1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، މ.އަތޮޅު އޮފީހުން، 'މިއަތޮޅުގައި ހުރި ވަގުފްތަކުގެ ތެރެއިން މިވަގުތަށް ލިބިފައިވާ ބައި' މިހެން ސުރުހީކޮށް؛ މ.ކޮޅުފުށީގާ، އައްސުލްތާނު މުހައްމަދު ތަކުރުފާނު އައުޒަމް އެރަށުގެ ދެކުނުއަވަށް(ކޮޅުފުށި) މިސްކިތަށް، ކޮޅުފުއްޓާއި ދިއްތުނޑި، ވަގުފްކޮށް، އެރަށު ރައްޔިތުންނަށް ލަށްވާފަވާކަމާ، އަދި، އެރަށުގެ އުތުރުއަވަށް(ވާރެޔާފުށި)ގެ މިސްކިތަށް، އެއަތޮޅުގެ ދޫނިފުށި، ކުޑައުސްފުށި، މާއުސްފުށި ހާފުށި ވަގުފްކޮށް، އެތާގެ ރައްޔިތުންނަށް ލަށްވާފާ އޮތްކަމާ، އަދި، މަދީނާ ޒިޔާރަތަށް، އެރަށުގެ ހިންނައެއް ވަގުފްވެ އޮތްކަމާ، އެވަގުފް ފަތްތައް ވީ، ވުޒާރަތުލް މާލިޔާއަށް ގެންގޮސްފާ ކަމާއި؛ މ.މުލިގާ، އެރަށުގެ އުތުރުކޮޅުގާ، މަދީނާ ޒިޔާރަތަށް ވަގުފްވެ އޮތް، ހިންނައެއް އޮތްކަމާ، އެކަމާބެހޭ އެއްވެސް ލިޔުމެއް ނެތް ކަމުގަޔާ؛ މ.ދިއްގަރުގާ، އަލްސުލްތާނު ހަސަން އިއްޒުއްދީނު (ދޮންބަންޑާރައިން)، އެރަށު ހުކުރު މިސްކިތަށް، އެދިއްގަރު ވަގުފްކޮށްދެއްވާފާވާ ކަމާ، އެވަގުފްގެ ފަތް ވަނީ، ވުޒާރަތުލްމާލިޔާއަށް ގެންދަވާފާ ކަމާ، އެއިން އެއްވެސް ރަށެއްގާޔާ އަމިއްލަ މީހެއްގެ އެއްވެސް ވަގުފް ބިމެއް އިމާރާތެއް ނެތްކަމުގަޔާ؛ އަދި މ.މަޑުއްވަރީގާ، އަމިއްލަ މީހެއްގެ އެއްވެސް ވަގުފް ބިމެއް އިމާރާތެއް، އަދި އެޒާތުގެ އެއްވެސް ލިޔުމެއް ނެތްކަމުގާ، ބަޔާންކޮށްފާވާ ލިޔުމެއް.Size: 9.9" X 8"
1.M.Kolhufushi, 2. M.Muli, 3.M.Dhiggaru, 4.M.Maduvvari - 1.Kolhufushi Mosque, Vaareyaafushi Mosque, 3.Hukuru Miskiiy (Mosque) - Endowment for Mosque, Endowment for Shrine (ziyaaraiy)
The Modern History; The 1960s
34 Archival description results for The Modern History; The 1960s
1962މ އޭޕްރިލް 17(1381ހ ޒުލްގައިދު 12)ގާ، ށ.އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާގެ، ހ.3-62/10ނަންބަރު ސިޓީގެ ޖަވާބެއްގެ ގޮތުން؛ އެއަތޮޅުގާ އެއްވެސް ވަގުފް އިމާރާތެއް، ބިމެއް ނެތްކަމާއި، އެކަމަކު، ފީވަށް، މަރޮށި، ގޮއިދޫ، ބިލެތްފަހި، މިރަށްރަށް ވަގުފް ކުރެވިފާ އޮތްކަމާ، އެކަމަކު ވަގުފްކޮށްފާ ފަރާތެއް އިނގެން ނެތްކަމާ، ފަތްތައް ވަނީ ވުޒާރަތުލް މާލިއްޔާއަށް ގެންގޮސްފާކަމާ، އޭރު އެރަށްރަށް އޮންނަނީ، މީހުންގެ އަމިއްލަ ރަށްރަށުގެ ގޮތުގާ ކަމުގަޔާ، އަދި އެއަތޮޅު، މާކަނޑޫދޫގާ، 'ދޮންސޮރު އައިހާ(އައިސަ)ކަނބުލޭގެ ވަގުފް' ކިޔާ، އޭނާގެ ދަރިކޮޅުގެ ހަވާލުވެރިކަން އޮންނަ، 12 ރުކުގެ، ވަގުފް އަކާއި، 'ކަނދިކަނބުލޭގެ ވަގުފް' ކިޔާ، 80ވަރަކަށް ރުކުގެ، އޭނާގެ ދަރިކޮޅުގެ ހަވާލުވެރިކަން އޮންނަ، ވަގުފެއް އޮންނަ ކަމާ، އެތަންތަނުގެ ފަތް ކުރީގާ އޮތްކަމުގާ ވިއަސްވެސް، އޭރު، އެއްވެސް ލިޔުމެއް އެތާ ނެތް ކަމުގަޔާ، އިތުރު ވަގުފްހުރިތޯ ބަލަމުންގެންދާ ކަމުގާ ބަޔާންކޮށް؛ އަތޮޅުވެރިޔާ، މޫސާ އިބްރާހީމް ލިޔެފާވާ ސިޓީއެއް. Letter sent by the Shaviyani Atoll Office regarding a waqf endowment (Size: 8.2" X 6.5")
1.Sh.Feevah, 2. Sh.Maroshi, 3.Sh.Goidhoo, 4.Sh.Bilehfahi, 5.Sh.Maakan'doodhoo - Letter (Endowed housing plot), letter(Endowment for property)
1962މ އޭޕްރިލް 27(1381ހ ޒުލްގައިދު 22)ގާ، ވ.އަތޮޅުއޮފީހުން، ވުޒާރަތުލް ދާހިލިއްޔާގެ(ހ)އަށް، އެ ވުޒާރާގެ، ހ3،62/67 ނަންބަރު ސިޓީގެ ޖަވާބެއްގެ ގޮތުގާ؛ އެއަތޮޅުގާ އެއްވެސް ވަގުފް ބިމެއް، އިމާރާތެއް ނެތްކަމާއި، އެކަމަކު، އެއަތޮޅުގެ ތިނަދޫއަކީ ފާލަށްބަ މިސްކިތް މައްޗަށް ވަގުފްކުރެވިފާވާ ރަށެއްކަމާއި އަދި އެވަގުފްގެ ފަތް ވީ، ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގާ، މާލެ ގެންގޮސްފާ ކަމަށާ، އަދި އެރަށު މިސްކިތުގާ، ދިވެސްއަކުރުން ލިޔެފާ ހުންނަ ލިޔުމެއް ހުރިކަމުގާ ބަޔާންކޮށް؛ އަތޮޅުވެރިޔާ، އަހުމަދު އަލީ، ލިޔެފާވާ ސިޓީއެއް.Letter sent by the Vaavu Atoll Office, stating that there is no waqf endowment in the atoll, but that Vaavu Thinadhoo is an island allocated to Faalabba Miskiyy. It clarifies that the documentation for Faalabba Miskiy has been transferred to Malé, where that Dhives Akuru document is kept. (Size: 9.6" X 7.1")
V.Thinadhoo - Faalabba Mosque - letter(Mosque)
1962މ މޭ 21(1381ހ ޒުލްހައްޖު 16)ގާ، ނ.އަތޮޅު މަނަދޫގާ ހުންނަ، އެއަތޮޅުގެ އަތޮޅު އޮފީހުގެ(ހ)އިން، ވުޒާރަތުލް ދާހިލިއްޔާގެ(ހ)އަށް، އެވުޒާރާގެ، ހ.3-62/61ނަންބަރު ސިޓީގެ ޖަވާބެއްގެ ގޮތުގާ؛ އެއަތޮޅުން، މީސްމީހުންގެ އެއްވެސްކަހަލަ ވަގުފެއް، އަދި އެޒާތުގެ އެއްވެސް ލިޔުމެއް އެހާތަނަށް ފެނިފާނުވާކަމާ، އެފަދަ މައުލޫމާތެއް ލިބުނުވަރަކުން އަންގަމުންދާނެ ކަމުގާ، ބަޔާންކޮށް؛ އަތޮޅުވެރިޔާ، އ.ދ.ތ މުހައްމަދުފުޅު ސޮއިކޮށްފާވާ، ސިޓީއެއް.Letter sent by the N. Manadhoo Atoll Office on missing documentation for waqf endowments (Size: 8.2" X 6.5")
N.Manadhoo - Maa Letter (Endowed housing plot), letter(Endowment for property)
1344ހ(1926މ)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުން؛ ހުވަދޫއަތޮޅު ދިޔަދޫ އެއްގަމުގޭ ދޮންމުހައްމަދުގެ ދަރިން ކަދީދާ އާއި އައިސަ އާއި ދެމީހުންނަށް އޮތް މާރެހާ މިސްކިތް ބެލެހެއްޓުމަށް 1116ހ(1704މ)ގާ، އައްސުލްތާނުލް ގާޒީ މުހައްމަދު މުޒްހިރުއްދީނު؟؟،(ލިއުމުގާ ޖަހާފާވަނީ މުއީނުއްދީނު؟؟)ގެ ދަރުބާރުން، ބޯގަޔަށް ލަށްވާފާވާ، އެއަތޮޅު މާރެހާ، ފުރަބަންޑާރައަށް ބޮލިކޮއްޓޭ އެއް ދީފާ، ދެންއޮތް ބައިން، އެމިސްކިތް ބެލެހެއްޓުމަށް، ވަރުވާކުރަށްވާ، ހަވާލުވެރިކަން އެ ދެބެއިންގެ ދަރިކޮޅަށް ލަށްވައިފިކަމުގެ، އަމުރުނެރުއްވުމުން؛ މާމުދިން ލިޔެފާވާ ފަތުގެ ނަކަލެއް. ނަކަލެއް.
މި ކަރުދާހުގާ ބުނެފާވާ ތާރީހާއި، ރަދުންގެ ކޮލި އަދި އަސްލުނަމާއި،ދިމާނުވާތީ، ހުލާސާ ކުރެވިފާ އެވަނީ އެންމެ ހީވާގޮތަށް.
Size: 10" X 8"
G.A.Dhiyadhoo - Maarehaa Mosque - Endowment for Shrine (Ziyaaraiy)
1962 މޭ 3(1381ހ ޒުލްގައިދު 28)ގާ، ވުޒާރަތުލް ދާހިލިއްޔާގެ(ހ)އިން؛ (މައިގަނޑު ވަނީ ފޮހެވިފާ)، އެތަނުގެ ނައިބުގެ ބަދަލުގާ، ނ.ތ ނަމެއްގެ، ސޮއިކޮށްފާވާ ސިޓީއެއް.Very worn text - nearly illegible (Size: 9" X 6.3")
K - Male' - letter
1962ހ މާރޗް 4(1381ހ ރަމްލޯނު 27)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އެމަހްކަމާއަށް ހުށަހެޅި މުދަލުގެ މައްސަލައެއް ބެލުމުގާ، ނައިބުތުއްތުގެ ކަޅުތުއްތު، އޭނާގެ ދަރި އައިސާމަނިކެ 1381ހ ޝައުބާން 21(1962މ ޖަނަވަރީ 28)ގާ ނިޔާވެއްޖެ ކަމުގަޔާ އަދި އޭނާގެ ފިރިއެއް ދަރިއެއް ނެތް ކަމާއި، ހުރި ވަރިސަކީ، ހަމައެކަނި އޭނާ ކަމުގާ ބުނެ، ފަށަވާޅު ކުޑަދޮންތުއްތު، އެ އައިސާ މަނިކެއަށް ދީ އޭނާއަށް މިލްކުވެފާވާ، މ.ފިޔާތޮށިގެ، ކަޅުތުއްތު އަށް ލެއްވުމަށް އޭނާ އެދުމުން، އައިސާ މަނިކެގެ މަރު ސާބިތުކޮށް، އެގޯތި އިހު ފަތުންނާއި، ޝަރީޔާއިން ލިއެފާވާ ލިއުމަކުން، 1366ހ ރަބީލްއައްވަލް 21(1947މ ފެބްރުވަރީ 13)ގާ ކުޑަދޮންތުއްތުގެ، އެގޯއްޗާ އެތާގާވީ ގެއާއި، އަދި އޭނާގެ ހުރިއްޔާ ހުރި މުދަލެއް، އެ އައިސާ މަނިކެއަށް ދީފާވާކަން ސާބިތުވެ، އަދި އުއްސަކުރު ހާޖީ އާއި ކަރުކެހޭ ހުސެއިންފުޅުގެ ހެކިބަހުން، އެކަޅުތުއްތު ނޫން، އޭނާގެ އެހެން ވާރިސެއް ނެތްކަމުގާ ސާބިތުވުމުން؛ މ.ފިޔާތޮށިގެ ކިޔާ ގޯއްޗާ، އެތާގާވާ ގެއާ، އަދި އެ އައިސާ މަނިކެގެ ހުރިހާ މުދަލެއް އެ ނައިބުތުއްތުގެ ކަޅުތުއްތުއަށް މިލްކުވެއްޖެ ކަމުގާ ނިޔާކުރަށްވާ ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.Real estate document for Maafannu Fiyaathoshige, written in Thaana, stating ownership of the land (Size: 8.8" X 6.65")
National Archives of Maldives1379ހ ރަޖަބް 25(1960މ ޖަނަވަރީ 24)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1370ހ ޖުމާލިލްއާހިރު 25(1951މ އޭޕްރިލް 2)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ފަތަކުން، ބަޑިކޮށީ އެދުރުމަނިކު އަތުން، ތުއްތުމަންޖެ ޅަސޮރު ގަނެ، އޭނާއަށް މިލްކުވެފާވާ ކަމުގާ، ސާބިތުވާ، މައްޗަންގޯޅި ކޮތަރިވިލާގެ ކިޔާ ގޯތި، އޭނާގެ ބެހެނިވެރިން ކަމުގާވާ ދޮންކޮއްކޮ ހާޖީ، ދޮންއައިމިނާފުޅު، ތުއްތު، މުހައްމަދުފުޅު، ވޮއްކޮޅު ދޮންކަމަނަ، ހޮޅިކޮށީ ދޮންމަނިކު، ހޮޅިކޮށީ ތުއްތުމަނިކެ، ޅަސޮރުގެ ދޮންމަނިކެ، އަދި އޭނާ ނިޔާވިއިރު އިނދެގެން ހުރި ހޮޅީކޮށީ ދޮންމަނިކެއަށް މިލްކުވެފާވި ގޯއްޗެއް ކަމާއި، އަދި އެއަށްފަހު، އެބެހެނިވެރިންގެ އިއްތިފާގުން، އެގޯތި، ތުއްތު، މުހައްމަދުފުޅު، ހޮޅިކޮށީ ދޮންމަނިކު އަދި ވޮއްކޮޅު ދޮންކަމަނައަށް ހިބައިންދީ، އޭރު އެތަން މިލްކުވެފާވަނީ އެހަތަރު މީހުންނަށް ކަމުގާ ޝަރީއަތަށް ސާބިތުވެފާވާ ކަމާއި، އެތަނުގެ 4/1 ކަމުގާވާ، މއ.ފޮނިލުނބޯގެ(F5-4ބަލާ) އެއީ، ވޮއްކޮޅު ދޮންކަމަނައަށް ވީބައި ކަމާއި، ދެންއޮތް 4/3އިން، 4/1 އެއީ، ހޮޅިކޮށީ ދޮންމަނިކުއަށް ވެ، އޭނާ، ތުއްތުއަށް ވިއްކާފާވާ ބައެއްކަމާ، ދެން އޮތް 4/1އެއީ، އެ ތުއްތުއަށް ވީބައި ކަމާއި، ދެން އޮތް 4/1އަކީ އޭނާގެ ދަރި މުހައްމަދުފުޅުއަށް ވެފާވާ ބައިކަމުގަޔާ، އަދި ޅަސޮރު ތުއްތުއަށް، އެގޯތިން، ވެފާވާ ހުރިހާ ތަނެއް، އޭނަގެ ދަރި މުހައްމަދުފުޅުއަށް، ހިބައިންދީ އޭނާއަށް އެގޯތީގެ 4/3މިލްކުވެފާވާ ކަމުގާ، 1379 ޖުމާދިލްއާހިރު 16(1959މ ޑިސެންބަރު 17)ގާ، މަހްކަމަތުލް ޝަރީޔާއިން، ދާހިލިއްޔާއަށް، ފޮނުވާފާވާ، ށ.3،59/116ނަނަބްރު ސިޓީއިން ސާބިތުވުމުން؛ މައްޗަންގޯޅި ކުރިކީލަމަގާ އިންވެ އުތުރުން ފޮނިލުނބޯގެއާ އިންވެ އިރުން، ބިލެއްތަޅާގެއާ އިންވެ ހުޅަނގުން އޮތް، މއ.ކޮތަރިވިލާގެ އެއީ، ތުއްތުމަންޖެ ޅަސޮރުގެ ތުއްތުގެ މުހައްމަދުފުޅުގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިއެފާވާ ފަތެއްގެ ނަކަލެއް.Real estate document for Machchangoalhi Kotharivilaage, written in Thaana, stating ownership of the land (Size: 8.8" X 6.65")
National Archives of Maldives1379ހ ޒުލްގައިދު 28(1960މ މޭ 24)ގާ، މަހަކްމަތުލް ޝަރީއްޔާ(ހ)އިން؛ 1379ހ ޒުލްގައިދު 15(1960މ މޭ 11)ގާ، މއ.އަދުންކޮށީގޯތީގެ މިން ހަމޖެއްސުމަށް، އަދުން ހަސަން މަނިކު ހުށަހެޅި މައްސަލަ ބަށްލަވާ، އެގޯއްޗަކީ، އަމިއްލަ ގޯއްޗެއް ކަމާ، އެތަނުގެ އިމާއި މިން އިނގެންނެތުމުން، އެކަން ދެނެހުރި ދުވަސްވީ މީހުންކުރެއަހާ އޮޅުންފިލުވާ، އެގޮތުގެމައްޗަށް، އެމައްސަލަ މުޅިން ނުނިމި އޮށްވާ، އެ މަހްކަމާގެ 'ގޮވަތިގޮވަތީގެ ފަތްފަތުގައި ހުންނަ ރިޔަންކޮޅު ނަގާފޮތް' ކިޔާ ފޮތް ވުޒާރަތުލް ދާހިލިއްޔާއިން ފެނި، އެފޮތުން، މައްޗަންގޯޅި ރެކީގޮވަތި(އަދުންކޮށީގެ)ގެ މިން އިނގި، އަދި ފަތުގެ ތިރީގާ، އެފަތަކީ، 1240ހ(1825މ)ގާ ލިޔެފާވާ، ސިއްކައެއް، ސިއްކަފުޅެއް، ސޮޔެއްނެތް، އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު ލިއުއްވާފާވާ ކަމުގާ ބަޔާންކޮށްފާވާ ފަތެއްކަމުގާ، 1349ހ ރަޖަބް 29(1930މ ޑިސެންބަރު 20)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިޔުމެއް އޮތްކަމާ، އަދި އެހެން އެއްވެސް ގޮތަކުން، އެވަރަށްވެސް އެގޯތީގެ މިން، އިނގެން ނެތުމުން، އަދުންކޮށީގޯތީގެ މިންތަކަކީ، އެ ފޮތުގާވާ ލިއުމުގާ، އޮތް މިންތައް ކަމުގާ ނިޔާކޮށް، އެމިންތައް ހިމަނާ، މުހައްމަދު ޖަމީލު އުއްތަމަ ފަނޑިޔާރު ސޮއިކޮށްފާވާ ލިޔުމެއްގެ، 1381ހ ޝައުބާން 4(1962މ ޖަނަވަރީ 11)ގާ، އެ މަހްކަމާއިން އަލީ އަހުމަދު ކޮށްފާވާ ނަކަލެއް. Real estate document for Machchangoalhi Adhunkosheege (Size: 8.8" X 6.65")
National Archives of Maldives1381ހ ރަބީލްއައްވަލް 16(1961މ އޯގަސްޓް 28)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ގަލޮޅު ކަކާގެކިޔާ ވަގުފް ގޯތިގެ؛ 1148ހ ރަބީލްއައްވަލް(1735މ އޯގަސްޓް)ގާ، އައްސުލްތާނު އިސްކަންދަރު 2، ލިޔެދެއްވާފާވާ ދިވެސް އަކުރު ފަތުން(F0-113)، އެ ގޯއްޗަކީ، މި ރަދުންގެ މާމަ، ކަނބާ މަރިޔަމް ރަނިކިލަގެ، ދޭވާނީ އަލީގެ ދަރިންގެ އަތުން ބައްލަވައިގަނެ، ވަގުފް ކުރައްވާފާވާ ގޯއްޗެއްކަމާއި، އެ ވަގުފްގެ ހަވާލުވެރިންނަކީ ފެންފުށީ ހަސަން ހަތީބުގެ ދަރި އައިސާބީގެ ދަރި ދޮންއަލީ އާއި، އޭނާގެ ދަރިކޮޅަށްކަން، ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5"
K - Male' - G.Kakaage (43rd Housing Plot) - Deed for housing plot (Th.Elaa)