The Modern History; The 1960s

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        The Modern History; The 1960s

          Equivalent terms

          The Modern History; The 1960s

            Associated terms

            The Modern History; The 1960s

              34 Archival description results for The Modern History; The 1960s

              34 results directly related Exclude narrower terms
              NAM DOC-MN-F9-15 · Item · 1960
              Part of Documents

              1380ހ ރަބީލްއައްވަލް 29(1960މ ސެޕްޓެންބަރު 21)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ދިދިގޯތީ ހަކުރާ ތަކުރުފާނު، އެދުރު މުހައްމަދު ތަކުރުފާނުގެ ދަރި އައިމިނާފާނުގެ، މައްޗަންގޯޅި ބޮޑުގަލު މިސްކިތު ހުޅަނގުން އޮތް ޗާނދަނީ މަގާ އިންވެ ހުޅަނގުން އޮތް، ދިދިގޯތި ކިޔާ ގޯތީއެއީ، 1181ހ(1767މ)ގާ، އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ގެ ދަރި އަލްގާޒި އިބްރާހީމް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފަތް، ބާވެގެން، 1345ހ ޖުމާދިލްއައްވަލް 8(1926މ ނޮވެންބަރު 14)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު އާކޮށްދެއްވި ފަތުން، އެދަރިކޮޅަށް ވަގުފްކޮށްދީފާވާ ގޯއްޗެއްކަން ސާބިވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
              K - Male' - Ma.Didi Goathi (37rd Housing Plot) - Deed for housing plot (Th.Elaa)
              Size: 10" X 7.5"

              National Archives of Maldives
              NAM DOC-MN-F9-16 · Item · 1960
              Part of Documents

              1380ހ ރަބީލްއައްވަލް 29(1960މ ސެޕްޓެންބަރު 21)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މައްޗަންގޯޅި ބޮޑުގަލުމާފަތްގެޔާ އިންވެ ހުޅަނގުން އޮތް، އަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނު ވަގުފްކުރެއްވި، ރަންވިއްކާގޯއްޗާ، މިގޯއްޗާ އިންވެގެން އޮތް ހަންޏާމީދޫ ގޯއްޗާއި މިދެގޯއްޗަކީ، 1327ހ(1909މ)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު ބައްލަވައިގަނެ، އަބްދުލް މަޖީދުއަށް ހިބައިންދެއްވާފާވާ ދެ ގޯތިކަމުގާ، 1345ހ(1927މ)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު ފަތްލިޔެދެއްވާފާ ވަނިކޮށް، 1346ހ ޖުމާދިލްއައްވަލް 20(1927މ ނޮވެންބަރު 15)ގާ، އައްނައިބު އަލްހާއްޖަ މޫސަލް މަހައްލީ، އެގޯތީގެ ބޮޑުމިން ބަޔާންކޮށް، އެތަނުގެ ހަވާލުވެރިންނަކީ، އަލްއަމީރު ހަސަން ފަރީދު ދީދީގެ ދަރިކޮޅު ކަމުގާ ބަޔާންކޮށް، ވަގުފް ފަތް ލިޔެދެއްވާފާވާ، ގޯއްޗެއްކަން ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފް ގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
              އަދި މިފަތުގެ 5ވަނަ ސަފްހާގެ ތިރީގާ ނޯޓަކަށް:
              1379ހ ޒުލްގައިދު 24(1960މ މޭ 20)ގާ، މަހްކަމަތުލް ޝަރީޔާއިން ފޮނުވާފާވާ ށ-3-60/73 ނަންބަރު ސިޓީއިން، 1346ހގެ ވަގުފް ފަތް ލިޔުނު އިރު، އަބްދުލް މަޖީދުގެ ދަރި އަލްއަމީރު ހަސަން ފަރީދު ދީދިގެ ދަރިކޮޅު ނެތުމުގެ ސަބަބުން، އެ މަހްކަމާއަށް އެމައްސަލަ ހުށައެޅުމުން، ހަސަން ފަރީދުގެ ދަރިކޮޅަށް ކުރެވިފާވާ ވަގުފްގެ މަންފާވެރިންނަށް ވާނީ، އޭނާގެ މަންމަ ފަރާތުގެ ބޭފުޅުންކަމުގާ ނިންމާފާވާ ކަމުގާ ލިޔެފާވެއެ
              Size: 10" X 7.5"
              K - Male' - Ma.Ranvikkaa Goathi (35rd Housing Plot) - Deed for housing plot (Th.Elaa)

              National Archives of Maldives
              NAM DOC-MN-F9-17 · Item · 1960
              Part of Documents

              1380ހ ރަބީލްއައްވަލް 29(1960މ ސެޕްޓެންބަރު 21)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1302ހ(1885މ)ގާ، އަލްގާޒީ އިސްމާއިލް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު، ދިއްފުށީ ހަނދޭގިރިގޭ އަހުމަދު މަނިކުގެ ދަރި މޫސާ ދީދީ އަށް މިލްކުވެފާ ވާ ކަމުގާ، އެތާގެ އިމާއި މިން ހިމަނާ ފަތް ލިޔެދެއްވާފާވާ ކަމާއި، އެޔަށްފަހު، 1335ހ(1917މ)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ މޖިލީހުން، އެ މޫސާ ދީދީ ނިޔާވުމުން އޭނަގެ ދަރި ދޮންމަނިކުއަށް، އެތަން މިލްކުވީ ކަމާއި، އަދި މީނާ ނިޔާވުމުން، އެތަނުގެ 4/1، އޭނަގެ އައިންބަކަށް ހުރި، ކަޅިޗީ ހައްވާފުޅުއަށް މިލްކުވެ، އަނެއް 4/3، އޭނާގެ ވާރުތަވެރި މުރީދު ހަސަން މނިކުއަށް މިލްކުވެ، އޭނާ ނިޔާވުމުން، އޭނާގެ ދަރި މުރީދު އިބްރާހީމް މަނިކުއަށް އެތަން މިލްކުވެ، އޭނާ، އަބްދުލް މަޖީދު ދީދީއަށް ވިއްކި ކަމުގާ ފަތް ލިޔެފާވާ، އަދި 1346ހ(1928މ)ގާ، ލިޔެފާވާފަތަކުން، އަބްދުލް މަޖީދު ދީދީ، އެތަން ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން އޭނާގެ ދަރި ހަދީޖާ ފަރީދު ދީދީ ކަމުގާ ފަތް ލިޔެފާވާ، ހެންވޭރު ދިއްލީ މިސްކިތުގެ އުތުރުން، ރޯނުކޮށީގެ އިރުން އޮތް ގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
              އަދި މިފަތުގެ 6ވަނަ ސަފްހާގާ ނޯޓަކަށް:
              1379ހ ޒުލްގައިދު 24(1960މ މޭ 20)ގާ، ދާހިލިއްޔާ އަށް ފޮނުވާފާވާ، މަހްކަމަތުލް ޝަރީޔާގެ، ށ-3-60/73ނަންބަރު ސިޓީއިން، 1346ހ ގާ ފަތް ލިޔެވުނު އިރު، އަބްދުލް މަޖީދުގެ ދަރި ހަދީޖާ ދީދީގެ ދަރިކޮޅު ނެތުމުގެ މައްސަލަ ހުށައެޅުމުން، ހަދީޖާ ދީދީއަށް ކުރެވިފާވާ ވަގުފްގެ މަންފާވެރިންނަށް ވާނީ، އޭނާގެ މަންމަގެ ފަރާތުގެ، އެންމެ ގާތް ފަގީރު މީހުންކަމުގާ ނިންމެވި ކަމުގާ ވެއެ.
              Size: 10" X 7.5"
              K - Male' - H. Maafolheyge (36th Housing Plot), H.Boavelige (36th Housing Plot), H.Kudhimagoo Maage (36th Housing Plot) - Deed for housing plot (Th.Elaa)

              National Archives of Maldives
              NAM DOC-MN-F9-26 · Item · 1960
              Part of Documents

              1380ހ ރަބީލްއައްވަލް 29(1960މ ސެޕްޓެންބަރު 21)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1178ހ ޖުމާދިލްއައްވަލް 15(1764މ ނޮވެންބަރު 9)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެދެއްވާފާވާ ފަތެއްގެ ނަކަލުން ގަލޮޅު ހަދީބީ މިސްކިތުގެ އުތުރުން އޮތް، މާރަންދޫ ދަންޑެހެލު ތަކުރުގެ ދަރި ކަދީދާފާނު، ފެންފުށީ ކަކާތަކުރުފާނުގެ ދަރި އައިމިނާ މަނިކުފާނުއަށް ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ދީފާ ކަމުގާ ބަޔާންކޮށްފާވާ، އަދި އޭގެ ފަހުން ހަމަ އެމަގަށް ހުސެއިން ސަލާހުއްދީނު ފަތްލިޔެދެއްވާފާވާ ގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
              K - Male' - H.Foolhuma Goathi (34 number Housing Plot) - Deed for housing plot (Th.Elaa)
              Size: 10" X 7.5"

              National Archives of Maldives