1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އަލްގާޒީ މޫސާ ނަޖުމުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން، ފެންފުށި މުދިން ކަލޭފާނުގެ ދަރި ހަސަން އެދުރު މަނިކު އަށް ލިޔެދެއްވާފާވާ ވަގުފް ފަތް ބާވެގެން، 1219 ޒުލްގައިދު 17(1805މ ފެބްރުވަރީ 17)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު، ކުޑަފަރީ މުދިން ތަކުރުފާނުގެ ދަރި މަރިޔަމްފާނު، ވަގުފްކޮށް އޭނާގެ ދަރި ހަސަން މުދިންނަށާއި އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ، ޅޮހީގެ އާއި ކުރެދިމާގެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - H.Kuredhimaage (6th Housing Plot), Lhohige (6th Housing Plot) - Deed for housing plot (Th.Elaa)
(Size: 10" X 7.5") Chief Justices - Al Ghaazee Moosa Najmuddin
The Modern History; The 1950s
64 Archival description results for The Modern History; The 1950s
1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އުތީމު މުސްކުޅި ދޮންކަލޭގެގެ ގަލޮޅު މައިޒާން ވަކަރުގަނޑު އިރުމަތީ އޮތް ވަގުފް ގޯތި، ގ.އިރުޖެހިގެ އެއީ، މި އުތީމު މުސްކުޅި ދޮންކަލޭގެ މިލްކުގާ ވަނިކޮށް، ވަގުފްކޮށް، 1141ހ ޖުމާދިލްއާހިރު(1729މ ޖަނަވަރީ)ގާ، ފަތް ލިޔެދެއްވާ، އޭނާގެ ދަރިކޮޅަށް، އަދި އެދަރިކޮޅު ނެތްނަމަ، އޭނާގެ ބޭބެ/ކޮއްކޮ ދޮންއަލީ ކަލޭގެ ދަރިފޮޅަށް، ހަވާލުވެރިކަން ލަށްވާ، އެފަތް ބާވެގެން، 1207ހ(1793މ)ގާ، އަލްގާޒީ މޫސާ ނަޖުމުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު، އެފަތް(F4-5) އާކޮށްދެއްވާފާ ވަނިކޮށް، އަދި ހަމަ އެގޯތި މުސްކުޅި ހާޖީގެ ހުސެއިން އަޅާގެ ދަރިންގެ މިލްކު ގޯއްޗެއް ކަމަށް، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާފާ(F0-17) ވިޔަސްވެސް، އެއީ އޮޅުމެއްކަމަށް ބަލާ، 1235ހ(1820މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުންވެސް(F0-70) އެއީ ވަގުފްގޯއްޗެއްކަން ސާބިތުވެ، މިގޯތީގެ ސައްހަ ފަތަކީ، 1207ހ(1793މ)ގެ ފަތްކަމުގާ، އައްޝެއިހު މުހައްމަދު ޖަމީލުދީދީ ގެ ޝަރީއްޔަތު މަޖިލީހުން ނިންމާ، އެގޯތީގެ ވަގުފް ސާބިތުވެ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - G.Irujehi Goathi (33rd Housing Plot) - Deed for housing plot (Th.Elaa)
Size: 10" X 7.5"
1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1221ހ(1806މ)ގާ، އަލްގާޒީ ސިރާޖުއްދީނު ލިޔެދީފާވާ ފަތަކުން، ދަރަވަންދޫ މުހައްމަދު ތަކުރުގެ ދަރި ހުސެއިން އަތުން، ނޮޅިވަރަމު އިބްރާހީމް ތަކުރުގެ ދަރި މޫސާ ތަކުރުގެ މިލްކުކޮށްފާވާ ކަމުގާ ސާބިތުވެ، އަދި 1246ހ(1830މ)ގާ، ހަމަ އެގާޒީ، ލިޔެދީފާވާ ފަތަކުން، މޫސާ ތަކުރު ނިޔާވުމުން، އޭނާގެ ވާރުތަވެރިންގެ އަތުން، ނޮޅިވަރަމު މާލިމީ ގަތްކަމުގާ ސާބިތުވެ، އަދި 1282ހ ޒުލްގައިދު(1866މ އޭޕްރީލް)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެދެއްވާފާވާ ފަތަކުން، އެ މާލިމީގެ ދަރިން އަލިފުޅުއަށާ، އަންހެންދަރިއަށާ އަދި އަނބި ވީ ތަން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އާއި ރަންނަބަނޑޭރި އިބްރާހީމް މަނިކުފާނުގެ ދަރި ރަންނަބަނޑޭރި އަލީ ކިލެގެފާނު އާއި ގަނެ، ވަގުފްކޮށް، އެތަނުގެ އެ ދެމީހުންނާއި އެމީހުންގެ ދަރިކޮޅަށް ލަށްވާފާވާ ކަމުގާ ސާބިތުވާ، ކަކާގޭ ހުޅަނގުން، ދަނޑިދުބުރިގެ އިރުން އޮތް ނޮޅިވަރަމު މާލިމީ ގޯތީގެ ބުނެވިދިޔަބައި، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5"
K - Male' - G.Kudhimaage (Housing Plot) - Deed for housing plot (Th.Elaa)
1379ހ ޝައުބާން 1(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، 1289ހ ރަޖަބް 13(1872މ ސެޕްޓެންބަރު 16)ގާ، އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން(F0-9)، ދިދިގޭ ކުދިންނާއި ބޮޑުގަލުގޭ ކުދިން އަތުން ގަނެ މިލްކުރި ކަމާއި، އަދި އެގޯތިން، އެ މަލިކު ހުސެއިން ތަކުރުގެ ހަސަންއަށް ވީބައި، އައްސުލްތޯނު މުހައްމަދު އިމާދުއްދީނު އާއި ރަންނަބަނޑޭރި އަލީ ކިލެގެފާނު ގަނެ، ވަގުފްކޮށް، އެދެބޭފުޅުންގެ ދަރިކޮޅަށް ހަވާލުވެރިކްނ ލަށްވާފާވާ ކަމުގާ ސާބިތުވާ، ނޮޅިވަރަމު މުހައްމަދު މާލިމީގެ ދެކުނުން އޮތް، މަލިކު ހުސެއިން ތަކުރު ގޯއްޗޭ ކިޔާ ވަގުފް ގޯތި، 'ޗަބޭލީގެ' 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - G.Chan'beyleege (Housing Plot) - Deed for housing plot (Th.Elaa)
Size: 10" X 7.5"
1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، 1177ހ ޝައްވާލް(1764މ އޭޕްރިލް)ގާ، ގުރައިދޫ އަލިމަނިކުފާނުންގެ ދަރި ފާތުމަތު މަނިކުފާނުގެ މިލްކުގާ އޮށްވާ، އޭނާ ވަގުފްކޮށް، ހަވާލުވެރިކަން އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނުއަށް ދިންކަމުގާ އަލްގާޒީ ބަހާއުއްދީނު ފަތްލިޔެފާވާ ދާންނާ ގޯޗާއި، ބަދަލުކޮށް ލާޖަށްސާ، 1365ހ ސަފަރު 24(1946މ ޖަނަވަރީ 28)ގާ، މަހްކަމަތުލް ޝަރިއްޔާއިން ފަތް(F0-82) ލިޔެދެއްވާފާވާ މާފަންނު ބޮޑުދިއްގާގަސްދޮށު ގޯތި، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - M.Bodudhiggaagasdhoshuge (28th Housing Plot) - Deed for housing plot (Th.Elaa)
Size: 10" X 7.5"
1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، އަލްއަލްގާޒީ މޫސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު 1213ހ ރަމްލޯނު(1799މ ފެބްރުވަރީ)ގާ، ފަތް(F0-83A) ލިޔެދެއްވާފާވާ، ކ.ހުރާ، ދޮންމުހައްމަދު ކަލޭގެ ދަރި ހަސަން ކަލޭގެ ވަގުފްކޮށްފާވާ، އަދި، 1368ހ ރަބީލްއައްވަލް 29(1949މ ޖަނަވަރީ 29)ގާ، ބަންޑާރަ ގޯއްޗަކާއި ބަދަލުކޮށް ލާޖައްސާ، ފަތްލިޔެފާވާ(F0-83)، މި ދޮންހުރާ ގޯތި، އެއީ ދޮންމުހުއްމަދު ކަލޭގެ އާއި ހައްވާބީ، މިދެމަފިރިންނަށާއި، އެދެމަފިރީންނަށް ލިބޭ ދަރިންނާއި، އެ ދަރިކޮޅަށް، ހަވާލުވެރިކަން ލިބިފާވާކަން ސާބިތުވުމުން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - M.Dhonhuraa Goathi (25th Housing Plot) - Deed for housing plot (Th.Elaa)
1378ހ ޖުމާދިލްއައްވަލް 29(1958މ ޑިސެންބަރު 11)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މުހައްމަދު ރޯނުބަނޑޭރި ތަކުރުފާނުގެ، ވަގުފްކޮށްފާވާ، މަޖީދީމަގުގެ އުތުރުން ދޮންހުރާމަގާ އިންވެގެން އިރުމަތިން، އޮތް ގޯތީ، (ހ.ރޯނުކޮށި)، 1208ހ ޖުމާދިލްއާހިރު(1794މ ޖަނަވަރީ)ގާ، އަލްގާޒީ މޫސާ ނަޖުމުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން ލިޔެދެއްވާފާވާ ފަތަކާއި، 1339ހ ޒުލްހައްޖު 2(1921މ ފެބްރުވަރީ 10)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާ ވާ ފަތަކާއި، މިދެފަތުން، އެއީ ވަގުފް ގޯއްޗެއް ކަމާއި، އެގޯތީގެ ވަގުފް އޮތީ، މުހައްމަދު ރޯނުބަނޑޭރި ތަކުރުފާނުގެ ދަރިކޮޅަށްކަން ސާބިތުވުމުން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - H.Roanukoshi (23rd Housing Plot) - Deed for housing plot (Th.Elaa)
1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ހެންވޭރު ވެލާނާގޭ ތެރޭގާ އޮތް، ވާދޫ ދަންޑެހެލުގެ ދަރިން ކުރެ ވަށްޓާލާ އިބްރާހީމް ކަލޭފަނު އިނދެގެން އުޅުނު ކެޔޮޅު ހުސެއިން ކަލޭފަނުގެ އަންހެން ދަރިޔަށް ވީތަން ނޫން ދެންއޮތްހާ ތަނެއްގެ، ބެހެނިވެރިން، ހުކުރު މިސްކިތު މަލިން މަނިކުފަނުގެ ދަރި އަލްވަޒީރު ހަސަން ޝާހު ބަންދަރުއަށް ވިއްކި ކަމުގާ، 1308ހ ރަބީލްއައްވަލް 21(1890މ ނޮވެންބަރު 4)ގާ، އަލީ ހުޝާމުއްދީނު ފަތް(F0-4) ލިޔެދެއްވާފާވާ، ވެޔޮދޮށު ގޯތިއޭ ކިޔާ ވަގުފް ގޯތި، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - H.Veyodhoshu Goathi (22nd Housing Plot) - Deed for housing plot (Th.Elaa)
1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ތުނބުޅި ހަސަން ތަކުރުފާނުގެ ފީވަކު ގޯތީ ވަގުފްކޮށް، އެ ހަސަން ތަކުރުފާނުގެ 3 ފިރިހެންދަރިން، އެތަނުގެ ހަވާލުވެރިކަން، ފައިނު އަހުމަދު ފަށަވާޅުކަލޭފާނުއާއި އޭނާ ނެތިއްޖެނަމަ އޭނާގެ ދަރިކޮޅަށް ދީފާވާކަމަށް 1234ހ(1819މ)ގާ، އަލްގާޒީ ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއްޔަތު މަޖިލީހުން ލިޔެދެއްވާފާވާ ފަތުން ސާބިތުވުމުން، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - H.Dhoalhan'buge/Feevaku Goathi (20th Housing Plot) - Deed for housing plot (Th.Elaa)
1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ ގޮއިދޫ ކާސިންތަކުރުގެ ބިޔާދޫގޯތި، އޭނާގެ ދަރި މޫސާތަކުރު ވަގުފްކޮށް، އެ މޫސާތަކުރުގެ ދަރިކޮޅަށް އެތަނުގެ ހަވާލުވެރިކަން ދީފާވާކަމަށް، 1273ހ ސަފަރު 20(1856މ އޮކްޓޯބަރު 20)ގާ، އަލްގާޒީ ސިރާޖުއްދީނުގެ ދަރި އައްނައިބު އަހުމަދު ބަންޑާރަ ނައިބުގެ ޝަރީއްޔަތު މަޖިލީހުން ލިޔެދެއްވާފާވާ ފަތުން ސާބިތުވުމުން، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - G.Biyaadhoo Goathi (13th Housing Plot) - Deed for housing plot (Th.Elaa)