The Modern History; The 1950s

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        The Modern History; The 1950s

          Equivalent terms

          The Modern History; The 1950s

            Associated terms

            The Modern History; The 1950s

              64 Archival description results for The Modern History; The 1950s

              64 results directly related Exclude narrower terms
              NAM DOC-MN-F6-59 · Item · 1959
              Part of Documents

              1379ހ ރަބީލްއައްވަލް 25(1959ހ ސެޕްޓެންބަރު 29)ގާ، ވުޒާރަތުލް މާލިއްޔާގެ(ހ)އިން؛ 1259ހ(1843މ)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނުގެ ސިއްކަޖަހާފާވާ، ބ.އަތޮޅު ކުޑަރިކިލް މިސްކިތުގެ ބޯގަޔަށް، އެއަތޮޅު ވޯވަށް އަދި ވިނެންފަރު(ވިނަނެތްފަރު) ދެއްވާފާވާ، ދިވެސްއަކުރު ފަތްކޮޅެއް، އެ ވުޒާރާއަށް ލިބުނުކަމުގާ؛ އާދަމް އަހުމަދު ނަސީރު، ސޮއިކޮށްފާވާ، ލިޔުމެއް.Letter stating that Wuzārath Al-Maaliyya received a waqf endowment of assets to Kudarikilu Rashu Miskiyy, which was written in Dhives Akuru (Size: 8.4" X 5.7")
              B.Kudarikilu - Island Mosque - Account

              National Archives of Maldives
              NAM DOC-MN-F6-60 · Item · 1959
              Part of Documents

              1379ހ ރަބީލުއާހިރު 3(1959ހ އޮކްޓޯބަރު 6)ގާ، ވުޒާރަތުލް މާލިއްޔާގެ(ށ)އިން؛ 1237ހ(1822މ)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ސިއްކަ ޖަހާފާވާ، ބ.އަތޮޅު މާއްޑޫ މިސްކިތު ބޯގަޔަށް، އެއަތޮޅު ހުޅުދޫ ލަށްވާފާވާ، ދިވެސްއަކުރު ފަތެއް، އެވުޒާރާއަށް ލިބުނުކަމުގާ؛ އާދަމް އަހުމަދު ނަސީރު، ސޮއިކޮށްފާވާ، ލިޔުމެއް.Letter stating that Wuzārath Al-Maaliyya received a waqf endowment for Maaddoo Rashu Miskiyy, which was written in Dhives Akuru (Size: 8.4" X 5.7")
              B.Maa'ddoo - Island Mosque - Account

              National Archives of Maldives
              NAM DOC-MN-F6-61 · Item · 1959
              Part of Documents

              1379ހ ޖުމާދުލްއާހިރު 21(1959މ ނޮވެންބަރު 23)ގާ، ވުޒާރަތުލް މާލިއްޔާގެ(ށ)އިން؛ ބ.އަތޮޅު (ފަނި)ކެންދޫގާވާ، ތަބްރީޒްގެ މަގާމަށް، އެރަށު ގޮއިފާލަށްބަ ދެއްވި ފަތްކޮޅުގެ ނަކަލު، އެ ވުޒާރާއަށް ލިބުނުކަމުގާ؛ އާދަމް މުހައްމަދު ނަސީރު، ސޮއިކޮށްފާވާ ލިޔުމެއް.Letter stating that Wuzārath Al-Maaliyya received a copy of a waqf endowment for Thabeez Maqaam (Size: 5.5" X 4.6")
              B.Fanikendhoo - Thabreez Magaam (Shrine)

              National Archives of Maldives
              NAM DOC-MN-F6-62 · Item · 1959
              Part of Documents

              1379ހ ޖުމާދިލްއައްވަލް 21(1959މ ނޮވެންބަރު 23)ގާ، ވުޒާރަތުލް މާލިއްޔާގެ(ހ)އިން؛ 1302ހ(1885މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ސިއްކަ ޖަހާފާވާ، ބ.އަތޮޅު އައިދޫ ޒިޔާރަތުގެ ބޯގަޔަށް އެއައިދޫ ލަށްވާފާވާ ފަތް، އެވުޒާރާއަށް ލިބިނުކަމުގާ، އާދަމް މުހައްމަދު ނަސީރު ސޮއިކޮށްފާވާ ލިޔުމެއް.Letter stating that Wuzārath Al-Maaliyya received a copy of a waqf endowment for Aidhoo Ziyaarat (Size: 4.3" X 5.7")
              B.Aidhoo - Aidhoo Shrine - Account

              National Archives of Maldives
              NAM DOC-MN-F6-63 · Item · 1959
              Part of Documents

              1379ހ ޖުމާދިލްއައްވަލް 21(1959މ ނޮވެންބަރު 13)ގާ، ވުޒާރަތުލް މާލިއްޔާއިން، އަލްގާޒީ ހަސަންތާޖުއްދީނުގެ ސިއްކަ ޖަހާފާވާ، ބ.އަތޮޅު ހަނިފަރު އާއިބެހޭ ފަތެއް އެވުޒާރާއަށް ލިބުނުކަމުގާ، އާދަމް މުހައްމަދު ނަސީރު ސޮއިކޮށްފާވާ ލިޔުމެއް.Letter stating that Wuzārath Al-Maaliyya received a copy of a document on B.Hanifaru (Size: 4.3" X 5.7") Chief Justices - Al Ghaazee Hassan Thajuddin
              K.Male' - Account

              National Archives of Maldives
              NAM DOC-MN-F6-64 · Item · 1959
              Part of Documents

              1378ހ ޒުލްގައިދު 14(23 މޭ 1959)ގާ، ވުޒާރަތުލް މާލިއްޔާއިން؛ އައްސުލްތާނު ހަސަން ނޫރައްދީނުގެ ސިއްކަ ޖަހާފާވާ، ބ.ދަރަވަންދޫ މިސްކިތުގެ، ދިވެސްއަކުރުން ލިޔެފައިވާ ފަތަކާއި އޭގެ ތަރުޖަމާ، އެވުޒާރާއަށް ލިބުނުކަމުގާ، އާދަމް މުހައްމަދު ނަސީރު ސޮއިކޮށްފާވާ ލިޔުމެއް.Letter stating that Wuzārath Al-Maaliyya received a the waqf endowment for Dharavandhoo Miskiyy, which was written in Dhives Akuru (Size: 4.3" X 5.7")
              B.Dharavandhoo - Island Mosque - Account

              National Archives of Maldives
              NAM DOC-MN-F7-10 · Item · 1951
              Part of Documents

              1371ހ މުހައްރަމް 12(1951މ އޮކްޓޯބަރު 13)ގާ، މަހްކަމަތުލް ދާހިލިއްޔާއިން، ކާޅުގޭ ދޮންކޮއްކޮ ގެނައި ހ.ހޮޅިގެގެ، 1298ހ(1881މ)ގެ ފަތް ބަލައިގެންފާ، އެ މަހްކަމާއިން ދީފާވާ ރަސީދު.

              Receipt for publication of property inventory of Henveiru Holhige (Size: 8.85" X 6.7")

              National Archives of Maldives
              NAM DOC-MN-F7-12 · Item · 1954
              Part of Documents

              1374ހ ރަބީލްއައްވަލް 20(1954މ ނޮވެންބަރު 16)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އައްޑޫ ހާޖީގެ ދޮން އައިސާފާނުގެ ކަމަނަގެ ތުއްތުގެ މިލްކު ގޯތި، އެއްގަމުގޭ ހަސަން ފާމުލަދޭރި ކިލެގެފާނުގެ އިބްރާހީމް ދީދީއަށް ވިއްކާ، އޭނާއަށް މިލްކުވެފާވަނިކޮށް، އެގޯތި ދައުލަތަށް ބޭނުންވުމުން، އިބްރާހީމް ދީދީ އެގޯއްޗަށް(ބުރުނީގޭދެކުނުގެ؟) އެދިވަޑައިގެން އެދެގޯތި ބަދަލުކޮށް، ލާޖަށްސާ، އަދި އިބްރާހީމް ހަސަންދީދީގެ ގޯތިން އިތުރުވީ ތަން، އެގޯތީގާ އޮތް ބަންޑާރަތަނުން(ބުރުނީގެދެކުނުގެ؟) ނަގާ ހަމަކޮށް، އެގޯތި، އައްނަބީލް އިބްރާހީމް ހަސަން ދީދީ އަށް މިލްކުވެއްޖެ ކަމުގާ، 1366ހ ސަފަރު 26(1947މ ޖަނަވަރީ 19)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ފަތުގެ މައްޗަށް، ދާހިލިއްޔާއިން ލިޔެދީފާވާ ފަތެއްގެ ނަކަލެއް. (މީގާ މިބުނާ ކަމަނަގެ ތުއްތުގެ މިލްކު ގޯއްޗަކީ ކޮބައިކަމެއް އިނގޭކަށް ނެތް.. އަދި މުޅި ނަކަލަށް ބަލާއިރު، މާރަގަޅަކަށް ވީގޮތް ސާފެއް ނުވޭ.)
              Real estate document for Henveiru Burunige, written in Thaana, stating ownership of the land (Size: 8.8" X 6.65")

              National Archives of Maldives
              NAM DOC-MN-F7-14A · Item · 1952
              Part of Documents

              1371ހ ރަބީލްއާހިރު 22(1952މ ޖަނަވަރީ 20)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އަލްގާޒީ އަބްދުއްލޯ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީސްއަށް، ވެލިދޫގޭ މުހައްމަދު ދީދީގެ އައިމިނަތު ދީދީގެ ފަރާތުން ހިމިތީކޮއްކޮ ގޮސް، ވެލިދޫގެ ކިޔާ ގޯއްޗާއި، އަދި އެތާގާވާ ގެއިން އޭނާ އަށް ލިބުނު ބައި، މުހައްމަދު ދީދީގެ އެހެން ބެހެނިވެރިންނަށް ދޫކޮށް، އެތަރިކައިގާވާ، މާފަންނު ފާގަތިގޯތި އައިމިނަތު ދީދީއަށް މިލްކުވެއްޖެކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެތަރިކައިގެ ބެހެނިވެރިންނާއި އަދި އެބެހެނިވެރިންގެ ބަލަދުވެރިކަން ހަވާލުވެހުރި، ވެލިދޫގެ މޫސާ ދީދީ އާއި، އެކަމަށް އިގުރާރުވުމުން، އެމުއާމަލާތް ސައްހަކަމުގަ ނިޔާކޮށް، މ.ފާގަތިގޯތި އެއީ ވެލިދޫގޭ އައިމިނަތު ދީދީގެ މިލްކެއްކަމުގާ، އެފަނޑިޔާރު މަނިކުފާނު ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. Real estate document for Maafannu Faagathigoathi (Size: 8.8" X 6.65") Chief Justices - Al Ghaazee Abdullah Jalaluddin

              National Archives of Maldives
              NAM DOC-MN-F7-19 · Item · 1951
              Part of Documents

              1370ހ ޖުމާދިލްއާހިރު 25(1951މ އޭޕްރިލް 2)ގާ، މަހްކަމަތުލް ޝަރީޔާއިން، އަލްގާޒީ އަބްދުއްލޯ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު ނިޔާކުރައްވާ މަޖިލީހުން؛ ސީވަލު ދޮންތުއްތު އާއި ކުޑަތުއްތު އާއި ދެބެންނަށް، މިލްކުވެފާވާ، މައްޗަންގޯޅި ނިކަގަސްމަގާ އިންވެ ހުޅަނގުން ގުމްރީގޯޅިއާއި އިންވެ ދެކުނުން ގާފަރުގެއާ އިންވެ އިރުން އޮތް، ގޯތީން ދޮންތުއްތު އަށްވީ ބައި، އޭނާގެ ދަރި ޝަރީފާއަށް ހިބައިންދީފާވާކަން ސާބިތުވެ އޮތުމުންނާއި، އަދި ކުޑަތުއްތުގެ ބައި ދޮންތުއްތު، 50/111ރުފިއާއަށް ގަނެ، އޭނާ މިލްކުކުރުމަށް ފަހު، އޭނާގެ ދޮންދަރި އަހުމަދު ނަޒީރުއަށް ހިބައިންދީފި ކަމުގާ ސާބިތުވުމާއެކު؛ އެގޯތި(މއ.ގުމްރީގެ)، ސީވަލު ދޮންތުއްތުގެ ދަރި، ޝަރީފާއަށާއި، އަދި ދޮންދަރި، އަހުމަދު ނަޒީރުއަށް މިލްކުވެއްޖެކަމުގާ، އެތަނުގެ އިމާއި މިން ހިމަނާ، އެމަޖިލީހުން ލިޔެފާވާ ފަތުގެ ނަކަލެއް.
              Real estate document for Machchangoalhi Gumreege, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Abdullah Jalaluddin

              National Archives of Maldives