިލިއްޔާއަށް އެންގުމުން، އެތަނުގެ މައްސާހުން( ގޯތިގޯއްޗާއި ބިންބިމާއި ޢިމާރާތްފަދަ ތަންތާގައި މިންއަޅައިގެން ތަނުގެ ބޮޑުމިން ބަލާމީހުން)ގޮސް މިންއަޅާ ހަމަކޮށް، މ.ލަންދޫގޯތި އެއީ، ލަންދޫ މޫސާގެ މުހައްމަދުގެ ފާތުމަގެ މިލްކެއް ކަމުގާ، ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ ލިޔެފާވާ ފަތުގެ ނަކަލެއް.
              Real estate document for Maafannu Landhoogoathi, written in Thaana (Size: 8.8" X 6.65")
              K.Male' - M.Landhoo Goathi (Housing Plot) - Private Property

              Sem título
              NAM DOC-MN-F7-1 · Item · 1943
              Parte de Documents

              1362ހ ޒުލްހައްޖު 1(1943މ އޮކްޓޯބަރު 30)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ 1362 ރަބީލްއާހިރު 22(1943މ އޭޕްރިލް 27)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ފޮނުވާފާވާ، ހ-25ނަންބަރު ސިޓީގާވާ ފަދައިން، 1331ހ ޒުލްގައިދު 15(1913މ އޮކްޓޯބަރު 16)ގާ ފަތްލިޔެފާވާ، މައްޗަންގޯޅި ނިކަގަސްމަގާ އިންވެ، އިރުން ދެވިނަމަގުގެ އުތުރުން އޮތް، ދޭވާނި ހާޖީކޮއިގެ ގޯތި، އޭނާގެ 2 ދަރިން، ދޮންތުއްތު އާއި ކުޑަތުއްތުގެ މެދުގައި ބަހާ، ދޭވާނީ ހާޖީ ކޮއިގެ ދޮންތުއްތު އަށް ލިބުނުބައި، މައްޗަންގޯޅި ދެކުނުއިންނަގޯތިގެ އިމާއި މިން ހިމަނާ؛ ލިޔެފާވާ ފަތުގެ ނަކަލެއް. (F7-8އަކީ މިތަނުގެ އަނެއްބައިގެ ފަތުގެ ނަކަލު)
              Real estate document for Machchangoalhi Dhekunuinnagoathi (Size: 8.8" X 6.65")
              K.Male' - Part of Ma.Dhekunuinna Goathi (Housing Plot) - Private Property

              Sem título
              NAM DOC-MN-F10-1 · Item · 1940
              Parte de Documents

              1359ހ(1940މ)ގެ ރަބީލްއައްވަލް މަހުގެ ދުއާޔަށް ކެއިން ކައްކާ އަދި އެހެނިހެން ރަސްމީކަންކަން، އެއަހަރުގެ ސަފަރު މަހު 23، 27، 29ގާ ގަނޑުވަރުގެ އެކިއެކި ކޮއިލުގައަ، ގޭގޭގާ ކުރެވުނު ކަންތައްތަކާ، ކަންތައްތައް ކުރީ ކޮންކޮން ބަޔެއްކަމާ، ކަންތައްތައް ކުރި ގޮތާ، އިންތިޒާމުތައް ހުރި ގޮތާއި، އެ ރަސްމިއްޔާތަށް ރަދުންގެ ކަންކަން ކުރެވުނު ގޮތުގެ ތަފްސީލާއި، ރަބީލްއައްވަލް 12ގެ މާލޫދުއަށް، އެމަހުގެ 8ވަނދުވަހުން ފެށިގެން ކަންތައްތައް ކުރެވުނު ގޮތުގެ ތަފްސީލާއި، 1360ހ ޝައުބާން 3(1941މ އޯގަސްޓް 26)ގާ ގަނޑުވަރުގާ ވަރުހަނގުން ބެހުމަށްޓަކާ، ރަދުންނަށް ވެދުމަށް ގެނައި 'ދަޅުފުޅު' ދެއްވިކަމާއި، އަދި ވެދުން ބޮނޑިޔަށް ކަންތައް ކުރިގޮތާއި، އަދި އެއަހަރު ޝައުބާން 23ގާ ބޮޑުބޮލި ބެއްސެވިކަން ބަޔާންކޮށްފާވާ ލިޔުމެއް.
              މި ކަރުދާހުގާވާ 7 ގަނޑު ވަނީ ތަރުތީބުން ނޫން ކަމާ، އަދި ދޭތެރެއިން ގަނޑު މަދުވެފާވާ ކަމަށް ބެލެވެއެ.
              Report on the ceremony planning and food preparation (Size: 8.05" X 5.95")
              K - Male' - Royal Palace - Writing(food)

              Sem título
              NAM DOC-MN-F6-53 · Item · 1949
              Parte de Documents

              1369ހ މުހައްރަމް 1(1949މ އޮކްޓޯބަރު 23)ގާ، މަހްކަމަތުލް މާލިއްޔާއިން، މ.މުލަކުގެ ކަތީބުން، މުދިމުން އަދި އެންމެހާ ރައްޔިތުންނަށް؛ އެމީހުން، ދައުލަތުގާ އެދިފާވާ އެދުމުގެ މަތިން، އެރަށު މާމިސްކިތުގެ ބޯގަޔަށް އޮތް ރަތްމަންދޫގެ ބަދަލުގާ، އެރަށު ރަސްގެހިންނަ ލަށްވާދެއްވާފިކަމާއި ރަތްމަންދޫ، މާލިއްޔާއަށް ނެންގެވިކަމުގާ، ބަޔާންކޮށް، އިބްރާހީމް މުހައްމަދު ސޮއިކޮށް ލިޔެފާވާ ސިޓީއެއް. Letter stating changes in the waqf endowment for Mulaku Maa Miskiyy (Size: 8.8" X 5.5")
              M.Mulah - Maa Miskiiy (Mosque) - letter(Endowment for Mosque)

              Sem título