The Modern History; The 1960s

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        The Modern History; The 1960s

          Equivalent terms

          The Modern History; The 1960s

            Associated terms

            The Modern History; The 1960s

              34 Archival description results for The Modern History; The 1960s

              34 results directly related Exclude narrower terms
              NAM DOC-MN-F5-21 · Item · 1960
              Part of Documents

              1380ހ މުހައްރަމް 28(1960މ ޖުލައި 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މައްޗަންގޯޅި ޗާންދަނީމަގާއި އިންވެ ހުޅަގުން ކުދިރަތްމާގޯޅި އާއި އިންވެ ދެކުނުން ދެވިނަމަގެއާއި އިންވެ އުތުރުން އޮތް ގޯއްޗަކީ، ބަނޑޭރި ތަކުރުފާނުގެ ދަރި އަހުމަދު ކަލޭފާނުގެ ދަރި މުހައްމަދު މަނިކުގެ ދަރި ހިތިލާގޭ އިބްރާހީމް ދީދީ އަށް މިލްކުވެފާވާ ގޯއްޗެއްކަމުގާ، 1362ހ ޒުލްހައްޖު 14(1943މ ޑިސެންބަރު 12)ގާ، ދާހިލިއްޔާއިން ލިޔެދީފާވާ ފަތަކުން ސާބިތުވެ، 1379ހ ސަފަރު 18(1959މ އޯގަސްޓް 23)ގާ، އައްޝެއިހު މުހައްމަދު ޖަމީލު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތުގެ މަޖިލީހުން އެފަތުގެ ނުފުށުގާވާ ލިޔުމަކުން، މއ.ހިތިލާގެ ކިޔާ ގޯއްޗާއި އެގޯތީގާވާ ގެ، ހިތިލާގޭ އިބްރާހީމް ދީދީ، އޭނާގެ ދަރި އައިމިނަތު ދީދީއަށް ހިބައިން ދީ، އޭނާއަށް މިލްކުވެފާވާ ކަން ސާބިތުވެ، އަދި އޭގެ ފަހުން، އޭނާ، ހަމައެކަނި، އެގޯތި، ހއ.ދިއްދޫ ދޮންއަލީ ހާޖީ ކަލޭފާނުގެ ދަރި އިބްރާހީމް ކަލޭފާނުއަށް ހިބައިން ދިންކަމުގާ، އއަލްފާލިލް ލާމީގޭ ސީދީ އާއި އުނގޫފާރު މޫސާފުޅު އާއި ދެމީހުންގެ ހެކިބަހުންނާ، އަދި އައިމިނަތު ދީދީ އާއި އިބްރާހީމް ކަލޭފާނުގެ އިއުތިރާފުން ސާބިތުވުމުން؛ މއ. ހިތިލާގެ އެއީ، ހއ.ދިއްދޫ ދޮންއަލީ ހާޖީ ކަލޭފާނުގެ ދިއްދޫ އިބްރާހީމް ކަލޭފާނުގެ މިލްކެއް ކަމުގަ ބަޔާންކޮށް، ގޯތީގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.
              އަދި މި ނަކަލުގާ 'ނޯޓް'އެއްގެ ގޮތުގާ: އެގޯތީގެ އަސްލު މިނަށް ވުރެ، 47.75އަކަފޫޓު ބޮޑުވާނެކަމާއި، އެހެން ވެފާއެވަނީ ގޯތީގެ ތިންފަރާތުގާ މަގު އޮވެފާ، ގޯތީގެ މެދު ފުޅަފުގެ ފާރުވެސް 2/1ވުރެ ބޮޑަށް ރޭނިފާވާތީވެ، އެޔަށްވުރެ ކުޑަކުރެވެން ނެތިގެން ކަމުގާ، ލިޔެފާވެއެ.
              A copy of the report originally written on 23 July 1960 regarding the owernship of the land Machchangoalhi Hithilaage (Size: 10" X 7.35)
              K.Male' - Ma.Hithilaage (Housing Plot) - Private Property

              National Archives of Maldives
              NAM DOC-MN-F5-19B · Item · 1961
              Part of Documents

              1381ހ ޖުމާދިލްއައްވަލް 15(1961މ އޮކްޓޯބަރު 25)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އެމަޖިލީހަށް ނަލަގޭ އަލީ އަބްދުއްލޯ ދީދީ، ކުރެދިވަރު މުހައްމަދު ފުޅުގެ އަބްދުލް ގަފޫރު އަދި ފޭރު އަލިފުޅުގެ ކުޑަތުއްތު އާއި ދެމީހުން ގޮވައިގެން އައިސް، ކުޑަ ހަސަން ތަކުރުފާނުގެ އާދަމްފުޅުގެ މިލްކުގާވާ، މއ.ގުލްބަކާގެ ކިޔާ ގޯއްޗާއި އެގޯތީގާވާހާ، އޭނާގެ މިލްކު ތަކެއްޗެއް، އޭނާގެ ދަރިން، އިބްރާހީމް ފުޅު، ހަފީޒާ، ޒުލްފާ އަދި އަހުމަދު ފުޅު، މިހަތަރުބެއިންނަށް ހިބައިން ދީފިކަމާއި، އަދި ޒުލްފާ އާއި އަހުމަދުފުޅު އާއި ދެބެން ތަސައްރަފް ނުފުދޭތީ، އެދެބެންގެ ފަރާތުން އާދަމްފުޅު އެތަނާ ހަވާލުވެފާވާ ކަމުގާ އަބްދުއްލޯ ދީދީ ބުނެ، އަދި އޭނާއާ އެކީ އެތިބި ދެމީހުން އެކަމަށް ހެކިވެ އެކަން ސާބިތުވުމުން، އެ ހިބަ ސައްހަކަމަށް ހުކުމްކުރިކަމުގާ، ލިޔެފާވާ ލިޔުމުގެ ނަކަލެއް.

              A copy of the report originally written on 25 October 1961 regarding the gifting of the property Machchangoalhi Gulbakaage (Size: 10" X 7.35)
              K.Male' - Ma.Gulbakaage (Valufaiyliyaage) (Housing Plot) - Private Property

              National Archives of Maldives
              NAM DOC-MN-F5-19A · Item · 1961
              Part of Documents

              1381ހ ސަފަރު 20(1961 އޮކްޓޯބަރު 1)ގާ މަހްކަމަތުލް ޝަރީޔާއިން؛ އެ މަހްކަމާއަށް ފޮނުވާފާވާ ކުޑަ ހަސަން ތަކުރުފާނުގެ އާދަމްފުޅުގެ ބަދަލުގާ އަލްމުހްތަރަމް މުހައްމަދު އަލީ ނަސީރު ހުށައެޅުއްވި ވަލުފަތްލިޔާގެއެ ކިޔާގޯތީގެ މައްސަލަ ބެއްލެވިއިރު، އެ ގޯއްޗަކީ، 1306ހ ރަބީލްއައްވަލް 23(1888މ ނޮވެންބަރު 27)ގާ ލިޔެފާވާ ފަތަކުން(F5-19)،ކުޑަ ހަސަން ތަކުރުފާނުގެ ގޯއްޗެއް ކަމުގާ ސާބިތުވާ ކަމާއި، އަދި އެގޯތީގެ ފަތް، އޭނާގެ ދަރި އާދަމްފުޅުގެ މައްޗަށް ބަދަލުކޮށްދެއްވަން އެދުމުން(F5-19)، އެކަން ބެއްލެވިއިރު، އެގޯތި ވަނީ، ކުޑަ ހަސަން ތަކުރުފާނުގެ ދަރިންނަށް ވާރުތައިންލިބި، އަދި އެހާތަނަށް ނުބާހާ ކަމަށާއި، އޭނާގެ ވާރިސުން ކުރެ އޭރު ދުނިޔޭގާ ތިބި، އައްޝެއިހު މަލިން މޫސާ ކަލޭފާނު، ހަސަންތަކުރުފާނުގެ މުހައްމަދުފުޅުގެ ދޮންމަނިކު، އޭނާގެ އައިމިނަތު މަނިކެގެ އިބްރާހީމް މަނިކު އާއި ދަލޭކާމަނިކެ، އެމީހުންގެ ބައިބައި ،ގ.ފޭދޫކޮށީގެ އިސްމާއީލްފުޅު އާއި ފެންތަށިގެ އިސްމާއީލްފުޅު، ހެކިކޮށް، އަދި ލިޔުމުން، އެއާދަމްފުޅުއަށް ދިންކަމުގާ ސާބިތުވުމުން؛ މއ.ވަލުފަތްލިޔާގެއޭ ކިޔާ ގޯއްޗަކީ، ދޭވާނީ ކުޑަ ހަސަން ތަކުރުފާނުގެ އާދަމްފުޅުގެ މިލްކެއްކަމުގާ ހުކުމްކުރިކަމުގާ، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. A copy of the report originally written on 1 October 1961 regarding the ownership of the land Machchangoalhi Gulbakaage. (Size: 10" X 7.35)
              K.Male' - Ma.Gulbakaage (Valufaiyliyaage) (Housing Plot) - Writing (Court case)

              National Archives of Maldives
              NAM DOC-MN-F5-10 · Item · 1961
              Part of Documents

              1380ހ ޒުލގައިދު 7(1961 އޭޕްރިލް 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މާފަންނު ދޮއްތަޑަފި ގޯތީގެ އަލީ ބަހީ މަނިކަގެ ތަރިކަ ބަހައިގެން، އެގޯތީގެ 2/1 އޭނާގެ މުހައްމަދު މަނިކުއަށް މިލްކުވެ، އެބައިގެ އުތުރުފަރާތުން 3ރިޔަން ފުޅާމިނުގެ ބައެއް، އަލީ ހާޖީ މަނިކުގެ އަލިމަނުކުގެ ދޮންމަނިކުގެ މިލްކު އެހެން ގޯތިކޮޅަކާ ބަދަލުކޮށް، އޭނާޔަށް މިލްކުވެފާވާ ކަމުގާ، 1369ހ ޖުމާދިލްއާހިރު 19(1950މ އޭޕްރިލް 7)ގާ، މަހްކަމަތުލް ޝަރީޔާ އިން އަލްގާޒި އަބްދުއްލާ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު ސޮއިކުރަށްވާފާވާ ފަތަކުން ސާބިތުވެ، އެ 2/1ގެ ދެންއޮތް ބައި، އަލީ ހާޖީގެ އަލިމަނިކުގެ ތުއްތު މަނިކަގެ އަބްދުލް ގާދިރު، އަބްދުލް ހާދީ، ދޮންމަނިކެ، އަބްރިއްޔަތު އަދި ފާއިޒާ، މިފަސް ބެއިންނަށް، މުހައްމަދު މަނިކު ހިބައިން ދީ، އެމީހުންނަށް މިލްކުވެފާވާ ކަމާއި އަދި، އެތަނުން އަބްދުލް ގާދިރަށް ވީ ބައި، ކޮލިގޭ އުމަރު މަނިކުއަށް -/500ރ އަށް ވިއްކާ، އުމަރު މަނިކު، ހަމަ އެއަގަށް، ސާހިބުއްދައުލަތު އަލްފާލިލް އިބްރާހީމް ނާސިރުއަށް ވިއްކާ، ނާސިރު، އެތަނުގެ ބޮޑުމިނަށް، ހ.މޭވާގަސްދޮށުގެ ކިޔާ ބަންޑާރަ ގޯތިން ނަގާ ލާޖައްސާ، މ.ދޮއްތަޑަފި ގޯތީގެ އެބައި ދައުލަތަށް މިލްކުވެފާވާކަމުގާ، 1380ހ ސަފަރު 29(1960މ އޯގަސްޓް 22)ގާ، މަތީގާ ބުނެވިފާވާ ފަތުގެ ނުފުށުގާ، އައްޝެއިހު މުހައްމަދު ޖަމީލު ދީދީގެ ޝަރީޔަތުގެ މަޖިލީހުން ލިޔެފާވާ 2 ލިޔުމަކުން ސާބިތުވެ، މ.ދޮއްތަޑަފި ގޯތީގެ 2/1 އިން، 3ރިޔަން ފުޅާމިނުގެ ބައި ކަނޑާ، ދެންއޮތް ބައިގެ 5/4، އަލީ ހަބީ މަނިކަގެ އަލިމަނިކުގެ ތުއްތު މަނިކަގެ އަބްދުލް ހާދީ، އިބްރިއްޔަތު، ދޮންމަނިކެ އަދި ފާއިޒާ، މި ހަތަރު މީހުންގެ މިލްކެއްކަމުގާ ބަޔާންކޮށް، ލިޔެފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 23 April 1961 regarding the ownership of part of the land in Maafannu Dhoththadafi (Size: 8.85" X 6.7")
              K.Male' - Part of M.Dhohthodafi Goathi (Housing Plot) - Private Property, Housing plot (government)

              National Archives of Maldives