The Modern History; The 1950s

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        The Modern History; The 1950s

          Equivalent terms

          The Modern History; The 1950s

            Associated terms

            The Modern History; The 1950s

              64 Archival description results for The Modern History; The 1950s

              64 results directly related Exclude narrower terms
              NAM DOC-MN-F9-25 · Item · 1956
              Part of Documents

              1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ހެންވޭރު ވެލާނާގޭ ތެރޭގާ އޮތް، އަލިމަތާ އުރަންނާ ކަލޯގެ ދަރި ފަސްމަންދޫ ކޮލި މުހައްމަދު ކަލޯގެ ދަރި މަރިޔާބީ، ބަނޑޭރި މުހައްމަދު ކަލޭގެ ދަރި ހުސެއިން މަފުތުގެ މައްޗަށް ވަގުފްކޮށް، އެފުތާއި، އޭނާ ނެތުމުން އޭނަގެ ދަރިކޮޅަށް، ހަވާލުވެރިކަން ލަށްވާ، 1047ހ މުހައްރަމް 17(1637މ ޖޫނު 11)ގާ، މުހައްމަދު ޝަމްސުއްދީނު އުއްތަމަ ފަނޑިޔާރު، ފަތް ލިޔެދެއްވާފާވާ، އަދި އެޔަށްފަހު، ބަޑޮހު މުދިން ދޮންފާތުމާފާނުގެ ދަރިން އެދިގެން، އަލްގާޒީ މޫސާ ނަޖްމުއްދީނު، 1207ހ ޒުލްގައިދު(1793މ ޖޫނު)ގާ، އެފަތް އާކޮށްދެއްވާފާވާ ގޯތި، ބަޑޮހު މުދިންކަލޭފާނުގެ، ބަޑޮހު ގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
              K - Male' - H.badohu Goathi (19 number Housing Plot) - Deed for housing plot (Th.Elaa)
              Size: 10" X 7.5"

              National Archives of Maldives
              NAM DOC-MN-F9-24 · Item · 1958
              Part of Documents

              1378ހ ޖުމާދިލްއައްވަލް 29(1958މ ޑިސެންބަރު 11)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1211ހ ޖުމާދިލްއައްވަލް(1796މ ސެޕްޓެންބަރު)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ، މުހައްމަދު ބަންޑާރަނައިބުގެ މަޖިލީހުން، ބޮޑުކާށި އުބުރަހިން ކަލޭފާނުއާ، މަލިން ތަކުރުފާނުގެ ދަރި މޫސާ ތަކުރުފާނުއާއި ދެބެން، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން އެމީހުންގެ ދަރިކޮޅަށް ލަށްވާފާވާ، އަދި އެޔަށްފަހު އެގޯތި ބަންޑާރަގޮތުގާ އެތައްދުވަހުކު އޮއްވާ، އެ އުބްރާހިން މަނިކު އެކަމާ ދައުވާކުރުމުން، 1284ހ ސަފަރު(1867މ ޖޫނު)ގާ، އަލްގާޒި މުހައްމަދު މުހިއްބުއްދީނު، އެތަނުގެ ބޮޑުމިން ހިމަނާ، ލިޔެފާވާ ފަތެއްގެ ނަކަލަކުން، އެތަނުގެ ވަގުފް އޮތީ ކުރީގާވެސް އޮތްގޮތަށް ކަމުގާ ސާބިތުކޮށް، އެބައިމީހުންނަށް ގޯތި ލިބިދީ، ފަތް ލިޔެފާވަނިކޮށް، އެގޯތި ބަންޑާރަ ކޮށް، ލާޖައްސާ، އޭގެ ބަދުލުގާ އެބައިމީހުންނަށް ދީފާވާ މިގޯތީ(ބޮޑުކާށި ގޯތި؟)ގެ ހަވާލުވެރިންނަކީ، މަނަދޫގާ ހުރި ބޮޑުކާށި ދޮންމަނިކުގެ ދަރިކޮޅުކަމުގާ، 1368ހ ރަބީލްއައްވަލް 29(1949މ ޖަނަވަރީ 29)ގާ، އަލްގާޒީ އަބްދުއްލޯ ޖަލާލުއްދީނު ލިޔެފާވާ ފަތަކުން ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5"
              K - Male' - H.?Bodukaashi Goathi (24 number Housing Plot) - Deed for housing plot (Th.Elaa)

              National Archives of Maldives
              NAM DOC-MN-F9-23 · Item · 1959
              Part of Documents

              1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ގޯޅާލި މުހައްމަދު ތަކުރުފާނުގެ ދަރި އާއިޝާފާނު، މޫސާ ހިރިހަމާދި ކަލޭފާނުއަށް ވަގުފްކޮށްދީފާވާ ގޯއްޗެއް ކަމުގާ، 1200ހ ޒުލްހައްޖު(1786މ އޮކްޓޯބަރު)ގާ، އަލްގާޒީ މޫސާ ނަޖްމުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ ޝަރީއްޔަތު މަޖިލީހުގާ ލިޔެފާވާ ފަތުގެ ނަކަލަކުންނާއި، 1290ހ ޝައުބާން(1873މ އޮކްޓޯބަރު)ގާ، އަލްގާޒީ މުސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރު، މޫސާ ހިރިހަމާދި ކަލޭފާނުގެ ދަރި އުބްރަހިން މަނިކުގެ ދަރި އައިމިނާ ދީދީ އާއި، އެ ކަލޭފާނުގެ ދަރި އައިމިނާ މަނިކުފާނުގެ ދަރި އިބްރާހީމް މަނިކުގެ ދަރި މުހައްމަދު ދީދީ އާއި މި ދެބެއިންގެ އެދުމަކަށް، ގޯތީގެ މިންއަޅާ ލިޔެދެއްވި ފަތަކުންނާއި، 1246ހ ޖުމާދިލްއައްވަލް 12(1830މ އޮކްޓޯބަރު 29)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުން، ލިޔެދެއްވި ފަތަކުންނާއި ސާބިތުވެ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވުމުން، އެގޯތީގެ 2/1ގެ މައްސަލަޖެހުމުން، 1378ހ ޖުމާދިލްއާހިރު 20(1958މ ޑިސެންބަރު 31)ގާ، ދާހިލިއްޔާއަށް ފޮނުވާފާވާ، މަހްކަމަތުލް ޝަރީޔާގެ، ށ-3-59/2 ނަންބަރުސިޓީއިން، ވުޒާރަތުލް އައުގާފުއިން، އެ ފާތުމަތު ދީދީއަށް، -/97ރުފިޔާ ދީ، އެ ވުޒާރާޔަށް ގޯތި ހަވާލުކުރުމަށް ނިޔާ ކަނޑައަޅާފި ކަމާއި، އަދި 1378ހ ޝައުބާން 27(1959މ މާޗް 7)ގާ، އައުގާފުން، ދާހިލިއްޔާއިން ފޮނުވި ހ-3-59/14ނަންބަރު ސިޓީއިން، އެކަން އެގޮތަށް ކޮށްފި ކަމުގަޔާ، އަދި އެ މުޅި ގޯތި ހިރިހަމާދި ކަލޭފާނުގެ ދަރިކޮޅަށް އޮތުމުން، އެގޯތީގެ ވަގުފް ފުއްދާ، އެކަންތައްތައް ކުރުމަށް، އެލާއިން ލިބޭ މަންފާއެއް، ވުޒާރަތުލް މާލިޔާއިން، އައުގާފް އާޢި ހަވާލު ކޮށްފާވާ ކަމަގާ ލިޔެ، އަދި 7ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
              K - Male' - Goalhaali Goathi (30 number Housing Plot) - Deed for housing plot (Th.Elaa)

              National Archives of Maldives
              NAM DOC-MN-F9-22 · Item · 1953
              Part of Documents

              1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ޝެއިހު މުދިންކަލޭފާނުގެ ދަރި ފާތުމާފުޅު ވަގުފްކޮށްފާވާ ގޯއްޗަކީ، އަލްގާޒީ މަޖުދުއްދީނުގެ ދަރި އައްނައިބު އިސްމާއީލް ބަންޑާރަނައިބު ތަކުރުފާނުގެ މަޖިލީހުން، އެ ފާތުމާފުޅަށް ވަގުފްކޮށް، އޭނާއަށާއި، އޭނާ ނެތުމުން، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކްނ ލަށްވާ، ފަތް(F0-131) ލިޔެދެއްވާފާވާ ގޯއްޗެއްކަން ސާބިތުވުމުން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5"
              K - Male' - G.Mandhoo Goathi (Housing Plot)ge (12 number Housing Plot) - Deed for housing plot (Th.Elaa)

              National Archives of Maldives
              NAM DOC-MN-F9-21 · Item · 1952
              Part of Documents

              1371ހ ޒުލްގައިދު 3(1952މ ޖުލައި 25)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ގަލޮޅު ޖަހާހަގު ބިމުގައި އޮތް، ގަތްގޯތީން އައިޝަތު ވަގުފް ކުރި ގޯއްޗަކީ، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުންގެ ރަސްކަމުގާ، އެ އައިޝަތު، ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާ، ފަތް ލިޔެދެއްވާފާވާ(F0-42) ގޯއްޗެއްކަން ސާބިތުވެ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
              K - Male' - H. G.Daisyfehi (Housing Plot)ge (2 number Housing Plot) - Deed for housing plot (Th.Elaa)
              Size: 10" X 7.5"

              National Archives of Maldives
              NAM DOC-MN-F9-20 · Item · 1959
              Part of Documents

              1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު ހަސން ނޫރައްދީނު އިސްކަންދަރު ރަދުން ވަގުފްކުރައްވާފާވާ، އާގަނޑުވަރެކިޔާ 'ރައްދެބައިގެ' ގޯއްޗަކީ، 1302ހ ޖުމާދިލްއާހިރު(1885މ އޭޕްރިލް)ގާ އެރަދުން، މާވާކިލެގެފާނުންގެ ގަނޑުވަރޭ ކިޔޭ ގޯތިން މަރިޔަމް ދީދީއަށް މިލްކުވެގެންވާހާ ތަނަކާއި، ބޮނޑިބަތް މޫސާފުޅަށް މިލްކުވެގެން އޮތް ބޮނޑިބަތްގެކިޔާ ގޯއްޗާއި، އެދެތާނގެ މިލްކުވެރިން އަތުން ބައްލަވައިގަނެ، ދައުލަތުގެ މިލްކަށް ދޫކުރައްވާ، އޭގެބަދަލުގާ ބަންޑާރައިން އެރަދުންނަށް މިލްކަށް ލިބި، ވަގުފްކުރައްވާ، ބޮޑުގަލުގޭ ދީދީއަށް، އެރަދުންނަށް ލިބިވަޑައިގެން ދެ ދަރިކަނބަލުންނަށް، ހަވާލުވެރިކަން ލަށްވާ، ފަތް ލިޔެދެއްވާފާވާ ގޯއްޗެއްކަން ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5"
              K - Male' - H. G.rahdhebaige (27 number Housing Plot), G.Aa Royal Palace Goathi (27 number Housing Plot) - Deed for housing plot (Th.Elaa)

              National Archives of Maldives
              NAM DOC-MN-F9-19 · Item · 1959
              Part of Documents

              1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1279ހ ސަފަރު 24(1862މ އޯގަސްޓް 20)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު ލިޔެދެއްވާފާވާ ފަތުން(F0-147)، ދުނބުރި އަލީ ކަލޭފާނުގެ ގަރަބު ގޯއްޗޭ ކިޔާގޯޗަކީ، އަލީ ކަލޭފާނުގެ މާމަ، ތޮއްޑޫ ސަންޕާ ކަލޭފާނު، ހައިވަކަރު ދައިތަ އަތުން ގަނެ، އަދި އެތަނުގެ ބެހެނިވެރިން، މި އަލީ ކަލޭގެފާނަށް ބައިބައި ހިބައިންދީ، އަނެއް ބައިބައި، އޭނާ ގަނެ، މިލްކުވެ، ވަގުފްކޮށް، ހަވާލުވެރިކަން، އޭނާ އަށާއި، އޭނާގެ ދަރިކޮޅަށް ލަށްވާފާވާ ގޯއްޗެއް ކަމާ، އަދި 1282ހ ޖުމާދިލްއައްވަލް(1865މ އޮކްޓޯބްރު)ގާ، ހަމަ އެގާޒީގެ ޝަރީއްޔަތުގެ މަޖިލީހުން ލިޔެދިން ފަތަކުންނާއި، ދުނބުރި އަލީ ކަލޭގެފާނާއި ކުޑަފަރީ މަލިންތަކުރުގެ ދަރީންނާ، އެގޭގެ ބަޔެއް އެއީ، ކުޑަފަރީ ސަންޕާގެ ހިބައެއްކަން ސާބިތުކޮށް ފަތް(F0-15) ލިޔެ، އަދި 1285ހ ޝައްވާލް 29(1869މ ފެބްރުވަރީ 11)ގާ، އަލްގާޒީ މަޖުދުއްދީނު ލިޔެދެއްވާފާވާ ފަތުން، އަލީ ކަލޭގެފާނަކީ ދުނބުރިގުދުގޭ ފާތުމާފުޅުގެ ދަރިޔެއްކަމާއި، އަދި އެގޯތިން، ކުޑަފަރީ މަލިންތަކުރުފާނުގެ ދަރިކޮޅުގެ މިލްކު ނޫން ހުރިހާތަނަކީ، މިއަލީ ކަލޭފާނުއަށް މިލްކުވެ، އޭނާގެ ދަރިކޮޅަށް ވަގުފްކޮށްފާވާ ގޯއްޗެއްކަން ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
              K - Male' - H. H.Garabu Goathi (26 number Housing Plot) - Deed for housing plot (Th.Elaa)

              National Archives of Maldives
              NAM DOC-MN-F9-18 · Item · 1953
              Part of Documents

              1373ހ ސަފަރު 15(1953މ އޮކްޓީބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1218ހ ޒުލްހައްޖު 12(1804މ މާޗް 24)ގާ، އަލްގާޒީ މުސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު، ރިނބުދޫ މޫސާ ހަތީބުގެ ދަރި ދޮން އަލީ ކަލޭގެ މައްޗަށް ވަގުފްކޮށް، އެ ދޮންއަލީ ކަލޭގެއަށާއި އޭނާގެ އަނބިންނަށާއި، އޭނާގެ އެންމެހާ ދަރިންނާއި އެދަރިންގެ ދަރިކޮޅަށް، ހަވާލުވެރިކަން ލަށްވާ، ފަތް(F0-49) ލިޔެދެއްވާފާވާ، މއ.ކުންނާރުގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
              K - Male' - H. Ma.Kunnaaru Goathi (11th Housing Plot) - Deed for housing plot (Th.Elaa)
              Size: 10" X 7.5"

              National Archives of Maldives
              NAM DOC-MN-F9-13 · Item · 1956
              Part of Documents

              1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ކުޑަކޮށީގާ އޮތް، ތުޅާދޫ އިބްރާހީމް މަނިކުމެންގެ ވަގުފްގޯޗެއް ކަމުގާވާ މޭބިސްކަދުރުގޯތީގެ ވަގުފްވެރިންކުރެ ބަޔަކު އެބައި މީހުންނަށް ވީތަން، ތަކަންދޫ ދޭވާނީ މުހައްމަދު ތަކުރުފާނުގެ ދަރި ސަންޕާ މަނިކުފާނުންގެ ދަރި، ތުޅާދޫގޭ މުހައްމަދު މަނިކުއާއި ހަވާލުކޮއްފާ އޮތްކަމުގެ ހަދާނަށް، އަލްގާޒި މަޖުދުއްދީނު ބަންޑާރަނައިބު ތަކުރުފާނު ގެ ދަރި އައްނައިބު އިސްމާއިލު ލިޔެދެއްވި ފަތާއި(F0-20)، އެގޯތީގެ ވަގުފްވެރިން ކަމުގާ ތިބި، ތުޅާދޫގޭ މުހައްމަދު މަނިކުގެ ދަރި މޫސާ މަނިކުގެ ތިބި ދެ ފިރިހެން ދަރިން އެގޯތީގެ ވަގުފާއި، ތުޅާދޫގޭ މުހައްމަދު މަނިކުގެ ދަރި އިސްމާއީލް މަނިކުގެ ދަރި އިބްރާހީމް މަނިކުއާއި ހަވާލު ކޮށްފާވާ ކަމަށް، 1331ހ(1913މ)ގާ، މޫސަލް މަހައްލީ އުއްތަމަ ފަނޑިޔާރުގެ ދަރި އަލްގާޒީ ހުސެއިން ސަލާހުއްދީނު ލިޔެދެއްވާފާވާ ފަތުން(R-30)، ސާބިތުވެ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
              K - Male' - M.Meuybiskadhuruge (16th Housing Plot) - Deed for housing plot (Th.Elaa)
              Size: 10" X 7.5"

              National Archives of Maldives