The Modern History; The 1960s

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        The Modern History; The 1960s

          Equivalent terms

          The Modern History; The 1960s

            Associated terms

            The Modern History; The 1960s

              34 Archival description results for The Modern History; The 1960s

              34 results directly related Exclude narrower terms
              NAM DOC-MN-F5-10 · Item · 1961
              Part of Documents

              1380ހ ޒުލގައިދު 7(1961 އޭޕްރިލް 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މާފަންނު ދޮއްތަޑަފި ގޯތީގެ އަލީ ބަހީ މަނިކަގެ ތަރިކަ ބަހައިގެން، އެގޯތީގެ 2/1 އޭނާގެ މުހައްމަދު މަނިކުއަށް މިލްކުވެ، އެބައިގެ އުތުރުފަރާތުން 3ރިޔަން ފުޅާމިނުގެ ބައެއް، އަލީ ހާޖީ މަނިކުގެ އަލިމަނުކުގެ ދޮންމަނިކުގެ މިލްކު އެހެން ގޯތިކޮޅަކާ ބަދަލުކޮށް، އޭނާޔަށް މިލްކުވެފާވާ ކަމުގާ، 1369ހ ޖުމާދިލްއާހިރު 19(1950މ އޭޕްރިލް 7)ގާ، މަހްކަމަތުލް ޝަރީޔާ އިން އަލްގާޒި އަބްދުއްލާ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު ސޮއިކުރަށްވާފާވާ ފަތަކުން ސާބިތުވެ، އެ 2/1ގެ ދެންއޮތް ބައި، އަލީ ހާޖީގެ އަލިމަނިކުގެ ތުއްތު މަނިކަގެ އަބްދުލް ގާދިރު، އަބްދުލް ހާދީ، ދޮންމަނިކެ، އަބްރިއްޔަތު އަދި ފާއިޒާ، މިފަސް ބެއިންނަށް، މުހައްމަދު މަނިކު ހިބައިން ދީ، އެމީހުންނަށް މިލްކުވެފާވާ ކަމާއި އަދި، އެތަނުން އަބްދުލް ގާދިރަށް ވީ ބައި، ކޮލިގޭ އުމަރު މަނިކުއަށް -/500ރ އަށް ވިއްކާ، އުމަރު މަނިކު، ހަމަ އެއަގަށް، ސާހިބުއްދައުލަތު އަލްފާލިލް އިބްރާހީމް ނާސިރުއަށް ވިއްކާ، ނާސިރު، އެތަނުގެ ބޮޑުމިނަށް، ހ.މޭވާގަސްދޮށުގެ ކިޔާ ބަންޑާރަ ގޯތިން ނަގާ ލާޖައްސާ، މ.ދޮއްތަޑަފި ގޯތީގެ އެބައި ދައުލަތަށް މިލްކުވެފާވާކަމުގާ، 1380ހ ސަފަރު 29(1960މ އޯގަސްޓް 22)ގާ، މަތީގާ ބުނެވިފާވާ ފަތުގެ ނުފުށުގާ، އައްޝެއިހު މުހައްމަދު ޖަމީލު ދީދީގެ ޝަރީޔަތުގެ މަޖިލީހުން ލިޔެފާވާ 2 ލިޔުމަކުން ސާބިތުވެ، މ.ދޮއްތަޑަފި ގޯތީގެ 2/1 އިން، 3ރިޔަން ފުޅާމިނުގެ ބައި ކަނޑާ، ދެންއޮތް ބައިގެ 5/4، އަލީ ހަބީ މަނިކަގެ އަލިމަނިކުގެ ތުއްތު މަނިކަގެ އަބްދުލް ހާދީ، އިބްރިއްޔަތު، ދޮންމަނިކެ އަދި ފާއިޒާ، މި ހަތަރު މީހުންގެ މިލްކެއްކަމުގާ ބަޔާންކޮށް، ލިޔެފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 23 April 1961 regarding the ownership of part of the land in Maafannu Dhoththadafi (Size: 8.85" X 6.7")
              K.Male' - Part of M.Dhohthodafi Goathi (Housing Plot) - Private Property, Housing plot (government)

              National Archives of Maldives
              NAM DOC-MN-F5-19A · Item · 1961
              Part of Documents

              1381ހ ސަފަރު 20(1961 އޮކްޓޯބަރު 1)ގާ މަހްކަމަތުލް ޝަރީޔާއިން؛ އެ މަހްކަމާއަށް ފޮނުވާފާވާ ކުޑަ ހަސަން ތަކުރުފާނުގެ އާދަމްފުޅުގެ ބަދަލުގާ އަލްމުހްތަރަމް މުހައްމަދު އަލީ ނަސީރު ހުށައެޅުއްވި ވަލުފަތްލިޔާގެއެ ކިޔާގޯތީގެ މައްސަލަ ބެއްލެވިއިރު، އެ ގޯއްޗަކީ، 1306ހ ރަބީލްއައްވަލް 23(1888މ ނޮވެންބަރު 27)ގާ ލިޔެފާވާ ފަތަކުން(F5-19)،ކުޑަ ހަސަން ތަކުރުފާނުގެ ގޯއްޗެއް ކަމުގާ ސާބިތުވާ ކަމާއި، އަދި އެގޯތީގެ ފަތް، އޭނާގެ ދަރި އާދަމްފުޅުގެ މައްޗަށް ބަދަލުކޮށްދެއްވަން އެދުމުން(F5-19)، އެކަން ބެއްލެވިއިރު، އެގޯތި ވަނީ، ކުޑަ ހަސަން ތަކުރުފާނުގެ ދަރިންނަށް ވާރުތައިންލިބި، އަދި އެހާތަނަށް ނުބާހާ ކަމަށާއި، އޭނާގެ ވާރިސުން ކުރެ އޭރު ދުނިޔޭގާ ތިބި، އައްޝެއިހު މަލިން މޫސާ ކަލޭފާނު، ހަސަންތަކުރުފާނުގެ މުހައްމަދުފުޅުގެ ދޮންމަނިކު، އޭނާގެ އައިމިނަތު މަނިކެގެ އިބްރާހީމް މަނިކު އާއި ދަލޭކާމަނިކެ، އެމީހުންގެ ބައިބައި ،ގ.ފޭދޫކޮށީގެ އިސްމާއީލްފުޅު އާއި ފެންތަށިގެ އިސްމާއީލްފުޅު، ހެކިކޮށް، އަދި ލިޔުމުން، އެއާދަމްފުޅުއަށް ދިންކަމުގާ ސާބިތުވުމުން؛ މއ.ވަލުފަތްލިޔާގެއޭ ކިޔާ ގޯއްޗަކީ، ދޭވާނީ ކުޑަ ހަސަން ތަކުރުފާނުގެ އާދަމްފުޅުގެ މިލްކެއްކަމުގާ ހުކުމްކުރިކަމުގާ، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. A copy of the report originally written on 1 October 1961 regarding the ownership of the land Machchangoalhi Gulbakaage. (Size: 10" X 7.35)
              K.Male' - Ma.Gulbakaage (Valufaiyliyaage) (Housing Plot) - Writing (Court case)

              National Archives of Maldives
              NAM DOC-MN-F5-19B · Item · 1961
              Part of Documents

              1381ހ ޖުމާދިލްއައްވަލް 15(1961މ އޮކްޓޯބަރު 25)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އެމަޖިލީހަށް ނަލަގޭ އަލީ އަބްދުއްލޯ ދީދީ، ކުރެދިވަރު މުހައްމަދު ފުޅުގެ އަބްދުލް ގަފޫރު އަދި ފޭރު އަލިފުޅުގެ ކުޑަތުއްތު އާއި ދެމީހުން ގޮވައިގެން އައިސް، ކުޑަ ހަސަން ތަކުރުފާނުގެ އާދަމްފުޅުގެ މިލްކުގާވާ، މއ.ގުލްބަކާގެ ކިޔާ ގޯއްޗާއި އެގޯތީގާވާހާ، އޭނާގެ މިލްކު ތަކެއްޗެއް، އޭނާގެ ދަރިން، އިބްރާހީމް ފުޅު، ހަފީޒާ، ޒުލްފާ އަދި އަހުމަދު ފުޅު، މިހަތަރުބެއިންނަށް ހިބައިން ދީފިކަމާއި، އަދި ޒުލްފާ އާއި އަހުމަދުފުޅު އާއި ދެބެން ތަސައްރަފް ނުފުދޭތީ، އެދެބެންގެ ފަރާތުން އާދަމްފުޅު އެތަނާ ހަވާލުވެފާވާ ކަމުގާ އަބްދުއްލޯ ދީދީ ބުނެ، އަދި އޭނާއާ އެކީ އެތިބި ދެމީހުން އެކަމަށް ހެކިވެ އެކަން ސާބިތުވުމުން، އެ ހިބަ ސައްހަކަމަށް ހުކުމްކުރިކަމުގާ، ލިޔެފާވާ ލިޔުމުގެ ނަކަލެއް.

              A copy of the report originally written on 25 October 1961 regarding the gifting of the property Machchangoalhi Gulbakaage (Size: 10" X 7.35)
              K.Male' - Ma.Gulbakaage (Valufaiyliyaage) (Housing Plot) - Private Property

              National Archives of Maldives
              NAM DOC-MN-F5-21 · Item · 1960
              Part of Documents

              1380ހ މުހައްރަމް 28(1960މ ޖުލައި 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މައްޗަންގޯޅި ޗާންދަނީމަގާއި އިންވެ ހުޅަގުން ކުދިރަތްމާގޯޅި އާއި އިންވެ ދެކުނުން ދެވިނަމަގެއާއި އިންވެ އުތުރުން އޮތް ގޯއްޗަކީ، ބަނޑޭރި ތަކުރުފާނުގެ ދަރި އަހުމަދު ކަލޭފާނުގެ ދަރި މުހައްމަދު މަނިކުގެ ދަރި ހިތިލާގޭ އިބްރާހީމް ދީދީ އަށް މިލްކުވެފާވާ ގޯއްޗެއްކަމުގާ، 1362ހ ޒުލްހައްޖު 14(1943މ ޑިސެންބަރު 12)ގާ، ދާހިލިއްޔާއިން ލިޔެދީފާވާ ފަތަކުން ސާބިތުވެ، 1379ހ ސަފަރު 18(1959މ އޯގަސްޓް 23)ގާ، އައްޝެއިހު މުހައްމަދު ޖަމީލު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތުގެ މަޖިލީހުން އެފަތުގެ ނުފުށުގާވާ ލިޔުމަކުން، މއ.ހިތިލާގެ ކިޔާ ގޯއްޗާއި އެގޯތީގާވާ ގެ، ހިތިލާގޭ އިބްރާހީމް ދީދީ، އޭނާގެ ދަރި އައިމިނަތު ދީދީއަށް ހިބައިން ދީ، އޭނާއަށް މިލްކުވެފާވާ ކަން ސާބިތުވެ، އަދި އޭގެ ފަހުން، އޭނާ، ހަމައެކަނި، އެގޯތި، ހއ.ދިއްދޫ ދޮންއަލީ ހާޖީ ކަލޭފާނުގެ ދަރި އިބްރާހީމް ކަލޭފާނުއަށް ހިބައިން ދިންކަމުގާ، އއަލްފާލިލް ލާމީގޭ ސީދީ އާއި އުނގޫފާރު މޫސާފުޅު އާއި ދެމީހުންގެ ހެކިބަހުންނާ، އަދި އައިމިނަތު ދީދީ އާއި އިބްރާހީމް ކަލޭފާނުގެ އިއުތިރާފުން ސާބިތުވުމުން؛ މއ. ހިތިލާގެ އެއީ، ހއ.ދިއްދޫ ދޮންއަލީ ހާޖީ ކަލޭފާނުގެ ދިއްދޫ އިބްރާހީމް ކަލޭފާނުގެ މިލްކެއް ކަމުގަ ބަޔާންކޮށް، ގޯތީގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.
              އަދި މި ނަކަލުގާ 'ނޯޓް'އެއްގެ ގޮތުގާ: އެގޯތީގެ އަސްލު މިނަށް ވުރެ، 47.75އަކަފޫޓު ބޮޑުވާނެކަމާއި، އެހެން ވެފާއެވަނީ ގޯތީގެ ތިންފަރާތުގާ މަގު އޮވެފާ، ގޯތީގެ މެދު ފުޅަފުގެ ފާރުވެސް 2/1ވުރެ ބޮޑަށް ރޭނިފާވާތީވެ، އެޔަށްވުރެ ކުޑަކުރެވެން ނެތިގެން ކަމުގާ، ލިޔެފާވެއެ.
              A copy of the report originally written on 23 July 1960 regarding the owernship of the land Machchangoalhi Hithilaage (Size: 10" X 7.35)
              K.Male' - Ma.Hithilaage (Housing Plot) - Private Property

              National Archives of Maldives
              NAM DOC-MN-F5-25 · Item · 1960
              Part of Documents

              1380ހ ޖުމާދިލްއާހިރު 17(1960މ ޑިސެންބަރު 7)ގާ، މަހްކަމަތުލް ޝަރީޔާގެ އައްޝެއިހު އަލީ ހުސެއިން ދީދީގެ ޝަރީއަތު މަޖިލީހުގާ، މ.ދަނބުގޭގާ ހުރި އިމާރާތަކީ، ވެލިދޫގޭ އަލީ ދީދީ އެގޭގާ ހުންނެވިއިރު ހެއްދެވި އިމާރާތެއް ކަމާއި، ވެލިދޫގޭ އިބްރާހީމް ދީދީ އަވަހާރައިގެ ދާންކޮޅުގާ އޮންނެވިއިރު، އަބްދުއްލޯ ފަހުމީ ދީދީ ހެކިކޮށް، ދަނބުގޭ ގޯތީގާ ވާހާ އިމާރާތަކީ އޭނާގެ ބޭބެ އަލީ ދީދީގެ އަމިއްލަ އެއްޗެއްކަމުގާ ވަސީއަތް ކުރިކަމަށާއި، ވީމާ، އެގޯތީގާވާ އިމާރާތަކީ އަލީ ދީދީގެ މިލްކެއްކަމުގާ ބަޔާންކޮށް ލިޔުމެއް ދެއްވުމަށް، ވެލިދޫގޭ އަލީ ދީދީގެ ދަރި ހުސެއިން ދީދީ، އެދުމުން؛ އެ މަޖިލީހަށް އަބްދުއްލޯ ފަހުމީ ހާޒިރު ކުރުމުން، އިބްރާހީމް ދީދީ އަރިހަށް އޭނައާ، ވެލިދޫގޭ މޫސާ ދީދީއާ، ޖައުފަރު ކަމާލުއްދީނުއާ ގެންދަވާ، އޭނާގެ މިލްކު ދަނބުގޭގޯތީގާ ވާ ގެޔާ، ގެވެހި ކަންވާރަކީ، އަލީ ދީދީ އަށް ދެއްވާފާވާ އެއްޗެތި ކަމާއި، އެކަމަކު ގޯއްޗަކީ އޭނާގެ މިލްކެއް ކަމާއި އިބްރާހީމް ދީދީ ވިދާޅުވިކަމަށް، އަބްދުއްލާ ފަހުމީ ވިދާޅުވި ކަމާއި، އެކަމަކު ވެލިދޫގޭ މޫސާ ދީދީ، ފަހުމީ އެވިދާޅުވި ބަސް ދޮގުކުރަށްވާ، އެހެންނަމަވެސް، ދަނބުގޭގޯތީގާ ހުރި ގެޔަކީ، އަލީ ދީދީގެ ތަނެއް ކަމުގާ، އިބްރާހީމް ދީދީ ވިދާޅުވާ އަޑު އައްސަވާފާ ހުރިކަމަށާއި، އަދި ޖައުފަރު ކަމާލުއްދީނުވެސް ފަހުމީގެ ބަސް ދޮގު ކުރެއްވުމުން، ހުސެއިން ދީދީގެ ދައުވާޔަށް ހެކިބަސް ނުލިބުނު ކަމުގާ ޝަރީޔަތު މަޖިލީހުން އެންގެވުމުން، ބިލާލު އަލީ ދީދީ އާއި ބޮޑުކުޑޭ އިބްރާހީމް ފުޅު، ހެކިން ގޮތުގާ، ހާޒިރުކޮށް، ވެލިދޫގޭ އަލީ ދީދީ ދަނބުގެޔަށް ވަޑައިގެން އިރު، އެތާގާ ހުރި ގޭގެ ތަފްސީލު، އެދެމީހުން ކިޔާ، މިހާރު އެހުރި ގެ އެއީ ވެލިދޫގޭ އަލީ ދީދީ އެޅުއްވި ގެޔެއް ކަމުގާ އެދެމީހުން ހެކިދިނުމުން، ކުރީގާ ހުރި ގެ އަގުކޮށް، ވެލިދޫގޭ އަލީ ދީދީ، އިބްރާހީމް ދީދީގެ ދަރިންނަށް -/540ރުފިޔާ ދެއްކެވުމަށް އަންގަވާ، އެ މަހްކަމާގެ އިދާރާޔަށް އެފައިސާ ދެއްކުމުން؛ ދަނބުގޭ ގޯތީގާ މިހާރު އެހެރަ ގެޔަކީ ވެލިދޫގޭ އަލީ ދީދީގެ އަމިއްލަ މިލްކެއް ކަމުގާ ނިޔާކުރައްވާ، އެކަން ބަޔާންކޮށް، އޭނާޔަށް ލިޔުމެއް ދިނުމަށް އަންގާފާވާ، ޝަރީޔަތް ނިމުނުގޮތުގެ ރިޕޯޓުގެ ނަކަލެއް.
              A copy of the report orginally written on 7 Decmebr 1960 regarding the ownership of the land Maafannu Dhanbuge (Size: 10.01" X 7.5") Chief Justices - Ah Sheikh Ali Hussain Didi
              K.Male' - Ma.Dhan'buge (Housing Plot) - Report (Court case)

              National Archives of Maldives
              NAM DOC-MN-F6-1 · Item · 1961
              Part of Documents

              1380ހ ޒުލްގައިދު 7(1961މ އޭޕްރިލް 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، 1302ހ ޒުލްހައްޖު 4(1885މ ސެޕްޓެންބަރު 13)ގާ، އިބްރާހީމް ސިރާޖުއްދީނު ފަނޑިޔާރުމަނިކުފާނުގެ ދަރިން ކުރެ، ހައްވާ މަނިކުފާނު އާއި، ޒައިނަބު މަނިކުފާނުގެ ދަރިކޮޅުގެ ތެރެއިން، ޒައިނަބު މަނިކުފާނުގެ ދަރި، އަލިމަނިކުފާނުގެ ދަރިން ކުރެ، މުހައްމަދު މަނިކުފާނު، ހުސެއިން މަނިކުފާނު އަދި އިސްމާއީލް މަނިކުފާނު ނޫން އެހެން އެންމެހާ ދަރިންނަށް އެގޯތިން ވާ، ގޯތީގެ4/3، ވަގުފްކޮށް، އެ އަލިމަނިކުފާނުގެ ދަރި ފާތުމަތު މަނިކުފާނަށާ، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ ކަމުގާ ސާބިތުވާ، މަޖީދީމަގާ އިންވެ އެމަގުގެ އުތުރުން، ޗަންޕާމަގާ އިންވެ އިރުން، ބަގުފަޑިއަތްގޭ ހުޅަނގުން އޮތް، ފާވާ، މއ.'ފަސްގެރިގެ' ކިޔާ ގޯތި، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 23)ގެ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ތ.އެލާއިން ނަގާ، ލާޖައްސާ ހަމަކޮށް، އެވުޒާރާއިން ލިޔެފާވާ ފަތެއް. Size: 10" X 7.5"
              K.Male' - Ma.Fasgeri Goathi (G.40 No. Housing Plot) - Deed for housing plot

              National Archives of Maldives
              NAM DOC-MN-F6-8 · Item · 1962
              Part of Documents

              1962މ މޭ 25(1381ހ ޒުލްހައްޖު 20)ގާ، އުނގޫފާރުގާ ހުންނަ، ރ.އަތޮޅު އޮފީހުން؛ 'ނަންބަރު 3-62/62 ސިޓީއިން، އަންގަވާފައިވާ އެންގެވުމަށް ބެލިބެލުމިން. ރ.އަތޮޅުގައި ވަގުފް އެއްގެ ގޮތުންހުރި ތަންތަނައި މެދު ފިލާފައިވާ މައުލޫމާތުގެ ރިޕޯތް' މިހެން ސުރުހީކޮށް:

              1. ގާއުޑޫދޫގާ، މަދީނާ ޒިޔާރަތްފުޅުގެ ނަމުގާ ވަގުފްކުރެވި، ވުޒާރަތުލް އައުގާފުގާ އެތަން ލިއުއްވައިގެން އުޅެނީ، ގާއުޑޫދޫ މުދިމް އަހްމަދު ސަލީމް، ކަމާ، އެވަގުފާ ބެހޭ ލިއުމެއް ނެތް ކަމުގަޔާ،
              2. މާކުރަތުގާ، ވަގުފް ރުއް ހުރިކަމާ، އެކަމުގެ ލިއުމެއް ނެތްކަމާ، ވުޒާރަތުލް އައުގާފުގާ، އެއެއްޗެތި ލިއުއްވައިގެން އުޅެނީ، ބަނޑޭރި މޫސާ ކަމުގަޔާ،
              3. ރަސްމާދޫގާ، އެރަށު ހިންނަ ކިޔާ ތަނަކާ، ރ.އޮރިމަސްފުށި، ވަގުފްކޮށްފާވާ ކަމާ، ވުޒާރަތުލް އައުގާފުގާ، އެހިންނަ ލިއުއްވައިގެން އެތަނާ ހަވާލުވެ ހުންނަނީ އުނގޫފާރު އިބްރާހީމް ކަލޭފާނު ކަމާ، އަދި އޮރިމަސްފުށި އޮތްކަމަށްވަނީ، ރަސްމާދޫ މާމާފުޅެއްގެ މައްޗަށް ކަމަށާ، އެމާމާފުޅެއް އަދި އޭނާގެ ދަރިކޮޅެއްވެސް ނޭނގޭކަމާ، އެއިން އެއްވެސް ތަނެއްގެ ލިއުމެއް ނެތްކަމަކު، އެދަރިކޮޅޭ ކިޔާ، އެތަނާ ހަވާލުވެ، 'ރަށްކަމުން'އަންނަ ބަޔަކު އެރަށުގާ އުޅޭކަމުގަޔާ،
              4. އިންނަމާދޫގާ، 5 ބަނބުކެޔޮ ގަހާ، 20 ކަށިކެޔޮގަސް، ބައެއްގެ އަމިއްލަ ވަގުފެއްގޮތުގާ ހުރިކަމާ، އެވަގުފުން 9 ބަޔަކަށް ބައިއަޅާ ކަމާ، އެބައިމީހުންނަށްވެސް އެތާގެ މައުލޫމާތެއް ނޭނގޭކަމާ، ކޮންމެ ރަބީލްއައްވަލު މަހަކު 10ވަނަ ރޭ، ވަގުފް ސޮލަވާތަށް ކަށްކައިގެން، ރަށުމެދަށް، އެމީހުން، ކެއިން ނެރޭކަމަށާ، އަދި ތަބުރޭޒުގެފާނަށް ނަދުރުބުނެ އިންދާފާހުރި ރުކެއް، އިންނަމާދޫ، އާގޭ މުހައްމަދުގެ ކުދިން ގެންގުޅޭ ކަމާ، އަދިވެސް، ކުރެންދޫ ޒިޔާރަތުގެ ނަމުގަ 2 ރުއް ހުރިކަމާ، އެތަނުގެ ހަވާލުވެރިޔާ ބުނެގެންނޭކިޔާ އެކިފަހަރު އެކިމީހުން އައިސް އެރުކުގެ ތަކެއްޗާ ހަވާލުވާ ކަމާއި، އެކަމަކު އެއިން އެއްވެސް ވަގުފެއްގެ ލިއުމެއްނެތް ކަމުގަޔާ،
              5. އިނގުރައިދޫގާ، މަދީނާ ޒިޔާރަތްފުޅުގެ ނަމުގާ، 3 ވަގުފް ރުއް ހުންނަ ކަމާ، އެކަމާ ބެހޭ އެއްވެސް ލިއުމެއް ނެތް ކަމާ، އެތަނުން 1 ރުއް، ވުޒާރަތުލް އައުގާފުގާ ލިއުއްވައިގެން ހަވާލުވެ އުޅެނީ، އެރަށު ޔޫސުފް އަބޫބަކުރު ކަމާ، އަނެއް ދެރަށާ ހަވާލުވެގެން އުޅެނީ، އެރަށު އާދަމް އަލީ އާއި ގާސިމް އަހްމަދު ކަމާ، އެމީހުން އެ ދެ ރުއް ގެންގުޅެނީ، ލިއުއްވައިގެން ނުވަތި ވަރުވާޔަކަށް ނޫން ކަމުގަޔާ،
              6. މީދޫގާ، މަދީނާ ޒިޔާރަތްފުޅުގެ ނަމުގާ ވަގުފް 31 ރުއް ހުންނަ ކަމާ، އެޔާބެހޭ އެއްވެސް ލިއުމެއް އަދި ހަވާލުވެހުރި އެއްވެސް ފަރާތެއްވެސް، އިނގެން ނެތް ކަމާ، އަދި ރ.ދިގަލި، އެރަށު ހުކުރު މިސްކިތަށް ވަގުފްކޮށްފާވާ ކަމާ އެވަގުފް ފަތް ވީ ވުޒާރަތުލް އައުގާފަށް ގެންގޮސްފާ ކަމުގަޔާ،
              7. އުފުލަންދޫގާ، އެރަށުގެ މިސްކިތަށް، ރ.ކުކުޅުދޫ އާއި އެރަށުގެ 2/1 ވަގުފްކޮށް އަދި، ފަތް ވަނީ ދާހިލިއްޔާއަށް ގެންގޮސްފާ ކަމުގަޔާ،
              8. މަޑޫވަރިގާ، ވަގުފް 7 ރުއް ހުންނަކަމާ، އެކަމުގެ އެއްވެސް ލިއުމެއްނެތް ކަމާ، އެ ހަތްރުއް، ވުޒާރަތުލް އައުގާފުގާ ލިއުއްވައިގެން އުޅެނީ، އެރަށު އަލީކޮއި އިބްރާހީމް ކޮއި ކަމުގަޔާ،
              9. ކަނދޮޅުދޫގާ، އެރަށުގެ ރައްޔިތުންގެ ހުކުރު މިސްކިތަށް، ނ.ކަފަކޮމަންޑޫ ވަގުފްކޮށްފާވާ ކަމާ، އަދި ކަނދޮޅުދޫ އޮންނަނީ، އެރަށު މިސްކިތަށް ވަގުފްކޮށްފާ ކަމާ، އެ ދެތަނުގެ ފަތް ވަނީ ދާހިލިއްޔާ ގެންގޮސްފާ ކަމުގަޔާ،
              10. އަލިފުށިގާ، އެރަށު ހުކުރު މިސްކިތަށް، ށ.ދޮޅިއަދޫ، ވަގުފްކޮށްފާވާ ކަމާ، އެފަތް ވަނީ ދާހިލިއްޔާއަށް ގެންގޮސްފާ ކަމުގަޔާ؛ އަދި، މީހެއްގެ އަމިއްލަ ބިމެއް ވަގުފް އިމާރާތެއް، އެއަތޮޅުގާ ނުވާކަމުގާ ބަޔާންކޮށް ލިޔެފާވާ ލިއުމެއް.
                Size: 10" X 8"
                1.R.Gaaun'doodhoo, 2.R.Maakurathu, 3.R.Rasmaadhoo, 4.R.Innamaadhoo, 5.R.In'guraidhoo, 6.R.Meedhoo, 7.R.Ufulandhoo, 8.R.Maduvvari. 9.R.kan'dholhudhoo, 10.R.Alifushi - 6.Hukuru Miskiiy (Mosque), 7.Island Mosque, 9.Hukuru Miskiiy (Mosque),Island Mosque - 1.Writing (Endowed housing plot), 2.Writing (Private Property), 3.Wriiting (Endowment for property), 4.Writing (Report)
              National Archives of Maldives
              NAM DOC-MN-F6-11 · Item · 1968
              Part of Documents

              1388ހ ރަޖަބް 27(1968މ އޮކްޓޯބަރު 20)ގާ، ބޮޑުބަނޑޭރި އޮފީހުން ފޮނުވި، ށ-1.60/12ސިޓީ އާއެކު ފޮނުވާފާވާ ބޭރުގެ އެކި ފަރާތްފަރާތުން ރަދުންނަށް ލިބިވަޑައިގެންފައިވާ ސިޓީތައް، ވަޒީރުލްއައުޒަމް މާލެވަޑައިނަވަންދެން ބަހަށްޓާފާ ހުރިކަމުގާ ލިޔެފާވާ ކުޑަ ނަން ކަރުދާސްކޮޅެއް. Shipping tag on a letter received from overseas (Size: 1.2" X 5")
              K - Male' - Bodu Ban'deyri Office - Writing (Name tag)

              National Archives of Maldives
              NAM DOC-MN-F6-13 · Item · 1962
              Part of Documents

              1962މ އޮކްޓޯބަރ 22(1382ހ ޖުމާދިލްއައްވަލް 23)ގާ، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާއިން ފޮނުވި، ހ3.62/70ނަންބަރު ސިޓީގެ ޖަވާބުގާ، ދާލު އަތޮޅުގެ އެއްވެސް ރަށެއްގާ، އެއްވެސް މީހެއްގެ އަމިއްލަ ބިމެއް ވަގުފެއް ނެތް ކަމާ، އެކަހަލަ އެއްވެސް ލިޔުމެއް ނެތްކަމުގާ ބުނެ، އެކަމަކު އެއަތޮޅުގެ ބަޔެއް ރަށްރަށުގެ މިސްކިތް މައްޗަށް ވަގުފްކޮށްފާވާ، މީހުންއުޅޭ އަދި ފަޅު، ބައެއް ރަށްރަށް ހުރިކަމަށާ، އެތަނުން:

              1. ކުޑަހުވަދޫގެ ރަށު މިސްކިތް މައްޗަށް، އެއަތޮޅު މާފުށި، ކެދިގަޑު، ވައްލަ، ވައްލަޅޮހި އަދި ކުޑަހުވަދޫ ވަގުފްކޮށްފާވާ ކަމާ، އެތަންތަނުގެ ދިވެސްއަކުރު ފަތް، ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާވާ ކަމާއި، އެވުޒާރާއަށް އެއެއްޗެތި ލިބުނު ކަމުގެ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 8)ގާ، އާދަމް ނަސީރު މަނިކު ސޮއިކޮށްފާވާ ރަސީދެއް އެ އަތޮޅުއޮފީހުގާ ވާކަމުގަޔާ؛
              2. ވާނީގެ ރަށުމިސްކިތް މައްޗަށް، އެއަތޮޅު އިއްސެރި އާއި ވާނީ ވަގުފްކޮށްފާވާ ކަމާ، އެދެ ފަތްވެސް ވަނީ ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާ ކަމުގަޔާ؛
              3. މީދޫގެ ފަންނު މިސްކިތް މައްޗަށް، އެއަތޮޅު މީދުއްފުށި ވަގުފްކޮށްފާވާ ކަމާ، އަދި ތަނުގެ ފަތް ވަނީ ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާވާ ކަމާއި، އެވުޒާރާއަށް އެއެއްޗެތި ލިބުނު ކަމުގެ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 8)ގާ، އާދަމް ނަސީރު މަނިކު، ސޮއިކޮށްފާވާ ރަސީދެއް އެ އަތޮޅުއޮފީހުގާ ވާކަމާއި، އަދި އެރަށު ރައްޔިތުންނާ ބެހޭ ވަގުފްބިންތަކުގެ ވާހަކަ ލިއެފާވާ ފަތްތައްވެސް ވަނީ އެވުޒާރާއަށް ފޮނުވާފާ ކަމުގަޔާ؛
              4. ހުޅުދެލިގެ ރަށު މިސްކިތް މައްޗަށް، އެއަތޮޅު މާދެއްޔާ އަދި ހުޅުދެލި، ވަގުފްކޮށްފާވާ ކަމާ، އަދި އެތަންތަނުގެ ފަތް ވަނީ ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާވާ ކަމާއި، އެވުޒާރާއަށް އެއެއްޗެތި ލިބުނު ކަމުގެ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 8)ގާ، އާދަމް ނަސީރު މަނިކު، ސޮއިކޮށްފާވާ ރަސީދެއް އެ އަތޮޅުއޮފީހުގާ ވާކަމުގަޔާ؛
              5. ގެމެންދޫގެ ރަށު މިސްކިތް މައްޗަށް، އެއަތޮޅު ހުޅަވެހި އާއި ގެމެންދޫ ވަގުފްކޮށްފާވާ ކަމުގާ އިނގިފާވާކަމާ، އެކަމަކު އެކަމާ ބެހޭ ލިޔުމެއް ނެތް ކަމުގަޔާ، އޭގެ އިތުރުން އެއަތޮޅުގާ ވަގުފެއް އޮތްކަމުގާ ސާބިތުވެ ނެތްކަމަގާ ބުނެ، އެއަތޮޅު އަތޮޅުވެރިޔާ ސޮއިކޮށް، ދ.ކުޑަހުވަދޫގާ ހުންނަ، ދާލު އަތޮޅުއޮފީހުން، ފޮނުވާފާވާ ސިޓީއެއް.
                Letter sent by the Dhaalu Kudahuvadhoo Atoll Office to several mosques in the atoll, stating the objectives of the waqf endowment and the allocation of its asset (Size: 9.6" X 7.1")
                1.Dh.Kudahuvadhoo, 2.Dh.Vaanee, 3.Dh.Meedhoo, 4.Dh.Hulhudheli, 5.Dh.Gemendhoo - 1.Island Mosque, 2.Island Mosque, 3.Fannu Miskiiy (Mosque), 4.Island Mosque, 5.Island Mosque - 1.Letter (Endowed housing plot), 2.letter(Property)
              National Archives of Maldives
              NAM DOC-MN-F6-14 · Item · 1962
              Part of Documents

              1962މ އޭޕްރީލް 3(1381ހ ޝައްވާލް 27)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ވަޒީރުލް އައުޒަމްގެ އޮފީހަށް، އެއޮފީހުން ފޮނުވާފާވާ ށ.62/38ނަންބަރު ސިޓީއިން އަންގަވައިގެން، މާލޭގެ މީސްމީހުންގެ ވަގުފް އަދި އަމިއްލަ ގޯތީގެ ލިސްޓެއް ނަގަން ފެށިކަމާ، އެހާތަނަށް ނެގިފާވާ ލިސްޓާއި، އެތަންތަނާ ބެހޭ ލިޔުންތައް، މިސިޓީއާ އެކީ ފޮނުވިކަމުގާ ބުނެ، ވަޒީރުލް ދާހިލިއްޔާގެ ނައިބު ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް. Letter sent by Wzīr Al-Dhakhliyya, stating that the systematization of the housing list in Malé has been started and that the list is enclosed (Size: 9.1" X 6.2")
              K - Male' - Letter (Endowed housing plot), letter(Private Property)

              National Archives of Maldives