1370ހ ޒުލްހައްޖަ 2(1951މ ސެޕްޓެންބަރު 4)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ރިނބުދޫ ދޮންތުއްތު ގެނައި ރިނބުދޫގޭ ކުދިންގެ 1214ހ(1799މ)ގެ ފަތާއި، 1216ހ(1801މ)ގެ ފަތާއި 18؟1ހ)ގެ ފަތާއި 1320ހ(1902މ)ގެ ފަތް ބަލައިގެންފާ ދިން، އާފަތެއް ހަދާ، އަތުލާފާވާ ރަސީދެއް. Receipt for real estate documents: Machchangoalhi Ri'nbudhooge (Size: 4.6" X 4.8")
K - Male' - Rin'budhooge (Housing Plot) - Accounts (housing plot)
The Modern History; The 1950s
64 Descrição arquivística resultados para The Modern History; The 1950s
1370ހ ޒުލްގައިދު 30)1951މ ސެޕްޓެންބަރު 2)ގާ، މަހުކަމަތުލް ދާހިލިއްޔާއިން، ފަހާގެ މުހންމަދު މަނިކު އެތަނަށް ގެންދިޔަ، ހ.ފީވަކު ގޯތީގެ ފަތް ބަލައިގަނެ، ދީފާވާ ރަސީދެއް.Size: 4.5" X 4.6"
K - Male' - H.Feevaku Goathi (Housing Plot) - Account (writing)
1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1262ހ(1846މ)ގާ، އަލްގާޒި މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުން ލިޔެދެއްވާފާވާ ފަތަކުން، ހ.ކާނޭޝަންމާގެ ކިޔޭ ގޯއްޗަކީ، ފެންނުވަރާ އަލީ ތައްހާނުގެ މިލްކެއް ކަމާއި، އޭނާ ނިޔާވުމުން، އޭނާގެ ބެހެނިވެރިން އަތުން، ދޮންހުރާގޭ އަލްވަޒީރު އިބްރާހީމް ދަހަރާ ތަކުރުފާނު އެގޯތި ގަނެ މިލްކުކޮށް، އޭނާ ނިޔާވުމުން، އޭނަގެ ދަރިކޮޅުގެ، ދަނޑިކޮށީގޭ މީހުންނަށް ވީތަން، ގުރައިދޫ ކުޑަމޫސާ ކަލޭފާނު ގަނެ، ދެން އޮތް ބައިން، މާކަނާ ކުޑަތުއްތު ދީދީ އަށް ވީ ތަނާއި، އެގޯތީގެ އެހެނިހެން ބެހެނިވެރިންގެ އަތުން ކުޑަތުއްތު ދީދީ ގަނެފާވާ، ތަންތަންވެސް ގުރައިދޫ ކުޑަމޫސާ ކަލޭފާނުން ގަނެ، މުޅި އެގޯތި އޭނާޔަށް މިލްކުވެފާވާ ކަމާއި، އަދި އޭނާ ނިޔާވުމުން، އޭނާގެ ދަރިން، ކަމަނަ، އިބްރާހީމް ހަލީމް، މުހައްމަދު ހަލީމް އަދި އަހުމަދު ހަލީމް އަށް ވީ ބައިބައި، ކުޑަމޫސާ ކަލޭފާނުންގެ ދެންހުރި ދަރި، ތުއްތު ގަނެ، މުޅި އެގޯތި އޭނާއަށް މިލްކުވެ، ތުއްތު ނިޔާވުމުން އޭނާގެ ދަރި ދޮންތުއްތުއަށް އެ ގޯތީގެ 8/7ވެ، ތުއްތު އިނދެގެން އުޅުނު އައިޝާފުޅުއަށް ވީ 7/1، އޭނާ އެ ދޮންތުއްތު އަށް ދިން ކަމާއި، މިއެންމެ ކަންކަން، 1377ހ ޝައްވާލް 20(1958މ މޭ 10)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ދާހިލިއްޔާއަށް ފޮނުވާފާވާ 2/131ނަންބަރު ސިޓީއިން ސާބިތުވެ؛ މުޅި އެގޯތި އެއީ ގުރައިދޫ ކުޑަމޫސާ ކަލޭފާނުގެ ތުއްތުގެ ދޮންތުއްތުގެ މިލްކެއްކަމުގާ ބަޔާންކޮށް، ލިޔެފާވާ ފަތުގެ ނަކަލެއް. A copy of the report originally written on 26 November 1959 regarding the ownership of the land Henveiru Kaanashionmaage (Size: 10" X 7.35)
K.Male' - H.Carnationmaage (Housing Plot) - Private Property
1370ހ ޒުލްހައްޖު 6(1951މ ސެޕްޓެންބަރު 8)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ އައްޑޫ އަހުމަދު ދީދީ ގެ ތުއްތު ދީދީ، އެ މަހްކަމާއަށް ގެންދިޔަ ފަށަވާޅުގޯތީގެ އަދި 1248ހ(1832މ) އަދި (1275ހ(1859މ)ގެ ފަތާއި، ދާހިލިއްޔާގެ ނަންބަރު 51 ގެ ފަތާއި، އެޔާއެކު ގެންދިޔަ، 1350ހ ރަޖަބް 27(1931މ ޑިސެންބަރު 7)ގާ، ޝަރުއިއްޔާގެ ސިޓީއަކާ ބަލައިގެންފާ ދީފާވާ ރަސީދެއް.
Receipt issued by authorities when renewing the real estate document (Size: 5.4" X 4.6")
29.9.88ހ(20.10.1968މ) މަތީގާ ޖަހާ، ހިސާބުތަކެއް ހަދާފާވާ ކަރުދާހެއް.
Note with mathematical calculations (Size: 6.35" X 2.8")
1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އުތީމު މުސްކުޅި ދޮންކަލޭގެގެ ގަލޮޅު މައިޒާން ވަކަރުގަނޑު އިރުމަތީ އޮތް ވަގުފް ގޯތި، ގ.އިރުޖެހިގެ އެއީ، މި އުތީމު މުސްކުޅި ދޮންކަލޭގެ މިލްކުގާ ވަނިކޮށް، ވަގުފްކޮށް، 1141ހ ޖުމާދިލްއާހިރު(1729މ ޖަނަވަރީ)ގާ، ފަތް ލިޔެދެއްވާ، އޭނާގެ ދަރިކޮޅަށް، އަދި އެދަރިކޮޅު ނެތްނަމަ، އޭނާގެ ބޭބެ/ކޮއްކޮ ދޮންއަލީ ކަލޭގެ ދަރިފޮޅަށް، ހަވާލުވެރިކަން ލަށްވާ، އެފަތް ބާވެގެން، 1207ހ(1793މ)ގާ، އަލްގާޒީ މޫސާ ނަޖުމުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު، އެފަތް(F4-5) އާކޮށްދެއްވާފާ ވަނިކޮށް، އަދި ހަމަ އެގޯތި މުސްކުޅި ހާޖީގެ ހުސެއިން އަޅާގެ ދަރިންގެ މިލްކު ގޯއްޗެއް ކަމަށް، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާފާ(F0-17) ވިޔަސްވެސް، އެއީ އޮޅުމެއްކަމަށް ބަލާ، 1235ހ(1820މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުންވެސް(F0-70) އެއީ ވަގުފްގޯއްޗެއްކަން ސާބިތުވެ، މިގޯތީގެ ސައްހަ ފަތަކީ، 1207ހ(1793މ)ގެ ފަތްކަމުގާ، އައްޝެއިހު މުހައްމަދު ޖަމީލުދީދީ ގެ ޝަރީއްޔަތު މަޖިލީހުން ނިންމާ، އެގޯތީގެ ވަގުފް ސާބިތުވެ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - G.Irujehi Goathi (33rd Housing Plot) - Deed for housing plot (Th.Elaa)
Size: 10" X 7.5"
1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ކުޑަކޮށީގާ އޮތް، ތުޅާދޫ އިބްރާހީމް މަނިކުމެންގެ ވަގުފްގޯޗެއް ކަމުގާވާ މޭބިސްކަދުރުގޯތީގެ ވަގުފްވެރިންކުރެ ބަޔަކު އެބައި މީހުންނަށް ވީތަން، ތަކަންދޫ ދޭވާނީ މުހައްމަދު ތަކުރުފާނުގެ ދަރި ސަންޕާ މަނިކުފާނުންގެ ދަރި، ތުޅާދޫގޭ މުހައްމަދު މަނިކުއާއި ހަވާލުކޮއްފާ އޮތްކަމުގެ ހަދާނަށް، އަލްގާޒި މަޖުދުއްދީނު ބަންޑާރަނައިބު ތަކުރުފާނު ގެ ދަރި އައްނައިބު އިސްމާއިލު ލިޔެދެއްވި ފަތާއި(F0-20)، އެގޯތީގެ ވަގުފްވެރިން ކަމުގާ ތިބި، ތުޅާދޫގޭ މުހައްމަދު މަނިކުގެ ދަރި މޫސާ މަނިކުގެ ތިބި ދެ ފިރިހެން ދަރިން އެގޯތީގެ ވަގުފާއި، ތުޅާދޫގޭ މުހައްމަދު މަނިކުގެ ދަރި އިސްމާއީލް މަނިކުގެ ދަރި އިބްރާހީމް މަނިކުއާއި ހަވާލު ކޮށްފާވާ ކަމަށް، 1331ހ(1913މ)ގާ، މޫސަލް މަހައްލީ އުއްތަމަ ފަނޑިޔާރުގެ ދަރި އަލްގާޒީ ހުސެއިން ސަލާހުއްދީނު ލިޔެދެއްވާފާވާ ފަތުން(R-30)، ސާބިތުވެ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - M.Meuybiskadhuruge (16th Housing Plot) - Deed for housing plot (Th.Elaa)
Size: 10" X 7.5"
1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ހެންވޭރު ވެލާނާގޭ ތެރޭގާ އޮތް، އަލިމަތާ އުރަންނާ ކަލޯގެ ދަރި ފަސްމަންދޫ ކޮލި މުހައްމަދު ކަލޯގެ ދަރި މަރިޔާބީ، ބަނޑޭރި މުހައްމަދު ކަލޭގެ ދަރި ހުސެއިން މަފުތުގެ މައްޗަށް ވަގުފްކޮށް، އެފުތާއި، އޭނާ ނެތުމުން އޭނަގެ ދަރިކޮޅަށް، ހަވާލުވެރިކަން ލަށްވާ، 1047ހ މުހައްރަމް 17(1637މ ޖޫނު 11)ގާ، މުހައްމަދު ޝަމްސުއްދީނު އުއްތަމަ ފަނޑިޔާރު، ފަތް ލިޔެދެއްވާފާވާ، އަދި އެޔަށްފަހު، ބަޑޮހު މުދިން ދޮންފާތުމާފާނުގެ ދަރިން އެދިގެން، އަލްގާޒީ މޫސާ ނަޖްމުއްދީނު، 1207ހ ޒުލްގައިދު(1793މ ޖޫނު)ގާ، އެފަތް އާކޮށްދެއްވާފާވާ ގޯތި، ބަޑޮހު މުދިންކަލޭފާނުގެ، ބަޑޮހު ގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - H.badohu Goathi (19 number Housing Plot) - Deed for housing plot (Th.Elaa)
Size: 10" X 7.5"
1373ހ ސަފަރު 15(1953މ އޮކްޓީބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1218ހ ޒުލްހައްޖު 12(1804މ މާޗް 24)ގާ، އަލްގާޒީ މުސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު، ރިނބުދޫ މޫސާ ހަތީބުގެ ދަރި ދޮން އަލީ ކަލޭގެ މައްޗަށް ވަގުފްކޮށް، އެ ދޮންއަލީ ކަލޭގެއަށާއި އޭނާގެ އަނބިންނަށާއި، އޭނާގެ އެންމެހާ ދަރިންނާއި އެދަރިންގެ ދަރިކޮޅަށް، ހަވާލުވެރިކަން ލަށްވާ، ފަތް(F0-49) ލިޔެދެއްވާފާވާ، މއ.ކުންނާރުގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - H. Ma.Kunnaaru Goathi (11th Housing Plot) - Deed for housing plot (Th.Elaa)
Size: 10" X 7.5"
1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ ނަރަވައި މާވަޑި ކަލޭފާނުގެ ދަރި އިބްރާހީމް މާވަޑި ކަލޭފާނު ގެ ދަރި އަލިމަނިކުގެ މިލްކު ގޯތި ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން، އެ އަލިމަނިކުގެ ދެ އަންހެން ދަރިންނަށާއި، އެމީހުންގެ ދަރިކޮޅަށް ދީފާވާކަމަށް، 1267ހ(1851މ)ގާ، އަލްގާޒީ ސިރާޖުއްދީނު ބަންޑާރަނައިބުގެ ދަރި އައްނައިބު އަހުމަދު ލިޔެފާވާ ފަތުން ސާބިތުވުމުން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - Satharu Koshi (3rd Housing Plot) (Housing Plot) - Deed for housing plot (Th.Elaa)