1379ހ ޝައުބާން 1(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، 1289ހ ރަޖަބް 13(1872މ ސެޕްޓެންބަރު 16)ގާ، އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން(F0-9)، ދިދިގޭ ކުދިންނާއި ބޮޑުގަލުގޭ ކުދިން އަތުން ގަނެ މިލްކުރި ކަމާއި، އަދި އެގޯތިން، އެ މަލިކު ހުސެއިން ތަކުރުގެ ހަސަންއަށް ވީބައި، އައްސުލްތޯނު މުހައްމަދު އިމާދުއްދީނު އާއި ރަންނަބަނޑޭރި އަލީ ކިލެގެފާނު ގަނެ، ވަގުފްކޮށް، އެދެބޭފުޅުންގެ ދަރިކޮޅަށް ހަވާލުވެރިކްނ ލަށްވާފާވާ ކަމުގާ ސާބިތުވާ، ނޮޅިވަރަމު މުހައްމަދު މާލިމީގެ ދެކުނުން އޮތް، މަލިކު ހުސެއިން ތަކުރު ގޯއްޗޭ ކިޔާ ވަގުފް ގޯތި، 'ޗަބޭލީގެ' 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - G.Chan'beyleege (Housing Plot) - Deed for housing plot (Th.Elaa)
Size: 10" X 7.5"
The Modern History; The 1950s
64 Archival description results for The Modern History; The 1950s
1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1221ހ(1806މ)ގާ، އަލްގާޒީ ސިރާޖުއްދީނު ލިޔެދީފާވާ ފަތަކުން، ދަރަވަންދޫ މުހައްމަދު ތަކުރުގެ ދަރި ހުސެއިން އަތުން، ނޮޅިވަރަމު އިބްރާހީމް ތަކުރުގެ ދަރި މޫސާ ތަކުރުގެ މިލްކުކޮށްފާވާ ކަމުގާ ސާބިތުވެ، އަދި 1246ހ(1830މ)ގާ، ހަމަ އެގާޒީ، ލިޔެދީފާވާ ފަތަކުން، މޫސާ ތަކުރު ނިޔާވުމުން، އޭނާގެ ވާރުތަވެރިންގެ އަތުން، ނޮޅިވަރަމު މާލިމީ ގަތްކަމުގާ ސާބިތުވެ، އަދި 1282ހ ޒުލްގައިދު(1866މ އޭޕްރީލް)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެދެއްވާފާވާ ފަތަކުން، އެ މާލިމީގެ ދަރިން އަލިފުޅުއަށާ، އަންހެންދަރިއަށާ އަދި އަނބި ވީ ތަން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އާއި ރަންނަބަނޑޭރި އިބްރާހީމް މަނިކުފާނުގެ ދަރި ރަންނަބަނޑޭރި އަލީ ކިލެގެފާނު އާއި ގަނެ، ވަގުފްކޮށް، އެތަނުގެ އެ ދެމީހުންނާއި އެމީހުންގެ ދަރިކޮޅަށް ލަށްވާފާވާ ކަމުގާ ސާބިތުވާ، ކަކާގޭ ހުޅަނގުން، ދަނޑިދުބުރިގެ އިރުން އޮތް ނޮޅިވަރަމު މާލިމީ ގޯތީގެ ބުނެވިދިޔަބައި، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5"
K - Male' - G.Kudhimaage (Housing Plot) - Deed for housing plot (Th.Elaa)
1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އުތީމު މުސްކުޅި ދޮންކަލޭގެގެ ގަލޮޅު މައިޒާން ވަކަރުގަނޑު އިރުމަތީ އޮތް ވަގުފް ގޯތި، ގ.އިރުޖެހިގެ އެއީ، މި އުތީމު މުސްކުޅި ދޮންކަލޭގެ މިލްކުގާ ވަނިކޮށް، ވަގުފްކޮށް، 1141ހ ޖުމާދިލްއާހިރު(1729މ ޖަނަވަރީ)ގާ، ފަތް ލިޔެދެއްވާ، އޭނާގެ ދަރިކޮޅަށް، އަދި އެދަރިކޮޅު ނެތްނަމަ، އޭނާގެ ބޭބެ/ކޮއްކޮ ދޮންއަލީ ކަލޭގެ ދަރިފޮޅަށް، ހަވާލުވެރިކަން ލަށްވާ، އެފަތް ބާވެގެން، 1207ހ(1793މ)ގާ، އަލްގާޒީ މޫސާ ނަޖުމުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު، އެފަތް(F4-5) އާކޮށްދެއްވާފާ ވަނިކޮށް، އަދި ހަމަ އެގޯތި މުސްކުޅި ހާޖީގެ ހުސެއިން އަޅާގެ ދަރިންގެ މިލްކު ގޯއްޗެއް ކަމަށް، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާފާ(F0-17) ވިޔަސްވެސް، އެއީ އޮޅުމެއްކަމަށް ބަލާ، 1235ހ(1820މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުންވެސް(F0-70) އެއީ ވަގުފްގޯއްޗެއްކަން ސާބިތުވެ، މިގޯތީގެ ސައްހަ ފަތަކީ، 1207ހ(1793މ)ގެ ފަތްކަމުގާ، އައްޝެއިހު މުހައްމަދު ޖަމީލުދީދީ ގެ ޝަރީއްޔަތު މަޖިލީހުން ނިންމާ، އެގޯތީގެ ވަގުފް ސާބިތުވެ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - G.Irujehi Goathi (33rd Housing Plot) - Deed for housing plot (Th.Elaa)
Size: 10" X 7.5"
1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އަލްގާޒީ މޫސާ ނަޖުމުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން، ފެންފުށި މުދިން ކަލޭފާނުގެ ދަރި ހަސަން އެދުރު މަނިކު އަށް ލިޔެދެއްވާފާވާ ވަގުފް ފަތް ބާވެގެން، 1219 ޒުލްގައިދު 17(1805މ ފެބްރުވަރީ 17)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު، ކުޑަފަރީ މުދިން ތަކުރުފާނުގެ ދަރި މަރިޔަމްފާނު، ވަގުފްކޮށް އޭނާގެ ދަރި ހަސަން މުދިންނަށާއި އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ، ޅޮހީގެ އާއި ކުރެދިމާގެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - H.Kuredhimaage (6th Housing Plot), Lhohige (6th Housing Plot) - Deed for housing plot (Th.Elaa)
(Size: 10" X 7.5") Chief Justices - Al Ghaazee Moosa Najmuddin
1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ކުޑަކޮށީގާ އޮތް، ތުޅާދޫ އިބްރާހީމް މަނިކުމެންގެ ވަގުފްގޯޗެއް ކަމުގާވާ މޭބިސްކަދުރުގޯތީގެ ވަގުފްވެރިންކުރެ ބަޔަކު އެބައި މީހުންނަށް ވީތަން، ތަކަންދޫ ދޭވާނީ މުހައްމަދު ތަކުރުފާނުގެ ދަރި ސަންޕާ މަނިކުފާނުންގެ ދަރި، ތުޅާދޫގޭ މުހައްމަދު މަނިކުއާއި ހަވާލުކޮއްފާ އޮތްކަމުގެ ހަދާނަށް، އަލްގާޒި މަޖުދުއްދީނު ބަންޑާރަނައިބު ތަކުރުފާނު ގެ ދަރި އައްނައިބު އިސްމާއިލު ލިޔެދެއްވި ފަތާއި(F0-20)، އެގޯތީގެ ވަގުފްވެރިން ކަމުގާ ތިބި، ތުޅާދޫގޭ މުހައްމަދު މަނިކުގެ ދަރި މޫސާ މަނިކުގެ ތިބި ދެ ފިރިހެން ދަރިން އެގޯތީގެ ވަގުފާއި، ތުޅާދޫގޭ މުހައްމަދު މަނިކުގެ ދަރި އިސްމާއީލް މަނިކުގެ ދަރި އިބްރާހީމް މަނިކުއާއި ހަވާލު ކޮށްފާވާ ކަމަށް، 1331ހ(1913މ)ގާ، މޫސަލް މަހައްލީ އުއްތަމަ ފަނޑިޔާރުގެ ދަރި އަލްގާޒީ ހުސެއިން ސަލާހުއްދީނު ލިޔެދެއްވާފާވާ ފަތުން(R-30)، ސާބިތުވެ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - M.Meuybiskadhuruge (16th Housing Plot) - Deed for housing plot (Th.Elaa)
Size: 10" X 7.5"
1373ހ ސަފަރު 15(1953މ އޮކްޓީބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1218ހ ޒުލްހައްޖު 12(1804މ މާޗް 24)ގާ، އަލްގާޒީ މުސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު، ރިނބުދޫ މޫސާ ހަތީބުގެ ދަރި ދޮން އަލީ ކަލޭގެ މައްޗަށް ވަގުފްކޮށް، އެ ދޮންއަލީ ކަލޭގެއަށާއި އޭނާގެ އަނބިންނަށާއި، އޭނާގެ އެންމެހާ ދަރިންނާއި އެދަރިންގެ ދަރިކޮޅަށް، ހަވާލުވެރިކަން ލަށްވާ، ފަތް(F0-49) ލިޔެދެއްވާފާވާ، މއ.ކުންނާރުގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - H. Ma.Kunnaaru Goathi (11th Housing Plot) - Deed for housing plot (Th.Elaa)
Size: 10" X 7.5"
1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1279ހ ސަފަރު 24(1862މ އޯގަސްޓް 20)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު ލިޔެދެއްވާފާވާ ފަތުން(F0-147)، ދުނބުރި އަލީ ކަލޭފާނުގެ ގަރަބު ގޯއްޗޭ ކިޔާގޯޗަކީ، އަލީ ކަލޭފާނުގެ މާމަ، ތޮއްޑޫ ސަންޕާ ކަލޭފާނު، ހައިވަކަރު ދައިތަ އަތުން ގަނެ، އަދި އެތަނުގެ ބެހެނިވެރިން، މި އަލީ ކަލޭގެފާނަށް ބައިބައި ހިބައިންދީ، އަނެއް ބައިބައި، އޭނާ ގަނެ، މިލްކުވެ، ވަގުފްކޮށް، ހަވާލުވެރިކަން، އޭނާ އަށާއި، އޭނާގެ ދަރިކޮޅަށް ލަށްވާފާވާ ގޯއްޗެއް ކަމާ، އަދި 1282ހ ޖުމާދިލްއައްވަލް(1865މ އޮކްޓޯބްރު)ގާ، ހަމަ އެގާޒީގެ ޝަރީއްޔަތުގެ މަޖިލީހުން ލިޔެދިން ފަތަކުންނާއި، ދުނބުރި އަލީ ކަލޭގެފާނާއި ކުޑަފަރީ މަލިންތަކުރުގެ ދަރީންނާ، އެގޭގެ ބަޔެއް އެއީ، ކުޑަފަރީ ސަންޕާގެ ހިބައެއްކަން ސާބިތުކޮށް ފަތް(F0-15) ލިޔެ، އަދި 1285ހ ޝައްވާލް 29(1869މ ފެބްރުވަރީ 11)ގާ، އަލްގާޒީ މަޖުދުއްދީނު ލިޔެދެއްވާފާވާ ފަތުން، އަލީ ކަލޭގެފާނަކީ ދުނބުރިގުދުގޭ ފާތުމާފުޅުގެ ދަރިޔެއްކަމާއި، އަދި އެގޯތިން، ކުޑަފަރީ މަލިންތަކުރުފާނުގެ ދަރިކޮޅުގެ މިލްކު ނޫން ހުރިހާތަނަކީ، މިއަލީ ކަލޭފާނުއަށް މިލްކުވެ، އޭނާގެ ދަރިކޮޅަށް ވަގުފްކޮށްފާވާ ގޯއްޗެއްކަން ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - H. H.Garabu Goathi (26 number Housing Plot) - Deed for housing plot (Th.Elaa)
1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު ހަސން ނޫރައްދީނު އިސްކަންދަރު ރަދުން ވަގުފްކުރައްވާފާވާ، އާގަނޑުވަރެކިޔާ 'ރައްދެބައިގެ' ގޯއްޗަކީ، 1302ހ ޖުމާދިލްއާހިރު(1885މ އޭޕްރިލް)ގާ އެރަދުން، މާވާކިލެގެފާނުންގެ ގަނޑުވަރޭ ކިޔޭ ގޯތިން މަރިޔަމް ދީދީއަށް މިލްކުވެގެންވާހާ ތަނަކާއި، ބޮނޑިބަތް މޫސާފުޅަށް މިލްކުވެގެން އޮތް ބޮނޑިބަތްގެކިޔާ ގޯއްޗާއި، އެދެތާނގެ މިލްކުވެރިން އަތުން ބައްލަވައިގަނެ، ދައުލަތުގެ މިލްކަށް ދޫކުރައްވާ، އޭގެބަދަލުގާ ބަންޑާރައިން އެރަދުންނަށް މިލްކަށް ލިބި، ވަގުފްކުރައްވާ، ބޮޑުގަލުގޭ ދީދީއަށް، އެރަދުންނަށް ލިބިވަޑައިގެން ދެ ދަރިކަނބަލުންނަށް، ހަވާލުވެރިކަން ލަށްވާ، ފަތް ލިޔެދެއްވާފާވާ ގޯއްޗެއްކަން ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5"
K - Male' - H. G.rahdhebaige (27 number Housing Plot), G.Aa Royal Palace Goathi (27 number Housing Plot) - Deed for housing plot (Th.Elaa)
1371ހ ޒުލްގައިދު 3(1952މ ޖުލައި 25)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ގަލޮޅު ޖަހާހަގު ބިމުގައި އޮތް، ގަތްގޯތީން އައިޝަތު ވަގުފް ކުރި ގޯއްޗަކީ، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުންގެ ރަސްކަމުގާ، އެ އައިޝަތު، ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާ، ފަތް ލިޔެދެއްވާފާވާ(F0-42) ގޯއްޗެއްކަން ސާބިތުވެ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - H. G.Daisyfehi (Housing Plot)ge (2 number Housing Plot) - Deed for housing plot (Th.Elaa)
Size: 10" X 7.5"
1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ޝެއިހު މުދިންކަލޭފާނުގެ ދަރި ފާތުމާފުޅު ވަގުފްކޮށްފާވާ ގޯއްޗަކީ، އަލްގާޒީ މަޖުދުއްދީނުގެ ދަރި އައްނައިބު އިސްމާއީލް ބަންޑާރަނައިބު ތަކުރުފާނުގެ މަޖިލީހުން، އެ ފާތުމާފުޅަށް ވަގުފްކޮށް، އޭނާއަށާއި، އޭނާ ނެތުމުން، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކްނ ލަށްވާ، ފަތް(F0-131) ލިޔެދެއްވާފާވާ ގޯއްޗެއްކަން ސާބިތުވުމުން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5"
K - Male' - G.Mandhoo Goathi (Housing Plot)ge (12 number Housing Plot) - Deed for housing plot (Th.Elaa)